އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތަތަކުން، ޒަކާތް ދައްކާނަމަ ދިވެހިރާއްޖޭއަކީ ވަރަށް މުއްސަނދި ޤައުމަކަށް ވާނެކަމަށް ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ، އެނގެން ޖެހޭ މިންވަރަށް މުދަލު ޒަކާތާ ބެހޭގޮތުން ޢާއްމުންނަށް މަޢުލޫމާތު ނޭނގޭ ކަމަށާއި، އެހެންނަމަވެސް ކޮންމެ މީހަކުވެސް އެމީހަކީ ޒަކާތް ދެއްކުން ހައްޤުވާ މީހެއްތޯ ބަލަންޖެހޭ ކަމަށެވެ.
"ޒަކާތް ދައްކަންޖެހޭ ފަރާތަތްކުން ދައްކާނަމަ އަޅުގަނޑުމެންގެ އިޤްތިޞާދު ވަރަށް މުއްސަނދިވާނެ. އަޅުގަނޑުމެނަށް މީގެ އެތަށް ހާސް ސްކޮލަޝިޕްތަކެއް ދެވިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެނބުރި ބަލާލަންޖެހެނީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ޒަކާތް ހައްޤުވާ މީހެއްތޯ. ހައްޤު ވާނަމަ އެ ފައިސާ ދައްކަން އެބަޖެހޭ." މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ރާއްޖޭގައި އިންކަމް ޓެކްސް ނުނަގައިގެން އިދިކޮޅު ފަރާތްތަކުން ސުވާލު ކުރައްވާ ކަމަށާއި، އިންކަމް ޓެކްސް އަދި އެހެނިހެން ޓެކްސްތަކަކީ މީ މާފަހުގެ ކަންކަން ކަމަށެވެ. ނަމަވެސް މީގެ 1400 އެތައް އަހަރެއް ކުރިން އިސްލާމީ އިޤްތިޞާދުގެ އެންމެ މުހިންމު ބަހާކަމުގައިވާ ޒަކާތުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިސްލާމްދީން ގެނެސްދީފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
"ކަރަކަރައިގައި ތިވެގެން ވާހަކަ ދައްކާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މާލިއްޔަތަށް ދައްކަންޖެހޭ ބައި ދައްކަންއެބަޖެހޭ. އެފައިސާ ނުދައްކަވާ އެ ފައިސާއަށް ހިޔާނާތްތެރިވެފައި ދެން އެވާހަކަތައް ދައްކާއިރު އެންމެ ފުރަތަމަ އިސްލާހުކުރަންޖެހޭ ބަޔަކީ އެމީހުން. ޒަކާތަކީ އިސްލާމްދީނުގައި ކިހާ މުހިންމު ކަމެއްކަން އެބޭފުޅުންނަށް ނޭނގެނީ ކަމަށްވެދާނެ." ހުކުމްތަކަށް ފިއްލަވައިގެން ރާއްޖޭން ބެރުގައި ހުންނަވައިގެން ރައްޖޭގެ ސިޔާސީ މަޝްރަހަށް ފާޑުކިޔާ ބައެއް އިދިކޮޅު ލީޑަރުންނަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އިސްލާމިކް ފައިނޭންސް، ހައްޖު ކޯޕަރޭޝަން އަދި ޒަކާތު ފަންޑުފަދަ ކަންކަން މި ސަރުކާރުން ފުޅާކުރައްވާފައިވާ ކަމަށާއި، މިފަދަ ކަންކަމަކީ އިސްލާމީ އިޤތިޞާދުގެ ވަރަށް މުހިންމު ބަހާތަކެއް ކަމަށެވެ.
"އިޤްތިޞާދެއް ކުރިއަރައިގެން ދާނަމަ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާވެސް އިތުރުވެގެންދާނެ" ވޭތުވެދިޔަ އަހަރު ރެކޯޑް އަދަދަކަށް ޒަކާތުގެ ގޮތުގައި ދިވެހި ދައުލަތަށް ފައިސާ ލިބިފައިވާކަމަށް ވިދާޅުވެ މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ، ޒަކާތަށް ދިވެހިން އިތުރަށް ހޭލުންތެރި ކުރުމުގެ އިތުރުން ފަސޭހައިން ޒަކާތް ކަލްކިއުލޭޓް ކުރެވޭނެ އިންތިޒާމްތައް ޤާއިމު ކުރަންޖެހޭ ކަމަށެވެ. ދިވެހި ޒުވާނުން ޒަކާތް ދައްކަން ބޭނުންވާ ކަމަށާއި، އެފަދަ ޒުވާނުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޒަކާތު ކަލްކިއުލޭޓަރުފަދަ ވަސީލަތްތައް އުފައްދަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޒަކާތުގެ މުހިންމުކަން ދިވެހިންނަށް އެނގެން އެބަޖެހޭ، ހަމައެކަނި އެނގެންޖެހެނީ ރަމަޟާން މަސް ނިންމާފައި ދައްކާ ފިޠުރު ޒަކާތުގެ ވާހަކައެއްނޫން. މުދަލު ޒަކާތަކީ މާ މުހިންމު ކަމެއް، މީ އަޅުގަނޑުމެންގެ ދީނުގެ ރުކުނެއް. މިކަން ކޮށްފައި ނޫނީ ހަޤީގަތުގައި އަޅުގަނޑުމެންނަށް ދީނުގެ ވާހަކަ ދެއްކޭކަށް ނޯންނާނެ." މުނައްވަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރަކީ ޒަކާތާ ގުޅުންހުރި ކަންކަމުގައި ރާއްޖެ ކާމިޔާބީތަކެއް ހޯއްދެވި ފަސް އަހަރެވެ. އެގޮތުން ސްކޮލަޝިޕަތަކުގެ އިތުރުން، ކޮންމެ ކުއްޖަކަށް އެއް މިލިއަނަށްވުރެ ގިނަ ރުދިޔާ ޚަރަދު ކޮށްގެން ފަންސާސް ކުއްޖެއްގެ ބޯންމެރޯ ޓަރާންސްޕްލާންޓޭޝަން ހެދުމުގެ ފުރުޞަތުވެސް ޒަކާތު ފަންޑުން ވަނީ ދީފައެވެ.
ޒަކާތު ފަންޑު ދެމެހެއްޓެނި ގޮތެއްގައި ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓަރީން ގިނަގުނަ މަސައްކަތަތްކެއް ކުރައްވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ޒަކާތަކީ ދީނީގޮތުން ނެރޭ އެއްޗަކަށްވައިރު ވައްކަންކުރާ ވަގުންތަކަކާ ޒަކާތް ޙަވާލުކުރުމުން 12 މިލިއަނުން 15 މިލިއަނުން ޒަކާތުން ވައްކަންކުރާ ބަޔަކާ ޒަކާތް ޙަވަލުކުރުމަކީވެސް ގޯހެއް. ފަރުދީގޮތުން ނިކަމެތިން ހޯދައިގެން އެބަޔަކަށް ޙައްޤުއެތިކޮޅު ޙަވާލުކުރިޔަސް ވަގުންނާ ޙަވާލުކުރުމަށްވުރެ ހެޔޮކަން ބޮޑުވާނެ.
މުދަލު ޒަކާތް ވީމަ ދެއްކިއްޔާ ދެއްކީ.. ޓެކްސްނަމަ ގަދަކަމުން ވެސް އަތުލެވޭ. އަދި ނުދައްކައިފިނަމަ އަދަބުވެސް ލިބޭ. ވިސްނާބަލަ. ހެޔޮ ނުވާނެ. ޓެކްސް އުވާލާފަ މުދަލުގެ ޒަކާތް ނަގާބަލަ. ގައިމު މީހެއްގެ ނޫނީ އާއިލާއެއްގެ ފެންވަރު ވަޒަންކޮށްލަން އެނގޭނެ ކޮންމެވެސް ވަރަކަށް. ނޭނގެންޏާވެސް ހޯދޭނެ ގޮތެއް ހޯދިދާނެތާ. ގައިމު ފްލެޓު ފޯމުތަކުގަވެސް ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ހުންނާނެ. ނުނެގޭނޭ ނުނެގޭނޭ ކިޔަކިޔާފަ މައުމޫނު ސަރުކާރުގެ އުއްތަމަ ފަނޑިޔާރު އަދި މަތީ މަޖިލިސްގެ ރައީސް ބުނި ކިހިނެތްތޯއޭ ނަގާނީ. އޭގެ ފަހުން ބޭނުންވީމާ ދެން އައި މީހުން.. ކުރާ ކޮންމެ ވިޔަފާރިއަކުން %5 ނަގަން ނިޒާމެއް ކަނޑައަޅައި އެކަން ކުރި. އެބޯޅޭ މިބޯޅޭ ގޮތަކަށް ކަންކަމެއްނުވާނެ. ކުރީމަ ކުރެވޭނީ. ފުރަތަމައިނުންވެސް ނިޔަތް ސީދާ ނޫނިއްޔާ ކަންކަމެއްނުވާނެ.
މިޤައުމުގަ ޓެކުހަކީ މުސްލިމުން އަތުން ނެގޭ ޖިޒްޔައެއް. ކިހިނެތް އޭތި ހަލާލުވާނީ. ފުރަތަމައިނުންވެސް ނެގީ ޒަރޫރީ ބޭނުމެއްގައޭ ބުނެ.. އެއިރު ޤައުމުގެ މާލީ ޙާލަތު ދަށްވެގެން. ދެން ވާ ފައިދާއެއްގެ ބޮޑުކަމުން އޭތިވެސް ދެގުނަ ކޮށްލީ. އަސްލު ދީނުގަ އޮންނަނީ މުދަލުގެ ޒަކާތްނެގުން. އެއީ އިންސާފުވެރި ގޮތަކީ. ޓެކްސް ނިޒާމުގަ މަހުޖަނެއް އެއްޗެއް ފިހާރައަކުން ގަތަސް .. ނިކަމެއްޗަކު ގަތަސް ޓެކްސް ނިޒާމުގަ ދެމީހުންގެ އަތުންވެސް އެއްވަރަކަށް ނެގޭ. އެެކަމަކު މުދަލުގެ ޒަކާތުގެ ނިޒާމުގަ ވަކިވަރަކަށްވުރެން މަތިން ފައިސާ 1 އަހަރު ދުވަހު ހުރިއްޔާ ޖެހެނީ މުދަލުގެ %2.5 ދައްކަން. މާލީ ނިޒާމު މުދަލުގެ ޒަކާތް ނެގުމާ ދިމާލަށް އަދި ރިބާ ނެގުމާ ދުރަށް ގެންދެވުން އެދެން.
ކަލޭމެންގެ ތިޔަ އުޅެނީ ކޮންދީނަކަށްބާ؟ ޓެކްސް ދެއްކުން މަސްޓު އެކަމަކު ޒަކާތް އެއީ ދެއްކިޔަސް ނުދެއްކިޔަސް އޯކޭ... %100 މުސްލިމުން ( މުސްލިމުންގެ 03 ވަނަ ރުކުން އިސްލާމްކަމުގެ )
އެކަމަކު ބޮޑުވަގަކު ވައްކަން ކުރައްނާ ކިހިނެއް މުއްސަނދިވަނީ؟؟
މަގޭ އަތުން ލޯލާރިއެއްވެސް ނުދޭނަން ތި ޒަކާތޭކިޔާ ބަލާވެރިކަމަކަށް.
ކޮއެފުޅާ އެއީ ދީނުގެ ރުކުނެތް. ޒަކާތުގެ ޝަރުތުފުރިހަމަ ވަންޏާ ނެރުން ވާޖިބު ރުކުނެއް. އަދި ޝަރުތުހަމަވެ ބޮޑާކަމުން ނުވަތަ އިންކާރުކުރާތީ ޒަކާތްނުދައްކަންޏާ ދީނުން ބޭރުވާވަރުގެ ކަމެއް. ސަރުކާރަށް އިތުބާރުނުކުރެވެންޏާ ދެން އަމިއްލަގޮތުން ޒަކާތް ހައްޤު މީހަކަށް ދެވިދާނެއެއްނުން.
ރަނގަޅުވާނެ ފުރަތަމައިނުންވެސް ޒަކާތް ދަށްކަންޏާ ޓެކްސް މާފުކުރެވޭ އުސޫލެއް ގާއިމުކުރުން. މިނިސްޓަރު ހަމަހުސް އަނގަތެޅިޔަސް ނުވާނެ.
ޒަކާތް ދައްކަނީ ތިމާގެ މައްޗަޢް ފަރުލު ކުރައްވައިފައިވާ ކަމަކަށްވާތީ ޒަކާތް ދައްކަން ޖެހޭ މުއައްސަސާ އަކަޙ ޒަކާތް ދެއްކީމަ ނިމުނީ އެކެއިބަޔަކަށް ﷲ ގެ ޖަޒާ ކަށަވަރުވާނެ ޖެއްސުން ކުރުމުގެ ގޮތުން ޒަކާތް ނުދައްކައިފި މީހަކަށް ވެސް ހަމަ މިފަދަ ވީއިރު ކޮބައިތޯ ނުދައްކާ ހުުރުމުގެ ބޭނުމަކީ މީހަކު ކުރާ ފާފަ އަކުން ތިމާ އެއްބައި ނެގީމަ ދަނީ ހަމަ ނަރަކައަށް