(ފުވައްމުލައް ސިޓީ) ގިނަ ދިވެހިންގެ މެދުގައި މަގުބޫލު އައިބޭ އަކީ މިހާރު ދުލަށް ފަރިތަ، އެންމެ ފަސޭހަ އިން ބަލާލެވޭ އެއް ވެބްސައިޓެވެ. އެއީ އެތައް ބަޔަކު ވިޔަފާރީގެ މާހައުލުގެ ތެރެއަށް ވައްދައި ދިން ބައިވެރިޔާއެވެ. ފެށުނީއްސުރެ، މިއަދާ ހަމައަށް އެ ވެބްސައިޓުގެ ފަނޑުވުމެއް ނެތެވެ. ދިވެހިން ބޭނުންވާ ކޮންމެ މުދަލެއް ހެން އެ ތަނުން ފަސޭހަކަމާ އެކު ލިބުމަށް މަގުފަހިވެ އެތައް ބަޔަކަށް ފަސޭހަވިއެވެ.
މިއަދު އެ ވެބްސައިޓު ވުޖޫދަށް ގެނައުމުގެ މޭސްތިރިއަކީ އިސްމާއިލް ރަފީގް (އިއްސެ) އެވެ.
އިއްސެ އައިބޭ ވެބްސައިޓް ވުޖޫދަށް ގެނައުމުގެ ކުރިން ލޯންޗް ކުރީ ޝޮޕިންގ.ކޮމް.އެމްވީ ނަމަކަށް ކިޔާ އީކޮމާސް ވެބްސައިޓެކެވެ. އެއީ 2001/2002 ހިސާބުގައެވެ. ވިޔަފާރިވެރިންގެ ތަކެތި ވިއްކުމުގެ ބޭނުމުގައި އޭނާ އެ މަސައްކަތް ފަށައިގަތް އިރު، ބައެއް ވިޔަފާރިވެރިންގެ ފަރާތުން އޭނާއަށް މާބޮޑު އެއްބާރުލުމެއް ނުލިބުނެވެ. އެހެންވެ، އޭނާ ދެ ވަނަ ވިސްނުމަކަށް ދިއުމަށް މަޖުބޫރު ކުރުވިއެވެ.
"އެއިރުގެ ވިސްނުން ހުރީ ފުލް އީކޮމާސް ފިހާރަތަކުން ވިއްކާ އެއްޗެހި ލައިގެން ހިންގަން، ދެން އަޅުގަނޑުމެން ސައިޓް ހަދާފައި ފިހާރަތަަކަށް ގޮސް، ބުނިން ސައިޓް ރެޑީކޮށޭ މިއިނީ ޕޭމަންޓާއި އެއްޗެހި ނެގޭނެއޭ، ޕްރޮޑަކްޓްތައް ލައިދޭށެ، އެކަމަކު ފިހާރަތަކުންވެސް އެހާ ރެސްޕޮންސްއެއް ނައި، ތިއަށް މާގިނަ ބަޔަކު ނުއެއް ވަދެއޭ، ކުރާ މަސައްކަތާއި ބަލާފައި މާބޮޑު ވޯތެއް ނޫނޭ ބުނީ، އެއިރު ފެށީމަ މާބޮޑު ތަރުހީބެއް ނުލިބުނު ދެ ތިން ފިހާރައިން ޖެހި، އެކަމަކު ޕްރޮޑަކްޓްތައް މަދުވީމަ އެހާ ނުހިނގާނެތާ،" އިއްސެގެ މަސައްކަތް ފެށި ގޮތް ކިޔައި ދެއްވިއެވެ.
އިއްސެގެ ވިސްނުމަށް ފަހުން އައީ އާންމުންނަށް ވެބްސައިޓް ހުޅުވާލައިގެން ބޭނުން އެއްޗެއް ވިއްކޭ ގޮތް ހެދުމަށެވެ. އެގޮތުން 2005 ހިސާބުގައި ކްލެސިފައިޑް އެއްޗެއްގެ ގޮތުގައި އޭނާ އެ ވެބްސައިޓް ހިންގަން ފެށިއެވެ. އޭރުވެސް މީހުން ދިޔައީ ބޭނުންކޮށްފައި ހުންނަ ފޯނާ އެއްޗެހި ޖަހަމުންނެވެ. އަދި އެ ވެބްސައިޓަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. އެއާއެކު އޭނާގެ ވިސްނުމަށް އައީ ވަކި ޑޮމެއިންއެއްގައި ވަކި ވެބްސައިޓެއް ހެދުމަށެވެ. އެ ހިޔާލާ އެކު، 2009 ގައި އޭނާ އައިބޭގެ ނަމުގައި ވެބްސައިޓެއް ހުޅުވިއެވެ.
އައިބޭއަކީ އިއްސެގެ ވިސްނުމެއް!
އިއްސެ ވިދާޅުވީ، ވެބްސައިޓް ފަށައިގަތްއިރު ވެސް ބޮޑަށް އިލެކްޓްރޯނިކް ގެޖެޓްސް އާއި ފޯނު ފަދަ އެއްޗެހި ވިއްކަން ގިނަ ބަޔަކު ޖަހާ ކަމަށެވެ. އަދި އޭގެ ފަހުން އެޕާޓްމެންޓް އެއްޗެއްސަށްވެސް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެޕާޓްމެންޓް އެއްޗިއްސަކީ މާލޭގެ ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަކަށްވާތީވެ، އަސްލު އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ އަދި މިހާރުވެސް ގިނަ ބަޔަކު ބޭނުން ކުރާ ސެކްޝަން އެއީ އެޕާޓްމެންޓެއް ސެކްޝަން،" އިއްސެ ވިދޅާުވިއެވެ.
މިހާރު އައިބޭގައި 18 ކެޓަގަރީއެއް ހުރެއެވެ. ބޭނުންވާ އެއްޗެއް ފަސޭހައިން ހޯދާލެވެއެވެ.
އިއްސެ ވިދާޅުވީ، ވަޒީފާތަކާ ގުޅުން ހުރި ވަކި ސެކްޝަނެއް ހަދައި، މިހާރު ދިވެހިންގެ ޕްރޮޑަކްޓްތަކަށް ހާއްސަ ސެކްޝަނެއް ވެސް ހަދާފައިވާނެ ކަމަށެވެ. އަދި މިހާރު ފެޝަން އެސެސަރީސް އާއި ކްލޯތިންއަކީ ވެެސް ވަރަށް ހިނގާ ސެކްޝަނެއް ކަމަށް އިއްސެ ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި ދޯނި ފަހަރާއި ލޯންޗް ފަހަރު އެއްޗެހި ވެސް މިހާރު އައިބޭގައި ވިއްކަން ޖަހައެވެ.
އައިބޭއަކީ ރާއްޖޭގެ ވެބްސައިޓްތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓެވެ. އަދި ރާއްޖޭގެ ނިސްބަތުން 11 ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓެވެ.
"އެގޮތަށް ބަލާއިރު، ވަރަށް މީހުން ވަންނަ ވިޔާފަރި ސައިޓެއް މިއީ، ހުރިހާ ޕްރޮޑަކްޓްތަކަށް ވެސް އެކްސްޕޯޝަ ލިބޭނެ"، އިއްސެ ވިދާޅުވިއެވެ.
ސައިޓް ވަރަށް ހިނގާ!
އިއްސެ ވިދާޅުވީ، އޭނާގެ އެ ސައިޓަށް ދުވާލަކު 23،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާ ކަމަށެވެ. އަދި މިހާރު ރެޖިސްޓަޑް އެކައުންޓްސްގެ ގޮތުގައި 80،000 އަށްވުރެ ގިނަ އެކައުންޓް އުޅޭ ކަމަށްވެސް އިއްސެ ވިދާޅުވިއެވެ. އަދި ވެބްސައިޓްގައި ޖަހާފައިވާ އައިޓަމްސްގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރާނެ ކަމަށްވެސް އިއްސެ ވިދާޅުވިއެވެ.
އިއްސެގެ ވެބްސައިޓްގައި މަޝްހޫރު ވިޔަފާރިވެރިންވެސް އެއްޗެހި ޖަހައިގެން ވިއްކަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އޭނާ އެގޮތަށް އެއްޗެއް ލިސްޓް ކުރަން ބަޔަކު ބޭނުންވިޔަސް ޗާޖެއް އެއްޗެއް ނުނަގައެވެ. ނަމަވެސް އޭނާގެ ވެބްސައިޓްގައިވެސް ޗާޖް ނަގާ ގޮތްތަކެއް ހުރެއެވެ.
"މިސާލަކަށް އެ އެއްޗެއް ފްރޮންޓް ޕޭޖްގައި ބަހައްޓަން ބޭނުންވާ ކަމުގައިވާ ނަމަ އާއި ނޫނީ ފީޗަރ ކުރަން، ނޫނީ ކެޓަގަރީއެއްގެ ކުރިއަށް ލާން ބޭނުންވާނަމަ ޗާޖެއް ނަގާ، އެގޮތަށް ވަރަށް މަދުވާނެ ހުންނަ މީހުން، ގިނަ މީހުންނަކީ ފްރީކޮށް ޖަހާ މީހުން،" އިއްސެ ވިދާޅުވިއެވެ.
އިއްސެ މިހާރުވެސް ދޭތެރެ ދޭތެރެއިން ސައިޓަށް ބަދަލު ތަކެއް ގެނެއެވެ. އާއްމުންނަށް ފަސޭހައިން އެއްޗެހި ޖަހާލެވޭ ގޮތަށް ހަދައެވެ. މިހާރު އޭނާގެ ވިސްނުން ހުރީ ވެބްސައިޓް މެދުވެރިކޮށް ޕޭމަންޓް ނެގޭނެ ގޮތް ހެދުމަށެވެ. އެކަމަށް ޗާޖެއް ނެގުމަށްވެސް އޭނާގެ ވިސްނުން އެބަ ހުއްޓެވެ. އެގޮތުން އައިބޭ މެދުވެރިކޮށް އޯޑަރު ކުރާ ފަރާތްތަކުގެ ޓްރާންސެކްޝަން އިން އައިބޭއަށް ވަކި ޕަސެންޓެއް ލިބޭ ގޮތް ހެދުމަކީ އޭނާގެ ހިޔާލެކެވެ.
ގޮންޖެހުންތައް އެބަ ހުރި!
އިއްެސެ ވިދާޅުވީ، އޭނާ މިކަން ކުރާތާ އެހާ ދުވަސް ވެފައިވާ އިރު، މިކަމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.
އެގޮތުން ޕޮލިސީ ލެވެލްގައި އީކޮމާސްއަށް މާބޮޑު ކަމެެއް ކޮށްދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާ ވަނީ ރަށް ރަށަށް ތަކެތި ޑެލިވަރީ ކުރާ އިރު، އެ އޮންނަ ދަތިތަކާއި ނަގާ ޗާޖްތަކާއި އެއްޗެހި ފާހަގަކޮށްފައެވެ.
މިހާރު އެ ވެބްސައިޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ. އެގޮތުން ވަކިވަކި ރަށްތަކަށް ހާއްސަކޮށް ވެބްސައިޓްތަގައި ތަކެތި ޖެހޭ ގޮތް މިހާރު ވަނީ ހަދައިފައެވެ. އެގޮތުން މިހާރު 22 އަތޮޅެއްގައި، އެ އަތޮޅުތަކުގައި ވިއްކާ ތަކެއްޗާއި، ލިބެން ހުންނަ ތަކެއްޗާއި، ހިދުމަތްތަކާއި، ވަޒީފާތަކާއި، ފުރުސަތުތަކުގައި ވާހަކަތައް ޖަހާފައި ވެއެވެ. އަދި އެ ފުރުސަތުވެސް އެބަ ހުއްޓެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ވިއްކާ ތަކެއްޗާއި، ލިބެން ހުންނަ ތަކެއްޗާއި، ހިދުމަތްތަކާއި، ވަޒީފާތަކާއި، ފުރުސަތުތަކުގައި ވާހަކަތައް ޖަހާފައި ވެއެވެ.
މީގެ އިތުރުން އިއްސެ ވިދާޅުވީ، މިހާރު ވެބްސައިޓް މެެދުވެރިކޮށް ޕޭމަންޓް ގޭޓްވޭ ހެދުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.
އޭނާ އައިބޭ ހިންގަނީ އެކަންޏެއް ނޫނެވެ. އޭނާ މުވައްޒަފުން ގެންގުޅެއެވެ. އެ ސިޓީގައި އޮފީހެއްވެސް ހިންގައެވެ. ނަމަވެސް ކޮވިޑާއި ހެދި އޮފީސް ވަނީ ބަންދުކޮށްފައެވެ. އެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގައެވެ. އެ މުވައްޒަފުންނަށް މުސާރަ އާއި އެއްޗެހި ހަމަޖައްސަނީ އައިބޭއިން ލިބޭ އެއްޗަކުންނެވެ.
އައިބޭގައި ތަކެތި ޖަހައިގެން، އާއްމުދަނީ ހޯދައި، މިހާރު ފިހާރަތައް ހުޅުވައިގެން ވިޔަފާރިތައް ފެށި މީހުންވެސް އެބަ ތިއްބެވެ.
"މިހާރު ވަރަށް ގިނަ މީހުން ފިހާރަތައްވެސް ހުޅުވައިފި، މަޑުމަޑުން އައިބޭގައި އެއްޗެހި ވިއްކަމުން އައިސް، ފިހާރަތައް ކިތަންމެ އެތެރޭގައި ހުއްޓަސް، އައިބޭ މެދުވެރިކޮށް މީހުންނަށް ރީޗް ވެވޭ ގޮތް ހެދޭ، އަދި ވިޔަފާރި އެގޮތަށް ރަނގަޅު ކޮށްގެން މަޖީދީ މަގަށް ނޫނީ ރަނގަޅު ތާކަށް ފިހާރަ ބަދަލުކޮށްފައިވެސް އެބަ ހުރި". އިއްސެ ވިދާޅުވިއެވެ.
އެހެންކަމުން އިއްސެގެ އައިބޭއަކީ ވަނީ ދިވެހިިންނަށް އެތައް ގޮތަކުން ފައިދާތަކެއް ހޯދައިދިން ވެބްސައިޓަކަށެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ސާބަހޭ އައިބޭ.އައިބޭގެ ފުވައްމުލަކު އޮފީސް އެއީ ޖަގަހައެއް ތަ؟ ހެހެހެހެހެ.ގުޑް ލަކް ބްރަދާ.
އަހަރެން އެޕާރޓްމަބްޓް ކުއްޔަށް ދޭން މުޅިހެން ޖަހަނީ އައިބޭގަ. މިވެބްސައިޓް ބޭނުން ކުރާތާ 8 އަހަރުވީ
މޯބައިލް އެޕެއް ހަދަން ފެނޭ
ރާއްޖޭގެ އާބާދީ ކުޑައީ ދެއްތޯ! އެހެންނޫނަމަ މި އައިބޭ ހިންގާ މީހާގެ މުއްސަންދިކަން މިލިއަން ޑޮލަރުން މަތީގައި އުޅޭނީ. ކުޑަކުޑަ ކަންމަތީ ފިހާރަގަނޑެއްވަރުގެ އޮފީހެއްނޫން ހުންނާނީ، ބޮޑު ކޮޕްލެކްސްއެއް. އެކަމަކު، މި ގްލޯބަލިއިޒްޑް ދުނިޔޭގައި އައިބޭ ވެސް އިންޓަރނޭޝަނަލް ކުރެވިއްޖެނަމަ، ކުރާ މަންފާ ބޮދުތަނުން އިތުރުވާނެ.
އަދުގެ ޒުވާނުން ބޭކާރު ކަންކަމުގައި ވަގުތު ހޭދަނުކޮށް މިފަދަ ކޮންމެވެސް ފައިދާ ހުރި ކަމެއްގައި ވަގުތު ހޭދަކުރުން ކީއްތޯ؟
ކިތަށް މީހުން ކުރާނީ ބައިވަރު އައިބޭ އަށް ވުރެ ރީތި ފަސޭހަ ސައިޓް ތަށް ހެދި، ދިވެހިންނަށް ކަމުދަނީ ކޯސްޓް ކިރު އެކަނޔޭ ބުނާ އުސޫލުން އައިބޭ ނޫން އެހެން ސައިޓަށް ދިވެހިންނެއް ނުދޭ.... މީހުން ނެތިޔާ ފިހާރަތަކުން އެއްޗިއްސެއް ނުޖަހާ... އެއްޗިއްސެއް ނެތިޔާ ކަސްޓަމަރުން ނެތް ނުވަދޭ... ބައެއް ސައިޓް ތަކުން އެތަތް ހަރަދެއް ކުރިތަން ވެސް ފެނުނު . ޕާޓިކަލްސް ކަހަލަ . މިހާރު ތިޔާ ގުޅޭއެއްޗަަކަށް އިންނާނި އެވިޓީގެ ގޯޕްރިމް ، އައިބޭއަތް ލާންކިޔާ އެތައް ފީޗާއެއް އޭގަވެސް އެބަހުރި . މިއީ ޒުވާނުން މައްސަލައެއް ނޫން.. ކޮފީތަކުގަ އަނގަތަޅާ އުސޫލުން ކޮމެންޓް ހިތުހުރި އެއްޗެއް ގޮވިދާނެ ޙަގީގަތް އޮންނާނީ ވަރަށް ދުރުގަ.... ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި
"Anonymous" މެންނަށް ކަންކުރަން ނޭންގުން އެއީ ދިވެހިންގެ މައްސަލައެއް ނޫން.
ނޫން ނޫން. އައިބޭގެ މުގުލުގަ ވަނީ އީބޭ.
ޢޮޓޯ ކަރެކްޓް ކޮންއިރަކުން އަންނާނީ އައިބޭ އައް ؟؟
ސުކުނެއް މަދުވިޔަސް ހޯދަން ބޭނުންވާ އެތި، ނުފެނިދޭ
ޢައިބޭ އިން ވަކި ބަޔަކަށް ވެސް ނާޖައިޒް ފައިދާ ނަގައިދޭ.
ޢަނެއްކޮޅުން މުޅިދުވަހު އަޕްޑޭޓް ނުކޮށް ހުރެ ނިދަން އަރަމުން އަޕްޑޭޓް ކުރަނީ. ޢޭރު މީހުން ވެސް ނިދަނީ. ޙިތައް އެރިގޮތެއް ހަދަނީ. ޢައިބޭ ނޫން އިތުރު ސައިޓެއް ދިވެހިން ނަށް ބޭނުން ޖެހިފަ މިއޮތީ. މިކޮމެންޓް ޖަހާނެ ކަމަށް ދެކެން ވަގުތު ނިއުސް އިން ޓްރާންސްޕޭރެންޓް ޕޮލިސީ ގެންގުޅެންޔާ..
އައިބޭ އަކީ އެމް ޑީ ޕީ ގެ ގޮތްޕެއް!
އިއްސޭ އަކީ އަހަރެންނަށް ޓިއުޝަން ކުލާހެއްގައި ކިޔަވައިދިން ޓީޗަރެއް.. ވަރަށް އަޚްލާޤު ރަނގަޅު ހެޔޮ ޓީޗަރެއް.. އިންތިޚާބުގައި ކާމިޔާބަށް އެދެން.
ވަރަށް ބޮޑު ޚިދުމަތެއް. ދިވެހީން ޝުކުރުވެރިވެ ފަޚުރުވެރިވަުން ހައްޤު. މާތް ﷲތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި. آمين
އިއްސޭ!! އަޅުގަނޑު ތިޔަބޭފުޅާއާ އެކީ މަސައްކަތް ކުރަން ބޭނުން!! ފުރުސަތެއް ލިބޭތޯ ދަންނަވާލަން!!
އައިބޭ ކުރާމީހުން ގިނައޭ ލިޔެލަބަލަ.. އައިބޭކުރުމަކީ އައިބޭ ސަައިޓަށް ވަނުން