ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ސުވާލު ކުރައްވައިފި ކަމަށާއި ފުލުހުން ކުރާ ހުރިހާ ތުހުމަތަކަށް އިންކާރު ކުރެއްވުމަށް ފަހު ރައީސް މައުމޫން އިތުރަށް ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ނުދެއްވާ ކަމަށް އެމަނިިކުފާނުގެ ޤާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބަންދުގައި ރައީސް މައުމޫން ހުންނަވާތާ 33 ދުވަސް ފަހުން މިއަދު ފުރަތަމަ ފަހަރަށް ފުލުހުން ރައީސް މައުމޫނާއި ސުވާލު ކުރައްވާފައިވާ ކަމަށެވެ.
ފުލުހުން ކުރައްވާ ތުހުމަތުތަކަށް އިންކާރު ކުރެއްވުމަށް ފަހު ޤާނޫނާއި ޚިލާފު ތަޙްޤީޤަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ރައީސް މައުމޫން ފުލުހުން އަރިހު ވިދާޅުވި ކަމަށް ވަކީލް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މައްޗަށް ފުލުހުން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ފުލުހުން މިއަދު ރައީސް މައުމޫނާއި ސުވާލު ކުރައްވާފައި ވާއިރު ހެކި ނައްތާލަން ރައީސް މައުމޫން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ދެއްވުން އެދި ޕީޖީ އަށް މައްސަލައެއް ފޮނުއްވާފައެވެ. ނަމަވެސް ރައީސް މައުމޫންގެ މައްޗަށް ދައުވާ އުފުލުމާއި މެދު ޕީޖީ އަދި ގޮތެއް ނުނިންމަވައެވެ.
މީ މިހާރު ބަސްނާހާ ކުޑަކުއްޖެއް..
ތީބޮޑު ވަބާއެއް މިގައުމަށް ދިމާވެފަހުރި މިހާރަކު އަނގައެއްނެތް
ފުލުހުން: މަނިކުފާނުގެ ނަމަކީ މައުމޫނު ޢަބްދުލްޤައްޔޫމުތޯއެވެ. ނަޞްރީނާ އިބުރާހިމަކީ މަނިކުފާނުގެ އަނބިމީހާތޯއެވެ؟
މައުމޫނު: ތި ހުރިހައި ތުޙުމަތުތަކަށް އަޅުގަނޑު އިންކާރުކުރަމެވެ.
ފުލުހުން: އެހެންވިއްޔާ ފަނޑިޔާރުންނަށް ރިޝްވަތުދެއްވަނީ މަނިކުފާނުތޯއެވެ.
މައުމޫނު: އަޅުގަނޑު ކުރާ އިސްލާޙީ މަސައްކަތް ކުރިޔަށް ގެންދާނަމެވެ.
އެއްބާރުލުމެއް ނުދޭނެނު؟ އަދިވެސް އޭނާދެކޭގޮތުގައި އޭނާއަކީ ރައީސުލް ޖުމްހޫރިއްޔާ....!!!
މިމީހާވެސް މިވީ ހާދަ ނުލަފާ މީހަކަށޭ. ކީއްކުރާނީ. ހާދަ އިހްތިރާމެއް ދިނީމޭ.
ވަރަށް ކަމުނުދާ މީހެއް!! ރައިސް މައުމޫނަކީ!! އިޙްތިރާމާ ގަދަރާއެކު 30 އަހަރުގެ ވެރިކަމަށްފަހު އުޅެންވީ ވަގުތު އަދި އުމުރުން 75 އަހަރަށްވުރެންވެސް މަތިވެ މުސްކުޅިވުމުންވެސް ވެރިކަމާ ތޮޅެން މިއުޅެނީ!! ކީއްކުރާނީ!! ރައިސް ނަޝީދާ ގާސިމް އިބްރާހިމްގެ ދަލުގެ ޖެހުނީ ނިކަން ރީއްޗަށް!! އެކަން މައުމޫނު އެކުރީ ޒާތީ ޙަސަދަވެރިކަން ރައިސް ޔާމީނާ ދޭތެރޭ އުފެދިގެން!! މައުމޫނު ބުނާހާގޮތަށް ޔާމީން ކަންތައްތައް ނުކުރީމާ!! މައުމޫނު ހީކުރީ ޕީޕީއެމްގެ ކެންޑިޑޭޓަކު ރައިސްކަމަށް ހޮވުނީމާ އެހޮވޭ މީހަކު މައުމޫނުގެ ގޮނޑި ކޮށްކޮއަކަށް ވާނެކަމަށް!! އެހެންނުވީމާ އިސްލާޙޭ ކިޔައިގެން އެމްޑީޕީއާއި ގުޅިގެން ޒާތީ ޙަސަދައިގެތެރެއިން ގައުމު ފުނޑާލަން މިނުކުތީ!! ވަރަށް ދެރަކަމެއް!!
މިކަލޭގެ ރަހްމަތްތެރިން އުޅުނުގޮތަށް އެމަގުން މީނާ މިހިނގަނީ ސައްދާމާއި ޤައްދާފީ އާއި ޝާލިހްބޭ އާއި އަސަދާއި ދެން މުޤާބޭ
33 ދުވަސް ފަހުން ސުވާލުވެސް ކޮށްލީ؟؟؟ ވަރަށް ޢަދުލުވެރި ސިފައެއްތީ!
ނުލަފާ ޖައްބާރެއް ތީ
ސުވާލެއް ކޮށްލެވޭ ވަރަށްވުރެ ބަލިކަމުން އެއްޗެއް އަހާލަން ނުކެރިފަ މިތިބެނީ