(ހއ. މޮޅަދޫ) ރާއްޖޭގެ ބައެއް ރަށްތަކުގައި އެންމެ ހާއްސަ ކަމަކީ އެ ރަށަށް ލިބިފައިވާ ގުދުރަތީ ރީތި ކަމެވެ. ބައެއް ރަށްތަކަކީ ފެހިކަން ގަދަ ރަށްތަކަކަށްވާ އިރު، އެކަމުން ލިބޭ އެންމެ ބޮޑު އުފަލަކީ ސާފު ވަޔާއި، ހިޔަލެވެ. މިކަމުންވެސް އިތުރު ފުރިހަމަކަމެއް ލިބެނީ ސާފު ރީތި ގޮނޑުދޮށުގައި އެފަދަ ގަސްތައް ހެދިފައި ހުރުމުންނެވެ. މިއީ ގޮނޑުދޮށަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމެއްކަން ޔަގީނެވެ. މިއީ ވެސް އެފަދަ ރީތި ގޮނޑުދޮށެކެވެ. ރީތި ތުނޑިއެކެވެ.
މޮޅަދޫގެ އުތުރުކޮޅު ތުނޑިއަށް ދަތުރު ފެށީ، އެތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އެ ތުނޑީގެ ރީތިކަން ފެންނާނެ ކަމުގެ އުއްމީދުގައެވެ. ހަވީރު 4:00 ޖަހާކަން ހާއިރު ހިނގާފައި ތުނޑިއަށް ދިޔުމަށްޓަކައި ރަށުގެ ބޮޑުމަގުން (އަމީނީމަގު) ދަތުރަށް ފެށީމެވެ. ބޮޑުމަގުގެ ދެފަރާތުގައި އޮންނާނީ ރުއް ހައްދާފައެވެ. ވަރަށް ފުރިހަމައެވެ. ވަަރަށް ޗާލެވެ. އެ މަގު ނިމޭ ހިސާބާ ހަމައަށް ދެވުނުއިރު ވާތް ފަރާތުން އިތުރު މަގެއް ފެންނަން އޮތެވެ. އެއީ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ތުނޑިއަށް ދިޔުމަށް 2018 ގައި ހެދި މަގެކެވެ.
މިރަށު މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި، މި މަގު "ކޮށުމުގެ" ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ތުނޑިއަށް ދެވޭނެ ގޮތް ހެދުމަށެވެ. އެ މަގު ނޯންނަ އިރު ތުނޑިއަށް ދަނީ ގޮނޑުދޮށުން ހިނގާފައި ނުވަތަ ކަނޑުގެ އުޅަނދެއްގައެވެ.
ތުނޑިއަށް ދިޔުމަށް ކޮށާފައި އޮންނަ މަގަށް ރައްޔިތުން ދީފައިވާ ނަމަކީ ތުނޑީ މަގެވެ. އެ ތުނޑީމަގުގައި ވެސް އޮތީ ދެފަރާތުން ރުއް އިންދައިފައެވެ. މި މަގުގެ ދިގުމިނުގައި 1.4 ކިލޯމީޓަރު ހުރެއެވެ.
އެ މަގުން ގާތްގަނޑަކަށް ހިނގާފައި ވިއްސަކަށް މިނެޓު ތެރޭގައި ތުނޑިއާ ހަމައަށް ދެވޭނެއެވެ.
ސާފު ހުދުހުދު ދޮންވެލިގަނޑާއި ވިލު ނޫ ކުލައިގެ މޫދު ދެކިލުމުގެ ފޮނި އުންމީދުގައި ގޮނޑުދޮށަށް ފޭބި ނަމަވެސް އެ ފޮނި އުންމީދުތައް ވިއްސިވިހާލިވެގެން ދިޔައީ ތުނޑި ފެންނަން ނެތުމުންނެވެ. ދިޔަވަރު ބޮޑު ވަގުތެއްކަމުން ސާފު މޫދު ފިޔަވައި ތުނޑީގެ ހުދު ދޮންވެލީގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ހުޅަނގު މޫސުމުގެ އަސަރުތައް ތުނޑިއަށް ވެސް ވަނީ ކޮށްފައެވެ.
GALLERY: Molhadhooge Hiyygaimu Thundi https://t.co/VJK9eP7jE9 pic.twitter.com/4JpVoIm2m7
— Vaguthu Online (@VaguthuOnline) September 5, 2021
މިފަހަރު ތުނޑި ރަނގަޅަށް ނުފެނުނަސް ސާފު ހިމޭން ޗާލު ދޮންވެލިގަނޑު ފެނިގެން ދިޔައެވެ. މޫދުގެ ރީތިކަން ފެނިގެން ދިޔައެވެ. އަދި އެރަށު ފަޅު ތެރެއަށް ލައްވެފައިވާ މަސްބޯޓެއް ވެސް ފެނުނެވެ. ޔަގީނުން ވެސް މިއީ ރީތި މަންޒަރެކެވެ. މަތިން އެ މަންޒަރު ބަލާލާއިރު، ބޮޑު ފަޅެއް އޮންނަކަން އެނގެއެވެ.
ނަމަވެސް އެ ސަރަހައްދުގެ ރީތިކަން ގެއްލިފައި ވަނީ އެ ސަރަހައްދަށް އުކާލާފައިވާ ޕްލާސްޓިކް ފުޅި އާއި ދަޅާއި އެ ނޫންވެސް ބާވަތްތަކުންނެވެ. އެ މަންޒަރު ބަލަން އެތަނަށް ދިޔަ "ވަގުތު"ގެ އެއްވެސް ނޫސްވެރިއަކަށް ކެތެއް ނުވިއެވެ. އެ ސަރަހައްދު އެއްކޮށް ސާފް ކުރުމުގެ މަސައްކަތް ހުރިހާ އެންމެން ފެށިއެވެ. ފުޅި އާއި ދަޅާއި، އެ ނޫންވެސް އެ ސަރަހައްދުން ފެންނަން ނުޖެހޭ އެތައް ކުންްޏެއް ނެގިއެވެ. ގާތްގަނޑަަށް 20 ވަރަކަށް ގޯނީގެ ކުނި ނަގައި އެއް ސަރަހައްދަކަށް ޖަމާ ކުރިއެވެ. މޫދަށް ނޭޅޭނެ ހެން އެ ސަރަހައްދުން އެތަކެތި ގެންދިޔައެވެ.
މިރަށު މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ދިޔަވަރު ހިކޭ ވަގުތުގައި މޮޅަދޫ އާ އެއްފަޅެއްގައި އޮންނަ ފަޅު ރަށަށް (ގާމަތިކުޅުދޫ) ހިނގާލާފައި ދެވެއެވެ.
މި ރަށު މީހުން ބުނާ ގޮތުގައި، ދިޔަވަރު ހިކޭ ވަގުތުގައި ވަރަށް ދުރަށް ހުދު ފަސްގަނޑު އޮވެއެވެ. އަދި ދެ ފަރާތުން ކުދިކުދި ރާޅުތައް ގޮނޑުދޮށަށް ޖަހަމުންދެއެވެ. ފެތުރިފައި އޮންނަނީ ސާފު ހުދު ފަސްގަނޑާއި ސާފު މޫދެވެ. މިއީ މި ތުނޑި އެންމެ ބޮޑަށް ހާއްސަވާ ސަބަބެވެ.
"ޕިކްނިކް ހަދާލަން ތުނޑީގެ ބޭނުން ހިފަނީ ހަމައެކަނި މޮޅަދޫ ރައްޔިތުންނެއް ނޫން. ކައިރި ރަށްރަށުގެ މީހުންވެސް އެ ތުނޑިއަށް ދަތުރު އާދޭ". މިރަށު މީހަކު ބުންޏެވެ.
މިރަށު މީހުން ބުނާ ގޮތުގައި، އެ ސަރަހައްދަކީ ކުޑަކުދިން މޫދަށް ގެންދަން ވެސް އެކަށީގެންވާ ތަނެެކެވެ. ސަބަބަކީ ބޮޑެތި ރާޅުތައް ނުނަގާ ސަރަހައްދެއް ކަމަށްވުމާއި އޮއި ބާރުނުވުމާއި އެ ސަރަހައްދުގެ ތިލަކަމުގެ ސަބަބުންނެވެ.
"މޫދު ތިލަކަމުން އެ ކުދިންނަށް އެކަނިމާ އެކަނި މިނިވަންކަމާއެކު މޫދުގައި އުޅުމުގެ ފުރުސަތު ދެވޭ". އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.
މިއީ މިރަށަށް ލިބިފައިވާ ގުދުރަތީ ރީތި ކަމެވެ. އެހާމެ ފުރިހަމަ ކަމެކެވެ.
ތިތަން ދެން ފެންނާނީ މޮޅަދޫ އިން ވަކިކޮށް ކައިރީ އޮތް ގާމަތިކުޅުދޫ އާއި އެއްކޮށްލާފަ ރެސިޑެންސް ވިސާ ކެޓަގަރީއަށް ގޯތިދޫކުރަން ވެގެން މޮޅަދޫ ގެ އިހްތިސޯސް އިން ބޭރުކޮށްލާތަން
ދުވަހަކު ތަނަކައް ނުދާ މީހަކައް ނުފެންނާނެ ދޯ ތިޔަކަހަލަ ތުނޑިއެއް.
އދ ފެންފުށި ދެ އަވަށުގެ ތުނޑި ބަލާލަން ދޭބަލަ ނިކަން
އދ ފެންފުށި ދެ އަވަށުގެ ތުނޑި ބަލާލަން ދޭބަލަ ނިކަން
ތިތަން އިހްތިސޯސް އިން ބޭރުކޮށް މޮޅަދޫ އިން ވަކިކޮށް ކައިރީ އޮތް ގާމަތިކުޅުދޫ އާއި އެއްކޮށްލާފަ ރެސިޑެންސް ވިސާ ކެޓަގަރީއަށް ގޯތިދޫކުރަން ފެނޭ، 300 ވަރަކަށް އަހަރު ވީއިރުވެސް އެއްވެސް ކަމެއްނުވެފައި މިހުރީ، ވީމަ ރެސިޑެންސް ވިސާ ކެޓަގައި ގޯތިދިނީމައި ތަރައްގީވެފައި ރަށަށް ފައިދާތަކެއްވާނެ ކަމަށް ފެނޭ...