މި ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ރޭ ދެއްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ތ. ތިމަރަފުށި ދާއިރާއަށް ވަދަކުރައްވާ ކެންޑިޑޭޓުގެ ޖަލްސާއެއްގައި ވަހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގައުމު ހަމަމަގުގައި ހިފަހައްޓަން ކުރަން ޖެހޭ ކަންކަން ކުރުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ގާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް އޮތް ޒިންމާއެއް ކަމަށެވެ.

"ދޮގު ހަދައިގެން އޮޅުވާލާއިގެން ބަޔަކު ވެރިކަމާއި ހަވާލުވިނަމަވެސް، އަޅުގަނޑުމެންނަކަށް ނެތް މި ގައުމު އަނބުރާ އަނެއްކާވެސް އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް ދާން ޖާގަ ދެވޭކަށް، އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން އެބަ ޖެހޭ ކުރަން،". ފައްްޔާޒް ވިދާޅުވިއެވެ.

އަދި މުސްތަގުބަލަށްޓަކައި މި ސަރުކާރު ބޭނުންހާ ގޮތަކަށް މި ގައުމަށް ހަދާލަން ޖާގަ ނުދިނުމަށްޓަކައި ޔަގީންކަން ކުރަން ޖެހޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއްވެސް ނޫން. ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން. އެކަމަކު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިގެން ނޫނީ ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ.". އޭނާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުގެ ފުރަތަމަ ހަތަރު މަހުން ފެނުނު ކުލަވަރުން ސަލާމަތް ނުވާ ހިސާބަށް މި ގައުމުގެ ކަންތައް ހިނގައިދާނެ ކަން އެނގޭ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިސްރާބު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި ބިރުވަރިކަމެއް ނެތް ކަމުގައިވިޔަސް، މި ގައުމު ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށް އޭނާ ވިދާޅުވިއެވެެ.

"ޕްރޮޖެކްޓްތައް ނުހިންގުން އެކަންޏެއް ނޫން އެނގޭތޯ، މިގޮަތަށް މިތަންތަނުގައި ވާހަކަނުދެއްކޭ ހިސާބަށް ދާނެ ކަމާއި ދޭތެރޭގައި އެއްވެސް ޝައްކެއް ނުކުރަން.".

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް ވާނުވާ ސަރުކާރަށް ލިބިއްޖެނަމަ މި ވޭތުވެދިޔަ 10 އަހަރު ލިބިފައިވާ ބަސްބުނުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނެ ކަމަށެވެ. މިގޮތުން ނޫސްތަކުގައި ތަޅުއަޅުވަން މަސައްކަތް ކުރައްވާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ ފަސް އަހަރު ތެރޭގައި"ވަޒީފާގެ ބިރޭވެސް މީހަކު ބުނިތޯ"، ފައްޔާޒް ވަނީ ސުވާލު ކުރައްވާފައެވެ. އަދި ބޭނުން އެއްޗެއް ބުނަމުން ދިޔައިރުވެސް އެއްވެސް މީހަކާއި ދޭތެރޭގައި ފިޔަވަޅު އަޅާފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިޔަވަޅުތައް އަޅާފައި ނުވަނީ އެމްޑީޕީން ގެންގުޅޭ ފަލްސަފާއެއްގެ މަތީގައި ތިބުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ހުދުމުހުތާރު ކަމާއިއެކު ވެރިކަން ކޮށްލިނަމަ /ރައީސް/ މުއިއްޒު ތިީ ދަންނަ މީހަކަށްވެސް ނުވީސް މި ރާއްޖޭގައި. އެކަމަކު އެ ހުރިހާ ދޮގުތަކާއި ހުރިހާ ވާހަކަތައް ދައްކަމުންދިޔައިރުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔަައީ އަޅުގަނޑުމެންނާއި ހަވާލު ކުރި މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދެވޭތޯ،". އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެއިރު އިދިކޮޅުގައި އޮތް މިހާރުގެ ވެރިކަން ކުރާ ފަރާތްތަކުން ހެދި ދޮގުތަކަށް ޖަވާބު ނުދެވުމަކީ، އެ ސަރުކާރަށް ފެއިލްވެފައި އޮތް ކަމެއް ކަަމަށެވެ. އަދި މި ސަރުކާރުން ހުރިހާ ކަމަކަށްވެސް ހެއްދެވީ ދޮގު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

73 ކޮމެންޓް

  1. އެލެކްސް

    ހޭބުއްދި ފިލާފަ ހުރި ރެއެއްކަން ނޭގެ
    ރައްޔިތުންނަށް ޣައްދާރުވި މީހުން ރައޔަތުން ނުކުމެ ތިތިބީ ބާަލާފަ ދެން ކެއްކޮއްލާ މި 5 އަހަރު ނިމެންދެކަށް

    217
    4
    • ޙައްގުބަސް

      އެމްޑީޕީ އަކީ މިގައުމުގެ ހަލާކުކަން މިރާއްޖެގޭ ރައްޔިތުންނަށް މިހާރު އެނގޭނެ!! އެމްޑީޕީއަށް ވެރިކަން 2008 ވަނަ އަހަރު ދިނީމަ ގައުމަށް ހަދާލަމުން ދިޔަގޮތާއި އަދި އިންޑިޔާއިން ޙުޅުވާލަދިން ‘ވަލުދޮރޯށީން’ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައިސް ފާއިތުވެދިޔަ ފަސް އަހަރު އިންޑިޔާއި ގުޅިގެން ރާއްޖެއަށް ހަދާލާފައިވާގޮތް ރާއްޖޭގެ ރައްޔިތުންނަށް މިހާރު އެނގޭނެ!! ދެންވެސް ތިއުޅެނީ އިންޑިޔާއާއި ގުޅިގެން މިރާއްޖޭގެ އިގުތިސޯދު ފުނޑާލާ ގައުމު އަޅުވެތި ކުރެވޭތޯ!! މިރާއްޖެ ކުރިއަށް ގެންދަން ބޭނުވާނަމަ އެމްޑީޕީއާއި ދުރަށްދާންޖެހޭ ރައްޔިތުން!!

      86
      1
    • މޮޔަ ގެރި

      އެހެންތަވަނީ މުއިއްޒާ ދެކޮޅަށް ވޯޓުދިން 109000 މީހުންނަކީ ރައްޔިތުންނެއް ނޫންތަ..

      49
      8
    • މިލާޒު

      ވައްޓާލަން ޖެހޭ ސަބަބެއް ނެތް ފެންނަނީ ތަރައްގީ އާ ދިވެހިން ފަހުރުވެރިވާ ފަދަ ކަންކަން އަހަރެމެންނަށް ޕާޓީ މުހިއްމެއްނޫން

  2. ހުސެން

    ހާޅޭ ކަލޭ 2019 މަޖުލިސް ނެގިއިރު ޔާމީނު ޖަލުގައި.ޕީޕީއެމް އެކައުންޓުތަކާޢި ޔާމިން ގެ އެކައުންޓް ފުރީޒްކޮށްގެން އޮބިއަޅައިގެން އުޅުނު ހަނދާން އެހާ އަވަހަށް ފިލީ މެމޮރީ ޗިޕް މައްސަލަ ހުރެގެން .އިބުރާހީމާ ޟާހިދު އާއި ކަލޭމެން ކޮސްނުގޮވަބަލަ .މުއިއްޒު އަސްލު މާރަނގަޅީ ކަލޭމެން ހެދިހެން ކަލޭމެން އެކަައުންޓް ފުރީޒު ކޮށް ކެމްޕެއިން ވިޔަ ނުދިނުން .ހަމަ އެބަޔަކު ބޭލިގޮތަކަށް ބާލަންވީ

    166
    2
  3. ދޮހޮއްތު

    މީ ކާކުތޭ... ރައްޔިތުން ނޫނެކޭ ބުނީމާ ދެން ގޭގަ އޮވޭ ....

    194
    3
  4. ހުސެން

    މީނަ ހައްޔަރުކުރަންޖެހޭނެ،އެމްޑީޕީ އިން އިންޑިއާ އާއި ގުޅިގެން ބަޤާވާތެއް ގެންނަން އުޅޭ ވަސްއެބަދުވާ ،އެމްޑީޕީ ބޮޑުން ހައްޔަރުކޮށް ތަހުޤީގު ކުރަން ކަމާބެހޭ ފަރާތްތަކަށް ގޮވާލަން

    180
    1
  5. ބިޔަރު

    ކަލޭވައްޓާލަންޖެހިއްޖެޔާ ކަލޭވެސްވައްޓާލާނަން

    163
    1
  6. އދ

    މޑޕ އިން ބޭނުންވާނީ ސަރުކާރުވައްޓާލައިގެން ނުވަތަ
    ރައީސް އަޒުލް ކޮށްގެން ނަމަވެސް ވެރިކަމަށް އަންނާށެވެ
    ދައުލަތުން ވައްކަންކުރުމާއި މަކަރުވެރިކަން ބޭނުންކޮށްގެން
    ހަރުމުދާތައް ވިއްކުމާއި އަންބޮޑިތައް ފުރާލުމަށެވެ އަދި
    ކޮށްފައިވާ ވަންކަންތައް ފޮރުވައި ނައްތާލުމަށެވެ

    139
    1
    • ނަނަނަ

      ބޭނުންވަނީ އިންޑިއާގެ އެހީގަ ވެރިކަމަށް އަންނަން..

      34
      1
    • ސަންފަ

      ޢދ ތިބުނީ ވަރަށް ރަގަޅު ވާހަކައެއް
      ޢެކަމުގެ އެންމެބޮޑު ހެއްކަކީ ރާއްޖޭގެ މާލިއްޔަތު ދަވާލުމުގައި އިސްކޮށް ހުރި
      ޢަދީބުގެ އަތުން ސަރުކާރަށް އެންމއ ރުފިޔާއެއް ވެސް ނުހޯދާ އިބޫ ވެރި ކަމުން ފައިބަން ދެ ދުވަހަށް ވީމަ އަދީބުއަށްް މާފު ދިން ކަން . ޢެއީ ޖާބިރު ބުނިިހެން އަދީބު އަތުން މިބައި ގަނޑަށްވެސް ބައި ލިބިފަ އޮތީމަ އެކަން ފަޅާ އަރާފާނެތީ. ޢަދީބުގެ ޝަރީޢަތް ހިންގީވެސް ސިއްރުކޮށް ގެން އެއީވެސް ބައި ލިބުނުކަން ފަޅާ އަރާފާނެތީ.

      35
      1
  7. އަންތަރީސް

    ސުބުހާނަށް ﷲ ހައިރާންވެއްޖެ ކޮމެންޓުގައި ދަށްކަންހުރިވާހަކަ ގިނަކަމުން ކުރުކޮށްލާނަން ފައްޔާޒުއަށް ބުނެލަންއޮތީ މިއަދު އެކަންޏެއްނޫނޭއޮތީ މާދަމާވެސް އެބައޮތޭ ވިސްނާ ފިކުރު ކުރާމީހަކަށް ވާށޭ

    138
    2
    • ޙެހެހ

      އެދުވަހަކުން ކަލޭ މިޤައުމުން ފަހާލާނަން ، މިއޮތްފަދަ ރަމަޟާންމަހު މިތާ ގަޑުބަޑު ހަދަން ނޫޅޭތި ، ކުރާނެ ކަމެއްނެތިއްޔާ ދެންވެސް ރައްޔިތުންގެ އިތުބާރު ހޯދަބަލަ ، މިއަދު މުޅިޤައުމު ހުއޓުވާލީ ކަލޭމެންގެނަ ގަމާރު އިބޫ ، އަދި ފައިބާގެންވެސް ދިޔައީ އެހެން ބަޔަކަށް ކަމެއް ނުވާވަރުކޮށްލާފަ ، އެކަމަކު މިސަރުކާރު ކުރިއަށް ގެންދަން ، ދައުލަތް ކޮންމެހާލެއްގަ އޮތަސް ރައްޔިތުން ހިތްހަމަޖައްސަދޭން ޑރ.މުއިއްޒު ޓީމް ވ.މަސައްކަތްކުރޭއެބަ ،
      ރައްޔިތިންނަށް ބުނެލަންއޮތީ ޤައުމަށް މިބަލާވެރިކަން ޖެއްސި އިބޫމެން މިނިވަން ކަމުގައި އަނގަފުޅާކުރުމުގެ ފުރުޞަތުދެނީތޯއޭ

  8. ޡަހިރަ

    ޢެންޑީޕީ އަބަދު ވެރިކަންކުރަން ގާބިލް ކަމެއް ނެތް ކަލޭ މެން ނަކީ މަކަރު ވެރިބައެއް 5ޢަހަރު ނިމުނު އިރު ކޮންކަމެއް ކުރެވުނީ

    135
    1
    • ހަސަނުގެ ދަރި ލަތީފް

      މާލެ ތިލަފުށި ބްރިޖް އަޅާފަ އޮތް ތަނެއް ނުފެނޭތަ ކޮޔާ

      18
      3
      • މުލޭ

        ވެނިޝިން ކްރީމްލާފަތަ ތިޔަ ބްރިޖެއް އޮތީ.

  9. ޖޯކަޜޭ

    ޑުޜޯން އެއްނުވަށްޓަށްޗޭ، ބޮލުގަ ޖެހިދާނެ،

    90
    0
  10. އަބްދޫ

    ސަރުކާރު ވައްޓާލަންބަގާވާތް ކުރާމީހުނަށް އޮތީ ދާއިމަށް ޖަލު.ބަގާވާތުގެ ފުރަތަމަ ހަރަކާތާއެކު އެންމެން ތިބޭނީ ޖަލުގަ.

    113
    1
  11. ބޯހަލާކު

    ރޯދަ މަހު ދެން މީ ކޮންފަދަ ކަމެއް

    98
    2
  12. ފީއޮލޮށި

    ސަރުކާރު ހަމަމަގަށް އަޅުވަން، އިދިކޮޅު ޕާޓީ އެއްއޮތުން ރަގަޅު، އެކަމުން ފައިޔާޒު ގެ ވެރިކަމުގަވެސް ވ ބޮޑަށް އޮތް ވަޒީފާގެ ބިރުވެރިކަން، ސާލިހު ދިޔައީ ގިނަވަޒީފާތައް އަތުލަމުން ހިޔާލު ފާޅުކުރުން ތަފާތުމީހުން އަތުން، މުއިއްޒުގެ 5އަހަރުނިމެންދެން ވެރިކަމުގަ ހުންނާނެ، އެއީ ރައިތުންގެ ނިންމުމެއް،

    107
    1
  13. ލޮލް

    ބްރޯ އެހެން ކަމަކާ އުޅެލާ.. ތިގޮލާ ނުކުންނަ އިރު އަހަރުން ބަލަން ތިބޭނެ ކަމަށް ދޯ ތި ހީކުރީ

    102
    1
  14. ހ

    ރޭގެ ޖަލްސާގައި ފައްޔާޒް ތިޔަފަދަ ވަހަކަ ދެއްކީތީ ހައިރަން ވަން. ރެއަކީ ޤައުމަށް ޢައްދާރުން ނޫން ދިވެހި ކޮންމެ ދަރިޔަޔު ވެސް ފަޚުރުވެރިވާނެ އަދި ﷲ ޢަށް ޙަމްދު ކުރާނެ ފަދަ ކާމީޔާބީ އެއް ޤައުމަށް ލިބުނު ރެއެއް.

    125
  15. ދުއްރޫސް

    ބޮޑުވަގު. 5 އަހަރު ކައިފަހުރިވަރު އިއުލާނުކުރާނަން އީދު ފަހުން

    96
    1
  16. ދިރާގްސިމް

    ހޭލާ ހުރެގެން ހުވަފެން ނުބަލާ އައްނި އެއް ނޫން ހުރީ ރައީސް އަކަށް ބިރުން އިސްތިއުފާ ދޭން

    113
    1
  17. ސޮބްރީބެ

    ފައްޔާޒު އިސްމާއިލް ހައްޔަރުކޮށް އަދި އެމްޑީގެ ކޮރޮޕްޝަން ވަގުތުން ވަގުތަށް ބަލާފަ، އެކަމުގަ ބައިވެރިވި ހުރިހާ މެންބަރުން ހައްޔަރު ޖުރަންޖެހޭ މިގައުމުގަ ބަގަވާތް ކުރާކަށް ޖާގައެއް ނުދެވޭނެ. އަހަރެމެން ބޭނުމެއްނޫން ސިޔާސީ ކޯޅުމުގެ މިގައުމު ބަނގުރޫޓްވެ ދާކަށް

    25
  18. ހނހ

    އަސްލު ވައްޓަން ޖެހޭ ސަރުކާރު ވަނީ ނިމިފަ އެސަރުކާރުންވަނީ މުޅިގައުމު އެކޮއް ބަގުރޫޓް ކޮއްކާފަ އިބޫ ޒައާމަތުގަ ޑޮލަރު 15 އިން 18 އައް ބަދަލުވެފަ އަދި ކާޑް ލިމިޓް ވަނީ 600 އިން 250 ބަދަލުވެފަ މަހުގެ އަގުވަނީ 18 އިން 16 ބަދަލުވެފަ ޖީއެސްޓީވަނީ 6 އިން 8 ކައް ބަދަލު އަދި ގައުމުގެ ދަރަނި 40 ހުން 120 ބިލިއަނައް ބަދަލުވެފަ ކޮންބައެއް ވެރިކަމައް އައިސް ގެންބާ ރައްޔިތުންނައް ގެއްލުންވީ

    35
  19. ޔ

    ކާކު ކަލޭތި ކައިރިވިޔަވެސް ނުދޭނަން.

    24
  20. ޙޮލޫ

    ފައްޔާޒު އެކޮއި ބުނަން ވާހަކައެއް. އިސްކޮޅަށްވުރެ އުސްނޫން ވާހަކަ ދެއްކޭތޯ އުޅެމާ ބަހީ. ވަޒީފާގެ ބިރު ދެއްކިހޭ؟ ކަލޭމެންގެ ވެރިކަން ފެށުނުހިސާބު ޔާމީނުދެކެ އައިސްފަތިބި ރުޅީގައި އެތަންތަނުގެ ސިޔާސީ މަޤާމުނޫން އިސް މުވައްޒިފުންނަށްވެސް އަދި އެމީހުންގެ އާއިލާތަކަށް ކަލޭމެންއިސްކުރި މީހުން އެމީހުންގެ ޓީމްތަށް ވައްދަން ޖާގަހަދަން ދިނީ ކޮންފަދަ ބޮޑެތި އަނިޔާތަކެއް.އެތައް ބައެއްގެ އަބުރަށްވެސް ކަމޭނުހިތައި ކަންކަން ކޮށްލީ.ނަމަވެސް ދުނިޔެއަކީ ބަދަލުވާ އަދި ތިމާމެންގެ ކޮންޓްރޯލްގައި ހުރިހާކަމެއް ނުވާނެކަން ދަތުމީ އެންމެންނަށްވެސް ރަނގަޅު ފިލާވަޅެއް.އެންމެން ހިމެނޭހެން (މި އަޅާވެސް) ނަފުސު ތާހިރުކުރަން އަބަދުމެ މަސައްކަތްކުރުމަށް ނަޞޭހަތްތެރިވަން.

    27
  21. ކައިދާ

    ސަރުކާރު ވައްޓާލަން ޖެހިގެނެއް ނޫން ވައްޓާލަން މަސައްކަތް ކުރަނީކީ ވެރި ކަމުގެ ދަހިވެތި ކަމުގަ، މުއިއްޒު ހުވާ ކުރުމާއެކު ވެރިކަން ވައްޓާލުމުގެ މަސައް ކަތް ފަށައިފި. މިހާރުވެސް މެޖޯރިޓީ ލިބިއްޖެ ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ލާދީނީ އާލާތް ގަނޑަކަށް ކެތެއް ނުވާނެ އޮރިޔާން ވެބްސައިޓް ތައް ބަންދު ކުރާތަން ދެކޭކަށް. މިބައިގަނޑު ބޭނުން ވާނެ ޒުވާނުން މަގު ފުރައްދަން އެފަދަ ސައިޓްތައް ދޫކޮށްފަ ބަހައްޓަން.

    27
  22. މިމީހާ

    ފައްޔާ ބުރޯ މީ މާ ގަދަ މީހެއްތަ؟

    22
    1
  23. ޙެހެހ

    ކަލެއަށް ހަމައެކަނި ކުރަން އިނގޭނީ ބަނގުރޫޓު

    30
    1
  24. މުޙައްމަދު

    ކަލޯ އަވަސްކުރޭ. އަވަހަށް ވައްޓާލާ. ކަލޭ ގެނައި ވެރިކަމެއް ކަލެއަށް ވައްޓާލެވޭނީވެސް. އަވަސްކުރޭ

    12
  25. ދިވެހި ދަރިއެއް

    ބޯހަލާކު

    16
  26. އާދަނު

    ކަލޯ ފައްޔާޒޫ. ވަޒީފާ ބިރު ބޮޑުވެގެން އެޑިޔުކޭޝަން ދާއިރާއިން އެކަނިވެސް ފަތު އަޑުކިޔާފައި ވާހަކަ ދެއްކި. 2019 އިން 2023 ޑިސެމްބަރ 17 ށް ތައުލީމީ ދާއިރާއިން އެކަނިވެސް 267 މުވައްޒަފުން ސަސްޕެންޑްކުރި. ވަޒީފާއިން ވަކިކުރި އަދު 100 ށްވުރެ މަތީގައި އުޅެނީ. ފައްޔާޒު ހީކުރީ މީހުންތައ

    19
  27. އާދަނު

    ފައްޔާޒޫ! ކައެ ހީކުރީ މީހުންތައް ހަނދާންނެތޫނީމަކަށްޓަ؟ އެމްޑީޕީ ވެރިކަމުގައި 2019 ން 2023 ޑިސެމްބަރ 17 އާއި ހަމައަށް ތައުލީމީ ދާއިރާއިން އެކަނިވެސް 267 މުވައްޒަފަކު ސަސްޕެންޑްކުރި. މީގެ ތެރޭގައި ގިނައީ މިނިސްޓަރާއި ދިމާއަށް ތިޔަހެރީހޭ ބުނެގެން ސަސްޕެންޑްކުރި މީހުން. ވަޒީފާބިރު އެންމެ ބޮޑު އެމް.ޑީ.ޕީ ވެރިކަމުގައި. ޑިމޮކުރަސީއާއި އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކައިގެން މަތި އޮމާންކުރިއަށް ދިވެހިން ދުން އެންމެ އަނިޔާވެރި ވެރިއަކީ އިބުރާހީމް މުހައްމަދު ޞާލިހް. ދިވެހިންގެ ހާޅުގަޖައްސާ ކުންފުނިތައް ބަގުރޫޓްކޮށްލި ވެރިކަމެއްގެ ވާހަކަ ތި ދައްކަނީ. ދިވެހިން އެމް.ޑީ.ޕީ އަށް މެޖީރިޓީ ދޭން ހެޔޮނުވާނެ. އެއީ އަނިޔާވެރި ގައުމިއްޔަތާއި ދުރު ގައްދާރުން ގިނަ ޕާޓީއެއް.

    25
  28. Anonymous

    ބަޤާވާތެއް ގެންނަށް އުޅޭކަމުގެ ހެކި މިފެންނަނީ.

    25
  29. ނެގުނުކަތީބު

    ފައްޔާޒަކީ ތިޔަހާ އުރައްޕަތެއްހުރި މީހެއްނޫން. އެމްޑީޕީ ބައިބައިވެގެން ވިއްސިވިހާލިވެގެން ދާތީ ޕާޓީގެ ގުނބޯތައް ނަށުވަން ދައްކާ ވާހަކަތީ. ތަނެއްހަލާކުކޮށް ބަޔަކަށް ގެއްލުންދޭވާހަކަ ދައްކަންޏާ އެގުނބޯތައް ނިކަން އުފާވާނެ. އެހެންވެގެންތިއުޅެނީ. މިސަރުކާރު ވައްޓާލާކަށް ﷲއިރާދަފުޅުކުރެއްވިއްޔާ ހަމަ ލާހިކެއްނޫން.

    27
  30. އިބޫ

    ކައިކައިފަ މިހާރު ނުކެވޭތީ މޭކަރނީ. ބޮޑުތަނުންނޫނެކޭ ބުނެފަތިއޮތީ، ރޯދަވީއްލާގަޑީގަޔާ ހާރުކާގަޑީގަ 2 ފުޅި ހަޖަމުބޯލާ

    20
  31. ޣހތ

    މޮޔަފުޅު ވީތޯ ޑާޓާ ފައްޔާޒޫ މީ ރަމަޒާން މަސް

    19
  32. ހަމީދު

    މިކަލޭގެ އަށް އެބަ އެނގޭބާ މި ކިޔޭ އެއްޗެއް، ޤައުމު ދަވާލާފަ ، ދަރުވާލާފަ، ހޭބަލިވެގެން ނޫޅެބަލަ. އެއްކަމެއްވެސް ނުވާނެ

    18
  33. ކާނިވާއިން

    ބޭކާރު ވާހަކައެއް

    19
  34. ބޭޭބެ

    ޖަލު ގޮޅި އެބައިން ރޯދަ ނިންމާފަ ފައްޔާޒު އަށް

    20
  35. އަލިޔާސް

    ކަލޭގެ މިސަރުކާރު ވައްޓާލަންހިތައްއަރުވައިގެން މަގުމައްޗައް ނުނިކުންނާތި އަހަރެމެން ކަލޭމެންނަކައް އެފުރުސަތެއް ނުދޭނަން ކުރީފަހަރު ވޯޓުއޮޅުވާލައިގެން ވެރިކަމައް އައިސް ގައުމުކައިހުސްކޮއްގެންދިޔަމީހުންގެ މައްސަލަތައް ވަރައްއަވަހައް ބަލަންފަށާނެހެން ހީވާތީ ބިރުންނޫޅުމައްގޮވާލަން

    20
  36. ޣޮލޭ

    ޤައުމީ ލޯބިނެތް ސީދާޚާއިނުވަންތަ ސިފަތަކެއް މިބަިއިމީހުންގެ ކިބައިން މި ފާޅުވަމުންދަނީ..

    22
  37. ކަބުލޮ

    ތި އުޅެނީ އިންޑިއާ މީހުންގެ ލާރި ގަޑު ގަ ބަޚާވާތް ކުދަން ވެގެން. އެ މީހުން ބޭނުން ވާ އެއްޗެއް އަތުޖެހިއްޖެއްޔާ އޭގެ ފަހުން ކަލޭ ބޭކާރު ކޮށްލާނެ

    19
  38. ޕޮލިސް

    ނުވާނެ ތިކަމެއް

    19
  39. އިބްރާ

    މަޑުންތިބެބަލަ 5އ ނިމެންދެން. މަގުމަތި ހަލަބޮލިކުރަން ދިމާކޮށްފިނަމަ ބާރުގެ ބޭނުންކުރާނެ. ރީތިކޮށް ބަލަންތިބޭ.

    21
  40. ޚާލިދު

    ބޮޑ ކައްޒާބ ދައްޖާކުލ

    16
  41. ގަބުރު

    ނުވެއްޓޭނެ

    19
    1
  42. ބުހުތާން

    މިކަހަލަ މީހުން މި އުޅެނީ މާ ސިޔާސީ މީހުންނަށް ހެދިގެން ރައްޔިތުން ނޫނެކެ ކިޔާފަ ވެރިކަމުން ބޭލީ...އަދި މިއުޅޭނީ 05 މަސް ނުވެގެން ދެން އަނެއްކާ ހަމަ ރައްޔިތުންނަށްޓަކާ ފައްޔާޒު މިސަރުކާރު ވައްޓާލަނިއްޔޯ...ހައްހައްހާ..މޮޔަނުގޮވާ ތިގޮތަށް ވާހަކަ ދެއްކީމަ ހީކުރީތޯ މާގިނަ ވޯޓް ލިބި ގިނަ ގޮނޑި ލިބޭނެކަމަށް ...ނުވާނެ ތިކަމެއް

    24
    0
  43. އަލީީ

    ނިމިދިޔައީ ހުރިހާ ނޫންވެރިން ގަނެލި ވެރިކަމެއް، އަނގަ ނުތަޅާ މަޑުންހުރޭ. ﷲ އިރާދަކުރެއްވިއްޔާ ތިޔަ ބައިގަނޑަށް އިތުރު ފުރުސަތެއް ނުލިބޭނެ.

    24
    1
  44. ނާރުބޭ

    މީދެން ކާކުތަ މާވަރަކައް މިފުއްޕަނީ މިތާއުޅޭ ބުޅަލެއްވެސް މީނައަކައް ނުބަލާނެ އަދިވެސް ކެވުނުވަރު މަދުވެގެން ތެޅިފޮޅެނީ

    24
    1
  45. ހުވަދު

    ނުވެއްޓޭނެ. އަދި މި ވެރިކަމާ ކަލެއަށް އަދި ރީނދޫ ބަިގަނޑަށް ކުޅެވެސް ނުލެވޭނެ.

    24
    1
  46. ނޯ

    ކޮބައިތަ ސަރުކާރު ހަމަ މަގަށް އެޅުވުމަކީ. ކަލޯ. ޢެމްޑީޕީ ބޭނުންވާހޮތަށް ހިންގަން ސަރުކާރު ލިބުނު. ޢޭރު މޮޅުބުއްދިކުރަން ލިބި ބޭނުންކޮށް ހަމަ މަގަށް ދަތުރުކުރަން ލިބުނީމާ ދައުލަތް ދަވާލީ
    މިނިވަންކަން ވިއްކާލީ. ޢަޅުވެތިކަން ޢިޚްތިޔާރުނކުރީ. މިހާރު ދެން އަގަކުންިސަރުކާރު ދަތުރެއްނނުކުރަަނެ. އެމަގަކީ ނަހަމަ މަގެއް.

    22
    1
  47. ރައްޔިތުމީހާ

    އިބޫ ވެރިކަމުގަ ވައްކަމާއި ކޮރަޕްޝަން ހިންގި އެންމެން އިންސާފަށް ކުރިމަތިލާންޖެހޭނެ. ވެރިކަން ގެއްލުނީމަ ބަޔަކަށް ލިބެމުންދިޔަ މަންފާ ނުލިބެން ފެށީމަ ބޯގޮވައިފި.

    22
  48. ޢަލީ

    ރައްޔިތުން ވޯޓުންވަނީ ފައްޔާޒުމެން ވައްޓާލާފައި! އެވަރުން ނުވަނީތަ؟

    23
    2
  49. ރެކިފުތާ

    ދެން ލިބެން އޮތް 6ކަ ގޮނޑިވެސް ތިގެއްލުނީ. ﷲގެ އިރާދަ ފުޅުން މިފަހަރު މަޖްލިސް އިންތިހާބުގަ ސަރުކާރައް ސުޕަރމެޖޯރިޓީ ލިބޭނެ.

    28
    1
  50. ކަޅު ހުއްތު

    މިދިޔަ 5 އަހަރު މޑޕ ވެރިކަމުގަތިބެ ހަމަމަގުން ނެއްޓީމަ ރައްޔިތުން ނުކުމެ ވޯޓުން ތަޅާބަލިކޮއް އެއޮތީ ވެރިކަން ޑރ.މުއީޒާ ހަވާލުކޮއްފަ. އިތުރައް ސަލާމަތް ބޭނުމިއްޔާ ދެން ރަންގަޅުވާނީ މިފަސްއަހަރު އެގޮތުގަބޭއްވުން ނޫނީ ދެންވާނީ ގޯސް

  51. އަނިޔާ

    އަގަ އޮތީމަ މިއަދު ބޭނުންހާ އެއްޗެއް ގޮވިދާނެ. އަންނި ފަޅިއައްއެރި ކިތައްމީހުންތޯ ވަކިކުރީ ، އަދި ސަރުކާރާބެހިބެން ކަޑާލިމީހުކޮބާތޯ. މިއަދު ތިވެގެން އުޅޭގޮތަކީ ތިބައިމީހުންގެ ހީލަތްތެރިކަމުން އިންޑިޔާއައް ދީފައޮތް ބާރުތައް އުނިވާތީ އެބައިމީހުންގެ ޕުރެޝަރ ބޮޑުވެގެން ތިއުޅެނީ.

  52. އަނިޔާ

    އިންޑިޔާގެ މަސްބޯޓްތައް ވަގައް ނަގާ މަސްތައް ދެން ނުނެގިދާނެތީ އިންޑިޔާގެ ޕްޝަރ ބޮޑުވެގެން އެމްޑީޕީގެ ގައްދާރުން މިވެރިކަން ވައްޓާލަން ކެތްމަދުވެފަ. ދެން އުތުރުގެ މަސްވެރިކަން ދާނީ ކުރިޔައް އިންޝާﷲ.

  53. ޝހމ

    އިންޑިޔާގެ މަސްބޯޓްތައް ވަގައް ނަގާ މަސްތައް ދެން ނުނެގިދާނެތީ އިންޑިޔާގެ ޕްޝަރ ބޮޑުވެގެން އެމްޑީޕީގެ ގައްދާރުން މިވެރިކަން ވައްޓާލަން ކެތްމަދުވެފަ. ދެން އުތުރުގެ މަސްވެރިކަން ދާނީ ކުރިޔައް އިންޝާﷲ.

  54. ޔޯމޭން

    ވަރަށް ލާރި އޮއްސާފި ކަމަށް ކިޔާ އެބަ ބީޖޭޕީ އިން އެންޑީޕީއަށް. ދޭތިންއެކައްޗަށް ކަމަށް އަޑުއަރުވާ އެބަ. އެހެންވެ މީނާ ހިމާރެއް ގޮވާހެން އެ ގޮވަން ފެށީ

  55. ކަޅުބޮއްޅަކޯރޭ

    ސިއްކަ ކެނެރީ ބޯގަންވިލާ ކާޕެޓް ބިގޭ ބޮގޭ ފޮށޭ މަކުނު ފަދަނަންނަމުން
    ކުރަމުންއައިކަމެއްއޭތިމިހާރުތިވާރުތަވީ
    އެމް ޑީ ޕީ ކިޔާއިގެންއަވާމެންދުރު
    ބަލަމުންދާކުދިންކޮޅަކައް އެއަކީއެއްވެސް
    އުރައްޕެ ކުރައްޕެ ހުރެގެންގޮވާއެއްޗެއް
    ނޫންކާރީގާއުޅޭކުދިންކޮޅުލައްވާއައްޖައްސާލަންބުނެލާއެއްޗެއް ކަމެއްކުރެވޭނެމީހަކު
    އެހާބާރައްއެވާގަކައެއްނުގޮވާނެ އެބަލާލަނީ
    އެމް ޑީ ޕީ ލޮބެންހުރިގޮޑިކޮޅުވެސްކަޓުވާލެވޭތޯ މިކަމާޕާޓީކުދިންވިސްނާނެ
    ބޮޑުސިންގާފޮށައެއްގައިގާއޮޅުނީމާސައިޒުހަދާންނެތިގެންބޯޑަރުންބޭރައްނިކުމެވުނީ
    އަވަހައްބޯޑަރުތެރެއައްވަދެމާފައްއެދޭ
    ހީއެއްނުވޭހަނައިގާހުރިހެނެެއްވެސް

  56. ޢައިޝް

    ނުދޭނަން ވޯޓުތި ކެންޕޭނުކުރާމީހާ އަށް ...އަހަރެމެންގެ ވޯޓު ލާހިކުކުޅަދާނަވެގެންނުވޭ ތިޔަ މޑޕ ކެނޑިޑޭޓަށް ދޭން...

  57. ކަނުކޮސް

    ފައްޔާޒޫ ތިހާ އެއްޗެއް ވައްޓާހިތްވަންޏާ، އިހަށް ތި ގޯތި ފުރާޅު ވައްޓާލަބަލަ!

  58. ޢިބުރޭ

    ޗަބީ، ވަރައްސަލާމްބުނި ބުނީ ކެމްޕޭނައްދިން ލާރިކޮޅު ނިކަން ރަނގަޅައް ބެހިމޯ....

  59. ރާކޭސް

    ބޮޑުވަގު

  60. ފައްޔަ

    ކަލޯ މިއީ ތަނެއްގެ މަތީގައި ބާއްވާފަ އޮތް އެއްޗެއް ނޫން. ކަލޭ ބޭނުންހާ އިރަކު ވައްޓާލަން ބޭުންވީމަ ވައްޓާލާކަށް. މިއީ ކަލޭމެންނަށް ނުވެގެން ރައްޔިތުން ކަލޭމެންނަށް ނޫނެކޭ ބުނެ ކަލޭމެން ބޭރުކޮށްލާފަ ބުރަ މަސައްކަތުން އިތުބާރާއެކު ހޮވާފަ އޮތް ސަރުކާރެއް. ބޭނުންވީމަ ދެބަންތި ހާރުވެގެން ގޮސް އިސްތިއުފާ ދޭ ސަރުކޭރެއް ނޫން މީ....

  61. ކުޅިކަނބިލި

    ކަލޭ އެންމެ ފުރަތަމަ ޖެހިގަތީ ތިޔަޕާޓީއުފެއްދި އަލްއަޚް މުޙައްމަދު ނަޝީދުއާ ދެންކޮންވާހަކައެއް... ތި ސެންޓް ޖަހާމީހަކު މިހާރު ނޫޅޭ

  62. އިމާ

    މިހާރު ތިޔަ ޕާޓީ ހަމަމަގައް އަޅުވަންޖެހިފާ ތިޔަ ވަނީ އަންނި ބޭރުކުރިފަހުން ލީޑަރސިޕު ވަނީ ފެއިލުވެފާ ޑީއާރުޕީ މީހުންއައިސް ޕާޓީ ގެ އަސާސްތައް ގެއްލުވާލައިފި ރައްޔިތުން ބަލައި ނުގަންނަ ބަޔަކަށް ވެއްޖެ

  63. އަލިމަސް

    މަސަތްކަތެއް ނުކުރޭބާ؟

  64. އިބޫރާ

    ބޯގަންވިލާ ކުދިން ކޮޅު ބުނާނީ ހަރުބަސް ، އެކަމު ދާނީ ފަނު ފުލުން

  65. އިސްޢާފް ސަލީމް

    ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ތާރީޚް ކަނޑައަޅާ އެކި މަވްޟޫޢުތައް ޖަހައިގެން 6 ފަހަރު ނުކުމެ ނުވިކަމެއް ، އަދި އަމުދުން އިންޝާއަﷲ ދެނެއް ނުވާނެ! ލައްކައެކޭ ހީވެގެން އުޅުނަސް 10 ވެސް ހަމަނުވޭ ތިޔަބޭފުޅާގަ! ވައްކަންތައް ބަލަންފަށަންއުޅޭތީ ތިޔަބޭފުޅާ ހޮޑުލަވަނީކަންނޭގެ!