މި އަހަރުގެ މިހާތަނަށް އައިއިރު، އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ އިރު، މިއީ ރާއްޖެ އަށް ލިބޭ އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި "ގަލޮޅު ތަރާވީސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތް ގޮތުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް މަދުވެފައިވާ ކަމަށާއި އިންޑިއާ މީގެކުރިން ވެފައި އޮތީ މިދިޔަ ތިން އަހަރު ދުވަހު ވެސް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ކަމަށް ސޯލިހް ވިދާޅުވިއެވެ.

މިދިޔަ އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ގާތްގަނޑަކަށް 53،000 ފަތުރުވެރިން އައި ނަމަވެސް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 33،000 ފަތުރުވެރިންނަށް ދަށްވެފައި ކަމަށް ސޯލިހް ވިދާޅުވިއެވެ. ސޯލިހް ވިދާޅުވި ގޮތުގައި މިއީ 20،000 އަށް ވުރެ ގިނަ ފަތުރުވެރިން މަދުވުމެވެ.

"މީގެ އިމްޕެކްޓް، މީގެ އިގުތިސާދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މީގެ ސަބަބުން މި ތިން މަސް ތެރޭގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލި ކަމުގައި ވިޔަސް ގެއްލުން 58 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އެ ދާއިރާއާ ގުޅިފައިވާ އެހެން ދާއިރާތަކަށް ލިބުނު ގެއްލުން އެއްކުރުމުން، ގެއްލުމުގެ އަގު ގާތްގަނޑަކަށް 68 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމުގައި ސޯލިހް ވިދާޅުވިއެވެ.

"ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވަމުންދާ ސަބަބުތަކަކީ މިއީ. އިގުތިސާދީ ސިޔާސަތެއް، ތަސައްވުރެއް ނެތް. ހަމައެކަނި ޓެކްސްގެ ގޮތުގައި މި ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ މި ވޭތުވެދިޔަ އަހަރު ޓެކްސްގެ ނިޒާމަށް އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއްގެ ސަބަބުން. އިތުރު އެއްވެސް ކަމެއް ނުކުރޭ. އަޅުގަނޑުމެން ނުވިސްނާ މިހެން ދޫކޮށްލައިގެން ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް އިގްތިސާދީ ގޮތުން ވެއްޓިގެންދާނެ،" ސޯލިހް ވިދާޅުވިއެވެ.

އެހެންވީމަ މިވަގުތުގެ ބޭނުން ހިފައި، މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދައި ދޭން ޖެހޭ ކަމުގައި ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ދޯ

    ،20000 އިންޑިޔާ ސިފައިން ޓޫރިސްޓުން ނޭ ކިޔާފަ ... އަރާފޭބި އޭރު

    79
    1
    • ހނހ

      އެހެން މީހުންނާ ދިމާލައް ދޮގު ހަދަނިއްޔޭ ކިޔާއިރު އަސްލު ދޮގުގެ ރެކޯޑް މުގުރާލީ އިބޫ. 5 އަހަރު ވީ އެއްވެސް ވައުދެއް ނުފުއްދާ ދިޔައީމަ ދެން ކީކޭ ބުނާނީ

  2. އޭބީ ޙަސަން

    އަޖައިބު، އިންޑިޔާ މީހުން ނާންނަ ތަނަށް އެޔަށްވުރެ ގިނަ އެހެން ގައުމު ތަކުގެ މީހުން އެބައާދޭ. ޏަތީޖާއަކީ ފުރަތަމަ 3 މަހު ޒިޔާރަތްކުރި ޓުވަރިސްޓުން މި އަހަރު ގިނަވުން.
    އެހެން ނޫނަސް އިންޑިޔާ އެވަރެޖް މީހަކު ޚަރަދު ކުރަނީ 500 އާއި 2000 ޑޮލަރާއި ދެމެދު، އެހެން ގައުމުތަކުން އެންމެ މީހަކުވެސް އިންޑިޔާ 5-10 މީހުން ކުރާ ޚަރަދު ކުރޭ.
    ސޯ ، އިންޑިޔާ އޭ ނުކިޔާ .

    90
    1
    • ހަމްދު

      އިބޫ އަކީ އަސްލު ފޮގުބެ މިރާއްޖޭގަ

  3. ޒާ

    ތިބުނާ އެއް ބިލިއަން ރުފިޔާ ސޯލިހުވެރިކަމުގާ ލިބިގެން ވީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސޯލިހު ބުނެދީބަލަ. ސޯލިހު ހީވަނީ ދިވެހިރާއްޖެ އިންޑިއާ އާ ދެވައިގެން އުޅޭހެން.

    88
    1
  4. ޑިމޯ

    ތިޔަ ބުނާ ބަޔަކާ ނުލާ އިގްތިސޯދު ރަނގަޅުކަމަށް ފެންނަނީ. ދައުލަތުގެ މާލީ އިދާރާއިންވެސް އެބަ ބުނޭ ރަނގަޅޭ ކުރިއަށްވުރެ. އެއީ ތިޔަބުނާ މީހުންނާ ނުލާ، ފައިސާ ޗާޕްނުކޮށް. ކަލޭމެން ހިތަށް އެރީމަ އެއީ އެއްބިލިޔަނަށް ތިޔަ ހަދާލަނީ. ބަލަ 1 ބިލިޔަން ރުފިޔާ ޚަރަދުވެސް ކުޑަކޮށްފިއޭ. އެވާހަކަ ކީއްވެގެންތޯ ނުދަންނަވަނީ.

    ރިޒްޤްދެއްވަނީ މާތްﷲ. އެއްްދޮރު ބަންދުވާއިރު އަނެއް ދޮރުހުޅުވޭނެ، އިންޝާﷲ!

    84
    1
  5. ސަނާ

    އިންޑިޔާ ސިފައިންނޭ އޭރު އައީ ! މިހާރު ނާންނާނެ! މިހާރު އަޔަސް އަންނާނީ އިންޑިޔާގެ ޓޫރިސްޓުން! އެ އެބަ އާދޭ އޭރުވެސް އައިވަރަށް ނުވަތަ އެޔަށްވުރެ އިތުރަށް! އެމީހުންގެ އަތުގައި އޮންނަނީ އިންޑިޔަން 10000 ރުޕީސް!

    56
  6. ރެކިފުތާ

    އަނެއްކާ އިބްރާހިމް، ހެޔޮނުވާނެ މިގައުމަކަށް އިންޑިއާ ފަތުރުވެރިން ބޭނުމެއްނުވޭ.

    63
  7. އަހުމަދު

    އިންޑިއާގެއަތްދަށަށް ރާއްޖެދާދުވަހު ''އިންޑިއާދިވެހިން'' ފިލާނެ! އަހަރުމެން ނިކަމެތިން ބާކީވެފައިތިބޭނީ!

    51
  8. ސަންތި މަރިޔަނބު

    ދެން ކަލެއަށް ކީއް! ބޮޑު ޗޯރު

    54
    1
  9. އަހްމަދު

    އިންޑިޔާ ގިނަފިލްމް ސްޓާރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ހިލޭ! އެއީ ރިސޯޓް ޕްރޮމޯޓް ކުރަނަމުގައި! އިންޑިޔާ ޓޫރިސްޓުން އަތަކުން 1 ބިލިއަން ރުފިޔާ ލިބޭނެހެނެއް ހީއެއްނުވޭ! އިންޑީޔާ ޓޫރިސްޓުން މާގިނަވެގެން އުޅުނީ ކޮވިޑްތެރޭގައި! އެވެސް ކަރަންތީނަށް އައިމީހުން! އިންޑިޔާވިޔަސް އަދި ކޮންމެތަނަކުން އަޔަސް ކޮންމެމީހަކީ ޓޫރިޒަމް އިންޑަސްޓްރީއަށް މުހިންމު ބައެއް!

    47
  10. އަލިބެ

    އިންޑިޔާއިން ޓުވަރިސްޓުވިސާގައަންނަނީ އުނގުވިޔަފާރިވެރިން އެމީހުންގެފަރާތުންމާބޮޑުފައިދާއެއްނުވާނެ.

    57
  11. އަބްދޫ

    އިންޑިޔާ ގެއަޅުވެތިކަމަށް ގައުމުގެންގޮްގެން ދިވެހި ގައުމުގެ ސަހުސިއްޔަތު ނަގާލައިގެން ވޯރާ ވިޔަފާރި ވެރިންގެ އަތްދަށަށް ގައުމ ގެްނގޮސްގެން އިންޑިޔާ މިލިޓްރީ ގައުމު ހިންގާ ހިސާބަށް ގެނެގޮސް ރާއްޖޭގެ ރައީސުލްޖުމަހޫރިއްޔާ ކުރަންވާކަންކަން އިންޑިޔާ ހައިކޮމިސނަރު އަނގާހިސާ ބަށް ދިޔައީމަ އެމީހުނަށް ހީވެފަ އޮތީ މިއީ އިންޑިޔާގެ 30 ވަނަ ސްޓޭޓް ކަމަށް. ރާއްޖޭގެރައްޔިތުންތބީ އިންޑިޔާގެ އަޅުވެތިކަމަށް ގޮސް ދިވަހި ރައޔިތުންތިބީ ހިންދޫ ދީނަށް ވަންނަން ނޫންކަންއެގުނީމަ ބަޔަކު ނަޔަސް ރާއްޖެއަކަށް ގެއްލުމެއްނެތް. އަންނަ ފަތުރުވެރިންވީ ގިނަ.

    46
  12. ހަސަނޫ

    އިންޑިޔާ އިން ޓޫރިސްޓުން އައުމެއް ނޫން މިހުއްމީ! މުހިއްމީ ކޮންމެ ތަނަކުން ނަމަވެސް ގިނަ ޓޫރިސްޓުން އައުން. ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ 3 މަހާއި ، މިއަހަރުގެ މި ދިޔަ 3 މަހަށް ބަލާއިރު މިއަހަރު ޓޫރިސްޓުން އައި އަދަދު މާގިނަ. މަޖްލިސް އަޣުލަބިއްޔަތު ހޯދަން ނަމަވެސް ދެކޮޅު ޖެހޭ ވާހަކަ ދައްކާ. އިންޑިޔާގަ ކެމްޕޭން ކުރާގޮތަށް މިތާ ނުވާނެ. އިންޑިޔާގެ ލިޓރަސީ ރޭޓަކީ %76.32. ދިވެހިރާއްޖޭގެ ލިޓަރަސީ ރޭޓަކީ %97.86. ވަރަށް ތަފާތު.

    42
  13. އަހްމަދު

    ތިޔަބުނާއިންޑިއާ ޓުއަރިސްޓުން މިތަނައްއައިސް މިތަނުގެކުދިވިޔަފާރިތައްފުނޑަމުން އެދަނީ އެކިދިމަދިމާގަ އިންޑިއާމީހުން ފާޑުފާޑުގެ ވިޔަފާރިތައްފުޅާކުރަމުންއެދަނީ އެފުރުސަތު އެމީހުންނައްދިނީ ސޯލިހްގެސަރުކާރުން އެއީވެސްތިޔަބުނާ ޓުއަރިސްޓުން އެހެންނޫންތޯ؟

    40
  14. ކަނުކޮސް

    ކޮންމެވެސް މީހަކު މި ކޮމެންޓުތައް ހިންނަވަރު އިބުރާހިމަށް ދައްކަބަލަ. ދެންވެސް ދޮގު ގޯނި ހުޅުވުމުގެ ކުރިން ވިސްނައި ފިކުރުކުރަން އެނގޭތޯ.

    49
  15. އަލީ

    އިންޑިއާ އައުޓް ބޭނުމެއްނޫން.

    42
  16. Anonymous

    މީނަ ގެރިގުއިޔާ ހާދަ އަވަލައިގެން އުޅޭހެން ހީވެއޭ

  17. ތެލީނެ

    ޗޯރުބޭބޭ ކަލޭ ޝްކުރު ކޮއްބަލަ އިންޑިޔާ އަޅުވެތިކަމުން ސަލާމަތްވާތީ

  18. ހުސޭނުބޭ

    މީނަ ހީކުރާކަހަލަ އިންޑިޔާ ފަތުރުވެރިން އަންނަނީ މީނަ އުފުލި ކަހަލަ އެމްއެމްޕީއާރުސީގެ ކަޅު ދަބަހު ފައިސާ ހިފާގެނޭ! ލޮލް

  19. ގަމާރު

    ކަލޭ ޖީބަށް ވަންނަ ވަރު ތިޔައީ. އިންޑިޔާ ފަތުރު ވެރިން ކަލޯ އަކަށް ނޭނގޭނެ. އެމީހުން އައިސް ކޮންމެވެސް މައްސަލަ އެއް ޖައްސައިގެން ހިލޭ ކާލައިގެން، ތަނުގެ މުއައްޒަފުންނޭ ކިޔައިގެން ޓުރިޕް އެޑްވައިޒަރގަ ދޮގު ވާހަކަ ލިޔެފަ ހޮލިޑޭ ނިންމާ ބައެއް އެއީ. ދެން އެމުއައްޒަފު މީހާ ވަޒީފާ ގެއްލި، ބަދަލުގައި ގެންނާނީ އިންޑިޔާ މީހަކު އެ ވަޒީފާ އަށް.

  20. އޯކޭ

    ހެޔޮ އެނގޭތޯ، އިންޑިޔާމީހުން ނަޔަސް. ވ ވެދުން ސުލޯލިހު

  21. ފިކުރު

    ކުރީސަރުކާރުގެ ވެރިކަމުގައި ޓޫރިސްޓުންގެ ގޮތުގައި ގިނައިން އެތެރެވަނީ ސިފައިންނާއި މަސައްކަތު މީހުންނެވެ
    ރައީސް އޮފީހުގައި ކޮންޓްރޯލެއްނެތުމުން ދައުލަތުގެ އިދާރާ
    ތައް އޮތީ ބޮއްސުންލާފައެވެ ބޭރުމީހުން އެތެރެވާވަރެއް ކުރާކަންކަމެއް ނުބެލެހެއްޓެއެވެ އެހެންވީމާ ފަތުރުވެރިންގެ
    ނަމުގައި ގެނެސްފައިވަނީ މޑޕ އެކްޓިވިސްޓުންގެ ސައިޓް
    ތަކަށް ބޭނުންވާ ލޭބަރުންނެވެ މޑޕ އަކީ މަކަރާއި ހީލަތުގައި ހައްދުފަހަނަ އަޅާފައިވާ ބަތަކުތިބި ގޭންގެކެވެ.

  22. ކަލޭ

    ކަލޭ ތީ އިންޑިޔާގެ އަޅެއްތަ؟

  23. Anonymous

    ގަމާރު ޗޯރޭ ކަލެއައް ބިލިޔަން ކިޔަން އެގޭތަ

  24. އއ

    އިންޑިޔާގެ ފަތުރުވެރިންތައް ފެންނާނެ، މާލެ ސަރަހައްދުންނާއި އަތޮޅުތެރޭގެ ރަށްތައް ރަނގަޅަށް ޗެކް ކޮށްލީމަ. މީހާ ޕެރެލައިޒްވެ ބައެއްގެ މުއްފަތަށް ވެއްޓުނީމަ ބިލިއަނުން ބިލިއަނުން ފައިސާ އިތުރުވޭތަ؟ ސިޔާސީމީިހުންނޭ ކިޔައިގެން ބޯ ރޮނޑު ހަންގަނޑެއް ގައިގަ އޮޅައިގެން ފޮރުވިގެންތިބި ވަގުންތައް، ތިބިތަނަކުން ދަމާނެރެ ޝަރީޢަތް ހިންގަން، ކޯޓްތަކަށް ދަމަން ފަށަނީި ކޮންދުވަހަކުން ބާވައޭ ހިތަށްއަރާ. ވަގުންނަށް ސިޔާސީމީހުންނޭ ކިޔައިގެން، ތަޙްޤީޤީ މުވައްސަސާތަކާއި ޝަރުޢީކޯރޓް ތަކަށް ފިލައިގެން ތިބެވިގެން ނުވާނެ. އެތެރެއާއި ބޭރުން ޑޮކިޔުމަންޓާއި އެވިޑެންސް ހޯދައިގެން، ޤާނޫނު އެބަޖެހޭ ވަގުންނާއި ޣައްދާރުންނާއި އަރައި ހަމަކުރަން.

  25. ލަގން

    120 ބިލިޔަނުން ގައުމު ދެރީ ކީއްވެދެން

  26. އައްލޯ

    އެެއްގޮތަކަށްވެސް އިންޑިއަންފަތުރުމަދުކަމަށްނުފެނޭ އައްޑޫ
    ގައިވެސް އައްޑޫމީހުންނަށްވުރެގިނައީ
    ހިންދުކަރައިގެ ފަތުރުވެރިން
    އަށްޑޫގަމުގައި ހުރި ހުރިހާއަގިރޭސިގެސްޓް ހައުސްތައްހުރީ
    ފުލްވެފާ