ބޭނުންވާ ތަކެތި

8 ބިސް

1 ދަޅު ގެރިކިރު

1 ސައިސަމްސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމްސާ ހަކުރު

1 ޕެކެޓް ވެފާ ޗޮކްލެޓް

ތައްޔާރު ކުރާ ގޮތް

ހަކުރު ފިޔަވައި ހުރިހާ އެއްޗެއް ބުލެންޑަރުން ރީއްޗަށް ގިރާލާށެވެ. ޓްރޭއެއްގައި ހަކުރު ކޮޅު ވިރުވާލުމަށްފަހު ބުލެންޑަރުން ގިރި ބައި ޓްރޭއަށް އަޅާލައި ރޯފިލަންދެން އާވިން ކައްކާލާށެވެ. އަދި ހިހޫވުމުން އައިސް އަލަމާރިއަށް ލާ ރަނގަޅަށް ފިނި ކޮށްލާށެވެ.