ވެރިކަން ކުރާ ޕީޕީއެމް 75000 ރުފިޔާ އިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ދާދި ދެންމެ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކޮށްފައިވަނީ ޕާޓީ އޮފީސް ކުރިމަތީ ބާއްވަމުންދާ އެއްވުންތައް ހުއްޓާލާފައި ނުވާތީ ކަމަށެވެ.
"އިންތިޚާބާ ގުޅިގެން އެތައް ބައިވަރު ސުވާލުތަކެއް އުފައްދައި، އަދި އެތައް ބައިވަރު ހަޤީގަތާ ޚިލާފު ވާޙަކަތަކެއް ފަތުރަމުން، މުޒާހަރާގެ ނަމުގައި ނުވަތަ މަޢުލޫމާތުދޭ ސެސަންތަކެއްގެ ނަމުގައިވިޔަސް އެބޭފުޅުން (ޕީޕީއެމް) އެއްވުންތަކެއް ބާއްވަމުންގޮސް އަޅުގަނޑުމެން ކޮމިޝަނަށް އަމާޒުކޮށް، ކޮމިޝަނުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް އަދި ކޮމިޝަނުގެ މުޅި އިންޓެގްރިޓީ ގެއްލޭފަދަ ގޮތްގޮތަކަށް އަމަލުކުރުން ހުއްޓާލުމަށް އަޅުގަނޑުމެން ވާނީ މީގެ ކުރިން ސިޓީ ފޮނުވާފައި. އަދި އެކަން ނުހުއްޓާލައިފިނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އަޅުގަނޑުމެން ދަންނަވާފައިވާނެ." ޝަރީފް ވިދާޅުވިއެވެ.
ޖޫރިމަނާ ކުރުމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، "އިއްޔެ ބޭއްވި ކޮމިޝަނުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޕީޕީއެމް 75000ރ އިން ޖޫރިމަނާ ކުރުމަށްއަޅުގަނޑުމެން ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައި" ކަމަށެވެ.
ޕީޕީއެމް 75000ރ އިން ޖޫރިމަނާ ކުރިއިރު، އެ ޕާޓީން ކުރަމުންދިޔަ މުޒާހަރާތަކާއެކު އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށްބުނެ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި އިއްޔެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ޕީޕީއެމް އިން ހުށަހެޅި ކަންކަން ސާބިތުވާވަރަށް ހެކި ހުށަހެޅިފައި ނުވާތީ ރިޔާސީ އިންތިޚާބު ބާޓިލު ކުރަން ނުޖެހޭ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިންތިޚާބީ ޝަކުވާއެއް ވާނަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ނުވަތަ ޖިނާއީ ކަންތައްތަކެއް ހިމެނޭނަމަ ފުލުހަށް ހުށަހެޅުމަށް އަދި ކޮމިޝަނުގެ މެންބަރުންގެ ޒިންމާއާ ގުޅުންހުރި މައްސަލަތަކެއްވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށެވެ.
އެއާއެކު ރޭ ޕީޕީއެމް އިން ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހްޤީގު ކޮށްދިނުމަށް ފުލުހުގައި އެދިލައްވާނެ ކަމަށެވެ.
ސާބަހޭ ވޯޓު ވަގައް ނަގައިގެން ރިޝްވަތ ކައިގެން ނުނިދާ ތިކުރާ މަސައްކަތައް ހަމަ ސާބަސް
ޖޫރިމަނާކުރަން ކީއްކުރަން ޕީ ޕީ އެމް ގެ ހުރިހާމެންބަރުން މިހާރު ދަންޖައްސަންވެސް
ނިންމަންވީ!!
ކަލޭ ތީ މުސްލިމެއްތަ.
ތިމަރަ ކިތަންމެ ވަރަކަށް ޒާތީ ވިޔަސް އޮޅުވާނުލާ ކަމަކަށް ނުވާނެ. އެމްޑީޕީ މިއަދު ހިރިހާތާކަށް ލާރި އަޅައިގެން ކޮންޓްރޯލް ކުރިޔަސް ނުކުރާކަމަކަށް ނުވާނެ. ޜޯމާދުވާލު ކުރި ކަމެއް ވިއްޔާ.
ރޯމާ ދުވާލު ލާރި ބެހީ ކޮންބައެއް އެ ނަގައިގެން ވޯޓް ނޭޅީ އަހަރެމެންް....އަދި ދިނަސް ނަގާނަން ވޯޓް ހމަ ލާހިކަ ކުޅަދާނައެއް ނޫން އަޅާކަށް ވަރަށް ވެދުން!
އީސީ ޝާރީފޫ..... މޮޔަފުޅު ވީތޯ.... ނެގިލާރިގަނޑު ހިފައިގެން ބަޗާ.. އެހެން ނޫނީ ކުރިކަންކަން މާބޮޑަށް ފަޅާއަރާފާނެ
އެމްޑީޕީ މީހުން ފުރަތަމަ ދަންޖައްސަނީ
ޢަދިވެސް ކެވުނު ވަރު މަދީ؟؟ ޢާން ޕޕމ އިންވެސް ޖެހޭނެދޯ ޗަންދާލާން ހެހެ
ޕީޕީއެމް އާއެކު އެއްވެސް މުވާމަލާތެއް ނުކުރަން އީސީ ނިންމައިފި ނަމަ އެޕާޓީ ޖުރިމަނާ ކުރި =/75000ރުފިޔާގެ ބިލް މައުމޫނުގެ އަށް ފޮނުވާލާ ށެވެ.
އަދިވެސް ކެވުނު ވަރު މަދުވެގެން އިތުރައް ކެވެން އޮތް ތަނަކުން ކެވޭެތޯ ބަލާނެނު.
????
ދެން އެއްވެސް އިންތިހާބެއް ބާއްވާނެކަމެއް ނެތް.
ކޮންމެ އިންތިހާބެއް ކަތްރިވީމަ އެއްމެ ބޮދު އަގެއް އީ.ސީ ރައީސައް ހުޝަ ހަޅާޕާރޓީ އަކަށް އިންތިހާބް ލިބޭ ގޮތައް ގާނޫނު ފާސް ކުރަން ގޮވާލަން. ދެން މިހާރު އެއްވެސް އިންތިހާބެއްގަ ރައްޔިތުން ގުނބޯ ހައްދައިގެން ބޭކާރު ވޯޓެއް ލުމުގެ ބޭނުމެއް ނެތް ???
ތީހަމަ ރަގަޅުވާހަކައެއް ހުރިހާތަނެއްމިވަނީ ހަމަ ދިދައަށް ޤައުމީދިދަ އަކީ އެއްމެން އިޙްތިރާމް ކުރަންޖެހޭނެ އެއްޗެއް
އައްސަރިބަހާއި ސާބަސް