އާއްމުކޮށް ވެލާ ތަކާއި އެނޫންވެސް ޖަނަވާރު ތަކުގައި ހުންނަނީ އެންމެ ބޮލެއް ނަމަވެސް، އެމެރިކާގައި ދެ ބޯ ލާފައި ހުރި ވެލައެއް ފެނިއްޖެއެވެ.

އެ ގައުމުގެ ސައުތް ކެރޮލީނާގެ ރަށެއްގައި ބިސް އަޅައި ވިހި ކުޑަ ވެލާ ތަކެއް ތެރެއިން އާދަޔާ ހިލާފް މި ވެލާ ފެނިފައި ވާއިރު، މުޅި ދުނިޔޭގެ ސަމާލުކަން މި ވެލަޔަށް އަންނަނީ ލިބެމުންނެވެ.

ދެބޯ ލާފައި ހުރި ވެލަޔާއި އެއްކޮށް ދެން ވިހި ވެލާތައް މޫދާއި ދިމާލަށް ދިޔަތާ ދެ ދުވަސް ފަހުން ވެލާތައް ބަލަހައްޓާ މީހުން ވަނީ އެ ވަޅުކޮނެ، މޫދާއި ހަމައަށް ނުދެވި ވެލާ ތަކެއް ތިބިތޯ ފާސް ކޮށްފައެވެ. މިކަން ކުރުމުގެ ތެރޭގައި މި ވެލާ ފެނުނު ނަމަވެސް، އެތަނުގެ މެނޭޖާ އެމްބާ ކުއެން ބުނެފައި ވަނީ މިއީ ހާސް ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ދެ ބޯ ލާފައި އޮތް ވެލާ

"ބައެއް މީހުން ހީކުރަނީ މިހެން ވަނީ ކަނޑުގައި ރޭޑިއޭޝަންގެ އަސަރު ހުންނާތީ ކަމަށް. ނަމަވެސް، މިއީ ހާސް ވާން ޖެހޭ ވަރު ކަމެއް ނޫން. ބައެއް ފަހަރު ގުދުރަތީ ގޮތުން މިފަދަ ވެލާތައް އުފަންވޭ. ނަމަވެސް އެއީ ވަރަށް މަދުން" ކުއެން މައުލޫމާތު ދިނެވެ.

ވެލާތައް ބަލަހައްޓާ މީހުން ބުނާ ގޮތުން ވެލާގެ ބޮލުގެ ކަނާތް ފަޅިން އެއް ފިން ކޮންޓްރޯލް ކުރާ އިރުގައި އަނެއް ފިން ކޮންޓްރޯލް ކުރާނީ ވާތް ފަޅިން ކަމަށެވެ. ނަމަވެސް، އެހެން ކުދި ވެލާ ތަކެކޭ އެއްފަދައިން މި ވެލާވެސް ގިނަ ދުވަހު ދިރި ހުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ކުދި ވެލާ ތަކުގެ ތެރެއިން ސަލާމަތް ވާނީ 100 އިން އެންމެ ވެލައެއް ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންސޫރަ

    ކޮންމެ ފިރިހެނަކުވެސް ދެބޯހުންނާނެ ތީއާކަމެއްނޫން

    • އަންމަޑޭ

      މަ ނުބުނަން އަގަތަޅާވަރުން ކެތްނުވެގެން އަންހެނުންގެ ހަތަރު ތުންފަތުގެ ވާހަކައެއް!