ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން އެ ކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.
މިއަދު ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ކޯޓުން ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11 ގެ ކުރިން ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
ޕީޕީއެމް އިން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންއާ ވާދަކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެގޮތުން އިބޫ އަށް ވަނީ 134،705 ވޯޓު (58.4 ޕަސެންޓް) ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ރައްޔިތުން އޮތީ ތިކަން ނިންމާފަ
އާނއެކޭ. އެކަމަކު ވޯޓުވަގެއް އިންތިޚާބު ވެގެންނޭ މިއުޅެނީ
އެންމެ ވޯޓަކީވެސް ވަރަށްބޮޑް ހައްގެއް، 50% 1 ވޯޓް ލިބުނީމަ މޮޅުވާކަމަށް ޤާނޫނުގައި އޮންނަނީ 1 ވޯޓްގެ ބާރުގަދަކަން .. އެންމެ ވޯޓެއް އޮޅުވާލެވިފައިވާނަމަވެސް އިންތިޚާބް ސައްހަނުވާނެ. ސްޕުރިމް ކޯޓްގެ ފަނޑިޔާރުންނަކީ ވަރަށް އިލްމީ ބޭފުޅުން .. މިބޭފުޅުން މިކަންތައް ރަގަޅަށް ބައްލަވާނެ...
މަނާކަމެއް ކޮށްފައި އޮވެއްޖެއްޔާ މަނާކަމެއްގެ ގޮތުގައި، އަދި ހުއްދަކަމެއް ކޮށްފައި އޮވެއްޖެއްޔާ ހުއްދަކަމެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް، ކޮށްފައިވާ ދަޢުވާގެ ޙިކުމަތް ފިޔަވައި އެހެން ޙިކުމަތެއް ބޭނުން ނުކުރެވޭނެއެވެ. އެހެނީ، ޝަރުޢުގެ މަޤާޞިދުތައް ބިނާވެފައިވަނީ، عن النبي - صلى الله عليه وسلم - قال : " الصلح جائز بين المسلمين إلا صلحا حرم حلالا ، أو أحل حراما ، މިއަސާސްތަކުގެ މައްޗަށެވެ.
ސުޕުރީމް ކޯޓުގެ ފަޑިޔާރުންނަށް ތިއްބެވީ ތި އަސާސް ތައް އެގިލައްވާ ބޭފުޅުން
ޔަޤީން އަލުން ވޯޓްލައިފިނަމަ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ. މިރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މިވަގުތު ރައީސް ޔާމީންގެ ފަހަތްޕުޅުއި.
އަޅުގަނޑަށް ޔަޤީން އަލުން ވޯޓްލައިފިނަމަ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ. އެއީ މިރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މިވަގުތު ރައީސް ޔާމީންގެ ފަހަތްޕުޅުއި ކަމަށްވާތީ. ޢިންޝާﷲ.
އިންތިހާބް ބާތިލް ކުރިޔަސް ކަންބޮޑު ނުވޭ އަހަރެން. ދެން ވެސް ވޯޓް ލާނީ އިބޫ އަށް. ޕީޕީއެމް ކައުންސިލްގެ މެމްބަރުން އިލެކްޝަން ކޮމިޝަނައް ލައިގެން އިންތިހާބު ބޭވިޔަސް ލާނީ އިބޫ އަށް. ގަދަ ކަމުން، އަނދަގޮޑި ޖަހިޔަސް ލާނީ ހަމަ އިބޫ އަށް. ވައްކަން ކޮއްގެން ޔާމީނު ހޮވުނަސް ފަޚުރުވެރި ކަމާއެކީ މޭގަފުޅާކޮއްފަ ބުނާނަން ވޮޓުލީ އިބޫ އަށޭ.
އަހަރެން އެއްވެސް ސިޔާސީ ލީޑަރެއްގެ އަޅެއް ނޫން.
ބަލަ ރައްޔިތާ..... އިންތިހާބު ބާތިލްކޮއްފަ، ދެން ތިބުނާ އިބޫއެއް ކުރިމައްޗެއް ނުލާނޭ... ދެން ކަލޭ ވޯޓުލާނިކާކައް.....
މިރާއްޖެއަކީ، ފަންނީ ހުނަރުވެރިން، ޤާބިލު ޢިލްމުވެރިން ނިޞްބަތުން ވަރަށްގިނަ ޤައުމެކެވެ. ޢަރަބިއްޔާއާއި މަޢުހަދުން އުފައްދައި ނެރެ މެދުއިރު މައްޗަށް ފޮނުވައި އުގަންނައި ދެއްވަނީ، ކީރިތިﷲގެ ފޮތުގެ ޢިލްމާއި ސުންނަތުގެ ނައްސުތަކުގެ ޢިލްމެވެ. މަޖީދިއްޔާއާއި އަމީނިއްޔާއިން ދެއްވާ ފިލާވަޅުތައް މުޠާލިޔާ ކުރުމަށް ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައެވެ. އެބަހީ، ދިވެހި ދައުލަތުގެ ކަންކަމުގައި ޒިންމާދާރު ބައެއް ސިޔާސީ މަޤާމުތަކުގައި ކަމަށް އެކަށީންނުވާ ބޭފުޅުން މިފަހަކަށް އައިސް މަދުމަދުން ސިޔާސީ ޕާޓީތަކުން ފޮނުވަމުން ދިޔަނަމަވެސް ޖުމުލަގޮތެއްގައި ޢިލްމާއި މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ކެރޭ ހިތްވަރުގަދަ ބޭފުޅުން އަދިވެސް އުޅުއްވަނީ ދައުލަތުގެ ވަޒީފާތަކުގައެވެ. އޭގެމާނައަކީ، ފަހަރެއްގައި މީހެއްގެ ފަރާތުން ގޯސްކަމެއް ފެނިގެން އެފަދަކަމެއްގެ ވާހަކަ ދައްކާއިރުގައިވެސް އެމީހެއްގެ މަޢުލޫމާތާއި ތަޖުރިބާގެ މައްޗަށް މިރާއްޖޭގެ އެއްވެސް ރައްޔިތަކު ޝައްކުނުކުރެއެވެ.