ބޭނުންވާ ތަކެތި:

1.2 ކިލޯ ކަރީކަޓް ކުކުޅު

½ ޖޯޑު ހަނާކުރި ހަވާދު

1 ސައިސަމުސާ ލޮނު (ކުކުޅު މެރިނޭޓް ކުރަން)

1 ސައިސަމުސާ ލުނބޯހުތް

2 ބާސްމަތީ ހަނޑޫ

4 ޖޯޑު ފެން (ހަނޑޫ ފޯކުރަން)

1 ފިޔާ (ކުކުޅު ކައްކާއިރު އަޅަން)

1 ސައިސަމުސާ ޗަސްކޮށްފައިހުރި އިނގުރު

1 ސައިސަމުސާ ޗަސްކޮށްފައިހުރި ލޮނުމެދު

2 މޭޒުމަތީ ސަމުސާ ތެޔޮ (ކުކުޅު ކައްކަން)

15 ހިކަނދިފަތް

6 އިންޗި ރާނބާ

3 އިންޗީގެ ފޮނިތޮށި

5 ކާފޫރުތޮޅި

2 ކަރަންފޫ

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

1 ޖޯޑު ފެން (ކުކުޅު ކައްކަން)

3 ފިޔާ (ތެލުލަން

¾ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

3 ޖޯޑު ފެން (ބިރިޔާނީ ކައްކަން)

5 މޭޒުމަތީ ސަމުސާ ތެޔޮ (ފިޔާ، ކެޝޫނަޓް އަދި މޭބިސްކަދުރު ތެލުލަން)

1 ޖޯޑު ކެޝޫނަޓް

1 ޖޯޑު ހިކި މޭބިސްކަދުރު

¾ ސައިސަމުސާ ރޯޒްވޯޓަރ

ތައްޔާރު ކުރާނެ ގޮތް

ކުކުޅު، ހަނާކުރި ހަވާދު، ލޮނު އަދި ލުނބޯހުތް ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަތި ޖަހާލާފައި ބަހައްޓާށެވެ.

ހަނޑޫ ރަނގަޅަށް ދޮވެފައި 4 ޖޯޑު ފެނާއި އެކު ބޯތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.

ފިޔައެއް ތުނިކޮށް ކޮށާފައި އިނގުރާއި ލޮނުމެދު ސަމުސަލެއްގެ އަނެއް ފުށް ބޭނުން ކޮށްގެން ޗަސްކުރާށެވެ.

މޭޒުމަތީ ސަމުސަލުގެ ތެޔޮ ބިރިޔާނީ ކައްކަން ބޭނުން ކުރާނެ ތެއްޔަށް އަޅާފައި އެ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ފިޔާ، ހިކަނދިފަތް، ރާނބާ، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަދި ގިތެޔޮމިރުސް ތެއްޔަށް އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް ހަމަ ކިރިޔާ ރަން ކުލަ އަރަން ފަށަންދެން ކައްކާށެވެ. ދެން ގޭނި އިނގުރާއި ލޮނުމެދު ތެއްޔަށް އަޅާ އެއްކޮށްލާފައި ކައްކާލާށެވެ.

ދެން ފަހަށް ބެހެއްޓި ކުކުޅު އެތި 1 ޖޯޑު ފެނާއި އެކު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ބޮކިޖަހާ ކެކިގަންނަންދެން ތެލީގައި ހުރި ސާމާނު ހޫނުކުރާށެވެ. ދެން ގިނި މަޑުކޮށްލާފައި ތެލީގެ މަތި ޖަހައިގެން 15 މިނިޓު ކައްކާށެވެ.

ކުކުޅު 15 މިނިޓު ވަންދެން ކެކުމުން ހަނޑޫކޮޅު ތެއްޔަށް އަޅާ ކުކުޅާއި އެއްކޮށްލާށެވެ. ¾ ސައިސަމުސަލުގެ ލޮނާއި 3 ޖޯޑު ފެންވެސް ތެއްޔަށް އަޅާ އެއްކުރާށެވެ. ދެން ބޮކިޖަހާ ކެކި ގަންނަންދެން ހޫނު ކުރާށެވެ. އެއަށްފަހު މަޑު ދުވެލީގައި ބޮކި ޖަހަމުންދާނެ ވަރަށް ގިނި މަޑު ކޮށްލާފައި ތެލީގެ މަތިޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން 30 މިނިޓު ނޫނީ އެއްކޮށް ފެން ހިނދެންދެން ކައްކާށެވެ.

ކުކުޅާއި ހަނޑޫ ކެކެމުން ދާއިރު ތަވައަކަށް 5 މޭޒުމަތީ ސަމުސަލުގެ ތެޔޮ އަޅައި ހޫނު ކުރާށެވެ. ދެން ކޮށާފައި ބެހެއްޓި ފިޔާކޮޅު ތެއްޔަށް އަޅާފައި ފިޔާތައް ރަތް ވަންދެން މަޑު ގިނީގައި ތެލުލާށެވެ. ތެލުލެވުނީމައި ތެލުގެ ތެރެއިން ނަގާ ޓިޝޫމަތީގައި ފަތުރާލާށެވެ. ދެން ހަމަ އެ ތަވައަށް ކެޝޫނަޓްކޮޅު އަޅައި އެއަށް ރަންކުލަ އަރަންދެން ތެލުލާފައި ނަގާ ޓިޝޫ މަތީގައި ފަތުރާށެވެ. ދެން ހިކި މޭބިސްކަދުރު ހަމަ އެ ތަވައަށް އަޅާފައި އެ ފުފެންދެން ތެލުލާފައި ނަގާ ޓިޝޫ މަތީ ފަތުރާށެވެ.

ބަތް އެތިން ފެން ހިނދުނީމައި އެހަށް އުނދުން ނިވާލާށެވެ. ދެން ތެލުލި ފިޔާ، ކެޝޫނަޓް އަދި ހިކި މޭބިސްކަދުރު ފަށަލައެއްހެން ތެލީގައި ހުރި ބަތްގަނޑު މަތީގައި އަތުރާލާށެވެ. އެއަށްފަހު ރޯޒްވޯޓަރކޮޅު އަތު ތެރެއަށް އަޅާލާފައި އިނގިލިތައް ބޭނުން ކޮށްގެން ތެލީގެ ތެރެއަށް ބުރުއްސާލާށެވެ. ތެލީގެ މަތި ޖަހާފައި އެއްމެ މަޑު ގިނީގައި ބަހައްޓައިގެން 10 މިނިޓު ކައްކާށެވެ.