ހުޅުމާލެ ދެވަނަ ފިޔަވަހިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 74 އަހަރުގެ، އަބްދުﷲ ހަނީފްއެވެ.

އާއިލާގެ ފަރާތުން "ވަގުތަށް" ކިޔައދިން ގޮތުގައި ހަނީފް ގެއްލިފައިވަނީ މިއަދު ފަހިތުގެ ވަގުތެއްގައެވެ. ފަތިސް ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށްވެއެވެ.

ހަނީފް ދިރިއުޅެނީ އޭނާގެ ދަރިއަކާއެކުގައި ހިޔާ ޓަވަރުގެ ހަތަރު ވަނަ ފްލެޓްގައި ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި ހަނީފް ބެލުމަށް އޭނާއާއިއެކު ބޭރު މީހަކު ވެސް ހުންނަ ކަމަށްވެއެވެ.

" ފަތިހު ދިޔަ ގޮތަށް ހަބަރެއް ނުވެގެން އަޅުގަނޑުމެން މި އުޅެނީ. ހަނީފް ގެއިން ދިޔައީ ބޭރު މީހާ ވެސް ނިދާފައި އޮއްވާ. މުޅި ފޭސް 2 ބަލައިފިން އެކަމަކު ނުފެނިގެން މި އުޅެނީ. ފުލުހަށް ވެސް މިހާރު ވަނީ ހުށަހަޅާފައި." އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި ހަނީފް އަކީ ވަރަށް ބަލި މީހެކެވެ. ރަނގަޅަކަށް ނުވެސް ހިނގެއެވެ. އަދި ގިނަ ކަންކަން މިހާރު ހަނދާން ވެސް ނުހުންނަ ކަމަށް އާއިލާއިން ބުނެއެވެ.

ހަނީފް ފެނިއްޖެނަމަ ފުލުހަށް ނުވަތަށް 7892804 / 7741009 / 7822740 މީގެއިން ނަންބަރަކަށް ގުޅުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.