އެއާ އޭޝިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ޓޯނީ ފަރްނާންޑޭސް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގައި ދަތުރުކޮށްފިއެވެ.

އިންޑިއާއަށް ނިސްބަތްވާ ޓޯނީ ވަނީ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުގެ ތެރޭގައި ހުރި ގޮނޑިއެއްގެ ފޮޓޯއެއް އިންސްޓާގްރާމްގައި ހިއްސާކޮށް ޕޯސްޓެއް ލާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކަށް އޭނާ އަރަން ޖެހުނީ، އެއާއޭޝިއާގެ ބޯޓުތަކުން ޓިކެޓު ވިކި ހުސްވުމުންނެވެ.

"އެއާ އޭޝިއާގެ 3 ފްލައިޓުން ވެސް ޖާގައެއް ނުލިބުނު. އެހެންވީމަ މި ޖެހުނީ ސިންގަޕޫރު އެއާލައިންއަކަށް އަރަން." މަތިންދާބޯޓަށް އަރާހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން އޭނާ ބުންޏެވެ.

ފަރްނާންޑޭސްގެ މި ޕޯސްޓަށް ގިނަބައެއްގެ ސަމާލުކަން ވަނީ އައިސްފައެވެ. އޭނާއަށް ބައެއް ފަރާތްތަކުން ތައުރީފު ކުރިއިރު، އަނެއްބައި ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

"އަމިއްލަ އެއާލައިނެއްގެ ސީއީއޯ އޭނާގެ ކަސްޓަމަރުންގެ ބުކިންތަކަށް އިހުތިރާމްކުރުމަކީ ސަޅި ކަމެއް،" އޭނާގެ ޕޯސްޓަށް މީހަކު ލިޔެފައިވެއެވެ.

"ދޮގު ނުހަދާ ޓޯނީ. ހުދު ކަލޭ ވެސް ބޭނުމެއް ނުވާނެ އެއާ އޭޝިއާގައި ދަތުރު ކުރަން!،" އިންސްޓަގްރާމްގެ އިތުރު މީހަކު އެއާއޭޝިއާ ގޯސްކަމުން އޭނާ ސިންގަޕޫރު އެއާލައިންސްއިން ދަތުރު ކުރީ ކަމަށް ބުނެ ހިއްސާކުރި މެސެޖުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެއަރ އޭސިއާގެ ފްލައިޓަކަށް ނާރާނެ ކިރިޔާވެސް ގޮތެއްހުރި މީހެއްނަމަ. މުޑުދާރުވާނެ ފެންވަރުދަށްވާނެ. ކުރަފި މީދާ އުޅޭނެ. ބައެއްފަހަރު ހަރުފަ ފެނުމާޢި އާންމުކޮށް މައްސަލަޖެހިގެން އެމެޖެންސީގައި ޖައްސަންޖެހުމަކީ ކުރާކަމެއް. ސީއީއޯ އަމުދުންވެސް ނުދާނެ އެއަރއޭސިޔާއިން

  2. ދަސދސަ

    އެއަރ އޭޝިޔާ ބޯޓްތަކުން ދަތުރުކުރަން ހެޔޮނުވާނެ.
    ރަނގަޅަށް ތިހެދީ