ބޭނުންވާ ތަކެތި:

  • 2 ޗިޗަންޑާ (3 އިންޗި އަށް ވަށްކޮށް ކޮށާފައި)
  • 1 ފިޔާ
  • 4 ލޮނުމެދު
  • 1 އިންޗި އިނގުރު
  • އަސޭމިރުސް
  • ހިކަނދިފަތް
  • މުގުރި ހިކިމިރުސް
  • 1/2 ލުނބޯ ހުތް
  • 200 ގްރާމް ކަނޑުމަސް
  • ލޮނު
  • 3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް:

ޗިޗަންޑާ ނޫން އެހެން ހުރިހާ ބާވަތްތަކެއް ބްލެންޑްކޮށްލާށެވެ. ދެން ޗިޗަންޑާކޮޅުގެ އެތެރެއަށް، ބްލެންޑްކުރި މިކްސް އަޅާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ޗިޗަންޑާތައް އެއަށް ލައި، މަތިޖަހާފައި މަޑުގިނީގައި ފިހެލާށެވެ. ކޮންމެ 5-7 މިނިޓަކުން މަތި ނަގައި، ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފިހެވޭތޯ ބަލާށެވެ. އެންމެ މީރުވާނީ ހޫނުކޮށް ހުއްޓާ ކެއުމުންނެވެ. ރިހައާއި ބަތާއެއްކޮށް ވެސް ކެވިދާނެއެވެ.