(ހއ. ދިއްދޫ) މި ރަށަކީ ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމަތީގެ ރައްޔިތުން އެ ރަށަކާ މެދު ފަހުރުވެރިވާ އެއް ރަށެވެ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމާއެކު، ގިނަ ހިދުމަތްތަކެއް ރަށުން އަބަދުވެސް ލިބެއެވެ. ގުދުރަތީ ގޮތުންވެސްް އެހާ ފުރިހަމަކަން ލިބިފައިވާ ދިއްދޫ ފާހަގަކޮށްލެވެނީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ މީހުން ހެޔޮ، ހިތް ހެޔޮ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައެވެ.
ހއ. އަތޮޅުގެ ރަށްރަށުގެ އެކި ވާހަކަތައް ކިއުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދުގައި މި އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގެ ފުރަތަމަ މަންޒިލަކަށްވީ ވެސް ދިއްދޫއެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައި އޮންނަ ގޮތުގެ މަތިން ދަތުރުގެ 16 ބައިވެރިން ފުރަތަމަ ޖެހުނީ ދިއްދޫގެ ގެސްޓުހައުސްއެއްގައި 10 ދުވަހަށް ކަރަންޓީނުވާށެވެ. ދިއްދޫއަކީ ދަންނަ މާ ގިނަ ބަޔަކުވެސް ނެތް ރަށަކަށްވުމާއި، އަދި ކަރަންޓީނުގެ ދުވަސްތައް އެކަހެރިވެ ތިބެ ހޭދަކުރަން ޖެހޭތީ ދަތުރުގެ ހުރިހާ ބައިވެރިންގެ ކިބައިންވެސް އޭރު ފެނިގެން ދިޔައީ މޮޅިވެރިކަމެވެ.
ނަމަވެެސް ދަތުރުގެ ފުރަތަމަ ދުވަސް ވޭތުވެގެން ދިޔަތަނާ ކުލަވަރު ރީތިވާން ފެށިއެވެ. ހަވީރުގެ ވަގުތު މަގުމައްޗަށް ނިކުމެ އެކި ކުޅިވަރުތަކުގައި އަދި ހީ ސަމާސަކޮށް ހަދާ ކުޑަކުދިން ގެސްޓު ހައުސްގެ ބޭރުން ފެންނަން ފެށިއެވެ. އެކުދިން އައިސް ގެސްޓު ހައުސްގެ ދޮރުމަތީގައި ޖަހަމުން ދިޔަ ސަކަރާތް ވެގެން ދިޔައީ ފޫހިފިލުވާ އެކަނިވެރިކަން ފިލުވާލެވޭނެ ވެސް ގޮތަކަށެވެ.
ބަޔަކު ގެސްޓްހައުސްގައި ކަރަންޓީނުގައި ތިބޭކަން އެނގުމުން އަވަށްޓެރި ގޭގެ އިން ހެެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން ތަށިބަރިތަކަށް އަޅައި ފޮނުވަން ފެށިއެވެ. އެއްޗެއް ބޭނުންވެގެން ގަންނަން އެހިޔަސް ފައިސާއެއް އަތެއް ނުލައެވެ. އަވަށްޓެރިން ބެހެއްޓި ރަހުމަތްތެރިކަމާއި ކައިރި ގޭގެއިން ދިން މެހެމާންދާރީގެ ފުރިހަމަކަމުން 10 ދުވަހުގެ ކަރަންޓީން ނިމިގެން ދިޔަ ގޮތްވެސް ނޭނގުނެވެ.
ބޭރަށް ނުކުމެ ގިނަ މީހުންނާ ބައްދަލުވާން ފެށުމުން ވެސް އެ ވިސްނުން ބަދަލެއް ނުވިއެވެ. ކުދިި ބޮޑު އެންމެެންވެސް ބައްދަލުކުރަނީ ހިނިތުންވުމާ އެކުއެވެ. ޓީމުގެ ހުރިހާ މަސައްކަތަކަށްވެސް އެކި ފަރާތްތަކުގެ ކިބައިން އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ލިބެން ފެށިއެވެެ. ދިއްދޫ މީހުންނަކީ ހެޔޮ ބައެއްކަން މިރަށަށް މީީގެ ކުރިން ޒިޔާރަތްކުރި ފަރާތްތަކުންވެސް އެކި ގޮތްގޮތަށް ފާހަގަކުރިއެެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް "ވަގުތު"އަށް ވިދާޅުވި ގޮތުގައި މި މެހްމާންދާރީއަކީ ރަށުގެ ރައްޔިތުން އަދާކުރި މެހެމާންދާރީއެއް ނޫނެވެ. ކޮންމެ ބަޔަކު މި ރަށަށް ކަރަންޓީނަށް އަޔަސް އެހާ ރަނގަޅުވާނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.
"އެހެން ކަރަންޓީނުގަ ތިބޭ މީހުންނަށް ސައި ހިފައިގެންނާ އެކި އެއްޗެހި ދޭން ދާތީ އެކަން ނުކުރުމަށްވެސް އަޅުގަނޑުމެން އިލްތިމާސްކުރިން މީގެ ކުރިން. އެކަމަކު އެކަމެއް ނުހުއްޓުނު. ދެން މި ބުނަނީ ކުރިޔަސް ރައްކާތެރި ގޮތަށް އެކަންކަން ކުރާށޭ" ހާޝިމް ވިދާޅުވިއެވެ.
މި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި ދިއްދޫ މީހުން ހިތްހެޔޮކަމަށް ގިނަ ބަޔަކު ފާހަގަކުރަނީ މެހެމާންދާރީ ރަނގަޅުވުމުންނެވެ. އަބަދުވެސް ރަށުން ބޭރު ބީރަށްޓެހި ބަޔަކު ރަށަށް އައިސްފި ނަމަ ވީ އެންމެެ ރަނގަޅަކަށް އެމީހުންނާމެދު ކަންކަން ކުރެވޭތޯ ބަލާ ކަމަށާއި، އެއީ ކާބަފައިން ޒަމާނުއްސުރެ ހަރުލާފައި އޮންނަ އާދަައެއް ކަމަށް އެމީހުުން ސިފަކުރިއެވެ.
"އާންމުކޮށް ރަށަށް ބީރަށްޓެހި ބަޔަކު އައިސްފި ނަމަ، ބަލާނެ އެމީހުން ބޭނުންވާ ހުރިހާކަމެއް ފުއްދަދެވޭތޯ. މިހެން އުޅޭއިރު ހަމަ ގިނަ އެއްޗެހި ހޯދައިވެސް ދޭނެެ އެހެން އަންނަ މީހުންނަށް އަގަކާ ނުލާ. އެއީ މި ރަށު މީހުން ގައިގައި ކާބަފައިން ޒަމާނުއްސުރެ ހަރުލާފަ ހުންނަ ރީތި އާދައެއް" ދިއްދޫއަށް ނިސްބަތްވާ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހަކު ބުންޏެވެެ.
މީގެ ކުރިން ދިއްދޫ މީހުން މެހެމާންދާރީ އަދާކުރަމުން އައިގޮތް އެނގުނީ އުމުރުން ދުވަސްވީ މީހުންނާ މިކަމާ ގުޅޭ ގޮތުން ސުވާލުކޮށްލުމުންނެވެެ. ގިނަ އިސް ރަށްވެހިން ކިޔައިިދިން ގޮތުގައި އޭރު ގެއަށް ބޭރުން ބަޔަކު އައިސްފި ނަަމަ ގޭގައި ހުންނަ މަދު ކާ އެެތިކޮޅުވެސް ދެެއެވެ.
މި ރަށަކީ ރަށުގެ ރައްޔިތުންގެ މެދުގައި ވެސް އެހާ ގާތް ގުޅުމެއް އޮންނަ އަވަށްޓެރިންނަށް ހެޔޮ ބަޔަކު އުޅޭ ރަށެކެވެ. ވެރިކަން ކުރާ މާލެއިން މި އާދަ އެއްކޮށް ކަހަލަ ގޮތަކަށް ކެނޑިގެން ގޮސްފިއޭ ބުނުމަކުން ދޮގަކަށް ނުވާނެެެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އަވަށްޓެރިން ގުޅިގެން އުޅުނު ޒަމާން މާޒީ އާ އެކުވެެގެން ގޮސްފިއެވެ. ނަމަވެސް ދިއްދޫ ރައްޔިތުންގެ މެދުގައި އެކަން އަދިވެސް ދެމި އެބަ އޮތެވެ. މެންދުރުން ފެށިގެން އެއްގެއިން އަނެއްގެއަށް އެކި ކަންކަމުގައި މީހުން ދާ މަންޒަރު ރަށުގެ ތެެރެއިން ފެނެއެވެ. އަދި ހަވީރު ދަޅައަށް އެޅުމުން ރަހުމަތްތެރިންނާއެކު އަތިރިއަކާ ދިމާލަށް ހިނގާލަން ދިއުން ނުވަތަ ޖޯލިފަތިތަކުގައި އިށީންދެލާ ވާހަކަދަައްކަން ތިބޭ މަންޒަރު ފެނެއެވެ.
ދިއްދޫ ފާހަގަކުރެވުނީ މިގޮތުން ނަމޫނާ ރަށެއްގެ ގޮތުގައެވެ. އެރަށުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރަށަށް އަންނަ ތަރައްގީގެ މައިގަނޑު ސަބަބަކީވެސް ރަށުގެ އެއްބައިވަންތަކަމާއި މީހުންގެ ހިތްހެޔޮކަމެވެ.
100 ޕަސަންޓް ކުށް ނުކުރާ ބައެކޭތަ އޮތީ؟؟؟ މެހެމާނުންނަށް އޯގާތެރި އަޅާލާ ވާހަކަ އޮތީ. ކަމާނުގުޅޭ ވާހަކަ ތި ދައްކަން ޖެހެނީވެސް ހަސަދަވެރިކަމުން. މި ރޯދަ މަހު ހިތްސާފު ކޮށްލާ. ތިހިފާ ރޯދަ އެއްޗަކަށް ވޭތޯ މަސައްކަތް ކޮށްލާ.
ރައްރަށުގައި އޮތް އެކުވެރިކަން ނެތިކޮށްލި އެއްޗަކީ ތިގެނައި ޕާޓީ ސިސްޓަމް.
ހައްގު ތެދު....އައްބޭބެ.
ވަގުތު ނޫހުން އެކަނި ދެއްކީ ވާހަކައެއްނޫން މިޔަކީ. މީގެ އަހަރަުތަކެއްކުރިން މާކުރިން ވެސް ދިއްދޫއަށް އެކަނި ރަސްމީބޭނުމެއްގަ ދާން އުޅުންފަހަރެއްގަ އެއަތޮޅު މީހަކު މިހެންބުނި އަހަރެން ކައިރީ. ހާސްނުވާށޭ ދިއްދޫމީހުން ރަށަށްއަރާމީހުންނަށް ބަލާނޭ ބުނި. ބީރަށްޓެހިވެފަ ހުންނާކަށް ނުޖޭހޭނޭ ބުނި. އަމިއްލެއަށް އެކަން ތަޖުރިބާވެސް ކުރެވުނު.
އެ ރަށު މީހެކޭ ދޮންކަލޯ ކައިރިގަ ބުނީ އެރަށު މީހުން ބަލާނޭ...ކޮންމެ ތަނަކުންވެސް ބަލާނެ ޓައީ އަޅައިގެން އަރަނިކޮށް..އެވެސް ގޮތް އެނގެންދެން..
މަށަށް ކުރެވުނީ އެހެން ތަޖުރިބާއެއް، ފަހަތުން ހޯއް ގޮވަމުން ވެސް އެކަކު ދުވި ނޭނގިގެން އެއްޗެއް އަހާލި ކަމަށްޓަކައި.. ހއ އަށް ވެސް ދުވަހަކު ދިޔަ މީހެއް ނޫން މަނީ އެފަހަރު ނޫނީ.. އޭގެ ފަހުން ތިޔަ އަތޮޅު އޮތް ދިމާލަށް ވެސް ނުދަން..
ހާދަ ގަބޫލު ނުކުރެވޭ ވާހަކައެް ތިޔަ ދައްކަނީ! ނުދަންނަ މީހަކަށް ހޯއް ގޮވާނީ ތީނައާއި އެކު ދިއްދޫއަށް ދިޔަ މީހަކަށް ވާނި! ޢެހެން ނޫނީ ތިބޭޅާ އަންހެނަކާ ފޮށުނީ ކަމަށް ޤަބޫލު ކުރެވެނީ! އޭގެ ބަދަލުގަ އަންހެންމީހާ ދިފާއުގަ އެއްޗެއް ބުނެ ބަވާލީމަ ހަޖަމު ނުވީ ކަމަށް ލަފާކުރެވޭ
ދިއްދޫގާވެސް ހަމަ ގޯސް މީހުން އުޅޭ. އެކަން ގަބޫލުކުރަން. އެކަމް ޖުމްލަގޮތެއްގަ ހުރިހާރައްޔަތުންވެސް ހިތްހެޔޮވެފަ އަޙްތިރާމްކުރާނެ ހަމަ މެހެމާނުންނަށް.
ކަލޭމެންނަަަށް ކޯންޗެއްއިންގޭނީ.
ދިއްދޫ އަކީ ވަރަށް ރަނގަޅު ބައެއް ދިރިއުޅޭތަނެއް.
ދިއްދޫގާވެސް ހަމަ ގޯސް މީހުން އުޅޭ. އެކަން ގަބޫލުކުރަން. އެކަމް ޖުމްލަގޮތެއްގަ ހުރިހާރައްޔަތުންވެސް ހިތްހެޔޮވެފަ އަޙްތިރާމްކުރާނެ ހަމަ މެހެމާނުންނަށް
ވަގުތު ނޫހުން ގެނައުމުގެ މާކުރިން އަމިއްލެއަސްވެސް އެމީހުންގެ ހިތްހެޔޮކަން ތަޖުރިބާ ކުރިން.
ހަޖަމް
ހަމަ ޔަގީނުންވެސް ކަލޭ ތިވާނީ މީހުންނާ ނުގުޅޭ ކިބުރު ވެރި ސިފަތަކެއް ހުރި މީހަކަށް! މަގުމަތިން ހިނގާަފަ ދާއިރު ބޮޑާކަންމަތީ އިސްޖަހައިގެން ހިނގާ މިހަކަށް! ތި ޒާތުގެ މީހަކަށް ދިއްދޫ މީހަކުވެސް ބަލައި ނުލާނެ!
ހާދަ ހީވޭ ކަނބުލޮ އުޅުނީ ވަރަށް ބޮޑާ ކޮށް ހެން
ކަލޯގަޔާ މިހާރު މަ ހުއްޓަ ދިއްދޫން އެހެން މީހަކު ހޯދަން އުޅެ ނުވީމަ ހަސަަދަވެެރިވީ ދޯ! ދިއްދޫ ޢަންހެން ކުދިން ފަސޭހައަކުން އަތުއަޅުވައެއް ނުލެވޭނެ! ލާހިކުނޫން މަހުއްޓަ ތި ކުޅި ކުޅޭކަށްވެސް! ޙަޖަމް ޕްލީސް ފިރިމީހާ
ފޮނި ބައެއް އުޅޭ ރަށެއް
ކަލެއަށްވުރެ ހަސަދަވެރި މީހަކުވެސް މަ ނުދެކެން. ދެން ނޮރޮއެ.