ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒެއިނާ އާދަމް އެމްޑީޕީން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ރޮޒެއިނާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނޫޅުއްވާ ކަމަށެވެ. އަދި ފޭކު ނޫހަކުން ފެތުރި ފޭކް ހަބަރަކާ ގުޅިގެން މީހުން ގުޅާފައި އޭނާއާ ސުވާލު ކުރާތީ އެކަން ސާފުކޮށްލަ ދެއްވީ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ އޭނާ އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާ ގުޅެން އުޅޭ ކަމަށް ބުނެ މީސް މީޑީއާގައި ދޮގު ހަބަރުތައް ފެތުރުމާ ގުޅިގެންނެވެ. "ރާކަނި" ނަމަކަށް ކިޔާ އޮންލައިން ވެބްސައިޓަކުން ބުނި ގޮތުގައި އެމްޑީޕީ ޕްރައިމަރީގައި ރޮޒެއިނާ އަށް ލިބިވަޑައިގެންނެވި ނާކާމިޔާބާއާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސަރުކާރާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އަދި އެމްޑީޕީއާ ދެކޮޅަށް ރޮޒެއިނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި ވަރަށް އަވަހަށް ސަރުކާރާ ގުލެން އުޅޭ ކަމަށް އޭގައިވެއެވެ.

ރޮޒެއިނާ ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އަކީ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ އެއް މެމްބަރެވެ. މިފަހަރު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވިނަމަވެސް ރޮޒެއިނާއަށް އެމްޑީޕީ ޓިކެޓް ލިބިވަޑައިނުގަތެވެ. ރޮޒެއިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރެވެ. އޭނާ ވަނީ މީގެކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހަރެން

    ނަސީބެއްތީ .. ނޫންނަމަ އެމީހުންގެ އަގުވެސް މިހާރު އިތް ވަރަށްވެސް ނެތީސް

    18
    0
  2. ސަން

    ޗޯރުންގެ ސަރުކާރުގަ 5 އަހަރު ވައްކަން ކުރި ތިކަހަލަ ޗޯރުން އަހަރެމެން ބޭނުންވެގެންވެސް ނޫޅެން. ތިމާ އަމިއްލަ ޕާޓީގެ ޕްރައިމަރީންވެސް ކުރިއަށް ނުދިޔަ މީހަކު ތިމާވަރު މީހަކު ނެތިގެން ތި އުޅެނީ

    27
    1
  3. ޢަލީ

    ރޮޒެއިނާ ''މުރުތައްދު'' ނުވާނެ!

  4. އަޅި އަލި

    އަޑެެއް ކިޔައިފިއްޔާ ރެނދެއްލާނެ!

    11
  5. ލިކާ

    ތިޔަ މީހަކާހެދި މިޕާޓީ ހަލާކުވީ އަވަހަށް ދިޔައްޔާ ރަނގަޅި

    2
    1
  6. މުކޭ

    އަބުދުއްލާ ސާހިދު. ރޮޒޭ މިޑީއާރުޕީ ގުރޫޕު އަވަހަށް ފޮނުވާލާ

    4
    1
  7. އައްޑޫ

    ތީނައަށް ބިގު ނޯ

  8. ި

    ޕީއެންސީ އާއިގުޅޭނެކަމެއްނެތްތަންހަލާކުވެއިބިލީސްތަކާޝަސކތާނުންތައްއަންނާނެ

  9. މިގުލް

    5ރުފިޔާ ދޭނަމޭ ޕީއެންސީ އައް ސޮއެ ކޮއްލާށޭ ބުންޏަސް 5 ރުފިޔާ އައް ވިކޭނެ އަންހެނެއް ތީ

  10. Anonymous

    މި ޕީޕީ އެމް ޕީއެންސީ އަށް ގެންނަންވާ ވަރު މީހެއް ނޫން ވަރަށް ރިޝްވަތުގެ ބޮޑު މީހެއް.

  11. ހުސެންފުތާ

    ކީއްވެ ނުގުޅެންވީ؟ އަވަހަށް ގުޅޭ ރޮޒޭމެން ކަހަލަ ކުދިން ބޭނުމޭ މިކޮޅަށް.

    1
    2
  12. ސ ފިކުރު

    ބޭނުންވަނީ ވީހާ އަވަހަކަށް ރޮޒައިނާ ޕނސ އާ ގުޅިވަޑައި
    ގަތުމެވެ ސިޔާސީ ކެރިއަރ ދިފާއު ކުރުމަށާއި ރައްޔިތުން ނަށް އިޚްލާސތެރި ޚިދުމަތްތަކެއް ރައްދުކޮށް ދިނުމަށްޓަކައެވެ. މޑޕ އަކީ މާޒީ ކަމަށް ބައްލަވައި އާ
    ފެށުމަކުން ފެށުމަށްޓަކާވެސް މެއެވެ.

  13. ހަސަން

    ރޮޒޭތީ މީގެކުރިންވެސް ޖަނގިޔާބަދަލު ކުރައްވާ ކަނބަލެއް އަނެއްކޮޅުން މޑޕ އައްނިސްބަތްވާ ބޭފުޅަކު ނުކުރާނަމޭބުނެފިތަ އެދެން ގެރެންޓީވީ ކުރާނެކަން ރޮޒޭވެސް ދެން ބޮޑާހާކަން ނޫޅެ އެއްކާރިއައް ޖެހިލާފަ ބަދަލުކޮއްލާ ނެތެއްނު ތިކޮޅަކުމާބޮޑު ކަމެއްވެސް ދޯ

  14. ޓިނު ކުޑޭ

    މިހާރު އެންމެ އައުލާކަން ބޮޑީ ކަމަނާ ގުއިޕާޓީ އާއި ގުޅުން

  15. އާދަނު

    ތިޔާ ބޭނުން ޕްރޮޑަކްޓެއް ނޫން! އެކްސްޕެއަރ ވެ ފީވެފައި ތިހުރީ! ޕީޕީއެމް ޕީއެންސީ އަށް ވައިވެސް ނޭޅޭތި!

  16. #މިނިވަން ޤައުމު

    މިކަނަމާ ސޮރީ މިކަމަނާ ވަޑައިގަންނަވާނީ އިނގިރޭސި ޕާލިމެންޓަށްށޯ