ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރީގެ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިސްޓް "އޮޅާލާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ މި ސަރުކާރުން ހިންގަމުންދާ ރަސްމާލެ ޕްރޮޖެކްޓާ އެކުގައި އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ހިޖުރަކުރުން މަޖުބޫރުވެގެންދާނެ ކަމަށެވެ. މާލެއަށް މީހުން އައިސް ތިބީ ކޮންމެހެން ބޭނުންވެގެނެއް ނޫން ކަމަށާއި އިތުރު ގޮތެއް ނެތީމަ މާލެ އަންނަން މަޖުބޫރުވަނީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާ -- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން މާލެއަށް ހައްލެއް ހޯދުމަށްޓަކައި ކުރަން ފެށި މަސައްކަތްތަކަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއެކު ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެ ތަނުގައި ހަމަޖެހިލައިގެން ދިރިއުޅޭނެ ގޮތެއް ހޯދައި ދިނުން. އެ ނޫން ގޮތަކަށް މާލެއަކަށް ދާއިމީ ހައްލެއް އަދިވެސް ނާންނާނެ. އެހެންވީމަ މާލެ ރައްޔިތުންނަށްޓަކައި އަދި މަޖުބޫރުވެގެން މާލެއަށް އައިސް ތިބި ރައްޔިތުންނަށްޓަކައި އެބަޖެހޭ ވިސްނުންތެރިކަމާއެކު ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ވޯޓުގައި ގޮތެއް ނިންމަން." ސޯލިހް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށާއި ދަފްތަރުގެ ރަށްޔިތުންނަށް ދިން ފްލެޓްތައް އަދިވެސް އެ ހުރީ ހުރި ގޮތަށް ކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގައި ކުޑަކުޑަކޮށް ނަމަވެސް މެޖޯރިޓީ އެބައޮތް ކަމަށެވެ. އެ މެޖޯރިޓީ ނެތްނަމަ ރައީސް މުއިއްޒު އެބޭފުޅާގެ އަމިއްލަ ލިސްޓަށް ބަހާލާ ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާ -- ފޮޓޯ: އެމްޑީޕީ

"އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެހެން ނޫނީ ތިން މަސް ހަތަރު މަސް ވާއިރު މިކަން ނުކޮށް ތިބެންވީ އެއްވެސް ސަބަބެއް ނެތް. ވަރަށް ހާމަކަމާއެކު ނިންމާފައިވާ ކަމެއް. ފުރަތަމަ މި ސަރުކާރުން ވިދާޅުވީ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ އެއްވެސް ލިޔުމެއް ލިބިފައިވާނަ ޝައްކު ވެސް ނުކުރާނެ ކަމަށް. އެ ބޭފުޅަކަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް. ހަފްތާއެއްނުވެ ބަދަލުވެއްޖެ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ މި ސަރުކާރުން ފްލެޓްތައް ނުދީ ދިގު ދަންމަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މެޖޯލިޓީ ލިބޭނެ ކަމަށް ހީކޮށްގެން ކަމަށެވެ. އަދި މެޖޯރިޓީ ލިބިއްޖެނަމަ ފްލެޓް ލިސްޓު އޮޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުގައި ތެދުވަން ޖެހޭ ކަމަށާއި އެމްޑީޕީން ތިބޭނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ހޯދަން ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހުސެންފުތާ

    ކަލޯ އިބްރާހީމާ ކަލޯ ހަމަތަ މިހާރު، ބަލަ މަޖިލީހެއް ދުވަހަކު ނެތަސް ތިބުނާލިސްޓަކަށް ކުރާނެކަމެއް ކުރެވޭނެ، އިބްރާހިމް ވެރިކަމުން ވެއްޓުނީމަ ތިހިރަ ގޮވެނީ ކޮންކަހަލަ ގޮވުމެއް .ބަލަ އިބްރާހިމުމެންނަށް އަހަރުމެން ތިހުރިހާ އެއްޗެއްދިނީމޭ، އުޅުނީ އިންޑިޔާ ރުއްސަން.

    49
    2
    • ހނހ

      އަހަރު މަޖިލީހާ ހުރިހާ ބާރަކާ އެއްކޮއް ކަމެއް ނުވުމަކީ މިސަރުކާރުގެ މައްސަލައެއް ނޫން. 5 އަހަރުން ދޭން ބުނި ފްލެޓްތައް ނުދީދިޔުން. ގޮސްފަ މިކިޔަނީ ހާދަ ސްލޯއޭ 3 މަސްނުވާ ސަރުކާރަކާ ދިމާލައް. އެމްޑީޕީން ފްލެޓް ލިސްޓް ޕޮއިންޓްތައް އޮޅުވާލީމަ ވެސް މިސަރުކާރުން ޖެހޭ ވަގުތުން ފްލެޓްތައް ދޭންވެސް. ރަނގަޅު ކުރަން ވަގުތު ވެސް ދޭކައް ނުޖެހޭ

      31
  2. ނާނާކުލަބަދަލުކުރިޔަސްވޯޓުނުދޭނެރަންކޮޅާ

    ތިސޯލިހު ހޮވަން ކެމްޕޭނުކުރަން ސޭހު އަނީލު އެކަނިވެސް ޑޯޓުޑޯ ޖެއްސި. މިހާރު އެއުޅެނީ މިސަރުކާރުންވެސް ތިމާގެ މަގާމުގައި ހުރެވޭނެގޮތެއް ހެދޭތޯ. ކުދުރަޝީދ ވެސް މާވަރަކަށް އަޒާނުއަށް ތާއީދުކުރާކަމަށް ހެދެނީ މަކަރުވެރިކަމުން. އޭނާ މުއިއްޒުއަށް ތާއީދެއް ނުކުރޭ. ސާލމ ރަޝީދ މަގާމުގަނޑު ގައި ހުރެވޭތޯ މަކަރުވެރިކަމުން ސަރުކާރަށް ތާއީދުކުރާކަމަށް ހެދިގެން އެއުޅެނީ. މިސަރުކާރުން އިބުރޭވެސް އެހެރީ މަގާމުގާ ބަހައްޓާފަ. ދެން ސޯލިހު ކޯޗެކޭތަ ތިކޔަނީ. މިސަރުކާރުގައި ވައިކުޑައިން ފުންމާލި އެމްޑީޕީމީހުން އަދިވެސް މަދީތަ. ސޯލިހުގެ ސަރުކާރުގެ ކަރަޕްސަނެއްވެސް މިސަރުކާރަކުން ނުބަލާނެ. ދެން އެކަމާ އުފާކޮއްބަލާ

    28
    4
    • ހަމްދު

      އިބޫ ދޮގު ހެދިވަރައް އަދި އެއްވެސް ވެރިޔަކައް ނުހެދޭނެ ވެރިކަމައް އައި ގޮތައް ބުނި 5 އަހަރު ގިނައޭ ވެރިކަން ކުރަން އަދި ރިޔާސީ އިންތިހާބުތެރޭގަ ބުނި ރާއްޖޭގަ އިންޑިޔާ ސިފައިންނެއް ނެތޭވެސް. އިންޑިޔާއިން މުއީޒު ވެރިކައް އައީމަ އެއްބަސް ވެއްޖެ ސިފައިންބާލަން ވެސް އެކަމު އެއީ ނެތްބަޔަކޯ

      23
      3
      • ރިކޯޑު

        މުއިއްޒު އެދަނީ އިބޫގެ ރެކޯޑު މުގުރަމުން. ޕީއެންސީ މީހުނަށް އެމްޑީޕީއޭކިޔާފާ އަނގަނުހުޅުވޭނެ. އެމްޑީޕީ ހޭވި ހަޑި ދެގުނައަށް ތިމީހުން އެބަހާވާ.

        3
        10
        • ނަނަނަ

          މި ރޯދަމަހު ގައުމު ބަނޑަށް ނުޖެހި އޮތަތީ ޝުކުރު ކޮށްބަލަ. ގައިމު އިބުރާހިމް ހުރިނަމަ ގައުމު މިހާރު އޮތީހީ ބަނޑަށްޖެހި އިންޑިއާ އަށް ލިޔެފަ ދީފަވިޔްޔާ.. އަދިވެސް އެބަ އަނގަ އަރުވަނީ ހަމަ އޑޕ ވެއްޖެއްޔާ ހުންނަ ޣައްދާރުކަމުން..

          • ނަނިފޮތި

            ބަނޑަށް ޖެހޭނެކަން ކަލެއަށް އެނގެނީ ކަލެއަށް ވަހީއިއްވަވާތީތޭ. އަނގައރުވާނަން. ކަލެއަށް އެކަނިތޭ އަނގައެރުވެނީ! ކަލޭގެ އަނގައެއްނޫން! ކަލޭތީ މާބޮޑު ޣައްދާރެއް

  3. އަހުމަދު

    އިބުރާހިމް، ލިސްޓް އޮޅުވާލާ، ޕާރޓީ ބޮޑުންނަށް ފްލެޓްތަކާ ބިންތައްދިންހެން ރައީސް ޑރ.މުއިއްޒު ނަހަދާނެ.

    31
    2
  4. މުފައްކިރު

    މިސޮރު ރޯދަ ހިފަން ފެށީމާ ބޯސަކަރާތްވެއްޖެހެން ހީވޭ.

    16
  5. ހަސީނު

    މިބަރަކަތްތެރި މައްސަރުގަ ހެޔޮކަމެއްކުތެވޭތޯ ބެއްލެވިއްޔާ ވާނީކީއްތޯ؟

    24
  6. ނަނަނަ

    ވެރިކަމުގެ ހުރެ ފުލެޓް ލިސްޓު އަތަށް އޮޅާލި މީހާ މިހެން މިކިޔަނީ..

    27
    • ހިޔާ

      ޔާމީންސަރުކާރުގަ އަޅާނިންމާފަ ހުރި ކޮތަރުކޮށިތަކޭ ކިއިތަންތަން ވެސް މަނިކުފާނު އޮޅާލިގޮތް ހަދުމަ އެބަހުރި ދުވަހެތްކޮޅުންވެސް ވޯޓެއްނުލިބޭނެ މި ފިރުއައުނަކަށް

      18
      0
  7. ނައިބުން ލަތީފް

    މި ބަކަރި ކޮން ފޯކެއް ކިޔަން މިއުޅެނީ

    14
  8. ޓައީ

    މިސަރުކާރު ވަރަށް މޮޔަ. ޔާމީނުގެ އަރިސްމީހުނާ އޭނާއަށް ތާއީދުކުރާ އެންމެންވެސް ސަރުކާރުފަޅިއަށް ގެނެސް ޔާމީނު ބާކީކުރަންވެސް ނޭގޭ. ވަޒީފާދިނީމާ ހެވިފަ ސަރުކާރުފަޅިއަށް އަރާނެ. އެކަމަކު އެންޑީޕީ ބައިގަނޑު ކައިރިކޮއްގެން ވާނެކަމެއް ހަރާން. ވަޒީފާދިނަސް އެމީހުން ވޯޓެއްނުދޭނެ. އެހާވަރަށް ސިއްރުލީކުކުރާނެ . ނިކަން މަލީހުއާ ޖަމީލުއާ ދެންއެއުޅޭ ހައެއްކަ މީހުން ބައިތިއްބާފަ ދެންތިބިމީހުން ގެނެސް އަރިސްކޮއްބަލަ އޭރުން ޔާމީނުގެ ނަންކިޔާނެބަޔަކުވެސް ނުތިބޭނެ.

  9. ބަކުރު

    ކޮބާތަ ޔާމީންސަރުކާރުން ލިބުނު ފުލެޓުތައް އޮޅާލާފަ ކޮންތާކަށް ޖެހީ

    13
  10. ޗޯރު

    ާކަލޭކުރިކަންތައް އެއީ ބޭނުންވާމީހުންނައް ދެނީ

  11. އާންކޮ

    މީ ދުނިޔެމަތިގައި އަބޫޖަހުލު ކަލޯ އިންސާނުން މަގުނުފުރައްދާ މަރުމަތިން ހަދާންކޮށްބަލަ!

  12. ވަގުންގެ ރާއްޖެ

    ވިޖޫދުގައި ނެތް ބިމުން ގޯތި ދޫކުރި ވެރިއެއް ތިޔަނޫނީ ނުހުނާނެ
    ފަލެޓްވެސް ހަމަ އެއުސޫލު

  13. އަބްދޫ

    މިހާރުވެސް އެމްޑީޕީން ފްލެތް ލިސްތް އޮޅާލާފަ ސާލިހް ގެ އަމިއލް މަންފާއަށް ސަރުރު ހަމަނުވާ މީހުނަށް ފްލެތް ދޫކުރިކަމަށް ވެގެން މައްސަލަވަނީޖެހިފަ މިހާރު ލީކްވާ ވިޑިއޯއިންއެކަން ކަށަވަރުވޭ.

  14. Anonymous

    މިހާރުވެސް އޮޅާލަން ލަސްވެއްޖެ.

  15. ހިޔާސް

    އެބައެއްގެ ތަޖުރިބާ ހުރި ވާހަކަ ދައްކާނެތާ! ވެރިކަމަށް އެރިގޮތަށް ހިޔާ ފްލެޓް ލިސްޓް ބާޠިލުކޮށް، ދުވަހަކު މާލެ ނާންނަ އެތައް ބަޔަކަށް ފްލެޓް ހަމަޖައްސާ، ފްލެޓްތައް އެއްކޮށްލަނީކަމަށް ބަހަނާ ދައްކާ، 3 އަހަރުވަންދެން ފްލެޓްގެ މަސައްކަތެއްނުކޮށް އަގު އަރުވާފަ، އެތަނުގެ އަގު ބޮޑުވިއްޔޭކިޔާފަ 4 ފާރުގަނޑަށް ސޯސަލްއަށް ވުރެ ބޮޑު އަގެއް 8500 އަށް ކުއްޔަށް ހަމަޖެއްސިބައެއް ތިޔައީ. އެކަމަކު އޭގެ 2 އަހަރުފަހުން 3 ކޮޓަރި ފިނިޝިންއާއެކު 7000 އަށް ހަމަޖައްސައި ހިޔާގެ ރައްޔިތުންނަކީ ނިކަމެތިބަޔަކަށް ހަދައި ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދެއްކިބައެއް ތިޔައީ

  16. ޢިބްރާހީމް

    ފްލެޓް ލިސްޓަކީ މަނިކުފާނުގެ ސަރުކާރުން މަނިކުފާނު އަންގައިގެން އަކްރަމް ކަމާލުއްދީމް އޮޅާލައިފައިވާ އެއްޗެއް. މިސަރުކާރަށް މިޖެހުނީ އޮޅުން ފިލުވަން. މަޖިޅީހުގެ މެމްބަރުންގެ އާއިލާތަކަށް ކޮންމެ މެމްބަރަކަށް އެއޮތީ 19 ފްލެޓް ދީފައި. ދެން އޮޅުން ނުފިލުވާ އެފްލެޓްތައް ދިނީމަ އެވަނީ ވަގުފްލެޓްތަކަށް ދެއްތޯ؟

  17. ދެބޯގެރި

    މިކަލޭގެ މިހާޜު ހަމަ ބުއްދިވާހެނެއް ހިޔެއްނުވޭ ވެރިކަމާ މަޖިލީހާ ދިނީމާ ޟުޅި ޤައުމު އޮޅާލާފަ ތަރަނިން ސަލާޟަތްނުވާވަރުކޮށްފަ އިންޑިޔާއަށް ޤައުމު ވިއްކޅާފަ ގައުމު އެކީ ދިރުވާލައިގެން ބަޖެޓު ބަހާލައި ތިޖޫރި ހުސްކޮށް މުޅި ޤައުމު ބެންކްތަޕްޓުކުރީމާ ވެރިކަމުން ބޭރުކުރީ ދެން މިހާރު ކޮން ވަތުބަތާނައެކޭތަ މި ގޮވަނީ މިކަލޭގެދައުލަތާ ރައްތިތުންނަށް ޣައްދާރުވެ ޚިޔާނާތްތެރިވެފައިވާތީ އަވަހަށް މިކަލޭގެޔާ އައުވާނުން ހައްޔަރުކޮށް ޤާނޫނުގެ ކުރުމައްޗަށް ގެނޭ

  18. ޖޯބިސް

    އިބޫ އެބުނަނީ ވަރަށްބޮޑު ތެދެއްހެން އެބަހީވޭ. އިބޫ ހީތްވަރުކޮށްލާ އިދިކޮޅަށް މެޖޯރިޓީ ނަގަން މަޖުބޫރު. ތި ފްލެޓްތައް ގެރެންޓީކުރަން ބޭނުން.

  19. ޙެހެހ

    އޮޅާލިޔަސް ހަފާލިޔަސް ސަރުކާރަށް ދޭނީ ، ސަބަބަކީ މުޅި ހުޅުމާލެ ނޮޅާކައިލާގެން އެމްޑީޕީ ގިނަ ގުންޑާއިންނަށް ކަލޭވަނީ ބިންތައް ދީފަ ، ގިނަ ރައްޔިތުންނަށް ލިބުނީ ފަޅު ، ލަދުހަޔާތެއްވެސް ހުންނަންވާނެ ، އެކަމަކު ކަލެއަށް މިހާރު އެނގޭނެ އިންތިޚާނަށް ދައުލަތުގެ ހަޒާނާ މަގުތަކަށް ނެރުނަސް ކަލޭމެން ނުލަފާކން ދިވެހިންނަށް އެނގޭނެކަން