ދިރާގުގެ ބޯޑުގެ ޗެއަރމަން ކަމުންނާއި ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ވެރިޔާ މަގާމުން އަދި ސަރުކާރުގެ މަގާމުތަކުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަޝްމަލީ އިސްތިއުފާ ދެއްވާފައި މިވަނީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ކުރެއްވި އިހްލާސްތެރި މަސައްކަތް، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ބަލައިނުގަތުމާ ގުޅިގެން ޕީޕީއެމަށް އިތުރަށް ހިދުމަތްކޮށް ދެއްވުމަށް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެފައިވަނިކޮށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފަށް އަޝްމަލީ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިހުލާސްތެރި ކަމާއެކު އިންތިހާއަށް ބުރަކޮށް ސިޔާސީ ގޮތުންނާއި، ސަރުކާރުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަދި މެޑަމް ފާތުން އަށް މަސައްކަތްކުރުމުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން ހުންނެވި ނަމަވެސް އެމަސައްކަތުގެ އަގުވަޒަން ކޮށްފައި ނުވާ ކަމަށެވެ.
މެސެޖްގެ ފޮޓޯއަކާއި އެކު މަހުލޫފް ކުރެއްވި ޓުވީޓުގައި މަހުލޫފް ވިދާޅުވީ އިންތިހާބުން ބަލިވުމުން އަޝްމަލީ ކޮށްދިން މަސައްކަތުގެ އަގުވަޒަން ނުކޮށް އެންމެ ފަހުން އަޝްމަލީ ވީ 'ގައްދާރަކަށް' ކަމަށެވެ.
މަހުލޫފަށް ކުރެއްވި މެސެޖްގައި އަޝްލަމީ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު އަދުލީ، ހާލިދު އަދި ރަހުމާ މުޅި އިލެކްޝަންސް ގަޑުބަޑު ކޮށް ދޮގު ހަބަރު ފަތުރަމުން ދަނީ އަބުރު ކަތިލަން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އިންސާނުންކަމާއި މެދު އަޝްމަލީ ވަނީ ސުވާލު އުފައްދާފައެވެ.
އަޝްްމަލީ ވިދާޅުވީ މަހުލޫފް ދެއްކެވި ވާހަކަތަކަށް ކަނުލާ އަޑުއެހުނުނަމަ މިއަދު އެފަދަ މައްސަލަތަކާއި ކުރިމަތި ލާން ނުޖެހޭނެ ކަމަށެވެ. އަދި އިބޫއަށް ނިސްބަތްކުރައްވާ އަޝްމަލީ ވިދާޅުވީ އަނެއް މީހާއަށް ކެމްޕޭން ކޮށްދޭން އުޅެވުނު ނަމަ އެމީހުން އެކަން މާ ރަގަނޅަށް ބަލައިގަންނާނެ ކަމަށެވެ.
އަޝްމަލީ މިހެން ވިދާޅުވިރު ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާބު އޮޅުވާކުމަށް ދިވެހި ދައުލަތުގެ އިލެކްޓްރޯނިކް ވިއުގަ ބަލަހައްޓަމުން ގެންދާ އޮފީސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ މުހައްމަދު އަޝްމަލީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ސާވާއާއި އަޝްމަލީ ކުޅެމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.
އިންތިހާބުގައި ވޯޓް އޮޅުވާލި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭއިރު ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހުއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެފައި ނުވާކަމަށްބުނެ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ހުކުމް އިއްވާނެ ވަކި ދުވަހެއް އެ ކޯޓުން ވިދާޅެއް ނުވެއެވެ.
ވޯޓުން ވައްކަން ކޮށްގެން ވަގު ވޯޓުން މޮޅުވެގެން ދެން އަންނަ ސަރުކާރެއްގައި މަގާމެއް ލިބޭނެކަމުގެ އުންމީދު ލިބިފައިވާތީ އިސްތިއުފާދިނީ!!
މާބޮޑަށް އެގެނީ ދޯ
ދިވެހިރައްޔަތު ކަމުންވެސް އިސްތުފާދީ ... ލަދު ކޮބާ؟
ވަރައްމޮޅު އެއްކޮޅު ނިމުނުކަން ޔަގީންވުމުުން
އެކޮޅުގަ މާބާރެއްްްްްްްނެއްކަން އެނގުމުން އެންމެ
ފަސޭހައިން މަގާމުގަ ހުރެވޭނެ ބޮލުގެ އެއްޗެއް
އެ ހެދީ؟ އެމްޑީޕީ މީހުން އެމަނިކުފާނައް އެ
މަގާމް ދެއްވާ!
މުނާފިޤުން އުޅޭނީ ތިގޮތަށް،
ވޯޓުން ވައްކަން ކުރުމުގައި އަޝްމަލީގެ އަތެއް ވާކަމާމެދު މިހާރު ސުވާލު އުފެދޭ،