ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގަނެ، ކެމްޕެއިން ފައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައެވެ. ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ އަލީ އިބްރާހިމެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ މި ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:45 ގައި ސޯސަން މަގާއި ބޮޑު ރަސްގެފާނު ހިނގުން ގުޅޭ ކަންމަތިން ކަމަށެވެ.

ރައީސް މާލޭގައި ކެމްޕެއިން ކުރައްވަން ފައްޓަވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ދާދި ފަހުން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފައެވެ. އެމަނިކުފާނަށް ވަޑައިނުގެންނެވުނު އަތޮޅުތަކަކީ އއ. އަތޮޅާއި އދ. އަތޮޅާއި ލ. އަތޮޅާއި ފ. އަތޮޅަށެވެ. ރައީސް ވަނީ ދެން ހުރި ހުރިހާ އަތޮޅެއްގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު އާއިއެކު

    އިންޝާﷲ ބޮޑުތަނުން ކާމިޔާބުވާނެ.

    5
    4
    • Anonymous

      އިންޝާﷲ.
      މޑޕ ގެ ނުބައިނުލަފާ ވަކިތަކުން މިގައުމު ﷲ ތައާލާ މިންޖުކޮށްދެއްވާފާނދޭވެ. އާމީން.

      4
      2
  2. ޖުނޭ

    އަހަރުމެން ގެޔަށް ހުސްގޮނޑި ދައްކަން އަދުރޭޔާ އޭނާގެ ވަޒީރު ދަރިޔާ ބޭސްވެރި ޅެންވެރިޔާ ގޮވައިގެންވިސްޔަސް ނޫނަސް ނާންނައްޗޭ