އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރައްވާނެ ދުވަސް ކަނޑައަޅަން ރޭ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓްގައި އެބޭފުލުން ހުވާ ކުރައްވަން ފެންނަނީ ނޮވެމްބަރ 17 ގައި ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވޯޓް ދެއްވި ނަމަވެސް އިބޫ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރ 11 ގައި ކަމަށް އޭނާ މިރޭ "ސަންގް ޓީވީ" ގައި ވިދާޅުވެއްޖެއެވެ.

އިބޫ ހުވާ ކުރައްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލާ ސޫމޯޓޯ މައްސަލައަކުން ނިންމިދާނެ ކަމަށް އިބްރާހިމް ދީދީ މިރޭ ވިދާޅުވިއެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިބޫ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރ 11 ގައި ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބޫ ރައީސް ކަމާއި ހަވާލު ވާން ޖެހޭނީ ނޮވެމްބަރ 11 ގައި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ބުނަމުން އައި ނަމަވެސް ރޭ އިދިކޮޅު ފަރާތްތަކުގެ ވެސް ވޯޓާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ނޮވެމްބަރ 17 ގައި ކަމަށެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި އިބޫ ވިދާޅުވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުވާކުރައްވާނެ ތާރީހާއި ބެހޭ ގޮތުން އެންމެންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ގޮތެއް ނިންމުން ކަމަށާއި އެމަނިކުފާނު ޤާނޫނާއި ހިލާފަށް ދައުރު ފަށަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގައި ވީހާވެސް ރަނގަޅަށް ވާހަކަ ދެކެވި އެންމެން އެއްބަސްވާ ގޮތަކަށް މިމައްސަލަ ނިންމެވުން. އަޅުގަނޑު ހަމަޔަޤީނުން ވެސް ދަންނަވާކަށް ނެތިން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ވާހަކަ" އިބޫ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރައްވާނެ ތާރީޚެއް ޤާނޫނު އަސާސީގައި ނޯވެއެވެ. ޤާނޫނު އަސާސީގައި އޮންނަނީ ރިޔާސީ ދައުރަކީ މީލާދީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާތިލް ކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވެސް ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގައި ބުނާ ތާރީޚަށް ކަމެއް ނުކުރެވުމަކީ ޤާނޫނީ ހުސްކަމެއް އަންނާނެ ކަމެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެއް އިންތިޚާބު ކުރެވެންދެން ވެރިކަމުގެ ދައުރު ދެމިގެން ދާނެ ކަމަށެވެ.

އިބްރާހިމް ދީދީ މިރޭ ދެއްކެވި ވާހަކަފުޅަށް ބަލާއިރު އިބޫ ހުވާ ކުރައްވާނެ ދުވަސް ކަނޑައެޅުމުގެ މައްސަލަ އަދިވެސް ނިމިފައި އޮތް ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ތިމަންނަ

  ބަހާ އަމަލާ ދިމާވާނަމަ ، އެއީ ފުރިހަމަ ދިވެއްސެއް ނޫން...

 2. .އާއާ

  .ތިކަމުން ދޭހަވަނީ ދެފުށް ދެގޮތް ކަމާއި ކޮންމެ ކަމެއް ވެސް ގަދަ ބާރު ދައްކައިގެން ބޭނުންހާ ގޮތަކަށް ކަންކަން ކުރުވަން އުޅޭނެކަން ބަހާ އަމަލާ ދިމާ ނުވާ ދެއުޅި އެއްނުވާކަން އިތުބާރެއް ނެތް ބައެއްތީ.

 3. ޢައިސީ

  ތީ މަބުނާވާހަކަ މީ ބޮލެއް

 4. އިބޫ

  ބުއްޅަބޭ ދޫކޮށްލާތީ ޑީލް ހެދީ

 5. ދިވެހިން

  މުޅިންވެސް އަމިއްލައެދުމާއިގެން ހަލާކުވެފަތިބި
  ދެފުށް ކެހެރިން

 6. މުޙައްމަދު އިބްރާހީމްދީދީ

  ބޯހަމަޖެހޭ މީހެއްނޫންތިއީ، އަމިއްލަ އެދުމާއިގެން އުޅޭމީހެއް ތިވެސް،

 7. މިއަދު

  އިދިކޮޅު އެއްމެންވެސް ޤަބޫލުކުރޭ ރައިސްޔާމީން ރައިސްކަމުގެ ދައުރުފެށީ ނޮވެމްބަރ 17 ގައިކަމާއި އެމަނިކުފާނަށް 5 އަހަރުގެ ދައުރެއް ދެވެން ޖެހޭނެކަމަށް އެއަކީ އިދިކޮޅޭމެން ޤަބޫލު ނުކުރާ ކަމެއްނޫން މިއުޅޭ ހަމައެކަނި މައްސަލައަކީ މިއުޅޭ ފުންނާބުއުސް ޙަސަންލަތީފު ކިޔާމީހަކު ވ ގަދަޔަށް ބުނާނެ ރައިސްޔާމީނުގެ ވެރިކަން ދައުރު ހަމަވުމުގެ ކުރިން ބަދަލުކުރާނަމޭ އެހެންވެ އެފުރު ހޯދުމަށް އެގޮތްމިގޮތުން މިއުޅެނީ 11 ނޮވެމްބަރގައި އިބޫހުވާކޮށްފިނަމަ ރައިސްޔަމީނަށް ވެރިކަން ކުރެވިފައި އޮންނާނީ 4 އަހަރާއި 11 މަހާއި 24 ދުވަހުކަމަށްވާތީ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެވުނީ ކަމަކަށް ނުބެލެވޭނެތަ އެބަސްބުނުމުގެ ފުރުސަތު ޤާނޫނާޚިލާފަށްވެސް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ތިމައްސަލަ މަޖިހަށް ހުށައެޅިފައިވެސް އެވަނީ އެހެންވީމަ މިހާރު ހަސަން ލަތީފަށް ބުނެލަން އޮތީ ހަމަ ލަލަލާއެ

 8. ޚިޔާލް

  ވެދާނެ އިބްރާހިމް މުޙައްމަދު ދީދީ ކުރައްވާފައިވާކުށުން މިހާރު ސަލާމަތްކުރައްވާފައިވާތީ
  އެކަމުގެ އުފަލުގައި ދެފަހަރު ދެގޮތަށް ވިދާޅުވެލެއްވެނީކަމަށް މިއިން އެގެނީ ބްރިގޭޑިއާގެ
  މަގާމެއްގައި ހުންނެވި ކަމުގައިވިއަސް މަގާމަށް ކުފޫހަމަވާ ފަރާތެއްގެވާހަކަ މިގޮތަށް ނުހުންނާނެކަން އިބްރާހިމް މުހައްމަދުދީދީ ކުފޫހަމަވިކަމުގައިވިއަސް ދެއްކެވި ވާހަކަފުޅު
  ދެގޮތަށް ދެއްކެވުން ރަގަޅެއްނޫން

 9. Anonymous

  މިސޮރު އެންމެ ވައްތަރީ ފަޅުތެތޭގެ އެކަނި އުޅޭ ތާވަޅަޔަކާ

  • ކުރިމަގު

   ސަޅި ކޮމެންޓެއް ތީ

 10. ހުސެން

  ޖެނެރަލް ހަނދާންނެތޭ ޑީޑީ.. އެމް.އެން.ޑީ.އެފް ގެ ވަޒީފާގައި އުޅުނު ދުވަސްވަރު ޑީޑީ ކޮމާންޑަރުކަންކުރި ސީގްނަލްސް ޔުނިޓްގެ ހީވާގި މުވައްޒަފުން ފެނުނީމަވެސް އަހާލާނެ ކޮއްކޮތީ ކޮން ސެކްޝަނެއްގަ އުޅޭ ކުއްޖެއްހޭ...... މީ އޭނަގެ ހާލަތު..... މިސްޓަރ ފޮގެޓް ޑީޑީ

 11. ޭއެމް.ޑީ.ޕީ

  މާލޭ އޭރިއާ ކޮމާންޑަރުގެ ނާގާބިލްކަން ރަޢީސް ނަޝީދް ސިފައިންގެއަައް ފެބްރުއަރީ 7 ގައި ކޮމާންޑް ކުރން ދާންޖެހުންކަން، ނާގާބިލް އަންހެންދުޅާ ރަޑުންގެ ތެރޭން ވާމީހެއް ޑީ.ޑީ އަކީ މީނާޔައް ޖެނެރަލް ކިޔާކަށް ހައްގެއްނޫން. ޙުކުމް ކުރާކަން އިގުނީމަ ހަޓްއެޓޭކް ބިރުން ފީލީ ޔާމީމްއާއި ޑީލް ހަދައިގެން ފަހުން އުޅުނީ މިނަޔަކީ އެއްވެސް އިރެއްގަ މާކަ ގާބިލް މީހެއްނޫން ހިހޫތަނުން ކާލައިގެން އުޅޭ ސޮރެެއް މީ. އިބޫ ސޯލިހް / ފައިސަލް ނަސީމް ނަމަނަމަ މީނާ ދައްކާ ވާހަކަ ޤަބޫލް ނުކުރާތި ފަހުން ހިތާމަ ކުރަން ޖެހޭން އަޅުގަނޑުމެންގެ ވޯޓް އެއީ އުއްމީދީ ވޯޓެއްކަން ހަނދާންކުރާތި.

  • އިލްޔާސް

   ތިވާހަކަޔަށް ވަރަށް ތާޢީދު،

 12. ޢަބްދުﷲ

  އެންމެންގެ ސަޕޯޓްހޯދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ޤާނޫނުގެ ސަޕޯޓްހޯދަން އުޅުމުން އެކަންވާނެއެވެ. ނޮވެމްބަރު 11 ގައި ކުރަން އޮންނަކަމެއް ނޮވެމްބަރު 17 އަށް ބަދަލުކުރެވޭނީ، ޤާނޫނު އަސާސީއާއި ޚިލާފަށެވެ.