ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނުބާއްވަން ނިންމައިފިއެވެ.

މިއަދު 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ 9:30 ވީއިރުވެސް މެންބަރުން ހާޒިރުނުވާތީ ބޭއްވޭ ގޮތެއް ނުވިއެވެ.

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުބާއްވާ ނިންމާލާފައިވާއިރު، ތިން ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު އިއްޔެ ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައެވެ. މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުހަވު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއްޔެގެ ޖަލްސާގައި ވިދާޅުވެފައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެ މެމްބަރުން ހުވާ ކުރުން އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އދ

    މިހާރުގެ މަޖިލީހުން އިތުރު ޖަލްސާތައް ކުރިއަށް ގެންދިއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ މަޖިލީހުގެ ޖަލްސާ
    ތައް ކުރިއަށްގެންދަން 5 އަހަރުގެ މުއްދަތެއް ލިބުނުއިރު
    އުފެއްދުންތެރި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރަން
    މަޖިލީހުގެމެޖޯރިޓީ ބޭނުމެއްނުވިއެވެ އޭގެ ބަދަލުގައި އަމިއްލަ މަސްލަހަތު އިސްކޮށް ވަކިބަޔަކުބޭނުންވާ ކަންތައްތައް ކުރުމަށް މަޖިލީހުގެ ވަގުތާއި ދައުލަތުގެ ވަސީލަތްތައް
    ބޭނުންކުރަމުން ގެންދިއައެވެ މިހާރު އާ މަޖިލީހެއް އިންތިޚާބު ކޮށްފައިވާއިރު އެމެންބަރުންނަށް ފުރުސަތު ދޭން
    ޖެހެއެވެ އެއީ ރައްޔިތުން ބޭނުންވާގޮތެވެ.

    23
    1
    • ހނހ

      ސަރުކާރު ޖަވާބުދާރީ ކުރުވަނީޔޭ ކިޔާފަވެސް އެވަރުވެސް ނުކުރެވުނު ބައެއް. މުޅިން އުޅުނީ ވެރިކަމައް އާދެވޭނެ ސޯޓްކަޓެއް ފެނޭތޯ ވެރިކަން ގެއްލުނީމަ

      13
      1
  2. އޭނާ

    ޖަލްސާބާއްވައިގެން އަނެއްކާ މަޖިލިހުން ވަކިވާމީހުންގެ އިނާޔަތްބޮޑުކުރަންތަ ތިއުޅެނީ ހާދަހީވެއޭ އެހެންހެން. ރައޔިތަކައް ގައުމައްފައިދާހުރިކަމެއްގަ ތިވަރަކުން ނޫޅޭނެ ޔަޤީން.

    13
  3. އދ

    އދ ބުނެފައި ވަނީ ވަރަށް ރަގަޅު ވާހަކައެކެވެ.

  4. ކޮހަކަށްވެސް ވެދާނެ

    ދެންނުދާނެ އެތިބީ ފެއިލްވެފަ ރައިސްވެސް ދެން ގެއަށް ދުރުވޭ އެއްކޮން

  5. 323

    4ދުވަހަށްވީމަ ކޮންޖަލްސާއެއް ވާވަރުވެއޖެއްނު ދޮންކަލޯ

  6. އަހްމަދު

    މަޖްލީސް ޗުއްޓީއަށް ފޮނުވާލާ! ދެން އާ މަޖްލީހާ އެކު މަޖްލީސް ފަށަންވީ!!!

    10
  7. ސަމީރު

    މީ ރައްޔިތުން ނަށް މިމީހުން ހަރާމް ކޯރުވާ ވަރު، އެކަމު ނިކަމެތި މީހާގެ ޓެކްސް ފައިސާ އިން އުމުރު ދުވަހު އެލަވަންސް ނަގަން

    5
    1
  8. ސަމީރު

    މީ ރައްޔިތުން ނަށް މިމީހުން ހަރާމް ކޯރުވާ ވަރު، އެކަމު ނިކަމެތި މީހާގެ ޓެކްސް ފައިސާ އިން އުމުރު ދުވަހު އެލަވަންސް ނަގަން ހިފާފަ..