ކޮވިޑާއި ދެެކޮޅަށް ވެކްސިން ނުޖަހާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ހިރާސް ބޮޑުވެދާނެ ކަމަށް ދިރާސާއަކުން ލަފާ ކޮށްފިއެވެ.

ދިރާސާ ކުރި ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިފަދައިން ވުން އެކަށީގެންވަނީ، ވެކްސިން ނުޖަހާ މީހުންނަން ވައިރަސް އިން ކުރާ އަސަރު ބޮޑުވެ، އޭގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވެ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އަސަރު ކޮށްގެންނެވެ.

ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ހުންނަ ސީޑާސް-ސިނާއީ ހޮސްޕިޓަލުގެ ތަޖުރިބާކާރުންގެ ގުރޫޕަކުން ވަނީ 2020 އާއި 2022 އާއި ދެމެދުގައި، ކޮވިޑް ބަލީގައި އެޑްމިޓް ކުރެވުނު 23709 ބަލިމީހުން ބައިވެރިކޮށްގެން ދިރާސާއެއް ކޮށްފައެވެ. އަދި އޭގެ ތެރެއިން ވެކްސިން ޖަހާފައި ތިބި މީހުންނާއި، ނުޖަހާ ތިބި މީހުން ވަނީ ދެ ގްރޫޕަކަށް ބަހާފައެވެ. 'ޖާމާ ނެޓްވޯކް އޯޕެން" ގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ގައި ބައިވެރި ކޮށްފައިވަނީ 47 އަހަރުން މަތީގެ މީހުންނެވެ.

އަދި ދެ ގުރޫޕުގެ ތެރޭގައި، ބަލިން ރަނގަޅު ވިތާ މަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން ހަކުރު ބަލި ހުރި ކަމަށް ދެނެގަނެވުނީ ކިތައް އިންސައްތަ މީހުންތޯ ވަނީ ބަލާފައެވެ. އެގޮތުން ވެކްސިން ނުޖަހާ ގްރޫޕްގެ 2.7 އިންސައްތަ މީހުންގެ ގައިން ހަކުރު ބަލި ދެނެގަނެވިފައިވާ އިރު، ވެކްސިން ޖަހާފައި ތިބި ގްރޫޕުގެ ތެރެއިން ހަކުރު ބަލި ޖެހިފައިވަނީ 1 އިންސައްތަ މީހުންނަށެވެ.

މި ދިރާސާގައި ބަލިމީހުންގެ އުމުރާއި، ޖިންސާއި، އަދި ސިއްހީ ފަރުވާ ހޯދާ މިންވަރަށްވެސް ބަލާފައިވެއެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ހިތުގެ ބައްޔަށް ހާއްސަ ޑޮކްޓަރު، އެލަން ކްވާން ވިދާޅުވެފައިވަނީ، ކޮވިޑް ވެކްސިން ޖެހުމުން ހަކުރު ބަލިން ރައްކާތެރިކަމެއް ލިބިދޭކަން ދިރާސާގެ ހޯދުންތަކުން ލަފާ ކުރެވޭ ކަމަށެވެ.

ނަމަވެސް މި ކަން ޔަގީން ކުރުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށްވެސް ޑރ، އެލެން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެކްސިން ޖެހުމުން ކޮވިޑުންނާއި، އަދި ކޮވިޑް ޖެހުމަށްފަހު ކުރިމަތިވާ އެކި ކަންކަމުންވެސް ރައްކާތެރިކަން ލިބިދޭ ކަމަށް އެލެން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބަލި ޖެހުމުން، ނުވަތަ ވެކްސިން ޖެހުމުން، ހަކުރުބަލީގެ ހިރާސްއަށް ބަދަލު އަންނަ ގޮތެއް މި ދިރާާސާއިން ޔަގީން ކުރެވިފައެއް ނުވެއެވެ.

ސައިންޓިސްޓުން ލަފާކުރައްވަނީ ކޮވިޑް ގައި ބޮޑުވަރު ވުމުން ހަކުރުބަލީގެ ހިރާސް ބޮޑުވަނީ، ބަލީގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އުފެދޭތީއެވެ. އަދި އެއާއެކު ލޭގައި ހުންނަ ހަކުރު، ސެލްތަކަށް އެތެރެ ކުރުމަށް ހުރަސް އެޅިގެން ގޮސް، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވި، ހަކުރު ބައްޔަށް މަގު ފަހިވަނީއެވެ.

އަދި ބައްޔަށްފަހު ހަކުރުބަލީގެ ހިރާސް އެންމެ ބޮޑީ ފަލަ، އަދި ބަރު މީހުންނަށާއި، ހަކުރު ބަލިޖެހުމުގެ ކުރީގެ މަރުހަލާގައި ތިބި މީހުންނަށް ކަމަށްވެސް ދިރާސާކުރި ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ވެކްސިން ޖަހާފައި ތިބޭ މީހުންގެ ހަށިގަނޑަށް ވައިރަސް އެތެރެވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުން ވަރަށް އަވަހަށް ވައިރަސް އާ ކުރިމަތިލައެވެ. އެހެން ކަމުން ހަށިގަނޑު މާ ބޮޑަށް ވައިރަސް އާއި ހަނގުރާމަ ކުރަން ނުޖެހޭތީ، ހަށިގަނޑުގައި އިންފްލެމޭޝަން އުފެދޭ މިންވަރު ކުޑަވެއެވެ.

ނަމަވެސް ވައިރަސް އަށް ދިފާއީ ނިޒާމު ތައްޔާރުވެފައި ނެތް މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވެފައި ތިބޭ މީހުންގެ ހަށިގަނޑު މިގޮތަށް މަސައްކަތެއް ނުކުރެއެވެ.

ސީޑާސް-ސިނާއީ ގެ ހިތުގެ ބަލީގެ ޑޮކްޓަރު، ޑރ ސޫޒަން ޗެންގް ވިދާޅުވެފައިވަނީ، މިވަގުތަށް އަދި ކަށަވަރު ކުރެވިފައި ނެތް ނަމަވެސް، މިހާރު ހޯދިފައިވާ ހޯދުންތަކުން ލަފާ ކުރެވެނީ ކޮވިޑް ބަލިން، ބައެއް އެހެން ބަލިތައް ޖެއްސުން އަވަސް ކުރުވުން އެކަށީގެންވާ ކަމަށް ކަމަށެވެ.

"މިސާލަކަށް ކޮވިޑް ބަލި ނުޖެހި 65 އަހަރުގައި ހަކުރު ބައްޔަށް ޑައިގްނޯޒް ވެދާނެ މީހަކަށް، އެ ބަލި ޖެހުމުގެ ހިރާސް ހުރެ، ކޮވިޑް ޖެހުމުން، 45 އަހަރުގައި، ނުވަތަ 55 އަހަރުގައި ހަކުރު ބަލި ޖެހުން އެކަށީގެންވޭ." ޑރ ސޫޒަން ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގޯޔާ

    މީހުން މޮޔަ ހައްދަން އުޅުނަސް ތިއީ ބޮޑުވަރު. ކޮވިޑް ވެކްސިނަކީ ބޮޑު އޮޅުވާލުމެއް

    49
  2. އހ

    ކޮވިޑް ވެކްސުން ނުޖަހާ މީހުން މަރުވެސް ވާނޭ ކީއްވެބާ ނުބުނީ

    43
  3. މަޖާ

    ލޮލް.......ތިތި ޖަހާމީހުން ބައްޔެއް ނުވާނެ ދޯ.!!! އަހަރެމެންގެ ކާފަމެން އެހެން ގޮސް ބައިވަރު އާއިލާތަކުގެ މީހުން ހަކުރުބަލި ވާރުތައިންވެސް ޖެހިފައި އެބަހުރި. އޭރު ތިކިޔާ ކޮވިޑެއް ނެތް.. ބޯ ހަލާކު

  4. އަލީ

    މި ވަކްސިން ޖެހުމުގެ ސަބަބުން ހަގީގަތުގަވެސް އިންސާނުން ވ ބަލިކަށި ވެއްޖެ… ހުރިހާ އެންމެން ވެސް މި ވެކްސިންޖެހުމާ ދެކޮޅުހަދާ، އަދި ގަތް ރަހުމަތްތެރިން ވެސް މި ކަމުން ސަލާމައިކުރޭ. މީ ހަށިގަޑަށް ދެވޭ ބޮޑު ގެއްލުމެއް…..

    31
  5. ަައިބޫ

    މިހާރު އެންމެ ގިނައިން ވާނުވާނޭނގި ގެއްލެނީވެސް ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށްވާނީ.

    19
  6. 😡😡😡

    ތިޔަޖަހާބަލަ ކަލޭމެން އަނގަޔަށް

    14
  7. ދފދފދފދފދޒ

    ތިވެކްސިނެއް ޖެހިފަހުން އަޅުގަނޑު ގެ ސިކުނޑީގެ ނާރުތަކަށް ވާނީ ބޮޑުގެއްލުމެއް ވެފައި... އަބަދު ބޮލުގައި ރިއްސަނީ!!!

    13
  8. އަޙްމަދް

    މެޑިކަލް މާފިޔާއިންގެ ކޮވިޑާއި ކޮވިޑުވެކްސިނާއި އަދި ފާޑުފާޑުގެ މަކަރު ވެރި ދިރާސާތަކަކީ މިއަދު އިންސާނިޔަތަށް ދިމާވެފައިވާ އެެެއްމެބޮޑު ކާރިސާއެވެ.

    20