އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާދަމާ ނުރަސްމީ ދަރުތު ފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިއާ ވިދާޅުވީ އިންތިހާބީ ރައީސް މާދަމާ ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އެކެއް ނޮވެމްބަރު ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގައި ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު އަމުރުކޮށްފައި ވާތީ އެކަމަށް މަރުހަބާވެސް ވިދާޅުވެފައެވެ.
އަންނަ މަހު ފުރަތަމަ ދުވަހު ކުރީގެ ރައީސް ނަޝީދު އަށް ކުލަގަދަކޮށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ތައްޔާރުވަމުން ދާއިރު ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ޗާންދަނީ މަގު ރީފްސައިޑް ކަންމަތިންނެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައި ވާއިރު އެދުވަހުގެ ހަރަކާތަކުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވައެވެ.
ބަލާތިދަނީ ރަސޫލާއައް ފުރައްސާރަ ކުރި ރަސޫލާގެ ހަދީޘް ނޫން އެހެން އެއްޗެއް ހޯދަންއުޅޭ ނުބައި އިންސާނެއް. ﷲ ޢިރާދަފުޅުން ދެން މިގައުމަކައް އޭނާއަކައް ނާދެވޭނެ
ާބާބަލާ ކުލެނީތޯ
ދުވަސްކޮޅަކުން ތީނަގެކަންތައްތައްފެންނާނެ އަހަރެމެން މިތިބީތިކުޅިގަޑުބަލަން އެދުވަހު ހަހަހާ
ޕަޕެޓް އެބަޖެހޭ ޕަޕެޓް މާސްޓާ ބަލާދާން.. އެހެންނުން.....
ނަޝިދު އަކީ މި ގައުމަށް ހިޔާނައްތެރިވި ބޮޑު ޚާއިނެތް ގައުމަށް ގައްދާރު ވެރިވި ބޮޑު ގައްދާރެއް... ...
އަދިވެސް މައިބަދަ ރަނގަޅުނުވަނީ ކަންނޭގެ... މީހަކުގޮސް އަތުލަފިކޮށްގެ ގޮވައިގެން
އަންނަންޖެހެނީ!!
ޢަރުވައިލެވިގެންތަ؟ ނޫނީ ފިލައިގެންތަ؟
ރަނގަޅަށް ބޭރު ނުފެންނަގޮތަށް ޕާރުސަލްކޮށްގެން ގެނނަށްޗެ ތީ މުގައުމށްޖެހިފައިވަ ބަލާވެރިކަމެއް މިގައުމށް ގައްދާރުވެފައިވާ ލުއއޗާއެއް
ކިތަމެވަރައް ގޮސް ގެނަޔަސް އެވާނީ ހަމަ ވަގަކަށް
އިބޫ ހުވާކުރެއްވުމުގެކުރިން ތިހައްދަވަނީ ގޯހެއް ތިހެންހެއްދެވީމާ އީތުބާރު މާކުރިން ގެއްލިދާނެ ތިއީ ޕަޕެޓުންކުރާޒާތުގެކަމެއް މިހެންމިބުނީ ނަޝީދުއަކީ ކުރައްވާފައިވާ
ކުށަކަށް ތޭރައަހަރުގެ ޖަލުހުކުމެއްއައިސްފައިވާ ފަރާތެއް އެހުކުން ތަންފީޒްކުރެވިފައި
ނުވަނީ މައިބަދައަށް ފަރުވާކުރަންކަމަށް ވިދާޅުވެ ގައުމުންބޭރަށް ވަޑައިގެން ގައުމެއްގެ
ހިމާޔަށްހޯއްދަވާ ފިއްލަވައިގެން އުޅުއްވާ ގޮތަށް އުޅުއްވާތީ އަހަރެންދެކެނީ ގައުމަށާ،
ރަށްޔިތުންނަށް އިޚްލާސްތެރި ބޭފުޅެއްނަމަ ނަޝީދުގެ ސަޕޯޓަރުންގެ ސަޕޯޓްހޯއްދަވަން
ނޫޅުއްވާ އިބޫ ފުރަތަމަ ކުށްވެރިންގެ ހުކުން ތަންފީޒްކުރައްވަންއުޅުއްވާނެކަށް ސާބިތު
ނުކުރެވޭ ފަރާތްތަކަށް ވަގަށް ގޮވުމަށްވުރެމާގޯސްނޫންތޯ ކުށްސާބުތުވެފައިވާ ކުށްވެރިއަކު
ބަލާދުރުވުން