(ހއ. ދިއްދޫ) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވެފައިވާ ހުރި މިންވަރު ބޮޑު ތިލަދުންމަތީ އުތުރު ބުރީގެ ވެރިކަން ކުރާ ރަށް، ދިއްދޫން ވަޒަން ކޮށްލެވެއެވެ. ހއ. އަތޮޅުގެ އެހެން ރަށްރަށަށް ވުރެ، ވެރި ރަށުގައި އިންތިޚާބުގެ ފޯރި މާ ގަދައެވެ. ދޫ ދޭނެ ވަކި ބަޔަކު ނެތެވެ. އެންމެ ބޮޑު ދެ ޕާޓީގެ ސަޕޯޓަރުން ވެސް ގެންދަނީ ޖޯޝުގައި ކެމްޕޭން ކުރަމުންނެވެ. ދިއްދޫއަކީ "އެމްޑީޕީ ރަށެއް" ނޫނީ "ޕީޕީއެމް ރަށެއް" ކަމަށް އެ ފިކުރަށް ތާއީދު ކުރާ ބަޔަކު ޔަގީން ކަމާއެކު ދަނީ ބުނަމުންނެވެ. އިންތިޚާާބު އެބައެއްގެ ކޮޅަށް އަނބުރާލާނެ ކަމަށް ދަނީ ބުނަމުންނެެވެ.

ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށުގައި އިތުރަށް މަޑުކޮށްލެވޭ ކޮންމެ ހިނދުކޮޅެއްގައި ރަށުގައި އޮތް "ސިޔާސީ ވާދަވެރިކަމުގެ" ފޯރި ދިޔައީ ފެންނަމުންނެވެ. ކެމްޕޭން ކުރަން މި ރަށު ރައްޔިތުން ހުންނަ ޖޯޝް ފެނުނެވެ. އެއް ވަގުތެއްގައި، ރަށުގެ އެއް މަގެއްގެ ދެ ފަރާތުގައި ތިބެގެން އެމްޑީޕީއާއި ޕީޕީއެމްއިން ވެސް ޖަލްސާ އެއް ބޭއްވިއެވެ. ދެ ޖަލްސާ އަށް ވެސް ލިބުނު ތަރުހީބު ކުޑައެއް ނޫނެވެ.

މުޅި ރަށް ވަށައިގެން އިވެނީ "ރަށްވެހި ފަތިސް" އާއި "މަގޭ ރާއްޖެ" ގެ ކެމްޕޭން ޝިއާރުގެ ލަވަތަކެވެ. ލަވަ ޖެހުމުގައި ވެސް ދެ ޕާޓީގެ ސަޕޯޓަރުންގެ ވާދަ ހަމަ ވަރަށް ބޮޑެވެ. ދިއްދޫގައި ދެ ޕާޓީގެ ރޭސް ވަރަށް ގަދައަށް ދަނީ ހިނގަމުންނެވެ. ދެ ފަރާތުން ވެސް ދަނީ އެ ފަރާތަށް ވޯޓް ދޭން ޖެހޭ ސަބަބު ދައްކަމުންނެވެ.

އެމްޑީޕީއިން ދައްކަނީ އެ ރަށުގައި ހިއްކާފައިވާ ބިމުގެ ސަރަހައްދެއެވެ. ހިއްކި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކެވެ. ޕީޕީއެމް އިން ދައްކަނީ ރަށުގެ ތާރު އަޅާފައި ހުރި މަގުތަކާއި ހޮސްޕިޓަލްގެ ލިފްޓެވެ. އަދި ބޮޑުކޮށްފައިވާ ބަނދަރެވެ. އާސަންދައާއި އެކަނިވެރި މައިންނާއި އިސްރަށްވެހިންގެ އިނާޔަތާއި ހިލޭ ޑިގްރީގެ ވާހަކަ އެމްޑީޕީއިން ދައްކާއިރު، އިސްރަށްވެހިންގެ އިނާޔަތް ބޮޑުކޮށްދިނުމާއި، ސިނަމާލެ ބްރިޖްއާއި، ރަށްރަށުގެ ފެނާއި ނަރުދަމާ ޕީޕީއެމްއިން ދައްކައެވެ.

ދިއްދޫގައި އެއް މަގެއްގައި އެއްވަގުތަކު ވާދަވެރި ދެޕާޓީ އަކުން ޖަަލްސާކުރިއަށް ގެންދަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލްަ

ޒުވާނުންގެ މެދުގައި އެމްޑީޕީ، އިސް ރަށްވެހިންނަށް ކަމުދަނީ ޕީޕީއެމް

ހއ. ދިއްދޫއަށް "ވަގުތު ހޭރިޔާ" އިން ކުރި ދަތުރުގައި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދޭން ވިސްނާފައި އޮތް ގޮތާއި ސަރުކާރުތަކާއި މެދު ގިނަ ރައްޔިތުންގެ ހުރި ވިސްނުން ހޯދުމަށް "ހޭރިޔާގެ އިންތިޚާބީ ދިރާސާ" ކުރިއަށް ގެންދިޔައީމެވެ. މި ދިރާސާގައި ދިއްދޫގެ 509 މީހުން ބައިވެރިވިއެވެ. މިއީ ދިއްދޫއަށް ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވޯޓްލާ އާބާދީގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. އެމީހުންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން ބުނަނީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށެވެ.

ދިރާސާގައި ބައިވެރިވި 509 މީހުންގެ ތެރެއިން އަލަށް ވޯޓްލާ 10 މީހަކު ހިމެނެއެވެ. 17 އަހަރާއި 19 އަހަރާ ދެމެދުގެ އެ މީހުންގެ ތެރޭގައި މި ސަރުކާރު ކަމުދާ ކަމަށް ބުނާ ހަތް މީހަކު ހިމެނެއެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް ދެ މީހަކު ބުނާއިރު، ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނަނީ އެންމެ މީހެކެވެ. މީގެ ތެރެއިން އަށް މީހަކު އެމްޑީޕީއަށް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭނެ ކަމަށް ބުނެއެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ 78 މީހުން ދިރާސާގައި ބައިވެރިވިއެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކަމުދާ ކަމަށް ބުނަނީ އެމްޑީޕީގެ މި ސަރުކާރެވެ. މި ސަރުކާރު ކަމުދާ ކަމަށް 37 މީހަކު ބުނެފައިވާއިރު، ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނަނީ 20 މީހުނެވެ. ދެ ސަރުކާރު ކަމުދާ ކަމަށް 4 މީހަކު ބުނެފައިވެއެވެ. އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 17 މީހަކު ބުނެފައިވެއެވެ.

މީގެ ތެރެއިން ރަށު ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 34 މީހަކު ބުނެފައިވެއެވެ. އަތޮޅު ކައުންސިލަށް ވެސް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް މި 34 މީހުން ބުނެއެވެ. ރަށު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 22 މީހަކު ބުނެފައިވާއިރު، އަތޮޅު ކައުންސިލްގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 20 މީހެކެވެ. އަމިއްލަ ނުވަތަ އެހެން ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް އެކަކު ބުނިއިރު، ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ ފަސް މީހަކު ތިއްބެވެ. އަދި ރަށު ކައުންސިލަށް ވޯޓް ދޭނެ ގޮތް ނުނިންމާ 11 މީހަކު ތިބިއިރު، އަތޮޅު ކައުންސިލަށް ވޯޓް ދޭނެ ގޮތް ނުނިންމާ 14 މީހަކު ތިއްބެވެ.

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ބުނަނީ ކުރީގެ ސަރުކާރު ކަމުދާ ކަމަށެވެ. އެއީ 138 މީހެކެވެ. މި ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 133 މީހެކެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 33 މީހަކު ބުނެފައިވާއިރު، ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 33 މީހަކު ބުނެފައިވެއެވެ.

މީގެ ތެރެއިން ރަށު ކައުންސިލަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 129 މީހަކު ބުނާއިރު، އަތޮޅު ކައުންސިލަށް ވެސް އެމްޑީޕީއަށް މި 129 މީހުން ވޯޓް ދޭނެ ކަމަށް ބުނެއެވެ. ރަށު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 114 މީހަކު ބުނާއިރު، އަތޮޅު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 112 މީހެކެވެ. ރަށު ކައުންސިލަށް ވޯޓް ދޭނެ ގޮތެއް ނުނިންމާ 49 މީހުން ތިބިއިރު، އަތޮޅު ކައުންސިލަށް ވޯޓް ދޭނެ ގޮތެއް ނުނިންމާ 47 މީހުން އެބަ ތިއްބެވެ.

65 އަހަރުން މަތީގެ އުމުރު ފުރާގެ މީހުނަށް ބަލާއިރު، ކުރީގެ ސަރުކާރު ރަނގަޅު ކަމަށް 41 މީހަކު ބުނެއެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނަނީ 39 މީހެކެވެ. ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 4 މީހަކު ބުނެއެވެ. އެކަމަކު އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 38 މީހުނެވެ. ކުރީގެ ސަރުކާރު ކަމު ދިޔައަސް އަދި ގޮތެއް ނުނިންމާ ކަމަށް ބުނާ ދެ މީހަކު ތިއްބެވެ. އެމްޑީޕީ ކަމުދާ ކަމަށް ބުނާ އެންމެން އެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނާއިރު، ދެ ސަރުކާރު ވެސް ކަމުދާ ކަމަށް ބުނާ ބައެއް މީހުން ވަނީ އެމްޑީޕީއަށް ދޭނެ ކަމަށް ބުނެފައެވެ.

ވަގުތު ހޭރިޔާގެ ޖުމުލަ ނަތީޖާ

ވަގުތު "ހޭރިޔާ" ގެ މި ދިރާސާއިން ހުރިހާ ގޮތަކުން ވެސް ހއ. ދިއްދޫއިން އެމްޑީޕީ ކުރި ހޯދައެވެ. ރަށު ކައުންސިލްގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 42 އިންސައްތަ މީހުން ބުނާއިރު، ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 34 އިންސައްތަ މީހުނެވެ. އެކަމަކު އަދި ގޮތް ނުނިންމާ 11 އިންސައްތަ މިހުންނާއި ސިއްރެއް ކަމަށް ބުނާ ހަތް އިންސައްތަ މީހުންގެ ވޯޓް ލިބިގެން ޕީޕީއެމްއަށް ކާމިޔާބު ވާން ހަނި ފުރުސަތެއް އެބަ އޮތެވެ. އަދި އެމްޑީޕީ އަށް ނަތީޖާ ފުޅާ ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

ރަށު ކައުންސިލްގެ ރައީސް އާއި އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމުގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 42 އިންސައްތަ މީހުން ބުނާއިރު، ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 34 އިންސައްތަ މީހުން ބުނެއެވެ.

ރަށު ކައުންސިލް ނަތީޖާ

ރަށު ރައީސްގެ ނަތީޖާ

އަތޮޅު ރައީސްގެ ނަތީޖާ

އެންމެ ކަމުދަނީ ކޮން ސަރުކާރެއް؟

މާދަމާ ރިޔާސީ އިންތިޚާބު ބާއްވާނަމަ، ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ހއ. ދިއްދޫގައި މި ސުވާލަށް ޖަވާބު ދިން ގިނަ ބަޔަކު ބުނަނީ މި ސަރުކާރަށް ވޯޓް ދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި 509 މީހުންގެ ތެރެއިން 226 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 44 ޕަސެންޓް މީހުނެވެ. ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނަނީ 199 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 39 ޕަސަންޓެވެ. ވޯޓް ދޭނެ ގޮތެއް އަދި ނޭނގޭ ކަމަށާއި އެ ގޮތް ނިންމާނީ ވޯޓް ލާން ޖެހުނީމަ ކަމަށް 84 މީހަކު ބުނެފިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަކުރު

    އެމްޑީޕީއަކީ ގައުމު ތަރަށްގީކުރަންދަންނަބައެއްނޫން ތަރަށްގީގެބާނީއަށްވޯޓުދޭނަން .

    102
    9
    • ހުސޭނުބޭ

      އެހެންނުވާނެ@ މާދަމާވެސް މަސްބަރޯ ގެނެސް ކައުންސިލް އިދާރާތެރެއަށް އަޅާލާނެ!

      38
      5
    • ލޮލް

      ކަލޭގެ ވޯޓެއް ބޭނުމެއްނޫން. ތަރައްގީގެ ބާނީ އަކީ ބޮޑު ވަގެއް.

  2. އެދުރުބޭ

    އަސްލަކީ މިއީ. ދެން އަޑުގަދަކޮށް ރަށުތެރޭ ފިތުނަ އުފައްދަން މޮޅު ބައެއް ޕީޕީކުދިންނަކީ. އެހެން ވިޔަސް އެމީހުންނަކަށް ވޯޓެއް ދިވެހިން ދެން ނުލާނެ. ކޮންމެވެސް އެތިކޮޅެއްގައި ޖެހި އޭގެ ލައްޒަތު ނުފިލައިގެން އުޅޭ މީހުން މެނުވީ!

    11
    65
    • އެބަފެނޭ

      އެތިކޮޅެއްގައި ޖެ ހި އޭގެ ލައްޒަތު ނުފިލައިގެން އުޅޭ މީ ހުން އެބަފެނެއެއްނުން؟ އިސްލާމްދީނަށް ގޮންޖަ ހައި، ބޯންޖެ ހޭނޭ ބޮވެންޖެ ހޭނޭ ގޮވައި، ފައްޅިއެޅޭނެ މަގެއް އޮތްތޯ ބެލީ ތިބުނާ މީ ހުން.

      21
      6
  3. އެދުރުބޭ

    ތެދުވެރިކަމާއެކު މިކަހަލަ ނަތީޖާއެއް އެމް.ޑީ.ޕީއަށް ފަހިވާގޮތަށް ވަގުތުން ޢާއްމުކުރީމަ އެދުރުބެ ވަރަށް ޙައިރާންވެއްޖެ. ގެ ވަޒީފާ ނުގެއްލުނިއްޔާ ވަރަށް އުފާކުރާނަން.

    26
    13
  4. އެމަންޖެ

    މޑޕ އައް ވޯޓު ދީގެން ގޭގަ ދަނޑިދަމަން ތިބޭ ލިބޭނެ ފައިދާ އެއް ނޯންނާނެ ލިބޭނެ ކުރި އެރުމެއްނޯންނާނެ.

    70
    3
  5. އަހަރެން

    މިއީ ގަސްތު ގާ އޮޅު ވާލާފާ ދިރާސާއެއް، ލާރި ކޮޅުގެ ބޭނުމުގައި

    61
    6
  6. Anonymous

    ވަގުތު ޓީމުގެ ފަރާތުން ތިކުރާ މަސައްކަތް ކަމަކީ އެމްޑީޕީ އަށް ވޯޓު ލިބެން ހުރިގޮތް ބަލަން ކުރާ މަސައްކަތެއް. ރާއްޖޭގެ އުތުރާ ދެކުނަށް ގިނަ ޢަދަދެއްގެ ބަޔަކު ފުލައިޓް ގައި ދަތުރުކޮށް މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރުމަކީ ވަރަށް ބޮޑެތި ޚަރަދު ހިނގާ ނެކަމެއް، ނޫސް ހިންގައިގެން އެވަރުގެ އާމްދަނީ އެއްލިބުމަކީ ހައިރާންވާ ވަރުގެ ކަމެއް.

    62
    3
  7. ޑަރޭ

    އެމްޑީޕީގެ ސަބަބުން ނުބައި އަސަރު ކުރަމުން ދަނީ މިނިވަންކަމާ އިސްލާމް ދީޏަށް. ބާރުތައް ދޭން ހެޔޮވާވަރު ބައެެްނޫން. ދަރިންގެ މުސްތަގުބަލައްޓަކައިވެސް ރީނދުލަށް ނޫނެކޭ ބުނަންޖެ ހޭ.

    67
    2
  8. ޔާމީން 2023

    އެމްޑީޕީއަކީ ގައުމު ތަރަށްގީކުރަންދަންނަބައެއްނޫން ތަރަށްގީގެބާނީއަށްވޯޓުދޭނަން .

    50
    1
  9. ޔާމީން 2023

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވެފައިވާ ހުރި މިންވަރު ބޮޑު ތިލަދުންމަތީ އުތުރު ބުރީގެ ވެރިކަން ކުރާ ރަށް، ދިއްދޫން ރައްޔިތުންނަށް ގޮވާލަން މިފަަޙަރު ޕީޕީއެމް ވޯޓު ދެއްވުން އެދެން

    60
    3
  10. ދަންބެ

    ތީ ހަމަ އައްބަދުވެސް ދިއްދޫގެ އާދަ.

    27
    4
  11. ބޯގަމާރު

    ދިވެހިރާއްޖޭގައި ގަމާރުވެފައި ތިބި ބަޔަކު ތިބި ރަށެއްގައި ތިނޫން ނަތީޖާއެއް ނުނުކުންނާނެ. ހަމަ ވިސްނޭ ބުއްދި ހުރި މީހަކު ފަނާކުރާ ހުޅުޖަހާ ތަންތަނަށް މަސްއަޅާ ހަދާ ބަޔަކަށް ވޯޓެއް ނުދޭނެ.

    57
    4
    • ލޮލް

      ބޮޑު ހުޅި ޖެހީ ގައުމުގެ ވަގުން އެތިބީ ޖަލުގާ. ރައްޔެތުންގެ ރުއްސުން ހޯދުމައް ބޮންގޮއްވި ބޮޑު ވަގު.

  12. ތިލަދުން

    2 ޕާޓީގެ ސަރުކާރުގަ ވެސް ދިއްދޫ ބާކީ ނުވެ އެއްވާނެއްގަ ތަރައްގީ ވަމުން ދިޔަ ސަބަބަކި 2 ޕާޓީއަށްވެސް މަރުދޭ މީހުން ފުދޭވަރަކަށް ތިބުން. ޕީޕީއެމް ސަރުކާރުގަ ދިއްދޫ ކައުންސިލް ވެސް ނެގީ ޕީޕީއެމް. އޭގެ ކުރިން އެމްޑީޕީ ސަރުކާރުގަ ކައުންސިލް ދިނީ އެމްޑީޕީއަށް. ތަރައްގީ ވާނީ ހޯދަން އެނގިގެން. މިހެންބުންޏަސް މިވެރިކަމުގަ އަދި ކުޑަކޮށް މިބައި ލޮނުމަޑު ދިއްދޫއަށް

    7
    3
  13. ިުޔަމީން2023

    އެމްޑީޕީއަކީ ގައުމު ތަރަށްގީކުރަންދަންނަބައެއްނޫން ތަރަށްގީގެބާނީއަށްވޯޓުދޭނަން .

  14. ިުޔަމީން2023

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވެފައިވާ ހުރި މިންވަރު ބޮޑު ތިލަދުންމަތީ އުތުރު ބުރީގެ ވެރިކަން ކުރާ ރަށް، ދިއްދޫން ރައްޔިތުންނަށް ގޮވާލަން މިފަަޙަރު ޕީޕީއެމް ވޯޓު ދެއްވުމަށް

  15. އަބީރު

    ޖީލުއޮތީ ދުނިޔަވީ މަސްތުގެ ތެރޭގައެވެ. ކިތަންމެ ވަރަކަށް ދީނާ ޚިލާފުވާހަކަދެއްކިޔަސް އެއީ މިހާރު ޒުވާނުން އެހާބޮޑަށް އަޅާލާ ކަންކަމެއްނޫނެވެ. އެހެންކަމުން މިއަދު އެމް.ޑީ.ޕީ ގެ ވިޔާނުދާ ވާހަކަދައްކާ އަންނި އަށް ތާއީދުކުރާނެއެވެ. ޙަޤީޤަތަކީ ރައީސް ޔާމީން ގެންނެސްދެއްވިފަދަ ތަރައްޤީއެއްގެ ވިސްނުން ހުރިމީހަކަުވެސް އތާކޖު ނެތެވެ. ބިޔަ މެގަ މަޝްރޫޢުތަކަކީ ކޮންއެއްޗެއްކަން ދަންނަ މީހުންވެސް އެމްޑީޕީގައި ވަރަށް މަދެވެ. އެހެންކަމުން ތަރައްޤީ އަކީ ކޮބައިކަމެއް އެބައިމީހުންނަކަށް ނޭނގެއެވެ. ހަމަ އެކްޓިވިސްޓުންލައްވައި ހަޅޭއްލަވާ މަޖިލިސްތެރޭގައި ބޭއަދަބީ ބަހުން ވާހަކަދައްކައި މީުންގެ ޒާތާ ބެހި ބޭކާރު ވާހަކަދައްކައި ނިންމާލަނީއެވެ. އެއްވެސް ތަސައްޥުރެއް ނޯވެއެވެ. ވަކި ލަނޑުދަނޑިއެއް ނުވަތަ އަމާޒެއް ނޯވެއެވެ. އެހެންކަމުން މިމީހުންނަށް ކަމެއް ރަނގަޅުކުރެވޭނީ ކިހިނަކުންތޯއެވެ. އަބަދު މީހުންގެ ކުށް ހޯދައިގެން ކުށްވެރިކުރަން އުޅުނަސް ކަމަކުނުދާނެއެވެ. އަމިއްލަ ވިސްނުމުން ކުރިއަށް ދާންވާނެއެވެ. އަދި އަނެކުންނަށް މަޢާފުވެސް ކުރައްވާނެއެވެ. ޤައުމުގައި ތިބި ޝަރަފުވެރިންނަށް ޤަދަރުވެސް ކުރަންވާނެއެވެ. ޢިލްމީ ބޭފުޅުންގެ ޚިޔާލާައި މަޝްވަރާ ހޯދަންވާނެއެވެ.