ހުވާ ކުރުމުގެ ކުރިން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަތް ވައުދާ ޚިލާފުވެފައިވާ ކަމަށާއި، މި ސަރުކާރުން އަޅާ ނިންމަމުންދާ ފްލެޓްތަކަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމްތައް ބާތިލުކޮށް އަލުން އިޢުލާން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް ވިދާޅުވީ، ހައުސިންގެ މިނިސްޓްރީގެ ފަރާތުން ހިޔާ މަޝްރޫރުގެ ދަށުން ދޫކުރަން ކަނޑައެޅީ ފްލެޓްތަކަށް އެދި މިއަދު ހުށަހަޅާ މީހުންގެ ފޯމްތައް ބާތިލުކޮށް އަލުން ފޯމް ލާންޖެހޭނެ ވާހަކަ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށާއި، އެއާއެކު އެބޭފުޅުން ވީ ވައުދާ މިހާރުވެސް ޚިލާފުވެފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވީ، ހައުސިންގ މިނިސްޓްރީން ތައްޔާރުވަމުންދަނީ، މި ސަރުކާރުގައި އަޅަން ފަށައި، ނިމުމަކާ ގާތްވެފައި 700 ފްލެޓް ދޫކުރަން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ދޫކުރުމުގައި ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރުން ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ފަލާހް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ސަރުކާރެއްގައި ވަކި ޕާޓީއެއް ތަފާތެއް ނުކުރޭ. މިއަދު ކިއުގައި ތިއްބެވި އެންމެ ގިނަ މީހުންނަކީ އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީ ބޭފުޅުން. އެބޭފުޅުންނަށްވެސް ލިބޭނެ، ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ވެސް ލިބޭނެ. އަދާލަތު ޕާޓީ ބޭފުޅުންނަށް ވެސް ލިބޭނެ. މި ސަރުކާރުގައި ދޫކޮފައިހުރި ފްލެޓްތައްވެސް ދޫކޮށްފައިހުރީ އެގޮތަށް" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، އިދިކޮޅު ކޯލިޝަނޭ ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި، އިދިކޮޅުގައި އޮތީ އެމްޑީޕީ ކަމަށެވެ. އެމްޑީޕީން މީގެ ކުރިން ގެންގުޅެފައިވާ ސިޔާސަތަކީ އެމްޑީޕީގެ މެންބަރުންނަށް އެކަނި ކަންތައްތައް ކޮށްދޭ ކަހަލަ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގެ ހިތިރަހަ މީގެ ކުރިން އެމްޑީޕީއަށް ލާފައިވާނެ ކަމަށާއި، މާޒީން އިބުރަތް ލިބިގަނެ އެމްޑީޕީން އެ ސިޔާސަތު ދޫކޮށްލަން ޖެހޭ ކަމަށެވެ.
"މިވަގުތު ރައީސްއަކަށް ހޮވިފަ ހުރި ބޭފުޅާ އެހުރީ ވަރަށް ރަނގަޅަށް ހައިޖެކްޓް ކޮށްފައި. އދިކޮޅު ވެރިކަން ހޯދަން މަސައްކަތްކުރި ފަރާތްތަކަށް ގޮވާލަން، މާތް ކަލާކޮށްޓަކައި އިބްރާހީމް މުޙައްމަދު ޞާލިޙް މިނިވަންކުރާށޭ، ދޫކޮށްލައްވާށޭ. އަދި ތިއުޅެނީ ހުވާ ނުކޮށޭ، އެއީ އެބޭފުޅާއަކަށް އެއްވެސް މިނިވަންކަމެއް ނެތް، މި ވާނުވާއެއް ނޭނގޭ، އޮޅުމެއް ނުފިލާ، ރާއްޖޭގެ މަގުތައް މިއޮތީ ރައްކާތެރިކަން ގެއްލިފައި، ޤާނޫނުތައް މިދަނީ ދާނެހާ ގޮތަކަށް، ކޯޓުތަކުން ހަދާ ނުހަދާއެއް ނޭނގޭ، ކުންފުނިތަކުން ހަދާނުހަދާއެއް ނޭނގޭ." އެމްޑީޕީގެ ޓިކެޓުގައި އިންތީޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެ ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، ރައްޔިތުން ވެރިޔަކަށް އިންތިޚާބު ކުރެއްވީ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށާއި، މިކަންކަން މިހާރުން މިހާރަށްވެސް އިބޫ ބައްލަވަންޖެހޭ ކަމަށެވެ.
"އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޭނގި މިކަންކަން ހިނގުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ހިތާމަކުރި ކަމެކޭ." ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، މީގެ އިތުރުން ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޕީޕީއެމް އަށް ތާއީދުކުރާ ފަރާތްތަކަށް ބިރު ދެއްކުމުގެ ކަންކަން މިހާރުވެސް ފެށިފައިވާ ކަމަށާއި، އެއީ ވީ ވައުދާއި، މިއަދު ދެއްކެވި ވާހަކައާވެސް މުޅިން ޚިލާފު ކަންކަން ކަމަށެވެ.
"ހުވާކުރުމުގެ ކުރިން ކޯލިޝަން ވެރިންގެ ފަރާތުން ފެނިގެން މިދަނީ ރައްޔިތުން ވަރަށް ހިތްދަތިވާކަކަލަ ވާހަކަތަކެއް. މިހާރުވެސް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ޜާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަރަށް ގިނަ ފަރާތްތަކަކުން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުވެރިކަން މިދަނީ އުފައްދަމުން." ކަންބޮޑުވުން ފާޅުކޮށް ފަލާހް ވިދާޅުވިއެވެ.
ފްލެޓް ފޯމްތައް ހުށަހެޅުމަށް އަލުން ފުރުޞަރު ހުޅުވާލާނެކަމަށް އިބްރާހީމް މުޙައްމަދު ޞާލިޚްގެ ތަރުޖަމާނު، މާރިޔާ ދީދީ މިއަދު ވިދާޅުވުމާ ގުޅިގެން ޕީޕީއެމް އިން މިރޭ ކަންބޮޑުވުން ފާޅުކުރިއިރު ކަފާލާތުގެ ދަށުން ދޫކުރަމުންދަނީ ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަމުން ޖިނާއީ ކުށްތަކެއް ކުރައްވާފައިވާ ފަރާތްތަކެއް ކަމަށާއި، ދޫކުރާނަމަ ޖަލުތަކުގައި ތިއްބެވި ހުރިހާ ކުށްވެރިން ދޫކޮށްލުމަށްވެސް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.
މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ އިންފްލޭޝަން ވަރަށް ބޮޑު ތަން ބޮޑު ވެގެން ދާނެއޭ ދޯނި ފަހަރުން ސަޕްލައި ކޮށްދޭ ޓްރާންސްޕޯރޓްގެ އަގު ބޮޑުވާނެއޭ ޓެކްސީ ތަކުގެ ވެސް އަގު ބޮޑު ވާނެއޭ އަދި މާލޭގެ މުޅި ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް އުފުލިގެން ދާނެއޭ ވިޔަފާރި ވެރިން ތިބޭނީ މިފަދަ ފުރުސަތަކަށް ބަލާ ބަލަ އޭ ތަކެތީގެ އަގު ބޮޑު ކުރަން އެއިރުން ފިޔާ ކިލޯ އެއް 200 ރުފިޔާ އަށް ވެސް ނުލިބޭނެއޭ ކުކުޅު ބިހެއް 200 ރުފިޔާ އަށް ވެސް ނުލިބޭނެއޭ އެހެންނޫންތޭ ހަނޑޫ ހަކުރު ފުށް އަގުބޮޑު ކުރުމަށް ފަހު ދެން ކުޑަ ކުރުމުން އެއްވެސް އެއްޗެއްގެ އަގު ކުޑަ ނުވިއެއް ނޫންތޭ ބިޒްނެސް ސައެންސް ބުނަނީ އިންފްލޭޝަން ބޮޑު ވެއްޖެނަމަ ދެން އެތިރި ނުވާނެއޭ 1000 ފަރުވާ އެއަށް ނުދީ ރޭޝިއޯ އަކީ 1:1000 އޭ ކަން މިހެން ހުރުމުން މިފަދަ ކަންކަމަށް ޖެހޭނެއޭ މަޖްލީސް މެމްބަރުން ވިސްނަން މައްސަލަ އަކީ މިނިމަމް ވޭޖެއް ނޫނޭ ވިޔަފާރީގައި މަޖްބޫރު ކުރުން އެއީ ނޯންނަ ކަމެއް އެއިރުން އިންވެސްޓަރުން ނާންނާނެ އެފަދަ ގައުމަކަށް.
މީސްމީހުންގެ ދިރިއުޅުމުގެ ޙާލަތަށް އެއްވެސް މިންވަރަކަށް ނުބަލައި ފްލެޓަށް ފޯމުލާފައިވާ ހުރިހާ އެންމެންނަށް ފްލެޓް ދެއްވާނެ ވާހަކަ ބުނާއިރު، ފްލެޓްގެ ޢަދަދަކީ، 7000 ކަމަށްވެފައި ފޯމުލާފައިވާ މީހުންގެ ޢަދަދަކީ، 18000 ކަމަށްވާނަމަ، އެއީ އެއްގޮތަކަށްވެސް ދެކޮޅުދިމާވާ ވާހަކައެއްނޫނެވެ. އެހެނީ، ހަތްހާސް ފްލެޓް އަށާރަހާސް މީހުންނަށް ބެހުމުން، ކޮންމެ މީހަކަށް ފްލެޓެއް ނުދެވޭނެއެވެ. ޔަޢުނީ، ހަތްހާހުން އަށަރަހާސް ކެނޑުމުން އެގާރަހާހުގެ ތަފާތެއްވާއިރު، 7 ހާސްމީހުންނަށް ފްލެޓް ލިބޭއިރު، ފްލެޓް ނުލިބި 11 ހާސް މީހުން ތިބޭނެއެވެ.
ތިބުނާ 18000 މީހުންގެ ތެރެއިން ދެމަފިރިންނާއި އާއިލާތައް އެކުލެވޭ. އާއިލާއަކަށް 1 ފްލެޓުދިނީމަވެސް ރަނގަޅަށް ފުދޭ. ރިޕީޓުކުރާކަށް ނުޖެހޭ. މާ މޮޅުވެފަ ހިސާބުހަދާލިޔަސް އަދި ނުވާނެ. ބޮލުގެ ތެތްކަމެއްވެސް ހުރެގެން މިކަންކަންވާނީ. އެހެންނޫނީ އަނެއްކާވެސް ގައުމު ހިންގަން ނޭނގިގެން އިންޑިއާއަށް ދޭންޖެހިދާނެ.
ފައިސާއަށާ ޒާތީ ތަޢައްސަބަށް ޓަކައި ނަފްސު ވިއްކާލި ދިވެހި ބަތާޙަރާމީން އެކުރި މޮޔަކަންތަކުގެ އަގު ލަސްތަކެއްނުވެ ދައްކަން ޖެހޭނެ.
ޖަރީމާ ރާއްޖެއަށް މަރުހަބާ
އޭ ! ބޯގޮވި ކަލޭގެއާ ! އަދުރޭވެސް ގޮވި ހައްޔަރުކޮށްފައިވާ ސިޔާސީ މީހުން ދުލެއްނުކުރެވޭނެއޭ ! ކަލެއަށް ފެނޭތަ ؟ ހައްޔަރު ކޮށްފަތިބިމީހުންވެސް އެހެރަގެން ދޫވެގެން ނިކުންނަނީ ! ކަލޭ ހަމަ ތިގޮތަށް އަގައަރުވައަރުވަ ޖެހޭނީ ހުންނަން ! ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ !
އެމްޑީޕީގެ ވެރިކަމުގައި ވާނެ ކަމަކީ ހިލޭ ދައުލަތުގެ ޚަޒާނާ އެމެން ބަހަން ހަދާނީ އެކި އެކި ސަބްސިޑީސްގެ ނަމުގައި ދެން އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ދައުލަތުގެ ހަރުމުދާ ވިއްކާލާނީ އަދި އެއްބަސްވުމުގައި އޮންނާނީ އިންޑިއާގެ ކުންފުނި ތައް އަތުން އެއްބަސްވުން ބާތިލް ކޮށްފިނަމަ އެކަން ނިންމާނީ އިންޑިއާގައި ހުންނަ ކޮރަޕްޓް ކޯޓަކުންނޭ ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ސީ ދެއަރ ވެރިކަން އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް ދިސް ކަންޓްރީ...
ފަލާހު އަޅެ މިދެން ކާކުތަ ގޮތްކިޔަން. އެއްވެސް އުރަތްޕެއް ހުރި މީހެއްނޫން މީނަޔަކީ. ފަލާހު ދޭބަލަ ނިދަން. އަދިވެސް ހަމަ ނުނިދާދޯ ތިހުންނަނީ.
ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަން ކިޔަން ތީކާކު..!
ފަލާޙް! ކަލޭ ތިހެންބުންޏަސް މާރިޔާމެން އެކަން ކުރާނެ. އެއްވެސްފަރާތަކަށް ހިތުގައި ބިރުވެރިކަމެއްނެތި އެސްފިޔަޖަހާލުމެއްނެތި ދެލޯބޮޑުކޮށްގެން ހުރެ، އެވަރުގެ ބޮޑެތި (ބުހުތާން) ދޮގުހަދަން ފަސްނުޖެހޭ ބަޔަކު ތިކަންވެސްކުރާނެ.
އަސްލުވެސް ޔާމިނު ވަކިމީހަކު ތަފާތުނުކުރާތީ މެޑަމް ލިސްޓަކާ މިނިސްޓަރު ލިސްޓެއް ހަދައިގެން ފޯމު ނުފުރާމީހުންނަށް ދަންދެކަށް ބައިމީހުންނަށް ފުލެޓު ބެޙީ، މޮޔަނުގޮވަބަލަ، މުޅިޤައުމު ހަލާކުކޮށްފަ އޮތީ
ޜަގަޅަށްލިޔެކިޔަން ނޭގޭމީހަކު ކީކޭތަމިކިޔަނީ. މަޖިލިހުގެ މެންބަރެކޭ ކިޔާތީ ދިވެއްސެއްގެ ހައިސިއްޔަތުން ހަމަގައިމުވެސް އަހަރެން ލަދުގަނޭ.
ކަލޭ ބަލަން ހުރޭ ... އެކަންވެސް ކުރާނަން
އެމް.ޑީ.ޕީ އަށް ބުނެލަންބޭނުންވަނީ އަހަރެމެންގެ ފްލެޓާއި ނުކުޅޭށެވެ. ކަލޭމެން ތިއުޅެނީ މުޅިޤައުމު ވިއްކާލަންވެގެން. ވިއްކާ ހުސްކުރޭ ހުސްކުރޭ...
ފަލާހް އަކީ ގާނޫނީ އިމުގެ ތެރެއިން 5000 ރައްޔިތުންގެ ބަސް އިއްވަން ކަނޑަ އަޅާފައި ހުރި މަންދޫބެއް. އެއީ ބަރަހަނާ ފިލްމް ކުޅުނު ޝިފާޒްމެން ހެން ރައްޔިތުން ބަލައިނުގަނެގެން ބޭރުކޮށްލާފައި ހުރި މީހެއް ނޫން. އެހެން ވީމާ ޒާތީވެގެން ކޮމެންޓްދޭ ޖަރީމާ ރާއްޖެއަށް ތާއިދު ކުރާ އަޅުންނަށް ވެސް މިވަރު އިނގެން ޖެހޭނެ ހެން ހީވަނީ
ފްލެޓްސް ތަކަށް އެދުނު ފޯރމް ބާތިލް ނުކުރެވޭނެ އެއް ނޫންތޭ އެމްޑީޕީ އަށް މިސަރުކާރުން މިހާތަނަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް މާލެ ސަރަަހައްދުން ފްލެޓްސް ނުވަތަ ގޯތި ލިބޭނެ ކަމުގެ ލިޔުން އެއިން ކޮންމެ މީހަކާއި ހަވާލު ކޮށްފިނަމަ އަދި ވެސް މިއޮތީ މަމެން ޕިންކީންގެ ސަރުކާރު ދޯ ކޮން ކަމަކާއި ހާސްވާންވީ ހާސްވާން ޖެހޭނެ އެއް ކަމެއް ވެސް ނޯންނާނެ 30 ހާސް މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކޮށްފިނަމަ ދެން އެބްރޭކް ކުރަން ނުކެރޭނެ އެމްޑީޕީ އަށް އެމްޑީޕީ އަށް ޖެހޭނީ ފްލެޓްސް ދޭން އެހެން ވެއްޖެނަމަ އެއިން ބޮޑު އަދަދެއް 2019 ގައި އޮންނަ މަޖްލީހުގެ އިންތިޚާބުގައި ތާއީދު ކުރާނީ މަމެން ޕިންކީން ނަށް ކަން ޔަގީންވެ ކަށަވަރޭ..
ބަލަ އަދިވެސް ވެރިކަމުގަ ތިބީ ކަލޭމެންނޭ، ތި ހުރިހާ ފޯރމް އަކަށް ފްލެޓްތައް ދޫކޮށްބަލަ. އޭރުން އަލުން ފޯމެއް ލާކަށް ނުޖެޭނެ އެންނުން.
މަގުތަކުގެ އަމާންކަން ގެއްލި ކުންފުނިތަކަށް ވާނުވާ ނެނގުމަކީ ޕިނކީ ސަރުކާރުގެ ދޯހަޅިކަން މިއިން އެނގެނީ ސަރުކާރުގެ ކޮންޓްރޯލް ގެއްލިފައި ވާކަން ފަލާހުގެ ވާހަކައިން އެނގުނު އެއްޗަކީ އިންތިޚާބުން ބަލިވުމުން ޕިންކީމެން ރައްޔިތުންދެކެ ނުރުހިފަިވާ މިންވަރު
700 އެއްނޫން ފަލާޙް! 7000 . . 700 ވަނީ ނިންމާފަ ޙައްޤުވެރިންނާ ޙަވާލުކޮށްފަ! ކާލުހާއްޔަށް ކޮވެލބިސްއަޅާ ހާއްޔާ ޙަވާލުވާބީދައިން ވެރިކަމަށް އަރަންތިބި ބައެއް އެ އަންނަނީ!
ފަލާހު ޔާމީނު ގޮވައިގެން ފަރަށް ދެބާ ބޮލިކޮޅެއް ހިލޭތޯ