ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
މިނިސްޓަރު މުއިއްޒު މިއަދު ވަނީ ޕީޕީއެމް އަށް ސޮއިކުރެއްވި ފޯމު އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ހަވާލުކޮށްފައެވެ.
Alhamdhulillah. pic.twitter.com/TgoQ8i1zTx
— Dr Mohamed Muizzu (@MMuizzu) September 24, 2018
މިނިސްޓަރު މުއިއްޒު މީގެކުރިން ހުންނެވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް މުއިއްޒު ވަނީ އަދާކުރައްވާފައެވެ.
މުއިއްޒު އެމްޑީއޭ ދޫކޮށްލެއްވިއިރު މީގެކުރިން އެ ޕާޓީ އަކީ ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. ނަމަވެސް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުން ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އިން ކުރިއަށް އޮތް ތަނުގައި ނަމޫނާ ދައްކާނެ ކަމަށް ވިދާޅުވެފައެވެ.
"ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ޚާއްސަކޮށް ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ޕާލެމެންޓްރީ ގްރޫޕުން މަސައްކަތްކުރާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އަޅުގަނޑުމެންނާއި ހަމައަށް އަންނަ ބަޖެޓަކަށް ވޯޓު ނުދީއެއް އަޅުގަނޑުމެން ހަމަ ގައިމުވެސް ނުތިބޭނެ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ސަރުކާރުން ކުރައްވަމުންގެންދަވާ އިހްލާސްތެރި ރަނގަޅު ކޮންމެ މަސައްކަތަކަށް އެ ސަރުކާރަކަށް ފަސް އަހަރުގެ މުއްދަތެއް ލިބެން ޖެހޭނެކަމުގައި އާއި، އިދިކޮޅު ވެރިކަމެއް އައި ކަމުގައި ވީނަމަވެސް، ސަރުކާރުން ކުރާ އެފަދަ ފައިދާކުރަނިވި މަސައްކަތްތަކުގައި ޕީޕީއެމުން ދެވެން އޮތް އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށެވެ.
މަރުހަބާ...
މިމީހުންގެ އުދަގުލުން އަދިވެސް މިގައުމު ސަލާމަތް ނުވާންއުޅެނީބާ!!!
އެއްމެ ރަނގަޅުހެން ހީވިގޮތް އެކަމަކު ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެ ޕީޕީ އެމްގެ ހަގީގީ ބާނީ މިނިވަން ވަނީ
އަޅޭ! ޕީޕީއެމް ބޮޑު ޖަލްސާގައި ގުޅުން ނަމައެއްނު. އެރޭ ކިހާ ޚައްޞަވީސް. އެރޭ ގުޅުންނަމަ ވެރިކަންވެސް ލިބުނީސް
ސާބަހޭ ތިކަހަލަ އިދިކޮޅު ޕާޓީއެއް ބޭނުމީ
ތިޔަބައިގަނޑައް ތާއީދު ކުރާނެ ބަޔަކު މިގައުމަކު ނޫޅޭ.
96500 ވޯޓު ގިނިކަންޔާ ނިކުމެ
ރަނގަޅު އެމް.ޑީ.ޕީ ގެ ބައިގަނޑު އުޅޭހެން އުޅޭނެ ކަމެއް ނެތް
މަރުޙަބާ! ރަގަޅު ނިންމުމަކަށްވާނެ އިރާދަކުރެއްވިއްޔާ! ރައީސް ޔާމީނަށް ބޭރުފުށުން ދަޅަދައްކައިގެންތިބެ ޙަރާމްކޯރުވި މީހުނަށް ދާދިއަވަހަށް އެކަމުގެ ހިތި ނަތީޖާ ފެނިގެންދާނެ! މިއީ ޝައްކެތް ނެތްކަމެއް!
ގޮތް ހުސްވީމަ އުޅޭނީ ތިވަށްތަރަށް
ޝުކުރިޔާ މިނިސްޓަރު މުއިއްޒު
ލަނޑަޔާ ވާނީ ލަނޑާ ވަރަށްވާހަކަ
ފެއިލްވެފަތިބި ބަޔަކު ނުވަތަ ޕާޓީ އެއް ނުވަތަ މީހަކު ކޮއްމެ އެއްޗެއް ބަދަލު ކުރިޔަސް ހަމަ ކުރާނެކަމެއްނެތް ތީ މާޒީގެ މީހުން ރައްޔިތުން ދާނީ މުސްތަގުބަލު އޮތް ކޮޅަކަށް ދެއްތޯ..؟
ތާއީދުކ ކުރޭހަމަގައިނުވެސް ނުވަދިހަހަހާސްއެއްސަތޭކަ ހާމީހުން ތިޔަބައިގަނޑުގެ ތިޔައީ ތިންބައިއަޅަންޖެހޭ ވޯޓު ވަރަށްސަލާން
މަރުހަބާ މުއިޒު ދުވަހަކުވެސް ރޔާމީން އަހަރެމެން ދުލެއް ނުކުރާނަން މިގައްމުގެ ހަގީގީ ބާނީއަކީ ރޔާމީން
ޑރ. މުޢިއްޒަށް އައްސަރިބހާއި ސާބަސް
ދަންނަވަނަވަމެވެ.
މަރުހަބާ. ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން. ތިޔަރައީސަށޯޓަކައި ފަހުރުވެރިވަން. ތެދުވެރަކަމާއެކު ރައީސް ޔާމީންއާއެކު ހުންނާނަން
ވަރަށް އުފާވެއްޖެ. މީގެން އިގެނީ މުއިއްޒުގެ ތެދުވރިކަން. ސުކުރިއްޔާ ރޔ ސުކުރިއްޔާ ޕޕއމ
މުއިއްޒު އަށް އޮޅިގެންނަމަވެސް ތި ގުޅެވުނީ ޕީއޭ ޢާ ޕީޕީއެމް އަކާ ނުން އކަން ރޭކާލާނީ އަދި ކުޑަ ދުވަސްކޮޅަކުން އެހާހިސާބުން ތިއަ ޕާޓީން ތިއަ ހުރިހާ ބޭފޫޅުން ވަކިކުރެވޭނެ އެހެންވީމަ އެމްޑީއޭ ގަ ހުރިނަމަ މާރަނގަޅުވީސް
ޕީޕީއެމްއާއި ގުޅޭނެ ކަމެއް ނެތް. ޔާމީނާއި ޔާމީނުގެ ސަޕޯޓަރުންގެ އަތުން ޕީޕީއެމް ނެގޭނެ. ވީމާ އެހެން ޕާރޓީ އެއް ޔާމީން އުފެއްދުން ބުއްދިވެރި.
1 އަދާޅަތު 2 އެމްޑީ 3 ޕީޕީއެމް 4؟ ޥަރައް ސަޅި
މިނިސްޓަރ މުޢިއްޒަށް މިރާއްޖޭގެ ރައްޔިތުން ޝުކުރު އަދާކުރުން ޙައްޤުވާނެއެވެ. ބުރަމަސައްކަތުން ކުރު މުއްދަތެއްގައި ގިނަ ކަންތައްތަކެއް ކޮށްދެއްވިއެވެ. އެއީ އިޚްލާޞްތެރި މާތްބޭފުޅެކެވެ. جزاكم الله خيرا كثيرا