ޑޮކްޓަރުންގެ ފޮޓޯ އާންމުންކޮށް އެފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަ އަމަލުތައް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން އެފަދައިން ބުނެފައިވަނީ އެ ހޮސްޕިޓަލަށް ވިހެއި ތުއްތު ކުއްޖަކާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަކަށް އަމަލުކުރި ކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލަށް ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ މީސްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާއި ހިލާފަށް ދެކެވެމުންދާތީ ހިތާމަ ކުރާ ކަމަށެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި މީސްމީޑިއާގައި ބަލި މީހެއްގެ ހަލާތާއި ފަރުވާއާއި ބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ އާންމުކޮށް މީސްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުން ބުނީ، އެ މައްސަލައިގައި ވެސް ބޭސް ދިނުމާއި ފަރުވާއާއި ގުޅުން ހުރި އެހެނިހެން ކަންކަން ބަލި މީހާގެ އާއިލާއާިއ މަޝްވަރާ ކުރެވި، ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، ފަރުވާ ދޭއިރު، ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހު ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށެވެ.

ހިތްހަމަ ނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރު ކުރުމުގެ ބަދަލުގައި މީސްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެ ހާދިސާއަކާ ގުޅުވައި ހޮސްޕިޓަލުގައި ރައްޔިތުންނަށް ހިދުމަތްދޭ ފަރާތްތަކުގެ ފޮޓޯ އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

"ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެފަރާތްތަކުގެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭފަދަ އަމަލުތައް މިހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދައިން ކުރާ އަމަލުތަކާއި ގުޅިގެން ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަން" ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗްގެ މިފަދަ އިހުމާލެއްގެ ވާހަކަ މީސްމީޑިއާގައި ދެކެވެމުން އަންނައިރު، މީގެ ކުރިން ވެސް އެހޮސްޕިޓަލަށް ތުހުމަތުކޮށް މިފަދަ އެތަކެއް ވާހަކަ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވެރިން

    ޑޮކްޓަރންގެ އިހުމާލުން އެބަހުރި ވަރަށް ހިތާވެރި ހާދިސާތައް ވެސް ހިންގާފަ.ކަން ހިނަގި ގޮތް ރަގަޅަސް ބަލާފަ ބަޔާނާ އެއްކޮށް ކިޔުންތެރިން ނަށް ދޫކޮއްލިނަމަ ދޯ

    17
    2
  2. ޒައިކް33

    އެއްވެސް ފިޔަވަޅެއް ނޭޅޭނެ..ފުރީޑަމް އޮފްް އެސްޕްރެޝަން އަކީ ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ހައްޤެއް.. އެއީ ބަޔަކަށް ހުރަސް އެޅުމެއް ނޫން.. އަނދަގޮނޑި ޖެހި ޒަމާނުގގެ ވިސްނުމުގަ އަދިވެސް ތިޔަ އުޅެނީ..

  3. ރެކިފުތާ

    އޯއި އައި.ޖީ. އެމް އެޗް ގެ މެނޭޖްމެންޓް އަދިވެސް ކަމަކު ނުދޭ ވަރަށް މިސްމެނޭޖް

  4. މުހަންމާ

    އައި.ޖީ.އެމް އެޗްއަކީ ވަރަށް ކަޑަ ތަނެއް، އަދި ރާއްޖޭގެ ގިނަ ޑޮކްޓަރުންނަކީވެސް ވަރަށް ފޭކު ބަޔެއް، ނުބައިހަދާ ޑޮކްޓަރުންގެ ފޮޓޯތަށް ސޯސަލް މީޑިޔާގެ އިތުރުން މަގުމަތީ ފާރުތަކުގަވެސް ހިއްޕާ ފަލީޙަތް ކުރަންވީ...ފިޔަވަޅު އަދިވެސް އަޅަންވީ އަނިޔާ ލިބޭ އާއިލާގެ މެމްބަރުންނަށްތޯ؟

  5. ޙަސަނު

    ޢަސްލު އައި ޖީ އެމް އެޗް ގެ ބަޔެއް ޑޮކްޓަރުންނާ އެހެނިހެން ސިއްހީމުވައްޒަފުންގެ ސަބަބުން ބަދުނާމުވަނީ އަޅުގަޑަށްވެސް ހޮސްޕިޓަލް ބޭކަބަލެއްގެ ސަބަބުން ވަރަށް ހިތްހަމަނުޖެހޭކަމެއް ދިމާވި ވަރަށްގިނަމީހުންބުނި މައްސަލަޖައްސަންވެސް ދިމާވުކަމަކީ އެޑްމިޓްކޮށްފައިވާ ބަލިމީހެއްގެ ގާތަށް އެއްދުވަހަކު އައި ސްޓާފަކު މިބުނަނީ ކީއްވެހޭ ސާޖަރީ ނުކުރަން ތިއުލެނީ އަޅުގަޑުބުނިން ބޭރަށްދާންވެގެންނޭ އެހެންބުނުމާއެކު އޭނަބުނަނީ ބޭރަށްނުގެންދެވޭނެޔޭ 48 ގަޑިއިރުތެރޭ ފުރާނަޔަށް ގެއްލުންވާނެޔޭ އަޅުގަޑު ވަގުތުންބުނިން މީގެ ކުޑައިރުކޮޅެއްކުރިން ޑރ ބުނުއްވިޔޭ ހަފްތާއެްވަރު ލަސްވިޔަސް ރަގަޅުވާނެކަމަށް އެހެން ބުނުމުން މީނަބުނަނީ އެ ޑރ އަކަށް ނޭންގޭނެޔޭ. ޢެކުއްޖާ ބޭރައްގެންދެވުނީ 1ހަފްތާފަހުން އެކަމަކު އިރާދަކުރެއްވީތީ ރަގަޅު

  6. ަަަައ

    ބިރުދެއްކުން ހުއްޓާލާ! މީ އެކާވީސް ގަރުނު..