ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.

ޝަހީރު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. 29 އަހަރު ދުވަހު އެ ކުންފުންޏަށް ހިދުމަތް ކުރެއްވުމަށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުއާޒު މުހައްމަދު ރަޝީދެވެ.