އެންމެ ބޮޑެތި ބޮޑެތި ބޯޓު ފަހަރު ޖައްސަން މާފަރު އެއާޕޯޓް ތައްޔާރު ކުރުމުގެ ގޮތުން، ޔުނައިޑެޓް އެރެބް އެމިރޭޓްސްގެ (ޔޫއޭއީ)ގެ އެއާލައިންއިން އެއާޕޯޓް ޓެސްޓްކޮށްފިއެވެ.
މިކަމާއި ބެހޭގޮތުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ބޮޑެތި ބޯޓު ފަހަރު ޖެއްސުމުގެ ގޮތުން އެއާލައިން ތަކުން މާފަރުގެ ރަންވޭ ޓެސްޓް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ނުނިމި ހުރީ އެއަރޕޯޓުގެ ޕެސެންޖަރ ޓާާމިނަލްގެ މަސައްކަތް ކަމަށާއި އެ މަސައްކަތްވެސް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސާމީ ވިދާޅުވިއެވެ.
މާފަރު އެއަރޕޯޓު ހަދަނީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުންނެވެ. އެ އެއަރޕޯޓުގައި އެންމެ ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިއާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެއްކޮށް ނުނިމި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ދެއްވާފައެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ މަޝްހޫރު ރަންދެލި ރިސޯޓު ގަތް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނެކެވެ. މި އެއާޕޯޓަކީ ދުނިޔޭގެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ތަނެކެވެ. މާފަރު އެއަރޕޯޓުގައި އަޅައިފައިވާ ރަންވޭގެ ދިގުމިނުގައި 2،200 މީޓަރު ހުރެއެވެ. އަދި ރަންވޭގެ ފުޅާމިނުގައި 40 މީޓަރު ހުންނަ އިރު ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާ ވީއައިޕީ ލައުންޖެއް ވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިންނަށް އޭ320 އާއި 737 ބޮޑެތި ފްލައިޓުތަކެއްހެން ހީވިއަސް ދުނިޔޭގެ ވައިގެ ދަތުރު ފަތުރަށް ބަލާލާއިރު އެއީ ކުދި ބޮއްކުރާ. ވަރަށް ސަލާމް
ބޮއްކުރައެއް ކަމަށްވަނީވިއްޔާ ރަށުގެ ގޮނޑުދޮށަށް ބީއްސާލެވޭނެ. ދުވާލު ދެ ދަޅައަށް މުށިމަސްބާނަން ދެވޭނެ. ފަހަރުގައި އޭ320 އާއި 737 ގައި މަނިކުފާނު މުށިމަސް ބޭނުމުގެ ތަޖުރިބާކުރައްވާފައި ހުރެދާނެ!
"ބޮއްކުރާ" މާނަކުރެވިފައިވަނީ މަޖާޒީ ގޮތުން. ބޮލުގައި އެވަރު ތެއްކަމެއް ނެތިއްޔާ ކިޔާނީ ނުދަންނަސޮރު.
ކަލޭ ވަރު މީހެ ނެތޭ
އެއްވެސް އެއްޗެއް ދަންނަސޮރެއްނޫން. ތިޔައްވުރެ ބޮޑު ފުލައިޓަކަށް ދުނިޔޭގައި ހުންނާނީ އޭ380 އެކަނި
ތި ބޯޓެއް ޖައްސައިގެން އެމްޑިޕީގައި އުޅޭ ދޮގުވާހަކަދައްކާ މީހުން ޝޯޝަލް މީޑިއާގައި ޚަބަރު ފަތުރާފައި އޮތް މާފަރު އެއަރޕޯޓު ޑޮލަރުން ފުރިގެން އެ ހުރިހައި ޑޮލަރެއް މަތިންދާބޯޓަކަށް އަޅައިގެން ގެންގޮސްފިކަމަށް!
ރައްޔިތުންނަށް ވިސްނަދީފަ އޮންނަނީ ރާއްޖެއަށް އަންނަ މަތިންދާބޯޓުފަހަރުގެ އަދަދާއި ސައިޒު ބިނާވެފަ އޮންނަނީ އެއާޕޯޓުތަކުގެ އަދަދާއި ފެންވަރަށް ކަމުގައި. މިގޮތަށް މިކަންހިނގާނަމަ ވަށައިގެން ކަނޑުއޮންނައިރު ދުނިޔޭގެ ހުރިހާ ކަނޑުބޯޓުފަހަރު ޑޮކްކުރާނީ ރާއްޖޭގަތާ.
ޢޭ 380 ޖައްސާ ފެންވަރަށްތޯ ތަރައްގީ ގެންނަވަނީ
ބައެއް ކޮމެންޓްތައް ކިޔައިލުމުން ހީބިހިނަގާގެންފަ ހިތަށް އަންނަނީ يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ކީރިތި ޤުރުއާނުގެ މި މޫރިތި އާޔަތެވެ. ދިވެހިންގެ ޙާލަތާމެދު ކަންބޮޑުވެއެވެ.