ގޭމިންގ އަށް ހާއްސަ މާލޭގައި އެންމެ ގިނަ ބައެއްގެ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއްް ހޯދާފައިވާ "އެލް ޒޯން" އިން ފީފާ އިން ނެރުނު އެންމެ ފަހުގެ ގޭމް ސީޑީ ފީފާ 2023 ވިއްކަން ފަށައިިފިއެވެ.

ފީފާ ފުޓްބޯޅަ ގޭމަކީ އަބަދުވެސް ޒުވާން ފިރިހެނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމެކެވެ. މި ގޭމްގެ އެކި ވާޝާންތައް ކުރިންވެސް ގިނަ ބަޔަކު ބޭނުންކޮށްފައިވެއެވެ. އަދި ޒުވާނުންނަކީ އަބަދުވެސް އެންމެ ފަހުގެ ވާޝަން ބާޒާރަށް ނެރޭ ތަނުން އެ ގަތުމަށް ކެތް މަދުވެފައި ތިބޭ ބައެކެވެ.

އެގޮތުން ސެޕްޓެމްބަރު 30 ވަނަ ދުވަހު ފީފާ 2023 ރަސްމީކޮށް ބާޒާރަށް ނެރުމުގެ ކުރިން އެލް ޒޯން އިން ޕްރި އޯޑަރަށް ހުޅުވާލިއިރު، ގިނަ ބަޔަކު ގަތުމަށް ބުކިން ވެސް ހެދިއެވެ. އަދި ސެޕްޓެމްބަރު 29 ވަނަ ދުވަހުން ފެށިގެން އެ ފިހާރައިން ފީފާ 2023 ލިބޭނެ ގޮތް ހަމަޖެއްސިއެވެ.

އެލް ޒޯން އިން ބުނީ، ތިން ޕްލެޓްފޯމެއްގައި ބޭނުން ކުރާނެ ފީފާ 2023ގެ ސީޑީ އެލް ޒޯން އިން މިހާރު ލިބޭނެ ކަމަށެވެ. އެއީ ޕީއެސް4، ޕީއެސް5ގެ އިތުރުން، ނިންޓެންޑޯ ސްވިޗްއެވެ.

 

View this post on Instagram

 

A post shared by eLL Zone (@ellzone_)

ޕީއެސް4 ފީފާ 2023: 1،275ރ

ޕީއެސް5 ފީފާ 2023: 1،350ރ

ނިންޓެންޑޯ ސްވިޗް - ފީފާ 2023 ލެގެސީ އެޑިޝަން: 1،250ރ

އެލް ޒޯން ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ އެލް މޯބައިލް 1 (މާވެޔޮ މަގު ކުރިމަތި) ޖެހިގެންނެވެ. އަދި އެލް ޒޯން 2 ހުންނާނީ މަޖީދީ މަގު ވެސްޓާން ޔުނިއަން ކުރިމަތީގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 7995709. 7547247ގެ އިތުރުން 7774558 އެވެ.