އިދިކޮޅު ކެންޑިޑޭޓް އަބްރާހީމް މުޙައްމަދު ސޯލުހު (އިބޫ) އަށް ވޯޓު ދެއްވުމަށް އާދޭހާއި އެކު ދިވެހި ރައްޔިތުންގެ ކިބައިން އެދޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު މީސްމީޑިއާގައި ޢާންމުކުރި ވީޑިއޯއެއްގެ ޒަރިއްޔާއިން ގާސިމްގެ މެސެޖެއް ދިވެހިންނަށް ފޮނުއްވާފައިވާއިރު، ގާސިމް ވިދާޅުވީ އާދީއްތަ ދުވަހުގެ ހެނދުނު ނިކުމެވަޑައިގެން ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓުދެއްވުމަށްފަހު ވޯޓުގެ ނަތީޖާ އިއުލާނު ކުރުމާއި ހަމައަށް ގެއަށް އެނބުރި ވަޑައިނުގަތުމަކީ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފައިވާ އެއްވެސް ބޭފުޅަކު ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ވާނަމަ އަދި އާއިލާއަކުން ވެސް ވާނަމަ އަދި ރަށަކަށްވެސް ވާނަމަ އެ ހުރިހާ ބޭފުޅުން، އަޅުގަނޑު ހަމަ އާދޭހާއެކު މި ދަންނަވަނީ އިބްރާހީމް މުޙައްމަދު ސޯލިހުއަށް ވޯޓުދެއްވުމަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މާއްދިއްޔަތަށް ހެއްލިވަޑައިނުގަނެ ޤައުމާ ދީނާ ސަލާމަތްކުރުމަށާއި، "އަޅުގަނޑުމެންގެ" މިނިވަންކަން ހޯދުމަށްޓަކައި އާއި ދުނިޔޭގައި އެކަހެރިވަމުންދާ އެކަހެރިވުމުން ސަލާމަތްވުމަށްޓަކައި އާއި ޤާނޫނު އަސާސީ އާއި ދުސްތޫރީ ހަމަތަކާއި އިންސާފު ލިބިގަތުމަށްޓަކައި އާއި އަނިޔާއިން ސަލާމަތްވުމަށްޓަކައި "މިކަން ކުރަން" ޖެހޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ހަމަ ރައްބީގެ ސަލާމުން ސަލާން ޖަހާފައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފަހުރި ހުރިހާ ފަރަތަކަށް އަޅުގަނޑު މި ދަންނަވަނީ އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވާށޭ. އާދެ އެއީއޭ އަޅުގަނޑުމެންނަށް ހަމައެކަނި ސަލާމަތްވެވެން އޮތް ގޮތަކީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓުދޭން ޖެހެނީ، "ކޮރަޕްޝަނާއި ފަސާދައާއި ދެން މިހެންގޮސް އިންސާފު ނުލިބިގެންދާ ދިއުމާއި މީހުންނަށް ލިބެމުންދާ އަނިޔާގެ ބޮޑުކަމުން" އެފަދަ ކަންކަމުން ސަލާމަތްވުމަށް ކަމަށެވެ.
އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެކޭ އެއްފަދައިން، ގާސިމަކީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުއްވާ ބޭފުޅެކެވެ. ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ގާސިމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ގާސިމް ޖަލުން ފިއްލެވީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ އެވެ. އެއަށްފަހު ސިންގަޕޫރުގައި ފަރުވާ ހޯއްދަވައިގެން، ރާއްޖެއަށް ފްލައިޓުގައި ވަޑައިގަނެވޭވަރަށްވުރެ ހާލު ދެރަކަށް ވިދާޅުވެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެގެން ދިޔައިރުވެސް އެޤައުމުގައި ހުންނެވިއެވެ. މިގޮތަށް ގާސިމް ވިދާޅުވި ދުވަސްކޮޅު، ސިންގަޕޫރުގެ ބާޒާރެއްގެ ތެރޭގައި ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޮޓޯއެއްވެސް ޢާންމުވެ ގާސިމަށް ފާޑުކިއުން އަމާޒުވެގެން ދިޔައެވެ.
ދަތުރު ކުރެވޭ ވަރަށް ބަލި ހާލަތު ތަން ނުދޭކަމަށާއި، ހާލު ދެރަކަމުން ފްލައިޓުން ދަތުރުކުރުމަށް އެއާލައިނުން ހުއްދަ ނުދޭކަމަށް ވިދާޅުވެ ރާއްޖެ ވަޑައިނުގަނެވި ސިންގަޕޫރުގައި ގާސިމް ތާށިވެފައިވާ ކަމަށް ޖޭޕީން ދިޔައީ ބުނަމުންނެވެ. އެހެނަސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާއި އެކު، ފްލައިޓުގައި ދަތުރުކުރެވޭ ވަރު ވެއްޖެ ކަމަށް ވިދާޅުވެ ރާއްޖެ އައުމަށް ގާސިމް ތައްޔާރުވެވަޑައިގަތެވެ.
ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެދުވަހު ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވެގެން ދިޔަފަހުން އަނެއްކާވެސް މީސްމީޑިއާ މެދުވެރިކުރައްވާ ބަލި ހާލަތު ދެރަވެވަޑައިގެންފައިވާކަން ގާސިމް ވަނީ ހާމަކުރައްވާފައެވެ.
ނުދޭނަން
ﷲ ގަންދީ އިރާދަކުރެއްވީޔާ އިބޫއަށް ދޭނެވޯޓެއް ނޯންނާނެ
ސޮރީ ސޮރީ ރައީސްޔާމިންނޫންއެހެންބޭފުޅަކުމިވަގުތުބޭނުމެއްނޫން މިހެރަބޮޑުމޮޔައާ
ހަމަނުދޭނަން
ކޮއްމެމީހަކަށް ވޯޓުހޯދަން އަބަދުވެސް ދައްކާނީ މިކަހަލަ ވާހަކަ ރައްބުގެމަތިން ހަދާންވަނީ ކޮއްމެ 5އަހަރުން އެއްފަހަރުތަ. ދެންބުނާނެ ވެރިކަންލިބެނީ ގާސިމު އަރާކޮޅަކަށޭ.. ވެރިކަންހޯދާ ވެރިކަން ނިގުޅާގަނެވުމުގެ ބާރުއޮންނަ މީހަކީ ގާސިމުކަމަށް ދައުވާކުރޭ..
ނެތޭތިކަމެއްވާކައް ވީނިޑްޔާމިންއޯކޭ
ބަލަގަ ގާސިމް ބޭ ރަށްބީގެ ސަލާމުން ސަލާން ޖަހައިގެން ނޫތަ އޭރު އެމްޑީޕީގެ ވެރިކަން ކާސިމް ބެ ގެނައީ މިހާރު އަނެއްކާ އަޅެތީ ކާސިމް ބެ ކުޅޭ ޑްރާމާއެއްތަ ކާސިމް ބެ އަށް ރަނގަޅު ގޮތެއް އެބައޮއްތަ! ކާސިމް ބެ ތިކުރާ މަސައްކަތުގަ ބަރަކާތްތެއް އެބަހުރި ތަ ކޮންމެ ވެރިކަމެއް ވެސް ވައްޓާލުމަށް މަސައްކަތް ކުރާތަން އަބަދުވެސް ފެންނާނީ އެއީތޯ ޙައްޤު ގޮތަކީ.
ބޯގޯހާކިޔޭއެއްޗެއްއެގޭތަ
ދެލޯބޮޑުކުރާނެކަމެއްނެއްހަމަހޮވާނީރައީސްޔާމިންއިންޝާﷲ
މިކަމާނޫޅޭ 2018 ޔާމިންއިންޝާﷲ
ނުދޭނަމޭ ގާސިމު ބުންޏަސް ވޯޓެއް ނުދޭނަމޭ އިބޫ އަކައް
ގާސިމް ބޭގެ އަންހެނުން ލަހވަ ކިނބޫއަށް ވޯޓްދީ ކަލޯ ކުރިމަތި ލި އިރުވެސް އައިޝާ ނުދޭ މިހާވަރަށް ކެންޕެއިނަށް ހިލޭފިރިހެނުން ގައިގަ އެމަނޖެ ބައްދަ ބައްދާފަ އުޅެއިރު ކަލޯ ހެވިފަ ދިގު ލިބާސްތަށްވެސް އިބޫއަށްވޯޓް ހޯދަނވެގެން ކުރުކޮއްލީ ދޯ
ދެން އިބޫ އޭ ކިޔާމީހާ ހޮވިގެން ދުވަސްކޮޅަކުން ޤާސިމާ ދެބަސް ވާއިރަށް ބުނާނީ މުއުމިނެއްގެ ގަޔަށް އެއްހަރަކުން ކިތައްފަހަރު ކަށި ނުޖެހޭނެޔޭތަ؟؟؟؟
ޤާސިމް ތިޔައީ މިޤައުމަށްޖެހިފައިއޮތް ވަބާއެއް.. މާތްﷲ މިވަބާއިން ސަލާމަތްކޮށްދެއްވާދޭވެ.
ނުދޭނަން
އިބޫއަށް ވޯޓްދެވޭކަށް ނެތް! ސަބަބަކީ ޢިލްމީ ޤާބިލްކަން! ސޮރީ! މަގޭވޯޓް ތަރައްޤީއަށް ހުރަހަކަށް ނުހަދާނަށް! މަގޭ ވޯޓް ޔާމީނަށް!
ސަލާމް ޖަހާ މޫސުން އައީ ދޯ ކޮންމެ ފަހަރަކު މިހެން ސަލާމް ޖަހާފައި އެންމެފަހުން ނިކަމެތިކަން ލިބޭއިރުވެސް އެއްޗެއް ނުވިސްނޭ އަޖާބެއް
އިސްލާމްދީނާއި ދިވެހިންގެ ދުޝްމަނަކަށް ވޯޓުދެވޭނެ ގޮތެއްނެތް. ކުރިން ފަހަރު ޤާސިމް ބުނެފައި ވަނީ އެމްޑީޕީ އަކީ އިސްލާމްދީނާއި އަދާވާތްތެރި ޕާޓީއެކޭ އެމީހުންނަށް ވޯޓުނުދޭށޭ.
ސަލާންވެސް ޖަހަންޖެހޭނެތާ. ޔާންޓޭހޮވިއްޖެއްޔާ އަނެއްކާ ފަސްއަހަރުވަންދެން އުޅެންޖެހޭނީ ފިލައިގެން ބޭރުގަވިއްޔާ ދޯ ...
ކަލޭ ޖަހާ ސަލާމް އަޑުއަހާނޭ ދިވެހި ރައްޔިތަކު މިހާރަކު ނެތް ހަހަ
ތަޖުރިބާއެއް ނެތް މީހަކާ ވެރިކަން ހަވާލު ކުރުމެކޭ މޮޔައެއްގެ އަތަށް ކަނޑި އެއް ދިނުމެކޭ އެއްވެސް ތަފާތެއް ނެތް އެކަން ދިވެހި ރއްޔިތުން ތަޖުރި ބާކޮށްފި އެންމެ ފަހުން މަންމަގެ ފަށްޓަރުބައިވެސް ވިއްކާލައިގެން ނުވެގެން އަލިފާނޯއޭ ގޮވަމުން ފައިބާގެން ދިޔަކަން ދިވެހިން މިހާރު ހަނދާން ކުރަން އެބަޖެހެއެވެ.
ދައްޖާލު ފާޅުވެއްޖެ!!!!!
ނުޖެހޭ ނުކިޔަވާހުރި ލާދީނީ އިބޫއަށް ވޯޓްދޭކަށް.
ޤާސިމު ކަލޭމޮޔަވީތަ ކޮބަކަލޭގެލަދުހަޔާތް ފަސްމާރި
ގާސިމްބެ، އިބޫ ވެރިކަމަށް އަޔަސް ބޭބެއަށް ލިބޭނީ މުޅިން ކެހި، ކުރިންވެސްދިނީ ކެހި، ބޭބެގެ ވިޔަފާރި ކުރިމަގުގަވެސް އުޖާލާވާންއޮތީ ރައީސް ޔާމީނާއި ގުޅިވަޑައިގެން. އޭގެ މާނަޔަކީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކަން ހުންނަންޖެހޭ ވާހަކައެއްނުން، ގާނޫނުގެ ތަރަހައިގެ ތެރެއިން ވިޔަފާރި ބައްޓަންކުރުން. ބޭބެއާއި މިސަރުކާރާއި ދޭތެރެ މައްސަލަ ޖެހުނީވެސް މިސަބަބުތަކާހެދި، ވީމާ ބޭބެ ވީހާ އަވަހަކަށް ތި ކެހިވެރިންގެ ކިބައިން ސަލާމަތްވުމަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން.
ނުދޭނަން
އަޅެ އަންތަރީހެއް ނުވޭތަ! ހޮވޭނެކަމަށް ޝައްކެއް ނެތްނަމަ ތިގޮތަށް އާދޭހެއް ނުކުރީސް
އިދިކޮޅު ގިނަމީހުން މިއުޅެނީ އަމިއްލަ މަސްލަހަތު ހިމާޔައްކޮއް އެމީހުނަށް ލިބެން އޮތް ބޮޑު މަންފާއައް ޓަކައި ޤައުމުގެ މިނިވަންކަމާ ދީނައް އަދި ތަރައްޤީ އަށް ހުރަސް އެޅުނަސް އެމީހުނަށް ވަރިހަމަ ޤައުމު އަޑިއަޅާލިޔަސް އޯކޭ ޤައުމު ބަނޑު އަޅާލައިގެންގޮސް ޔޫރަޕު ކޮންމެވެސް ޤަމަކުން ގެޔެއް ގަނެލައިގެން ތިބީމަ ސަޅިވާނެ
އަދުލު އިންސާފު މިރާއްޖޭގައި މިއަށްވުރެބޮޑަށް
ގާއިމުވެފައި އޮތް ދުވަސްވަރެއް އަޅުގަނޑު
ނުދެކެމެވެ. ރ ޔާމީނަކީ ހަމަހަމަ ކަމާއިއެކު
އިންސާފު ގާއިމުކުރެއްވި ލީޑަރެކެވެ އެމަނިކުފާނުގެ
ބޭބޭފުޅު ކުށެއްކުރެއްވުމުންވެސް އެބޭފުޅާގެ ޝަރީޢަތްވެސް އެއްވެސް ތަފާތުކުރުމެއްނެތި ކުރިއަށް ގެންދެވި ހަމައެކަނި ލީޑަރަކީ ރ ޔާމީނެވެ އެހެންވެ ރ ޔާމީނަކީ ހަރުދަނާ ގާބިލް
ލީޑަރެއްކަމާ މެދަކު އެއްވެސް ސައްކެއް ނެތެވެ
ސަޅި. ވަރަށް ސަޅި. 🙂
މީނަގެ އެދުންބޮޑު ބަސްތަކުގެ މާނަތައް:
ރައްޔިތުން: ބުރުމާގާސިމާ މީނާ ފައިސާދީގެން ގައުމުގެ ކަންކަމަށް އަތްބޭނި އެންމެން
ކޮރަޕްޝަން: ބުރުމާގާސިމް ސަރުކާރަށް ދައްކަންޖެހޭ ފައިސާއިން ބަރީއަވުން
އަނިޔާ: ކޯޓުން ބުރުމާއާ އޭނާގެ ޢައުވާނުންނަށް ކުށްކޮށްގެން ކޮށްފައިވާ ޙުކުމްތައް
ވޯޓުދީފަ ގެއަށްނުވަންނަންވީ ސަބަބު: ބުރުމާއާ އޭނާ ޢައުވާނުން ފިއްލަވާ އެއަރކޯން ކޮޓަރީގައި ދޮންމީހުންނާ އެކު މަންޒަރު ބަލަން ތިއްބާ ރައްޔިތުންގެ ބަޔަކު އެމީހުންނަށްޓަކައި މަގުތަކުގައި ތަޅާފޮޅަންވީ
ދުސްތޫރީ ހަމަތަނާ ޤާނޫންތައް: މީނާ ބެދޭނެހާ ކަންކަމުން ރައްޔިތުން މީނާ ސަލާމަތް ކުރަންވީ
އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފައިވާ މީހެއް: ގާސިމް ރައްޔިތުންގެ ބަޔަކަށް ހެޔޮކަމެއް ކޮށްދީފައި އޮތިއްޔާ އެއޮތީ އެމީހުން މީނާ ސަލާމަތްކުރަން މީނާއަށްޓަކައި މަރުވެދާން ދިން އުޖޫރަ
ކޮންމެ 5 އަހަރަކުން ތި އާދޭސް ކުރޭ. 2 މަސް ނުވޭ އެއް ހަރުން ދެފަހަރު ކަށި ޖަހައިގެން އުޅޭނެ. މިފަހަރު ސޮރީ.
ގާސިމަކީ ދިވެހިގައުމުގެ ކަތުރުފަންޏެވެ މިގައމުގައި އުފައްދާ ހުރިހާ ފިތުނަ ފަސާދައެއްގެ މުގުލެވެ މީނާގެ ކިބައިން ރައްޔިތުން ސަލާމަތް ކުރެވޭނީ ރ ޔާމީނަށެވެ
ރ ޔށމީނަށް ވޯޓް ދެއްވުމަށް އެންމެހާ ދިވެހިން
ނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ ނުރާއްކާތެރި 4 ލީޑަރުންގެ ކިބައިން ގައުމު
ސަލާމަތް ކުރުމަށެވެ.
ނޫޅެން. ނުދޭނަން. ޖަރުމަނުގާހުރެ ކަލޭ މޮޔަ ވޭ.
ކީއްކުރަންތަ ވޯޓް ލުމަށްފަހު ގެޔަށް ނުގޮސް މަގުމަތީގަ ތިބެންވީ؟ މުޒާހަރާއަކަށް ގޮވަނީތަ؟ އަނެއްކާ ފެށެނީތަ؟
ނުދޭނަން
ކޮންމެ ވޯޓެއްގައިވެސް އޭގެ ކުރިން ޞަދަޤާތުގެ ގޮތުގައި ދެވުނު އެއްޗެއްގެ ވާހަކަ ދައްކާ ކަލަ ގޮވާނެ.
"ރައްބީގެ ސަލާމުން" ނޭ ކިޔައިގެން ސަލާމްޖެހުމަކީ ކޮންކަހަލަ ކަމެއް
ނުދޭނަން ޤާސިމްބެ ބުނީތީވެސް
ނުދޭނަން
ނުދޭނަން.
ދޭނަން އިބޫ އިބޫއަށް ވޯޓު
ދޭނަން އިބޫއަށް ވޯޓު
ކަލޭ ގައުމަށް ވީ ހިޔާނާތް ތައް އޮއްބާލަންތަ އެކަން ކުރަންވީ ....
ވެރީ ސޮރީއޭ ގާސިމްއަށް ބުނެލަން
ނުދެވޭނެ ދޯ ތިހެން އަދި ބުންޔަކަސް!!!
ދޭނަން
ނުދޭނަން. ބޭކާރު ވޯޓެއް ނުދޭނަން. ބޮޑު ފަރަގުން ހޮވޭނީ ޔާމީން. ޥަރަށް ސަލާން
މޮޔަފުޅުވީތަ ކަލޯ ކާސިމާ؟
ކޮބާއޭ "ރައްބީގެ ސަލާމަކީ".. އަހަރުމެންގެ ރައްބު ދިވެހި ބަހުގަ ބޭނުން ކުރާ 'ސަލާން' ޖެހުމަށްވުރެ މަތިވެރިކަންބޮޑު. ﷲ އީ އެއްވެސް ފަރާތަކަށް ބޭނުންޖެހިވޮޑިގެންނުވާ ރައްބު. ދެންކޮން "ރައްބީގެ ސަލާމުން ސަލާންޖަހާ" ވާހަކައެއް؟! ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނަމަ ހިމޭނުން ހުރެބަލަ. އެހެންނޫނީ ތިމާގެހުރި ޖާހިލުކަން(ތަންދޮރުނުދަންނަކަން) ފާޅުވާނީ.
ގާސިމް އަށް ފައިސާލިބުނީ 1500 ރުފިޔާގެ ލޯނަކުންނޫން . ވީމާ ރައްބީގެ ސަލާމް ބާއްވާ . ރައްބީގެ ސަލާމާ ހަމަޔަށް ދިއުމުގެ ކުރިން ހުރިހާ މުދަލާ ފައިސާއެއް ދަވްލަތާ ހަވާލުކުރައްވާ
މީ އަސްލު ދިވެހި ރާއްޖޭގެ ހަލާކަކީ. ހުރިހާ ހަމަނުޖެހުމަކަށް ފަންޑުކުރާނެ ރާ ވިއްކައިގެން ލިބޭ އެއްޗަކުން. ދެން މީސްމީހުންނަށް އެހީވެފައި ކަލަގޮވަގޮވާފަ ތިމަންނަމެންނަށް ވޯޓުދޭށޭ ބުނުމަކީ ހާދަހާ ދަށު ދަރަޖައިގެ ކަންކަމޭ.
ޤާސިމް.ބޭ ބުންޏަސް ސެކިއުލާ މަކރުމުނަކަށް ވޯޓެއް ދުވަހަކުވެސް ނުދޭނަން.
ޤާސިމްބެ ވޯޓުބޭނުމިއްޔާ ރީނދުލާއި ވަކިން އާދޭ.ވޯޓު ދޭނަން!
ﷲަރުދުންނާމެދު ވިސްނަން ވަގުތު ލިބޭނީ ޤައުމު ސަލާމަތްކޮށްފަ! އިންޝާﷲ!!!!!!
ކަލޯ ބުނެގެން 2008 ގަ އަންނިއަށް ވޯޓް ދިނީ، ކަލޯ ބުނެގެން 2013 ގަ ޔާމީން ވޯޓް ދިނީ، އަނެއްކާ މިފަހަރު... ކަލޯ ތީ ކުރިއަށް ނުކަނޑާ ބުރާންޗެއް.. ނުދޭނަން ވޯޓެއް
ރާއްޖެ ޑިމޮކްރަސީ ރަގަޅު ކުރުމަށް ގާސިމް ސިޔާސީ ކަންކަމުން ދުރުވާން ޖެހޭ..
ރައީސް ޔާމީން. ގެރޭ. ނޯ ޓު އިބޫ
މަދޭނަން އިގޭ
ޖާސިމޫ އަދި ތިގޮތަށް ސަލާން ނުޖަހާ އިންތިހާބެއް ނާދޭ ދޯ ތިކަހަލަ ބައިވަރު ވޯޑިޔޯ ތައް އެބަހުރި އެކިފަހަރު މަތިން ދައްކާފައި ހުރި ހީހީ ހަލާކު
ޢައްޕަނާ ކިޔަހެން
ގާސިމް ނިކަމެތިންނަށް އެހީވަނީ ސަވާބު ހޯދާކަށް ނޫންތަ
ނިކަމެތިން ފަރާތުން ވޯޓްގެ ހައްގު ނިގުޅައި ގައްނަނީ ކޮންމެ 5 އަހަރަކުން އެހެން ނޫނަސް ގާސިމް އަށް ބޮޑެތި ލޯންތައް ދޭއިރު ނޯވޭތަ ސަރުތުތަކެއް
ޢަހަރުމެން އާއިލާގެ 5 މެމްބަރުންނަށް ގާސިމްގެ އެހީ ލިބިފައެއް ނުވޭ ސޮރީ
ޢަހަރުމެން ވޯޓްދެނީ މުޅި ރާއްޖޭގެ މަސްލަހަތަށް ވަކި ފަރުދެއްގެ މަސްލަހަތަކަށް ނޫން
ކަލޭ އުޅޭ ގޮތާ ކަލެކަ ނޯއޮންނާ ސަލާމަތް އެއްވެސް ޕާރޓީ ތެރެގައެ..
އާން...! އޭރުންތާ ޤާސިމުމެން ކަހަލަ ޢައްދާރުން މިނިވަންވާނީ.. ޤައުމަށް ހެވެއް އެދިގެން އުޅޭބައެއްނޫންތީ... އަމިއްލަ އެދުމުން ފޯވެފަ...
ކަލާޯ މޮޔަވީތަ؟
ބައްލަވާ ގާސިމޫ އަނިޔާއާވެރިކަމާ ފިތުނަ ފަސާދައާ ދެކޮޅު ވީމައޭ މަމެން ޔާމީނުއަށް ވޯޓް ދެނީ އަދި ތަރަށްގީއަް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށޭ ޔާމީނުއަށް ވޯޓް ދެނީ ދެން ސޮރީ ގާންބޭ
މިކަލޭގެގެ ލަދުހަޔާތް ކޮބައިބާއޭ ހިތައް އަރާ.
ބޮރޮމާ ހަމަ ރައީސްކަން އެއްދުވަސްވެސް ކޮއްލަން ބޭނުން. އެކަން ބުނަންތަ. ފާޚާނާ ސާފްކުރިކަމުގެ ސަރޓިފިކެޓް އޮވެގެން ތިކަން ވާނީ. ހަހަހަހަ
އަޅުގަނޑަކަށް ހެޔޮ ކަމެހް ކޮށްދީފައެއްނެތް އަބަދު ކަލަ ގޮވަނީ.
ކަލޯ ފުރަތަމަ ތިމާގެ ބުރަ މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި ސާރވިސްޗާރޖް ދީބަލަ،ކޮމްޕޭނީގެ މާލީ ހާލަތު ދަށްވެގެންނޭ ކިޔާފަ ހުސްވި 3 މަހު ގެމުސާރަ އާއި ސާރވިސްޗާޖް އަދި ނުދޭ،ކަލޭގެ ހަރާން ކޯރުކަން،ސާރވިސްޗާޖް އަކީ ހަމަ ގައިމުވެސް ކޮމްޕެނީ އިން ދޭ އެއްޗޭއްނޫން،އެކަމު އެވެސް ނުލިބޭ،2007ވަނަ އަހަރު 9 މަސް އެބައިން ސާރވިސްޗާޖް ނުދީ،އެނގޭތަ ސޭޓުއަށް އެކަން،ހަނދާން ވޭތަ ޕެޓިޝަން ހަދައިގެން ސާރވިސްޗާރޖް ހޯދަން އުޅުމުން އޭގައި ސޮއި ކުރި 30 މުވަށްޒަފުން ކަނޑާ ބޭރު ކުރިކަން،އެނގޭތަ ބޮލަކަށް 1200 ޑޮލަރު ސާރވިސްޗާރޖަށް ޖެހުނީމަ ތިމާ އަށް ދެވުނީ 1200ރުފިޔާ ކަން،މީ ހައްތާވެސް ސޭޓު ކޮއްފައި ހުރި ކަންކަން،ރައްބީގެ ސަލާން މަތިން ހަނދާން ވާންޖެހޭނީ އިންތިހާބު އައީމައެއް ނޫން،އަބަދުވެސް ހަނދާން ކުރަންޖެހޭ،އިންތިހާބަށް ހަރަދު ކުރަން ރުފިޔާ އޮވޭ ބޯކޮށް،އެހެންނު މަނިކްފާން...
އޭ ގާސިމް އިބްރާހީމް. މަނިކުފާނު ތިވިދާޅުވި އެއްޗަކުން ޢަޅުގަނޑަށް މިހާރު އޮޅިއްޖެ ދީން ހިމާޔަތް ކުރަން މަސައްކަތް ކުރަނީ އެމްޑީޕީންކަން ނުވަަތަ ޕީޕީއެމުންކަން. ދީން ހިމާޔަތްކުރުމަށް މިފަހަރު ނަންބަރު 1 އަށް ވޯޓުލައްވަން އަންގަވާބަލަ.
✔️2
މިހާރު މިއޮތީ ތިކަންތައް ކޮއްދީފަ އަހަރުމެންގެ ގާސިމްބެއަށް. ޕީޕީ ކުދިން ދެން ލަލަލާ.
އޮތުންމޮޅުކޮންމެވެރިކަމަކަށް
ނަތިންދެއްވާނެގަދަބާރެއް
ގޮތުންއުރެދިއްޖެނަމައެކަމަށް
ރަތުން ދަށްކާނެ އިންޒާރެއް
ޕީޕީކުދިން ވޯޓް ނުދިނަސް އިބޫ އަށް ﷲ ތަޢާލާ ނަޞްރު ދެއްވައިފި.
ކަލޭމެންނަށް އޮންނާނެ ރާކަނި މަސް ކެވިފަ. ކަލޭމެން ވޯޓް ނުދިނަސް އިބޫ އެއޮތީ ހޮވާފަ. ދެން ލަލަލާ
މާތްﷲ މީނައަށް ދެއްވާފައިވާ މުއްސަނދިކަން އަނބުރާގެންދަވާ ފާނދޭވެ. މީނަޔަކީ މި ޤައުމާއި މާތްވެގެންވާ އިސްލާމް ދީނުގެ ބޮޑުވެގެންވާ އަދުއްވެއް .... އިބަ އިލާޚް މީނާ ނިކަމެތި ކުރައްވާ ފަލީހަތް ކުރައްވާނދޭވެ......
ތިބުނާ ސަލާމެއް ނޭގުނު!