ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށް ބުނެ ފޭކު މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ.

މި މެސެޖުތައް ފޮނުވަމުން ދަނީ ކެނެޑާގެ ނަމްބަރުތަކުންނެވެ.

އެމެސެޖުގައި ބުނެފައި ވަނީ "މޯލްޑިވްސް ޕޯސްޓް" އިން ފޮނުއްވާފައިވާ ޕެކޭޖް އެ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ.

އެގޮތުން ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރެއްވުމުން 24 ގަޑިއިތު ތެރޭގައި ފޮނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވައި އަށް ޖަވާބު ދެއްވައި ދެން ޓެކްސް މެސެޖުން ނުކުމެ އަލުން ހުޅުވައިގެން ލިންކް އެކްޓިވޭޓް ކުރުމަށްވެސް އެމެސެޖުގައި ބުނެފައިވެއެވެ. ނުވަތަ ލިންކް ކޮޕީއެއް ސަފާރީގައި ހުޅުވައި ނުވަތަ ޓީއަށް ޖަވާބު ދީފައި ޕެކޭޖް ޑީލަރަށް އަނބުރާ ދިއުމަށްވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފުލުހުން ދާދި ފަހުން ވަނީ ސްކޭން ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރުމަށްވެސް ނިންމައިފައެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ ވަރަށް ކައިރި މުސްތަގުބަލެއްގައި ސްކޭމް ސެންޓަރެއް ގާއިމްވެ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް އެންމެ އެކަށޭނެ ގޮތުގައި އަވަސްކޮށް ދެވޭނެ ކަމަށް." ވަގުތު ޓީވީގެ ތަފްސީލީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސަބް އިންސްޕެކްޓަރު ހުސައިން ހަބީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙެހެހ

    ތިކަން ފެށިގެން އައީ އީފާސް އެއް ހެދިފަހުން ، އަދިވެސް މިކަމާއި ވިސްނާކަށް ނުވޭތަ ، އީފާސްގަ ހުންނަނީ މީހުންގެ ވަރަށް މުޚިއްމު މައުލޫމާތު އާއްމުވެފަ

  2. ޖޯކަޜޭ

    ތީ ވ އާއްމުކަމެއް ރައިތުން ހޭލުންތެރި ކުރުވަން ޖެހެނީ، !ތިމަންނަގެ އެއްޗެއް ޕޯސްޓުގަ ނޯންނާނެކާމާއި، ޕޯސްޓަށް ގުޅައިގެން ޓުރެކު ނަމްބަރ ޗެކުކުރަން އެއްޗެއްއޮތީޔާމުން އެންގޭނެތާ އަންނަކަން،،