ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ، އެމަސައްކަތް ކުރިއަށް ގެންދާ ވަގުތު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީފަންނުގެ ކާމިނީ މަގު، މާވެޔޮ މަގު، މާވެޔޮ ގޯޅި ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 16:00 އަށް ކަމަށެވެ.

ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދޭއިރު، އެފަދަ ކަމެއް ފެށުމުގެ ކުރިން އެކުފުންފުނިން އަބަދު ވެސް ރައްޔިތުންނަށް އެކަން އަންގައެވެ.