ބޭނުންވާ ތަކެތި

‎ 3 ދަޅު މަސް

‎½ ގިތެޔޮމިރުސް ކުދިކޮށްކޮށާފައި

‎¼ ޖޯޑު ހިކަނދިފަތް ކުދިކޮށް ކޮށާފައި

‎2 ޖޯޑު ގްރީން ޕީސް (ރޯފިލުވާފަ)

‎⅓ ޖޯޑު ފިޔާ ތުނިކޮށްކޮށާފައި

‎2 ލޮނުމެދު ޗިސްކޮށްފައި

‎1 މޭޒުމަތީ ސަމުސާ އިނގުރު

‎½ މޭޒުމަތީ ސަމުސާ މަސްޓަރޑް ސީޑް

‎¼ ޖޯޑު ލުނބޯގެ ހުތް

‎2 މޭޒުމަތީ ސަމުސާ ތެޔޮ

‎ރަހަލާވަރަށް ލޮނު

ފުށްގަނޑު ތައްޔާރުކުރުމަށް:

‎3 ޖޯޑު ފުށް

‎⅓ ޖޯޑު ތެޔޮ

‎1 ސައިސަމުސާ ލޮނު

‎ހޫނުފެން

‎މަސްގަނޑު
ލޮނުމެދު، އިނގުރު، ފިޔާގެ ދެބައިކުޅައެއްބައި، ހިކަނދިފަތް، މިރުސް، ލުނބޯހުތް އަދި ރަހަލާވަރަށް ލޮނުކޮޅު އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.

އޭގެތެރެއަށް މަސްކޮޅު އަޅާލައި އެއްކޮށްލާށެވެ.

ތަވަޔަށް ތެޔޮކޮޅު އެޅުމަށްފަހު ބާކީހުރި ފިޔާކޮޅާއި މަސްޓަޑް ސީޑްސް ކޮޅު އަޅާ ރޯފިލުވާލުމަށްފަހު ގްރީންޕީސް އަދި މޮޑެފައިހުރި މަސްކޮޅު އަޅާލުމަށްފަހު މަޑުގިނީގަ ކައްކާލާށެވެ.

‎ފުށްގަނޑު

ފުށް، ތެޔޮ، ލޮނު އެއްކޮށްލުމަށްފަހު މަޑުމަޑުން ހޫނުފެން އަޅަމުންފުށްގަނޑު އޮމާންކޮށް މަޑުކޮށް އޮންނަވަރަށް މޮޑެލާށެވެ.

‎ކީމިޔާ ތައްޔާރުކުރުމަށް:

ފުށްގަނޑުން ކުދި ގުޅަޖެހުމަށްފަހު ތިން އިންޗި ދިގުމިން ހުންނާނެހެން ވަށްކޮށް ރޮށިދަމާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް ދެ ސައިސަމުސަލުގެ މަސްކޮޅެއް އެޅުމަށްފަހު ރޮށީގެ ދެކޮޅުން މަޅާލާށެވެ. ދެން ރޮށީގެ އަނެއް ފަޅިން އޮޅާލާށެވެ.