މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވާން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރާ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މާލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލާށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލައް ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެ އައްޑޫ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ގެއްލުންވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ސަމާލުވާންވީ ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރުން.. މިހާރުއްސުރެ ކާނުތަކަށް ހޮޅިތައްގުޅާ ޕަންޕުތައް ބަހައްޓަންވީ. ގެދޮރަށް ފެންވަންނަންދެން ތިބޭކަށްނުޖެހޭ!

    19
    • ޖުހާނާ

      ގެދޮރަށް ފެން ނުވަންނަގޮތް ވެސް ހަދައިދޭން ޖެހެނީ ސަރުކާރުންތަ؟ ގޭގެ ވެރިމީހާގެ ޒިންމާއަކީ ކޮބާ؟