ނިމިދިޔަ އެމްޑީޕީ ސަރުކާރު ގޮތަށް މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިއެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑެ ވަނީ ނިމިދިޔަ ރައީސް ސޯލިހްގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވަމުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ސަރުކާރު ގެނައުމަށް ރައްޔިތުން މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވަމުން ބޮންޑެ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް އޭނާ ވެސް ވެސް ވޯޓު ދެއްވި ކަަމަށެވެ.

ބޮންޑޭ ވިދާޅުވީ، މި ސަރުކާރުން ނިމިދިޔަ ސަރުކާރުން ވީ ގޮތަށް ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިދިޔަ ސަރުކާރުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަ ކޮށްލުމަށް ބޮން ގޮއްވާލާ، ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ފުރައްސާރަކޮށް، ރައްޔިތުންނަށް ނަފްސާނީ ބަލި ޖައްސާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް މި ސަރުކާރުން ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން ވެންޓިލޭޓަރިތަކުން ވެސް ވައްކަން ކުރީ ނޭވާ ހޮޅިތަކުން ވެސް ވައްކަން ކުރީ. އެހެންކަމުން މި ސަރުކާރަށް ދޭނެ މެޖޯރިޓީ. ރައްޔިތުން ބޭނުމެއް ނުވާނެ ނަޝީދު ވެރިކަމުގައި ބަޢާވަތްކުރަން ރައްޔިތުން މަޖިލީހުން ނިންމިގޮތަށް ފުރުސަތު ދޭކަށް. ސަރުކާރު ވެސް ހިންގަން ޖެހޭ." ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވަނީ އެމްޑީޕީގެ ލިޑަޝިޕް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ.

    ޝުކުރިއްޔާ ބޮންޑު.

  2. ރެކިފުތާ

    މީނަވެސް ކެޓީ މާވަރަކަށް ފޮނިދައްކާ ހޮވަންވޯޓް ދިން ރައްޔިތުން މަތިން ހަދާންނެތުނީމަ

  3. އަލޮމް މިއާ

    ބޯ ދަމައިގަންނަނީ މި