ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހިޔާގެ ދެވަނަ ޓަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރަން 200 މިލިއަން ރުފިޔާ ހިމަނައިފައެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.

ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހަރުކޮށްފައި ވަނީ ތިން ލިފްޓެވެ. އެއާ އެކު، ޖުމްލަ 54 ލިފްޓު ވަނީ ހަރުކޮށްފައެވެ. އަލަށް ޖުމްލަ 32 ލިފްޓް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާއެވެ.

ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް އެޗްޑީސީ އިން ލަފާ ކުރާއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެއަށް ވުރެ ކުރިން މި މަސައްކަތް ނިންމާލުމެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވަރަށް ގިނަ މައްސަލަތައް ހުރިއިރު، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ޕާކިން މައްސަލަ އާއި ހައުސިން މައްސަލަ އާއި ލައިޓިން މައްސަލަ އާއި ޓްރެފިކް މައްސަލަ ހިމެނޭ ކަމުގައި ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މިއަދު ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތް ނިންމައި ރައީސް ޑރ. މުއިއްޒުގެ ވައުދު ފުރިހަމަވުމުން އެތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލިޔެއް ލިބޭނެ ކަމަށެވެ.

މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސުލޯލިހު

    ހަމަ ގަސްތުގައި ހިޔާ ފްލެޓަށް އިހުމާލުވެ، އެތަންތަން ތަޅާލާނެކަމަށް މިނިސްޓަރު އަސްލަމާއި، ހުދު އިބޫ ސޯލިހު ބުނިކަން ދިވެހިން ހަނދާން ނުނެތޭނެ. އަދި އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުން ނެތޭ ކިޔާފަ، ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން އުޅޭއިރަށް ތަން ފުރޭވަރަށް ފުލުހުން އެތަނަށް ޖަމާކުރުވިދުވަސްވެސް އަހަރުމެން ދެކެފިން.

    20
    2
    • ބޮޑުވަރު

      ކޮން ފްލެޓެއްގެ ސެކިއުރިޓީ ބަލަހައްޓަންތޯ ފުލުހުން ދިޔައީ.؟ ހިޔާ ފްލެޓުތައް ހަދާފަހުރި ގޮތުން މައްސަލަތައް ހުރި. އެހެންވެގެން ނޫންތަ މިހާރު އެއުޅެނީ އިތުރު ލިފްޓްތަކެއް ބަހައްޓަން. އަދި އެތަނުގައި 30 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެކަމަށް ބެލެވޭއިރު ފިހާރައެއް، ހޮޓަލެއް، މިސްކިތެއްވެސް އޭރު ހަދާފަ ނެތިގެން ޓަވަރުތަކަށް ބަދަލުތައް ގެނެސް މީހުންނަށް ދިރިއުޅެވޭވަރުގެ ތަނަކަށް އެތަން ހެދީ ރައީސް ސޯލިހު ނޫންތޯ.

      3
      18
      • Anonymous

        ހިޔާ ފްލެޓް ކުޑަވެގެން އުޅެނީ ރީނދޫ މީހުން. އެހެން މީހުން އެތަން ބަލައިގަނޭ.

        8
        1
      • އިބްރާހީމް

        ބައްލަވާ ކޮންމެ ފްލެޓް އިމާރާތެއްގައި ފިހާރަ ރެސްޓޯރަންޓް އަދި ސިއްޙީ ޚިދުމަތް ދޭންޖެހޭނެތޯ؟ އެފްލެޓް ތަކާއި ގުޅިގެން ހަމަ އެސަރަޙައްދުގައި ޚިދުމަތްތަކަށް އިމާތްތައް އަޅަމުންދާތަން އެގިނުލައްވަނީތޯ؟

      • ބަރޭ

        އެހެންވެ އެނާ އެތަން ތަޅާލަން ގޮވާލީ؟ ކޮތަރު ކޮށްޓެކޭ ކީ؟ އޭނާ އެތަން ތަނަކަށް ހެދީއެއް ނޫން. ފްލެޓް ހައްގުވެރިން ޕްރެޝަރކޮށްގެން ކަންކަން ކުރަން މަޖުބޫރިވީ. ހޮޓަލާ ފިހާރަ ކުއްޔަށްދިނީ ވިޔަފާރި އުޞޫލުން ސަރުކާރަށް އާމްދަނީ ހޯދަން. މިސްކިތް ހެދީ އާއްމު މީހުންގެ އެހީގައި.ސުކޫލު އެޅީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް. ފްލެޓްތަކަށް މީހުން ބަދަލުވިއިރު ހުރިހާ މަގުތަކެއް ތާރު އާޅާށޭކިޔާ ބަންދުކުރި 03 މަސް ވަންދެން ދަތިކުރި.

      • Anonymous

        ރައީސް ސޯލިހު މަހާނަމައްޗަށް މަޑިއަށް ޖެހުނީ! ތެޅުނީ އެތަން ތަޅާލަން. ކެބިނެޓް މީޓިންގަ އިނދެ ބުނީ އެހެން.
        ދެން އެތަނުގައި ވަގުތީ މިސްކިތްތައް ހެދީވެސް އިބޫއެއްނޫން. އޭނަ މިސްކިތެއް ހެދި ތަނެއް މިގައުމުގައި ނުހުންނާނެ. އޭނައަކީ މޑނ ޝަހިންދާމެން ރާއްޖޭން ބޭރަށް ފޮނުވާލައިގެން ދައުލަތުން އެއިބިލީހުންގެ ކޮންމެ މީހަކަށް 80 ހާހުން މަތިން މުސާރަ ދީފަ ބޭތިއްބީ.
        ނުބައިނުލަފާ ވެރިކަމެއް ﷲ ގެ ރަހުމަތުން ނިންމަވައިދެއްވި. ﷲ އަށް ހަމްދުކުރަން އެކަމަށްޓަކައި.

    • Anonymous

      އިދިކޮޅަށް މަޖިލިސް ލިބިއްޖެނަމަ ގައުމުގެ ދުވަސްދާނެ. ކަށަވަރު. މަޖިލިހަށް ނުނަގާނެ އެއްވެސް ބާރެއް ނޯންނާނެ. ގޯތި ލިސްޓް ހެދުމާއި، ގައުމުގައި ހިންގާނެ ޕްރޮޖެކްޓް ތައް މަޖިލިހުން ކަނޑައަޅާނެ. ރާއްޖޭގެ އިގުތިސާދު ކޮންމެ ގޮތަކަށް އޮތަސް މުސާރަ ބޮޑުކުރާނެ ބަޔަކަށް ކުރާނެ. ބޭނުން ތަނެއްގެ ނަންޖަހާފަ ޕްރޮޖެކްޓްއަށް ބަޖެޓް ދޭނީ. ދިވެހިރާއްޖެ ވެރިކަމެއް ނޯންނާނެ. ވެރިކަން ކުރާމީހުން ބޭނުންވާގޮތް ނޫންގޮތްގޮތަށް ޕްރޮޖެކްޓްތައް އަނބުރަންފެށުމުން އިންވެސްޓަރުން މިގައުމަކަށް ނުލިބޭނެ. އެމީހުން އިންވެސްޓް ކުރަން ނިންމާނީވެސް ތަނާއި އެކްސެސިބިލިޓީ ބެލުމަށްފަހު.
      ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް. ރައްޔިތުން ނިކަން ރަނގަޅަށް ވިސްނަންޖެހޭކަންކަން މިހުންނަނީ. އިދިކޮޅު އެބަޖެހޭ ދުރުކޮށްލަން. އެއީ އިހްލާސްތެރި ބައެއްނޫންކަން ފާއިތުވި 4 މަހު ސާބިތުކޮށްދީފި. ގައުމު ދަރާ ހިސާބުގަ އޮއްވަ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށ ކޮންމެ މީހަކަށް 15 އާއި 30 ހާހާ ދެމެދުން މުސާރަ ބޮޑުކޮށްލީ ސަރުކާރުގެ ސޭއެއްނެތި. އެއީ ސީދާ ގާނޫނާ ހިލާފު އަމަލެއް. ފައިސާއާ ގުޅޭ އެއްވެސް ކަމެއް ސަރުކާރުން ހުށަހަޅައިގެން ނޫންގޮތަކަށް ނުނިންމޭނެ.

  2. މުއިއްޒު

    ހިޔާ ފްލެޓް ތަކުގެ ކުރެހުން ފާސް ކުރީ އޭރުގެ ހައުސިންގް މިނިސްޓަރު މުއިއްޒު. އޭރުވެސް އެނގޭނެ ކަން ކަން މީ...

    1
    6
    • Anonymous

      ދެން އެވަރުވީކަންވެސް ރަނގަޅެއްނު. 5 އަހަރު ނިމިދިޔައިރު ރީނދޫ ބައިގަނޑަށް ކަމެއް ކުރެވުނުތަ. ދިވެހިރާއްޖޭގެ ތާރިހުގައި 2018 އާ ހަމައަށް ދަރާފަ އޮތީ 46 ބިލިއަން. އިބޫ އެދަރަނި 126 ބިލިއަނަށް ހަދައިދެއްވި. އެއީ ރެކޯޑެއް. ކުރިކަމެއް ހަރާމުން ހަރާން. ކައިހުސްކުރީ ޗޯރުންތައް.

  3. Anonymous

    ރީނދޫ ބައިގަނޑުވެސް އުޅުނީ އެތަނުގައި ބަގުޑި ބައްދައިގެން.