ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަކީ ރާއްޖޭގެ ގާނޫނުތަކާއި ވެރިކަމަށް އޮތް ބޮޑު "ބިރެއް" ކަމަށް ވިދާޅުވެ، މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަރަށް ބޮޑަށް ޝަރީފަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ބޮންޑެ، ޝަރީފަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވީ މަޖިލީހުން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ކަމަށާއި އެއީ ސަރުކާރު ހިންގަން ހުރަސް އެޅުން ކަމަށް ވިދާޅުވެ، ޝަރީފް އެމްޑީޕީ އާއި ޑިމޮކްރެޓްސް އަށް ފާޑު ވިދާޅުވުމުންނެވެ. ޝަރީފް އެގޮތަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލިހުން ފާސްކުރުމާ ގުޅިގެންނެވެ.

މަޖިލީހުން މިހާރު ކުރާ މަސައްކަތަކީ ސަރުކާރު ހިންގަން ހުރަސް އެޅުން: ޝަރީފް

މަޖިލިހުގެ ޖަލްސާގައި ބޮންޑެ ވިދާޅުވީ މަޖިލިހުގައި ތިއްބެވީ ރައްޔިތުން ފޮނުވާފައި ތިއްބެވި މަންދޫބުންތަކެއް ކަމަށާއި އެ ބޭފުޅުންގެ ވޯޓުން ވަޒީރަކަށް ރުހުން ނެތް ކަމަށް ފާސްކޮށްފި ނަމަ، އެ ވަޒީރުންނަށް ރުހުން ނުދެވޭނެ ކަމަށެވެ. އެއީ ކޮންމެހެން ޝަރުތެއް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުގައި ބޮންޑެގެ ބަހުގެ ހަމަލާތައް އަމާޒު ކުރައްވާފައި ވަނީ ޝަރީފަށެވެ. ބޮންޑެ ވިދާޅުވީ އެފްޑީއައިގެ ހިޔާނަތް ބެލުމަށް މަޖިލިހުން ކުރިން ކޮމިޓީއެއް ނެގި އިރު، އެ ކޮމިޓީގައި ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އެކަމަކު، އެ މައްސަލަ ވެސް އޭރުގައި ނުބެލުނު ކަމަށެވެ.

ޝަރީފަކީ ރިޝްވަތު ނަންގަވާފައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ތުހުމަތު ކުރައްވައި ބޮންޑެ ވިދާޅުވީ އެ މެމްބަރުގެ "ފިހާރަތައް" ވެސް ގިނަވަމުންދާ ކަމަށެވެ.

"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝަރީފް މެން ފަދަ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ވެރިކަމަށް އޮތް ބިރެއް. (ކުރީގެ ރައީސް) އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދުއްވާލީ މިތަނުގައި ހުރެ ސަނާ ކިޔައިގެން. އަނެއްކާ އަނެއް ފަހަރު މި ތަނުގައި ހުރެގެން ދެން އޮތް ސަރުކާރަށް ސަނާ ކިޔައިގެން ކޮން ކަމެއްތޯ މި ކުރަނީ؟ އޭނާގެ ދަރިއަށް އެމްބަސީއަކުން ވަޒީފާ ހަމަޖެއްސީމާ އޭނާގެ ވަޒީފާ ގޮސްދާނެތީ އެ ވަޒީފާ... އޭނާގެ މަސްލަހަތަށް. މި ދައްކަން ޖެހޭ ވާހަކަ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ތުހުމަތު ކުރެއްވި ގޮތުގައި ޝަރީފް މަސައްކަތް ކުރައްވަނީ "ޖީބު" ބޮޑުކުރާށެވެ. މަވޯޓާ ޝަރީފް ނުދަންނަ މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި މަޖިލިހުގެ އެންމެ މުހިންމު އެއް އަމާޒަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އަދި މަޖިލިހުގެ މެމްބަރުންގެ އެންމެ މަތިވެރި ޒިންމާއަކީ ވެސް އެއީ ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

"ގާނޫނު ނެތީކީ ނޫނޭ. ގާނޫނު ތަންފީޒު ކުރާ މުއައްސަސާތައް ޖަވާބުދާރީ ނުކުރެވިގެން މިއުޅެނީ. 4،000 ފްލެޓު މިހާރު އެ އުޅެނީ ވާނުވާ ޖަހައިގެން. ރައްޔިތުންގެ މަގުމަތީގައި ދުވަނީ. ބޭންކްތަކުން އަނެއްކާ ވެސް ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ނަގާފައި އެ ނުދައްކާ، ސަރުކާރުން ބޭރު ގައުމުތަކަށް ބަދު ބަސް ބުނުމުގެ ސަބަބުން މިހާރު އިތުރު ވެސް ނުކޮށްދިން. 25 ޑޮލަރު ދެން ލިބޭނީ ކުއްޖަކަށް." ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑް ލިމިޓް 25 ޑޮލަރަށް ކުޑަ ކުރަން އުޅޭ ވާހަކަ ދެކެވެމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ބޮންޑެ ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކަށް 25 ޑޮލަރު ދީގެން ކިހިނެއްތޯ ދެން ބެލެނިވެރިން (ކުދިން) ބަލަހައްޓާނީ؟"

ނަމަވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑްތަކުގެ ލިމިޓަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަ ކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ފިނޭންސްގެ ބަޔާނުގައި ވަނީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރުގައި ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހނހ

    ތިޔަ ބޮންޑާއަކީ ގައުމައް ޖެހިފައިވާ ބޮޑު ނުރައްކަލެއް

    36
    4
  2. އެމްޑީީޕީ މަޖިލީހުން ބެރުކުރޭ

    މި ގައުމަށް އޮތް ބިރަކީ އެމްޑީޕީގެ ލާދީނީ ޗޯރުން. ގައުމު ރަނގަޅަށް ނުހިނގަނީ އެމްޑީޕީގެ ދުއްޕާނާއިހެދި

    17
    1
  3. Anonymous

    މަޖިލީހުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވާއިރު މިއަދު މި ފެންނަނީ އެއް މެންބަރަކު އަނެއް މެންބަރަކު ބަދުނާމުކޮށް، ތުހުމަތު، އަޅުވައި އިނގިލި ދިމާކޮށް، އަވަގުރާނަ ގޮވާ މަންޒަރު. މިވެސް ޑިމޮކްރަސީތޯ؟ މިވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަންތޯ؟

    12
    2
  4. އިބްރާ

    ބޮންޑެ އިބޫ ދައުރުގަ ކުރީ ކޮޅު އެހެން ލަވައެއް އަންނި އެމްޑީޕީއިން ވަރިވީމާ އެހެން ލަވައެއް ކަލޭމެން ޕާރޓީ ވެރިކަމަށް ކުރިމަތިލިއިރު އެހެން ލަވައެއް ވެރިކަން ނުލިބުނީމާ އެހެން ލަވައެއް އެހެން ބަޔަކަށް ވެރިކަން ލިބުނީމާ އެހެން ލަވައެއް އަޅެ ބޮންޑެ އަގަތެރޭގައި އޮތީ ކިތައް ބަޔަށް ބެހިފައި އޮތް ދުލެއްތަ އަޅެ ވެއްޖެއެއްނު ދެން އުޑުފެންނަ ހިސާބަކަށް ގޮސް މަތިބަލާފައި ތިމާ މިއުޅޭ ގޮތާއި ތިމާ މިކިޔޭ އެއްޗެއް އެގޭތޯ ނޫނީ އެއްފަހަރު ކިޔޭއެއްޗެއް ހަދާން ނުހުންނަނީ ދޯ މިފަދަ މުސީބާތްތަކުން މިޤައުމު އެބަ ޖެހެއެއްނު ސަލާމަތް ކުރަން މީނައެކޭ އަނޫ މާލިކެކޭ އެއްގޮތް އަޑެއް އިވޭ އިރަށް މިއުޒިކު ކޮންޕޯސް އެބަކޮށްލާ

    12
    1
  5. Anonymous

    މި މީހުންނާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ބިރެއް.
    މިޤައުމަށް އޮތް އެންމެ ބޮޑު ބިރަކީ އެމްޑީޕީން ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ޤައުމު ފަސާދަކުރަން ކުރާކަންތައްތައް.

    23
    2
  6. އަބްދޫ

    މަވޯޓާ ދައްކަވަނީ ރަނގަޅު ވާހަކަ ބޮންޑެ ގެ ވާހަކަތަކަކީ ގައުމަށް ހުރި ބިރުވެރިކަމެއް. ގާނޫނުތަކާއި ގާނޫނުއަސަސީ ހިނަގުމަށް ހުރަސްއެޅުމެއް.

  7. Anonymous

    ރަނގަޅު ވާހަކައެއް ބުނެފި ބޮންޑޭ ވެސް. ސީދާ އިބިލީސް އެއީ. މަވޯޓާ ސަވާރު ވެދާނެ ކޮންމެ ފަދަ މީހެއްގެ ބޮލަށްވެސް.

  8. Anonymous

    މީހާގެ ގޮތް އެންމެ ބޮޑަށް އެނގޭނީ އޭނާ ދައްކާ ވާހަކައިންކަމީ މުސްކުޅިން ބުނާ ވާހަކައެއް. އެ ރޮނގުން ބަލާއިރު ޕާޓީއަކަށް އީމާންނުވެ އެއްޗެއް ދަންނަވަންޏާ ދެންނެވޭނީ މަވޯޓާ ޝަރީފު މަޖިލީހުގައި ދައްކާ އެއްވެސް ވާހަކައެއްގައި ބޯހަމަނުޖެހޭ ވާހަކައެއް ނުދައްކާކަން. ސިޔާސީ ގޮތުންވެސް ވަރަށް ހަމަޖެހޭ ވިޔަފާރީގެ ގޮތުންވެސް ހަމަޖެހޭ ވާހަކަ ދައްކަވާ، މަޖިލިސްތެރޭގައި ރީތި މާތް ބަހުން، މުޢާމަލާތްކުރައްވާ ބޭފުޅެއް އެއީ.

  9. ކުތިންބެ

    ބަލަމާވާނުވާ އިނގިދާނެތ،