ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 1،500 އަށް އަރާ ކަމަށާއި އޭގެ ތެރެއިން ގިނަ ބޭފުޅުން "އިށީންނަވާނެ" ގޮނޑިއެއްހާ ހިސާބު ވެސް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ސޯލިހް ވިދާޅުވީ މިއަދުގެ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ދިވެހިން ހީނުކުރާ ވަރުގެ ދަތި، އުނދަގޫ ނާމާން ހާލަތަކަށް ގައުމު ވެއްޓިގެންދާނެ ކަމަށާއި އެ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށެވެ. ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާއި އަމަލާ އެއްގޮތަކަށް ވެސް ދިމާ ނުވާ ކަމަށެވެ.

އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ބައްދަލުވުން. --- ފޮޓޯ: އެމްޑީޕީ

މި ސަރުކާރު ވެރިކަމަށް އައީ މަޝްރޫއުތައް ހުއްޓިފައި އޮތް ވާހަކަ އާއި ފައިސާއެއް ނެތް ވާހަކަ އާއި ރާއްޖެ ބަނގުރޫޓުވެފައި އޮތް ވާހަކަ ދައްކަމުން ކަމަށް ސޯލިހް ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަން ހިނގާފައި ހުރި ގޮތް ސާފުކޮށް ފެންނާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ. ސޯލިހް ވިދާޅުވި ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު، ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 300 މިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެއެވެ.

"ކޮން ކަމެއްތޯ ކުރީ؟ ބަލާލާ އިރުގައި 1،700 ޕްރޮޖެކްޓް ހުއްޓާލާފައި އޮތީ. މި ފައިސާ ހަރަދު ކުރީ ކޮން ބަޔަކަށްތޯ؟ އެ ހަރަދުކުރީ ކިހިނެއްތޯ ބަލަން ސާފުކުރަން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ވެސް ސިޓީ ލައިފިން. ފިނޭންސް މިނިސްޓްރީގައި ވެސް އެދެފިން. މިއިން އެއްވެސް ތަނަކުން އެއިން މައުލޫމާތެއް ލިބޭ ގޮތެއް ނުވި،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި އެނގޭހާ ވެސް ކަމަކީ "ފުނި ފުންޏަށް" ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ ކަމެވެ. އެގޮތުން ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިއުޖެހިފައި ތިބޭކަމަށްވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ، ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމާ އެނގޭނީ، 1،500އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވަނީ އުފައްދާފައި. އެހެން ނޫން ނަމަ، 100، 150 މިިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓު ހަރަދަކަށް، މުސާރައަކަށް ހޭދަކުރާކަށް ނުޖެހޭނެ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ އިސްރާފު އިންތިހާ އަށް ގޮސްފައިވާ ކަމަށާއި މިހާރު ހުއްޓާލާފައި ހުރި ޕްރޮޖެކްޓުތައް އަލުން ފަށަން ޖެހިއްޖެނަމަ ދެ ގުނަ އަނެއްކާވެސް ހަރަދުކުރަންޖެހޭނެ ކަމަށެވެ. މިއާ އެކީގައި ހަރަދު ވެގެން ދާނީ ރައްޔިތުންގެ ފައިސާ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މި ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް މި ނަގަން ޖެހެނީ. އަޅުގަނޑުމެން އެބަޖެހޭ މި ސަރުކާރު ހަމަ މަގަށް އަޅުވަން. މިސްރާބު ނައްޓާލައިފި. ކަސިޔާރުވެއްޖެ." ސޯލިހް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ސަޅި

    ކަލޭ ރޯދަ މަހު ވެސް ދޮގު ހަދަނީ

    121
    3
    • ހަމްދު

      މިއޮއްފަދަ ރޯދަމަހު ރޯމާ ދުވާލު ދޮގުހެދުމުގަ ތިއުޅެވެނީ 1200 ވަޒީފާ ދީފަ ރެކޯޑް މުގުރާލީ އެމްޑީޕީން އަދި މިސަރުކާރުންވަނީ 300 ދީފަ. އަސްލު އެހްން ވެގެން ރޯދައިގެ ކުރިޔައް މަޖިލިސް އިންތިހާބު ހަދަންވީ ލިބެންހުރި ސަވާބު ކޮޅުވެސް ހުސްކޮއްލަނީތު

      84
      4
    • ޔަހޫޔާ

      މީނަ މިހަދާ ދޮގުތައް ނޫހުގައި ނުޖަހަބަލަ އޭރުން ވާނީ ދޮގައް ހުތްވަރު ދިންކަމައް

      78
      2
    • ހައްގު ތެދު

      ކޮބާތޯ ރިޝްވަތު ވަޒީފާ ގޮތުގަ ކޮންމެ ރަށަކުން ދިން 20 - 30 ވަޒީފާ. އެއްވެސް މަސައްކަތެއް ނުކޮއް ފިންގާ ޖެހީމާ ނިމުނީ.

      61
      1
  2. އިބުރާހީމ1

    ހެހެހެ. އިބުރާހީމޫ. ކޮން ބޭކާރު ވާހަކައެއް

    107
    2
    • ހނހ

      ހަމަ ތިގޮތައް ރިޔާސީ އިންތިހާބުގަ މުއީޒުގެ ދިމްޔާތު ހެދިއްޔޭ ދޮންމަންމަ އޭކިޔަން ހުއްޓަ ވީގޮތް ނުފެނޭތޯ

      77
      1
    • ޔަހޫޔާ

      މީނަ މިހަދާ ދޮގުތައް ނޫހުގައި ނުޖަހަބަލަ އޭރުން ވާނީ ދޮގައް ހުތްވަރު ދިންކަމައް

      58
      2
  3. ބޮލުރޮދި

    އަޅުގަނޑަށް އެގޭ ޙަޤީޤަތަކީ މިހެން ވިދާޅުވާ ބޭފުޅާގެ ވެރިކަމުގައި ޓީޗަރުން ހަމައަށް ނިކުމެއްޖެނަމަ އެ ޓީޗަރުން އިށީންނާނެ ގޮނޑިއެއް މަސައްކަތް ކުރާނެ މޭޒެއް ކޮމްޕިއުޓަރސިސްޓަމްއެއް ވެސް އެބޭފުޅުންނަށް ނުހުންނަކަން.........ފޭބުމުގެ ކުރިން މި މައްސަލަ ޙައްލުކުރިނަމަ މީ މިހާރުވެސް ޓީޗަރުންގެ ހާލަތަކީ މިީ ފެނުނު ހަގީގަތް........... ދެން މީނާ ސިޔަސީ މަޤާމޭ ކިޔައިގެން މި ގޮވަނީ ކޮންކަހަލަ ތާކުން ތާކު ނުޖެހޭ ގޮވެލި ފައްޗެއްބާ.........

    96
    3
    • ކައިދާ

      ބުއްދި ގޯސްވީމަަ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ އެހހުރީ ވެރި ކަމާހެދި ބުއްފި ގޯސްވެފަ

      71
      1
  4. ހިނަވަރު މޮހޮދޭ

    ވަރަށް ސަލާމް

    67
  5. އަބްދޫ

    ސާލިހް ވަނީ 1500 ސިޔާސީ މަގާމްހަދައިގެން ދަރަނި ފައިސާ ނަގައިގެން އެ ދަރަނި ރައްޔިތުންގެ ބޮލުގަ އަޅުވާފަ. އެމްޑީޕީ މެމްބަރުން މަޖިލީހުގަ ތިބެގެން ނިންމީ އެމްޑީޕީ ނޫން ސަރުކާރަކުން އެމީހުންނަގާ ކެއި ދަރަނި ދައްކަން. ރައޔޮިތުން ހޭލުންތެރިވާންޖެހޭ 120 ބިލިއން ދަރަނި ރައޔިތުންބޮލުގަ އަޅުވާފަ.ރައޔިތުންއަތުން ފައިސާނަގާ ޖީއެސްޓީ ބޮޑުކޮށްފަ ޑޮލަރު ރިޒާވް ހުސްކޮށް ޑޮލަރުގެ އަގު 18 ރުފިޔާއަށް އަރުވާ ޑޮލަރު ލިބުން ދަތިކޮށްގެން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަގު މަތިކޮށްފަ. މިކަނަް ކަމަށް ވިސްނާ ރައްޔިތުންހޭލުންތެރިވާންޖެހޭ

    95
    2
  6. ލަގން

    މިއޮއްފަދަ ރަަމަސާން މަހުވެސް މީހުންގެ އަނގައިން ނުބާ އެއްޗެހި ކިއުއްވަން ނޫޅެބަލަ

    86
    1
  7. ކަމަނަ

    ގެއިން ގޮނޑި ގެނެސްގެންވެސް އެމީހުން ތިބެންބޭނުންވާނެ.

    43
    4
  8. ލިކާ

    120 ބިލިޔަނުްނ ގައުމު ދަރުވާލާ ކަންޑުތައް ވިއްކާ ނުލިނަމަ ދިވެހިން މިހާލެއްގަ ނުޖެހުނީން

    80
    1
  9. އިމޫ

    ތިޔަޕާޓީ ގެ ރޫހާނީ ލީޑަރު ނަގާ އެއްލާލެއްވި ފަހުން ތިޔަޕާޓީ އޮޔާ ގޮސް ރައްޔިތުން ބަލާނުގަނޭ މިހާރު

    71
    4
  10. ކޮއްޔާ

    މާތްﷲގެ ހެޔޮރަހްމަތުން ތިޔަ މުސީބާތުން މިގައުމު ސަލާމަތްވެފަ މިއޮތީ//

    93
    3
  11. ސޮލާހު

    5 އަހރުން ސުޕަ މެޖޯރިޓީގަ ރައްޔިތުން ނައް ފައިދާހުރި އެންމެ ޕުރޮޖެކުޓޭއް ނުނިންމުނު މީހެއްތީ

    77
    2
  12. މުކޭ

    ކޮވިޑު ތެރޭގަވެސް ވޯލުޑުކަޕު ބަލަން ރައްޓެހިންނާ އެކު ދުވީ ދިވެހިންގެ ނޭވާ ހޮޅިން ވައްކަން ކޮއްގެން

    73
    3
    • ލަބީ

      މަދެން އެންމެ އުފާވާނީ މީނަޔާ ރޮޒޭ އަދި ރޮޒޭގެ ކުޅި ނާނު ހައްޔަރުކުރާ ދުވަހެއްގަ

  13. ހަސީނު

    ތިބޭފުޅާ ސިޔާސީމަގާމުތަކުގެ ގިނަކަމުގެވާހަކައާ ޚަރަދު ބޮޑުވާހަކައާ ސަރުކާރުން ޖަވާބުނުލިބޭވާހަކަ ދެއްކީމަ އެމްޑީޕީ މެމްބަރުންގެ ތެރެއިން މަދުބަޔަކު ގަބޫލު ކޮށްފާނެ. އެކަމަކު ދިވެހި ގިނަތައްޔެތުން ގަބޫލެއް ނުކުރާނެ. ދައުރު ނިންމާލި އިރު ގައުމު އޮތް ހާލަތު ރައްޔެތުންނަށް އެނގޭ. މިބަރަކާތްތެރި މައްސަރު އިތުރަށް ފަތައްބުރަ ނުކުރުމަށް ނަސޭހަތް ތެރިވަން.

    68
    1
  14. ރަންރީނދޫ

    މަމިހުންނަނީިި ޕީޕީއަށް ވޯޓް ނުދޭން.އެކަމަކު މިވީގޮތުން ދެން ހަމައެކަނި ސަލާމަތް ވާނެ ގޮތަކީ އެމްޑީޕީއަށް ވޯޓް ނުދިނުން.

    65
    3
  15. މުޙައްމަދު

    އެއްކަލަ ބުހުތާނު އަތޮޅޭ ފަށައިފި ދޯ. ކަލޯ ހިޔަންޏަށް މުޑި ނުނަގާ މައިތިރިވެގެން ހުރެބަލަ މި ރޯދަމަހު.

    49
    1
  16. ޖާނޭ

    މީނަ އަދިވެސް ސިޔާސީ މަގާމުތަކުގެވާހަކަ އެބަދައްކައެއްނު. ދެހާހުން ތިންހާހަށް އަރައިގެން ދިޔައިރުވެސް ނުހުއްޓުވި މަގާމުތައް ދީދީ ހުސްނުވެގެން އެންމެފަހުން ރައްޔިތުން ގެއަށް ފޮނުވާލީ. އޭގެ ނޮހޮރުއްޕާން މިޖެހުނީ މިސަރުކާރަށް. ގޮނޑިނެތަސް ކަލެއަށް ކޮންކަމެއް. މީނާ އަދިވެސް ރައްުޔިތުން ގާތަށް އެބަ އާދެއެއްނު

    52
  17. އިޔާޒު

    2025 މަޖުލިސް އިންތިހާބަަށްފަހު އިބޫ އިންނާނީ ޖަލުގައި ..... އިންތިހާބު ނިމެންދެން މަޑުކޮށްލައިގެން އަދި ތިބީ ..... މިއީ ނިމިފައި އޮތް ކަމެއް

    ކަނޑު ވިއްކާލި މައްސަލަ / ވެންޓިލޭޓަރުގެ މައްސަލަ ޖަވާބު އަދި އޮތީ ނުލިބި އެހެންވީމާ އޭގެ ޖަވާބު ރައްޔިތުން ބޭނުންވާނެ.

    46
    1
  18. ހަސަނުގެ ދަރި ލަތީފް

    ގުދޯ ގުދޯ ގޮވުމަކީ ތިޔައީ އިބޫ ސޯލިހޫ ތިމާ ކުރީ ކޮން ކަމެއްބާ މީހުނާ ދިމާ ކުރުމުގެ ތިމާ ކުރީ ކީއްތޯ ވިސްނާލި ނަމަ ރަހަޅުވާނެ

    44
    1
  19. ހުސޭނުބޭ

    ކަލޭގެ ވެރިކަމުގައި ދުނިޔޭބް ބޭރަށް ކިޔަވަން ފޮނުވިގޮތަށް ކަލެޔަށް އެކަން ފެންނަނީކަމަށް ވާނީ.

    41
    1
  20. އަލިބެ

    ކަލޭ ފެނަކައާ ރޯޑް ކޯޕަރޭޝަނާ އަދިވެސް ކުންފުނިތަކަށް އެއްވެސް ބޭނުމެއްނެތި ލީ މީހުންތަކަށް ދައުލަތުން ކުރި ޚަރަދުގެ ސަބަބުން މުޅީ ޤައުމު މިއޮތީ ދަރާ، ކަލޯތީ ވެރިކަމަށް އެއްވެސް ގޮތަކުން ކުފޫ ހަމަވާ މީހެއްނޫންކަން އެންމެންނަށްވެސް އެނގޭ. އެކަން ނޭނގެނީ ކަލޯއަށް.

    46
  21. އަންނިބެ

    ސޯލިހޫ! އަޅެފަހެ ކަލޭގެ ލަދެއް ހަޔާތެއްވެސް ހަމަ ނެތީތަ؟

    42
  22. ގެއްލުނު ގޮނޑި

    ރައްޔިތުން ނިކުމެ ގޮނޑިން ބާލުވާފަ ހުރި މީހަކު ކޮން ގޮނޑި އެކޭ ތިކިޔަނީ ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ގޭގަ ހުރި ގޮނޑިތަކުގަ އިށީނދެވޭތޯ ބަލާ

    42
  23. Anonymous

    ރޯދަމަހު ރަނގަޅުވާނެ ވަގުތުގެ މިކަހަލަ ހަބަރުތައް ނުކިޔުން.

    35
  24. ލަތީފު232

    އިފްހާމެ ހުސެންގެ ވާހަކަ އޮތީ ރަށުތެރެއަށް ފަޅާއަރާފަ

    26
    1
  25. އހ ކުރުސީ

    މީނަ އަދިވެސް އަގަތަޅާ އެބަ ނޫނެކޭ ބުނީމަވެސް..ދޮގު ނަހަދާ

    29
  26. މޫޗީ

    ރޯދަމަހުގަވެސް ހިއްޕަވައިގެން ހުރިކަމަށް ލަފާކުރެވެނީ

    24
    • ެމަމަދަ

      ރޯދަމަހު ބައްލަވަނީތޯ

  27. ރާއްޖެތެރެމީހަ

    ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް އަރާ، އިށީންނާނެ ގޮނޑި ނެތޭ ! ބަލަ ތިބޭފުޅުން ދޫނި ރާއްޖޭގަ ވެރިކަންކުރި އިރު ކޮންމެ މިނިސްޓްރީ އެއްގަ 1500 އެނދު ހުރޭ އޮށޯވެ ނިދާ ހަދަން ، އެއީ ވަގުތު ކޮޅު ޖެހުނީމަ .. ދެން ކޮން ބަނދިވަރެއް ތިކިޔަނީ!

    29
  28. އަލީ

    މިރައީސް މިއީ ބޮޑުދޮގުވެރިއެއް. ދައްކާއެއްވެސް ވަހަކައެއް ގަބޫލެއްނުކުރެވޭނެ. ރައްޔިތުންކުރިމަތީގަ ދޮގުހަދާނަމަ ދައުލަތުންދޭ ހުރިހާ އިނާޔަތެއް ކަނޑާލާ. ނޫނީ މިކަލޭގެ މައްޗަށް ދޮގުހެދިކަމުގެ ދައުވާކުރޭ.

    32
  29. ހަމީ

    ރަނގަޅައް ތިބުނީ ތިބޭބެއަކައް ނެތް ގޮނޑިއެއް ހިނނަވަރުގަ ގޮނޑި އޮއްނާނެ ބޯކޮއް ދޭއަވަހައް

    34
  30. ގަލަން

    ހަމަޖެހޭ ވާގަކަ ދައްކަބަލަ މަޖިލިސް ކެންޕޭނައްވެސް ދައްކަންޖެހޭނީ ބުއްދި ގަބޫލު ކުރާވާހަކަ އޭރުން ކެންޑިޑޭޓުންނައް ވޯޓުދޭނީ ރަތްޔިތުން

  31. މާލޭމީހުން

    ޗޯރޭ އިބިލީސް ފާޅުވެއްޖެ

  32. Anonymous

    ލަދުނުގަތަސް ފުކެއްބޮޑުވަރު.

  33. Anonymous

    ކިނބޫ ގުނަން ނުދަނޭ

  34. Anonymous

    އިބުރާހިމްބެ ކަލެއަށްވާ ސާބަސް....

  35. ޚަވަރޭ

    ގައުމުު ބަނޑުު އަޅާލާފަަ ކޮންް ވާހަކައެއްް ދަންކާކަށްް.

  36. ވަޙީދުބެ

    ތިމާ ކުރީކޮންކަމެއްތޯ ބަލަންވީނު. އަނގަފޭކޮށްފައި ވާހަކަދެއްކީމަ ހައްތާވެސް ވާނީ އިތުރަށް ބޭޒާރު.

  37. ރެކިފުތާ

    ބޭބެ ސަރުކާރު ހިންގީ އަމީރު ބުނާހިސާބެއް ކުޑަނޯޓު ފޮތެއްގަ ލިޔެގެން، އެގެންގުޅެނީ ތިމާގެ ޖީބުގަ އޭގަ އެޮއް އަދަދު އައީ ކިހިނެއްކަމެއްވެސް ބޭބެއަކައް ނޭގެ. މިއަދު ކޮންމެ ހަފްތާއަކު މާލީހިސާބުތަައްފެނެ، ހަރަދުވަނީ ކުޑަ އެކަމު ގައުމު ހަމަމަގައް އެބައެޅޭކަން ރައްޔިތުންނައް އެބައިހްސާސްވެ. އެހެންވީމަ 30،000 ސިޔާސީ ވަޒީފާ ދީފައޮތަސް މަގޭވޯޓު މިސަރުކާރައް

  38. އަލި

    ގޮނޑި އެބަހުއްޓޭ ވިއްކަން.

  39. މުފައްކިރު

    މީނަގެ ވެރިކަމުގައި ހަމައެކަނި ސޮއިކޮށް ގެން 25000 ރުފިޔާގެ މުސާރަސީ އެތައް ބަޔަކު ބައިތިއްބާފަ ތިބި ކަން މީނަ ހަނދާންނެތީބާ؟

  40. ޙެހެހ

    ކަލޭދެން ބޭކާރުވާހަކަ ނުދައްކާ !!! 5 އަހަރު ރައްޔިތުން ކުރި އެއްވެސް އާދޭހެއް އަޑެއްނާހާ ، ރިއެކްޓެއް ނުކުރޭ ، މިހާ ބޭކާރު

  41. ޢަލީ ބަލީ

    އިށީންނާނެ ގޮޑިއެއްނެތްކަން އެގެޔޭ މި ހަބަރުގެ ދެވަނަ ފޮތޯއަށް ބަލާއިލީމަވެސް.

  42. ރިމާޢު

    މި އިބްރާހީމް އަށް ތަބަކަކަށްލާފަ ރިޔާސީ ޓިކެޓެއް ދީގެން ވެރިކަމެއް ލިބުނީމާ؛ ރާއްޖެ ބަނގުރޫޓްވާ ވަރަށް އެތައް ބިލިއަން ރުފިޔާ އަށް ޤައުމު ދަރުވާލާފައި އެފައިސާއިން މުޅި ޤައުމުގައި ވައްކަމާއި ޚިޔާނާތް ޢާންމު ކޮށްފައި؛ބޭއިންޞާފާއި ނަހަމަކަން މުޅި ޤައުމުގައި ކުރިއަށް ގެންދިޔަ ވެރިކަމެއް ކުރި މީހަކު ތަންތަނަށް އަރާހުރެ ކަންކަމާމެދު ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ. މިވެރިކަމުގެ ކަންކަމަށް ފާޑު ކިޔަންވާނީ ތިމާ ރަނގަޅު ވެރިކަމެއް ކޮށްފައި އެއަށްވުރެ ނުބައިކޮށް މިސަރުކާރުން ކަމެއް ކުރާނަމަ ނޫންތޯ؟
    މީނާގެ ވެރިކަމުގައި ކުރި ކޮންމެ ކަމެއްގައި ބޭ އިންޞާފާއި ނަހަމަކަން ވަނީ ހިމެނިފައި.
    * ފުލެޓެއް ދިނަސް ފްލެޓަށް އެދުނުމީހާ ދީފައި ހުރި މަޢުލޫތަކީ ޙަޤީޤީ ތެދު މަޢުލޫމާތުތޯ ކަށަވަރު ކުރުމެއްނެތި ދޭން ބޭނުންވާ މީހުންނަށް ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ދީގެން ބޭއިންޞާފުން އެތައް ސަތޭކަ ފްލެޓް އެންމެ ފަހުން ނެރުނު 4000ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމަނައިގެން އެމީހުންނާއި ފަހި ދިރިއުޅުން ކޯރޕަރޭޝަން އާއި އެކު ފްލެޓް ލިބުނު ކަމުގެ އެގްރީމެންޓްގައި ސޮއި ކުރުވާފައިވޭ.
    މިގޮތަށް ބޭއިންޞާފުން އިބްރާހީމްގެ ސަރުކާރުން ދީފައިހުރި ފްލެޓްތައް ރައްޔިތުންގެ މައްޗަށް އިންޞާފުވެރި ވެރިކަމެއް ކުރަން ހުވާކޮށްގެން ހުރި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ނުދީގެން ނުވަަތަ ޙަވާލު ނުކޮށްގެން އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަ ދައްކާތީ އަހަރުމެން ދިވެހި ރައްޔިތުން ޙައެރާންވެ އަންތަރީސްވޭ. ތިޔަ 4000ފްލެޓް ދޭންވާނީ ތިޔަ 4000ފްލެޓަށް ކުރިމަތިލާ މަޢުލޫމާތު ހުށަހަޅާފައިވާ އެންމެންގެ މަޢުލޫމާތުގެ ތެދުކަން ކަށަވަރު ކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ 4000މީހުންނަށް ވުމަކީ މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ދިވެހި ގިނަ ރައްޔިތުން އެދޭ ގޮތް.
    އެކަން އިންޞާފުވެރިކޮށް ކުރުމަށްޓަކައި ކޮމިޓީއެއް ޢައްޔަން ކޮށްގެން އެމަސައްކަތް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ދާކަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަށް ނޭގެނީތޯ ސުވާލު އުފެދޭ.