ޙިމާޔަތް ކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް ގޯނާ ކުރަމުންދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށާއި، އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އަނެއްކާވެސް އަންގައިފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮންމެ އަހަރަކުވެސް މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.

އޭގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރާ ދޮންދޫންޏާއި، ދޮންދޫނި ލޯފިނދު ހިމެނެއެވެ. އަދި މިބާވަތުގެ ހުރިހާ ދޫންޏަކީވެސް މިދުވަސްވަރު ގިނަ އަދަދަކަށް ރާއްޖެއަށް ހިޖުރަކުރާ ދޮންދޫނި މޫސުމަށްވެފައި، މިފަދަ ބާވަތުގެ ދޫންޏަކީ މަދިރި ކޮންޓޮރޯލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކެެވެ. އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށް ދިނުމުގައި މިފަދަ ދޫނިތައް އަދާކުރާ ދައުރަކީ ނުހަނު މުހިއްމުކަމެއް ކަމެކެވެ.

"ދިވެހިރާއްޖެއަކީ މިފަދަ ދޫނިތަކަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ހެދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެންނެވީމެވެ". އެ ބަޔާނުގައި ވެއެވެ.

އީޕީއޭ އިން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ދޫނިތަކާއި، ރަށުގައި އާންމުކޮށް އުޅޭ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވުމަށް އީޕީއޭ އިން އެދެއެވެ. އަދި އެފަދަ ދޫނިތަކަށް ގޯނާކޮށް ހިފާ ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީއަށް ދިނުމަށްވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބަލާ

  އީޕީއޭ އާހެދި ކިހާބޮޑު ބަލާއެއްތަ

  • ތިމާވެށި

   ބަލާ އަކީ ތިކަހަލަ ތަންދޮރު ނުދަންނަ މީހުން.

 2. ޞަފިއްޔާ

  ދެން ދޯ... އެތާ އެތިބަ ކުދިން ވެސް ކޮންމެވެސް ދުވަސް ވަރެއްގަ ދޮންދޫނި ހިފަން ދުވާނެ ގައިމު. ދެން ކީއްތަ ވާނީ އެ ހިފިއްޔާ

  • ކޮއްކޮ

   ދައްތަމެންނައް މައްސަލަ އަކަށް ވާނެ ކުދިވެރިން ބަލިވެގެން ހޮސްޕިޓަލައް ދާން ޖެހުނީމަ. ތަންދޮުރު ނޭނގެންޏާ، އެނގޭ މީހުން ބުނާ ގޮތް ހަދައިގެން އަނގަ މަޑުން ލައިގެން ހުރުން އެއީ ރަނގަޅު ގޮތެއް.

 3. ޑިމޮކްރަޓިސްޓް

  ކާކުތަ އެހިފައިގެން ގޯނާކުރަނީ.. ލޯބިން އޮޅުކޮށްގެން އެއަށް ކާންދީގެން ދަރިންހެން ގެންގުޅެނީ.. ވަރުގަދަ އެޖެންސީއެއްތީ.. ތި އެޖެންސީ އުފެއްދުމުގެ ކުރިން، ތިބުނާދޫނިތައް މާގިނައިން ފެނޭ.. ތިކަމަކާހެދި މިހާރު ފެންނަނީ ހާލަކުން ދޫންޏެއް.. ދެން ތިކަމުންވީ ފައިދާއެއްކޮބާ؟ ކަލޭމެން ނެތަސް ތިދޫނިތައް ވަކިމޫސުމަކަށް އައިސް މޫސުންދިޔައިމަ ފައިބައިގެން ދާނެ.. އެއީ ފެށުނީއްސުރެ އެކަން އޮންނަގޮތް.. ކަލޭމެން މާއެނގިގެން ނޫޅުނިއްޔާ ރަނގަޅުވާނީ..

 4. Anonymous

  އަހަރެމެން ރަށަށް އަންނަނީ މާރަވަން ބަބުރު ?

 5. 80ސް އެން 90ސް

  ހާދަދެރައޭ... ދެން ފަހުގެ މި ކުދިންއަކަށް ދޮންދޫނި ހިފުމުގެ އުފަލެއް ނުލިބޭނެ ދޯ.... ޔޫ ގާއިސް އާ މިސިން ސޯ މަޗް ފަން... އެން ވީ ހެޑް ދިބެސްޓް ޑޭސް... ކަޑަވޭތަ... ކަޑަނުވައްޗޭ... ދެން ދޭ ފޯނަށް ލޯހަރައިގެން އިންނަން...

 6. ނަން ނޭންގެ

  ބަލާއެއް ދެން މީ

 7. ދުވާފަރު ދަންޑަހެލު

  ކޮށްމެ ކަމެއްގަވެސް ފިޔަވަޅުއަޅާނީ ނިކަމެތިންނާއި ދޭތެރޭ ތިހުރިހާ ކަމެއްކުރާނީ ތިކަން ތަންފީޒު ކުރަންތިބޭ މީހުން މިހާރުވެސް ތިލަފުއްޓަށް އަންނަ ތިކަހަލަ ހުރިހާ އެއްޗެއް ތިލަފުށީގައި ތިބޭ އެމް އެން ޑީ އެފް މީހުންނާއި ފުލުހުން ހިފާނެ ފިޔަވަޅެއް ނޭޅޭ ނިކަމެތި މީހަކު ހިފައިފިއްޔާ ފިޔަވަޅުއަޅާނެ