ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 856،830ރ. ގެ ދަރަންޏެއް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަން ހުށަހަޅުއްވައިފިއެވެ.

އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމުގެ ހުކުމް އައީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުންނެވެ. އެ ފަރާތުން އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރުމުން ތަކެތީގެ އަގަށްވާ 1.2 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ނުދީ އޮތުމުން ސަބް ކޮންޓްރެކްޓަރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ސްޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު 29 ވަނަ ދުވަހުން ފެށިގެން 15 ދުވަސްތެރޭ އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

މިކަމާއި ގުޅިގެން އިސްމައިލް އަހުމަދު ނެރުއްވި ބަޔާނެއްގައި ވަނީ މި ހުކުމްކޮށްފައިވަނީ އޭނަގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި ކޯޓެއްގައި ދެފަރާތެއްގެ ދެމެދު ހިނގި މައްސަލައެއްގައި ފައިސަލާކުރުވަނިވި ނިހާއީ ހުކުމެއް ކުރެވިފައިވަނިކޮށް، ހަމަ އެ ދެފަރާތް ހިމެނޭހެން އެއް މައުލޫއުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނީ ގޮތުން އިސްތިގުރާރުވެފައިވާ ރެސް ޖުޑިކަޓާގެ މަބްދައިގެ ދަށުން މަނާކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެެ.

އަދި ހަމައެއާއެކު އެއްބަސްވެފައިވާ މުއްދަތުގައި މަސައްކަތް ކުރިޔަށް ގޮސްފައިނުވާތީ އާއި މަސައްކަތް ފުރިހަމަވެފައި ނުވާތީ ކޮންޓްރެކްޓާރ އަތުން މަސައްކަތް އަތުލުމުގެ ކުރިން އެފަރާތުން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ 2019 ވަނަ އަހަރާ ހަމައަށް ދައްކާ ޚަލާސްކޮށްފައިވާނޭ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި 2020 ވަނަ އަހަރު މިކަން ސިވިލްކޯޓުން ސާބިތުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ނިމިފައިވާ މައްސަލައެއް އިސްތިއުނާފް ނުކޮށް ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައިވާކަން އިސްމާއިލް އަހުމަދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިކަހަލަ މީހުން ލައިގެން ކިހިނެއް ގައުމު ކުރިއަރުވާނީ. ހާލަތުގޯހެއްނުން ވާނީ. މުޅިންހެން މިއުޅެނީ ވަގުންނާ، މަކަރުވެރި މީހުން. އަހަންނައް ގަމާރީ މިމީހުން ހޮވަން ވޯޓްދޭމީހުން.

  2. Anonymous

    ތިކަލޭގެ ބޭރުކުރޭ. ތިކަހަލަ މީހުން ރަނގަޅުވާނީ ކޮންވެސް އެހެންކަމެއްގަ އުޅުނިއްޔާ. ކަމަކުނުދޭ