އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަހުމަދު ރަޝީދު ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ރަޝީދު އެންމެ ފުރަތަމަ ނިންމެވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރެއްވުމަށެވެ. ޑިމޮކްރެޓިސްގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ހިތަދޫ މެދު ދާއިރާ އަށް ރަޝީދު ފިޔަވައި އިތުރު މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އެހެންވެ، ޑިމޮކްރެޓްސް އިން ވަނީ އެ ދާއިރާގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރަޝީދަށް ދީފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ރަޝީދު ފޯމް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު ފަހުން ނަން އަނބުރާ ގެންދެވީ ރޯދަ މަސް ތެރެއަށް އިންތިހާބު ވަންނަ ކަމަށް ވިދާޅުވެއެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމް އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަޝީދުގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ. އެއީ އިންތިހާބަށް ކުރިމަތިލުމަށް ކަނޑައެޅި މުއްދަތުގެ ފަހުން ފޯމް އަލުން ހުށަހަޅުއްވާފައިވާތީއެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުދެއެވެ.

އެހެންވެ، އިލެކްޝަން ކޮމިޝަންގެ އެ ނިންމުމާ ދެކޮޅަށް އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި އަހުމަދު ރަޝީދު ވަނީ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަ މަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ. އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މީނަޔަށް ކޮންކަހަލަ ހުވަފެނެހް ފެނިގެން މިުލހެނީ

  2. އުބައްޖެހުް

    މި ސޮރު އެންމެ ފަހުން ހިނދުކޮޅުން މިންޖުވީތާ އެކަމަކު މަޖިލީހުގެ މެމްބަރުކަންކުރެއްވި ޢިއްޒަތްތެރިޔަކު މިހާ ޤަމާރުވާކަށްނުވާނެ ވާނުވާގަ ހުރެފާ އަމިއްލަޔަށް ނަން އަނބުރާ ގެނެސްފަ ރޯދަމަހޭ ފޭއްޔޭ ކިޔާފަ ހައިކޯޓގެ ފަނޑިޔާރުންގެ ވަގުތުބޭކާރުކުރުަށް ހިންގާ ނާތަހުޒީބު ޖަރީމާއެއްތީ ފައިސާ ހުއްޓަސް ސިކުނޑީގަ ތެއްކަންނެތުމަކީ ނުވަތަ ތަންދޮރު ނޭނގުމަކީ މުޅިން އެހެންކަމެއް

  3. އަހަންމަދު ބޮޑޭ

    މަޖިލިސްތެރޭ ކުޅޭ ކުޅިވަރެއް ކޮންމެ ކަމެއްގަ ނުކުޅެވޭނެ

  4. ސަ

    އަޙްމަދުރަޝީދު ހައްގު ގެއްލިގެންނުވާނެއެވެ. މަޖުލީހުންފޮނުވި ގަރާރު ރައީސް ތަސްދީގު ކުރުން ލަސްކުރުމުގެ ސަބަބުން އެތައްބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރިއެވެ. ހާއްސަ ތައުލީމު އުގެނެމުންދާ އަޅުގަޑުމެން ދަރިންގެ ޓެސްޓްވެސް މިވަނީ ސުނާމީހެއްހެން އަވަސް އަރުވާލާފައެވެ. ހަގީގަތަށް ބަލާނަމަ ރާއްޖޭގެ މަޖްލީހަކީ ވަކަރުގޭދަރިން ގެންގުޅޭ ގޭންގެކޭ ތަފާތެއްނެތެވެ. އެކަމަކު މުއިއްޒު އިސްކަންދެއްވީ ތައުލީމަށްވުރެވެސް ބޮޑަށް މަޖުލީހުގެ ސުޕަރުމެޖޯރިޓީ ނަންގަވައިގެން އިޒްރޭލުގެ މިހާރުގެ ރައީސްގެ އެކްޓް ރައްޔިތުންނަށް ދެއްކުމަށެވެ. ހިލާ އެހެނަކުން ވިޔަގަދީގެން ނުވާނެއެވެ.

  5. އަބްދޫ

    ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ނަން އަމިއްލަ އަށް އަބުރާ ނެގުމުން އެކަންއިއާދަ ނުކުރެވޭނެ.

  6. އަބްދޫ

    ތިޔަ ވިދާޅުވާގޮތުން މަޖިލީހަށް ކުރިމަތިލާން ހިތުގަ އޮތް ބޭފުޅަކު ގާނޫނުގަ ބުނާ އުމުރުހަމަނުވެގެން ކުރިމަތި ނުލާ ހުއްޓާ އިންތިހާބު ބާއްވާ ދުވަސް ފަސް ވީމަ އުމުރުހަމަވާތީ ކުރިމަތިލުމުގެ ފުރުސަތު ލިބެނެ ޖެހޭނެ ނޫންބާ؟