ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް އިހުތިރާމް ކުރާ ކަމަށާއި، އެގޮތުގައި ކުރިޔަށް ދާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމް އިން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި، އެ ހަގީގަތާއެކު ޕާޓީ ކުރިޔަަށް ދާނެ ކަމަށެވެ. އަދި ދެމި ހުންނާނީ ރައީސް ޔާމީންއާއެކުގައި ކަމަށްވެސް ހަލީލްގެ އެ ޓްވީޓްގައި ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން ހަލީލް މިގޮތަށް ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އިހުތިރާމު ނުކޮށް ކަލޭ ކޮންތާކަށް ވަންނާނީ؟
ކަލޭމެން ގޮތަށް ހަޅޭއްފަޅޭއް ލަވަމުން ދުވެވޭނެ އެއްނު
ނުކުރާނެ އިޙްތިރާމެއް ކުރިންވެސް ސުޕްރީމްކޯޓުގެ ޙުކުމެއް ބޮލާލައި ޖަހާ ފަނޑިޔާރުގެއިން ޓިނުނަގައިގެން ފަނޑިޔާރުން ދަމާކޫތާފަ ނެރުނު ބައެއްތީ، އެކަމަކު މިއަދު ﷲގެ ހެޔޮ ރަޙުމަތާއެކު ތިއަ އަނިޔާވެރި ބައިގަނޑު ބަލިކޮށް ލޮޑުކޮށް ހަފުސް ކޮށްލެވިފަ މިވަނީ، ދެން ލާހިކެއްނުން ފޮނުއަރުވާކަށް އަދި ގާ ފުރޮޅާކަށްވެސް، ތިމީހުންގެ ނުބައި ދުވަސް މިއަދުންފެށިގެން ގުނެން ފަށާނެ، ޖަލަށް ލާ ހިސާބުން ފެހި ޔުނީފޯމުގަ އުޅުއްވަން ޖެހޭނީ އިންޝާﷲ
އިންޝާ ﷲ އަހަރެމެން އަބަދު ވެސް ތިބޭނީ ރައީސް ޔާމީނާއެކު. ލާދީނީ ބައިގަނޑުގެ ނުބައި ނުލަފާ ރޭވުންތައް ފަޅާއަރާނެ ދުވަހެއްވެސް އަންނާނެ. އަހަރެމެންނަށް އަބަދުވެސް ފަޚުރުވެރި ކަމާއެކު ބުނެވޭނެ ދީނުގަ ކޮޅުފައިން ޖަހާ ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް އަހަރެމެން ދުވަހަކުވެސް ތަބާނުވަމޭ. އިންޝާ ﷲ މިބައިގަނޑު ނިކަމެތި ކުރައްވާނދޭވެ.
ކަލޭމެން ބޭނުން ވިޔަސް ނުވިޔަސް އޭނަގެ ފަހަތުން
ޖަލައް ދާން ޖެހޭނެ
ނުކޮށްކީއްކުރާނީ
ދެން ނުކޮށް ކީއްކުރާނީ
ގައުމުގަ ހުޅު ޖެހޭނެ އެއްނު ދޯ؟
ރަގަޅު ޑޮކްޓަރ ޚަލީލް! އަޅުގަނޑުވެސް މިހުރީ ރައީސް ޔާމީންއާއެކު އިންޝާއަﷲ! ދެން ދެކިލާހިތްވަނީ ދޮގާ ، މަކަރާ ، ފަސާދަޔާ ، ފިތުނަޔާ ، ރިޝަވްތާ މިހުރިހާ މުންކަރަތަކަށް އަރައިގަނެގެން ތިޔަގެނައި ވެރިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވީއްދަވާދުވަސް. އިން ޝާ އަﷲ މިދުވަސް ދާދި އަވަހަށް ފެނިގެންދާނެ!
އިންޝާ ﷲ.