އިދިކޮޅު ފަރާތްތަކުން ފަޅާއަރުވާލުމުން ރައީސް އަބްދުﷲ ޔާމީން ފުރާ ތާރީޚު ފަސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއީ ތެދު ހަގީގަތެއް ކަމަށާއި ނަމަވެސް އެ ވާހަކަ އިދިކޮޅު ފަރާތްތަކުން ފަޅާއަރުވާލުމުން ފުރާ ތާރީޚު ފަސްކުރަން ނިންމެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަހުލޫފު ވިދާޅުވީ މައުލޫމާތު ލިބޭގޮތުން ހޮނިހިރު ދުވަހުގެ ކުރިން ރައީސް ޔާމީން ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށެވެ.
"ރައީސް ޔާމީނާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅިފައި ވަނީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް. އެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް އެމަނިކުފާނު ފުރިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކޯޓުތަކުން އަޅަންޖެހޭ" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ފިނޑި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ ވަރަށް އަނިޔާވެރި، ޚުދުމުޚުތާރު، ޚިޔާނާތްތެރި ވެރިއެއްގެ ގޮތުގައި ކަަމަށެވެ.
ރައީސް ޔާމީނު ޤައުމު ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އިއްޔެ އާއި ރެއާއި މިއަދުވެސް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި އަޑުއުފުލާފައެވެ.
އެގޮތުން ރޭ ރައީސް ޔާމީން ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ ކަމަށް ބުނެ، އެކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅައި އެމަނިކުފާނު ހުއްޓުވުމަށް އެދި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސް ފަރާތްތައް ވަނީ ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް އަށް ވަޑައިގެންފައެވެ.
އެފަރާތްތަކުން ބުނެފައި ވަނީ، ފުލުހުންގެ އިދާރާއަށް ދިޔައީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެމަނިކުފާނު ޤައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކަމަށެވެ.
މަހުލޫފޫ ކަލޭ ދޭބަލަ މަހައް
ބުރިޖަށް އަރަން ލަދު ނުގަނޭތަ. ކުއްވެރިން ވ ރުޅިއަންނާނެ ގާޒީންނާއި ވެރިންދެކެ
މީނަމީ އިންސާނުންގެ ތެރެއަށް ފާޅުވެގެން އުޅޭ ފަހުޒަމާނުގެ ކަމެއްތަ؟މީނައާ ހެދި ބޮޑު ބަ................................................
ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ނެތް. ތީ ބޮޑު ދޮގުވެރިއެއް. ތިކަހަލަ ރިލޯޑް ކުރެވޭ ކަހަލަ ދެފުއްކެހެރިންނަށް ލައުނަތް ހުރި.
މި ހުރިހާ ތަނަކުވެސް ފިތުނަ އުފައްދަން އުޅޭ މަހުފޫ ގަނޑެއް...
މަޙްލޫފް އަކީ މިޤައުމު ފިތުނައިގެ ތެރެއަށް ވައްޓާލާ ނުބައި ދޮގު ހަދާ މީހެއް. މީނާ ޖެހޭނެ އަނގަހައްދު ޖަހަން. އިސްލާމް ދީނުގައި އެންމެ ބޮޑަށް މަނާކުރައްވާފައިވާ އެއްކަމެއް ދޮގު ހެދުމަކީ. މުނާފިގުންގެ އެންމެ ފުރިހަމަ ސިފަ އެއީ. އެންވީމާ މުނާފިޤްގެ އެންމެ ބޮޑު ސިފަ މީނާގައިގައި އެބަގުރި.
ކަލެއާ ކޮންކަމެއް
މަހޭ ކަލެއަށް ކުޑަކުދިން ވެސް ޖޯކް ޖަހާ ހޫމް އަދި ކަލޭ ގެ ޓުވިންސް އިލިޔާސް ވެސް ބުނީ ބާރައް ވައިޖެހޭ ކޮޅަކަށޯ ތިމަންގެ ދެބެން ރީލޯޑްކުރަން ދުވާނީ. ހޫމް އަދި ކލޭމެން ދެބެންގެ ބޮޑުބެ ބޫން ބޫން އަލީވަހީދު ކަލޭމެން ދެބެންނައް ސަލާމް ބުނި.
ފަހުޒަމާނުގެ އަލާމާތް ތައް މިފެންނަނީ ނޭގޭވާހަކަ ހަދަހަދައިގެން ދެންކުން
މިނާއަށް ހީވާކަހަލަ މީނާއަކީ ވަހީ އިއްވަވާ ބޭކަލެއްކަމަށްދޯ
ކަލޭ ސިކުނޑިއަށް ބޭސްކޮށްބަލަ.
ކަލޭ ހިތުން ކަލޭ ތީ ވަރަށް ގަދަ ގޮލައެއް ދޯ! އެކަމަކު ހަމަ ހައްޕުނޑު ތީ..
ކަލޭ ޔާމީނު ދެކެ ހާދަ ބިރެކޭ މިގަންނަނީ، ހަމަ ޖެހިލުން ވާލެއް ބޮޑީ.
މީނާ ދައްކާ ހައްޕުނޑު ވާހަކަ ވެސް ވިގުގައި ޖަހާތީ މަޝްހޫރުވާން ހިތަށް އެރިހާ އެއްޗެއް ކިޔަނީ. ސައިކޯ ގޮލައެއް އެއީ. މިހާރު އިސްލާހިއްޔާއެއް ނެތް ވިއްޔަ. ހުރުނަމަތާ އަލުން ފޮނުވާނީ ވެސް.