މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޙާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓެއް ބަލަން "ވަގުތު" އިން ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓަށް ފޭކް ވޯޓް ލުން ހުއްޓުވާ، މިއަދު ލާފައިވާ ފޭކް ވޯޓްތަކެއް ނަތީޖާ އިން އުނިކޮށްފިއެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޓެއް ބޭނުން ކޮށްގެން "ވަގުތު" ގެ ޚިޔާލު ހޯދުމުގެ ވޯޓަށް ވަނީ 1500 އަށް ވުރެ ގިނަ ވޯޓް ދީފައެވެ. އޭގެ ތެރެއިން 1492 ވޯޓް ދީފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވަނީ 188 ވޯޓް ދީފައެވެ. ބޮޓް ބޭނުން ކޮށްގެން ދިން ހުރިހާ ވޯޓެއް މިހާރު ވާނީ އުނިކޮށްފައެވެ. ބޮޓް ބޭނުންކޮށްގެން ވޯޓް ދިނުން ހުއްޓުވި އިރު ސިކުންތަކު އިބޫ އަށް 100 ވޯޓް ދިޔައީ އިތުރު ވަމުންނެވެ.
ކުރިއަށް އޮތް ތަނުގައި މިވޯޓްގައި ވޯޓް ލެވޭނީ ކޮންމެ އައިޕީ އެޑްރެހަކުން ވެސް އެއް ވޯޓެވެ.
މި ވޯޓް ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހަވީރު 17:00 އަށާއި ހަމައަށެވެ.
އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން ވޯޓްގައި ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް ޔާމީނެވެ. ރައީސް ޔާމީނަށް ވަނީ 51.76 އިންސައްތަ ވޯޓް ލިބިފައިގެންފައެވެ. އިބޫ އަށް ލިބިވަޑައިގެންފައި ވަނީ 48.24 އިންސައްތަ ވޯޓެވެ.
ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީނާއި އިބޫ ވާދަ ކުރައްވާއިރު ރައީސް ޔާމީންގެ އިންތިޙާބީ ބައިވެރިއެއްގެ ގޮތުގައި ވާދަ ކުރައްވަނީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިބޫގެ އިންތިޙާބީ ބައިވެރިޔަކީ ފައިސަލް ނަސީމެވެ.
އެހެންވީމަ ތިވޯޓުގެވެސް ސައްހަކަން ތިވަނީ ގެއްލިފަ.. މޑޕއަށް ކުރިލުބޭނެ ކަމަކަށްނުފެނޭ ރައްޔިތުން ތިބިގޮތުން ސިޔާސީ ބަޔަކު މިނިވަންކުރުމަކީ ރައްޔިތުމީހާގެ ޖީބަށް އެއްޗެވަންނަ ކަމެނޫން ދިރިއުޅުމުގެ އަގުތިރި ކުރެވޭނެކަމެނޫން ތަރައްގީގެ މަޝްރޫއެ ފެށޭނެ ކަމެނޫން އެހެންވީމަ ރައްޔިތުން ތިބީ ތަރައްގީއާއެކު ޖަޒީރާގަ ފޭރާ ޖަހަން މިއަދަކު ބޭނުމެނޫން
ކަލޯ ޔާމިނޫ، ގދ.ތިނަދޫ މީހުން ތިބީ ހައްޕު...ކިޔާގެން ... ކަލޯ ތިނަދޫއަށް ގެނައި ތަރައްގީ މަމެން ދައްކާނަން ވޯޓުން. ކަލޯ ބަލަން ހުންނަށްޗޭ. ލާދީނީ ބައިގަޑަށް ވޯޓް ދޭކަށް މަމެން ނެތިން....ހޮވާނީ ރައީސް ޔާމީން... އެއްމެން 1 އަށް....ވަރަށް ސަލާމް.....
ކޮންމެ ކަމެއްގައިވެސް އޮޅުވާލުމާ ދޮގުހެދުމަކީ އެމްޑީޕީގެ މޮޓޯ. އެމީހުންގެ ލީޑަރަކީ ދޮގު ހެދުމުގެ މުއްލާ.
ތިޔައީ މާދަމާ ވެސް ވާނެ ގޮތް. އިދިކޮޅު މޮޅުވާން ފެށުމުން އޭއްޗެކޭ މީއްޗެކޭ ކިޔާނެ. ދެފުއް ފެންނަ ވޯޓެއް ލައިފިނަމަ ޔާމީން ބަލިވާނެ. ޔަގީން.
ހަޖަމު ނުވަނީތި ވަކިމީހަކު ހޮވަންކުރާ ކަމެއްވީމަ ތިވަރުން ތިކަހަލަ ޕޯލް ނުހުޅުވާނީ
ހަޖަމް ނުވެގެން އެންމެ ފަހުން ހުއްޓާލީ ދޯ؟
ސޯޝަލް މީޑިއާގަ ޕީޕީއެމް އުޅޭނީ މާ ފަހަތުގައި، އެއީ ތިޔަކަހަލަ ކަމެއްވިއްޔާ އެމްޑީޕީ ކުދިން ވަރަށް ފޯރި ހުންނާނެތީ..
އިއްޔަވެސް ލީން. ދެއްމެވެސް މި ލީ
އަޅުގަނޑަކީ ސިޔާސީ ގޮތުން އެއްވެސް ފިކުރަކަށް މީގެ ކުރިން ތާއީދު ކުރި ކުއްޖެއްނޫން. އެހެންނަމަވެސް ގައުމުގެ ކަންކަމާ މެދު ވިސްނާ ފިކުރުކުރެވެން ފެށި މިދިޔައަހަރު ދިރިއުޅުމެއް ފެށި ހިސާބުން. ކުރީގަ އަނިޔާ އޭ ބުނީމަ އެކަމާ ހަގީގަތުވެސް ކަންބޮޑުވެ ރާއްޖޭގެ އުޅެމުންދާ އެއްފަރާތުގެ ބަސް ގަބޫލްކުރެވުން. އެހެންނަމަވެސް އިތުރައްވެސް އެކަންކަން ދިރާސާކޮއް ބެލި ބެލުމުން ފެންނަން މިއޮތީ ސިޔާސީ ގޮތުން ބަޔަކު ހާސިލްކުރަންބޭނުންވާ ކަންކަން ހާސިލްކުރުމައްޓަކާ ބަޔަކުމީހުންގެ އަބުރު ކަތިލާންވެގެން ދޮގުފެތުރުމަކީ ސިޔާސީ ގޮތުން އެކަންކަން ހާސިލް ކުރުމައްޓަކައި ބޭރުގެ ޔަހޫދީ ގައުމުތަކުގަ ބޭނުން ކުރާ އުކުޅެއްކަމުގަ އެވެ. އެހެންކަމުން ދޮގުބަސް ބުނުމާ ދޮގުފެތުރުން މީ ﷲ ނަޙީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަމުން އެ ދޮގުފަތުރަމުން ގެންދާ ފަރާތާ ދެކޮޅުވުމަކީ އަޅުގަނޑުމެންފަދަ ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ އެންމެންގެ މައްޗައް ލާޒިމްވެގެންވާ ކަމެއްކަމުގަ ދެކި އަޅުގަނޑާ އަޅުގަނޑުގެ އެންމެހާ އެކުވެރިންނާ އާއިލާތަކުގެ ވޯޓް ރައީސް ޔާމީން އާ އެ މަނިކްފާނުގެ ރަނިންގްމޭޓް ޑރ.ސަހީމް ދިނުމަށް ނިންމާފިން. ﷲގެ ވާގިފުޅާއެކުގަ ހައްގުގެ މަގުގަ ތިބި އަޅުގަނޑުމެންފަދަ އެންމެހާ ފަރާތްތަށް ރައީސް ޔާމީން އާ ޑރ.ސަހީމް އަށް ވޯޓްދޭނެ. ބޮޑުތަފާތަކުން ދޮގުވެރިމަކަރުވެރިން ބަލިކޮށް ރައީސް ޔާމީން/ޑރ.ސަހީމް އިންތިހާބު ކާމިޔާބުކުރާނެ. އިންޝާﷲ
ދޮގާއި މަކަރުގެ ސަބަބުން އިބޫ އަށް ތިގެެއްލުނީ މަގޭ ވޯޓު. ވޯޓު ލާނެ މީހަކު މިނިންމީ ދެންމެ.
ފޭކު ހުއްޓޭ އިރަށް ކޯލީޝަން ކުރިއަށް ޖެހޭނެ.
އިބޫ އަރުވާލި މައްސަލަ އެގުނު ހިސާބުން މަގޭ ވޯޓް އިބޫ އަށް ގެއްލުނީ. ޔާމީނަށް ވޯޓް ދޭން ނިންމައިފިން. ހުކުމް ކުރީ ވެސް ޔާމީނުގެ ދުވަސްވަރަކު ނޫން.