އެމްޑީޕީ މުޒާހަރާތަކުގައި ހާއްސަ ޔުނީފޯމެއް ލައިގެން ކުރީ ސަފުގައި މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ ލަވަތައް ކިޔަމުންދާ އާދަމް މޫސާ މަޝްހޫރު ނަމުން ނަމަ ކޮމާންޑަރުގެ ހާލު ކުއްލިއަކަށް ބޮޑުވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
އާދަމް މޫސާ މީގެ ދެދުވަސް ކުރިން އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ހަށިގަނޑުން ފެން މަދުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެއެވެ.
އާދަމް މޫސާ އައިޖީއެމްއެޗުގައި އެޑްމިޓް ކުރުމުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އަދި ހެޔޮ އެދޭ ފަރާތްތަކުން ގެންދަނީ އާދަމް މޫސާ އަށް އަވަސް ޝިފާއެއް ދެއްވުން އެދި މީސް މީޑިއާގައި ގިނަ ޕޯސްޓްތަކެއް ކުރަމުންނެވެ.
އާދަމް މޫސާ އަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ގިނަ ބައެއްގެ މުނިފޫހިފިލުވައިދޭ މީހެކެވެ.
އަވަސް ޝިފާއަކަށް އެދެން
ސޯޝަލްމީޑިޔާގަ ތިގޮތަށް ހެޔޮދުއާ ކުރަންޏާ ތިއޮތީ ރަގަޅަށް. އެމީހާގާތަށް ދާނެކަމެނެތް. ﷲއަށް ޝިފާދެއްވުމަށް ދެއަތް އުފުލާނެކަމެނެތް. މަރުވާމީހާގެ ގަބުރަށް ޒިޔާރަތްކޮއްފަ މާބޮޑިއެ ބާއްވާފަ އާއިމަވީ. ކަޅުހެދުމުގަ.
ޕޯސްޓް ކޮއްފައި ޓްވީޓް ކޮއްފައި ގޭގައި ތިބީމަ ބަލައެއް ނުގަނެވޭ، މިއީ ޖާނާ މާލުން އެމްޑީޕީއަށް ގުރުބާންވާ މީހެއްގެ އެންމެ ކުޑަމިނުން ގޮވާލަންވެސް އިސްމީހަކުނުދޭ!
މިފަދަ ދުވަސްވީ އިސް ރަތްވެހިންގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ބަޔަކު ހިފައިގެންނުވާނެ!! އަޅުގަނޑަށް މިފެނުނީ އެމްޑީޕީން އެފަދަކަމެއް ކުރަމުން އައިތަން!! އެމްޑީޕީއަށް ސަޕޯޓްކުރާ އިސްރަތްވެއްސަކު ޔުނިފޯމެއް ލައްވައިގެން މަގުތައްމައްޗަށް ނެރެ އެންމެކުރީ ސަފުގައި ބަހައްޓައިގެން ކަންތައްތައްކުރުވުމަކީ ހަމަޖެހޭ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން!! އަދި އެހެން ޕާޓީތަކުންވެސް ކޮށްގެންވާނެކަމެއްނޫން!! ޔުނިފޯމެއް ލައްވައިގެން ކޮންމެ ތަނަކަށް ނެރެފައި ބެހެއްޓޭނީ އެޕާޓީގެ އިސް ސަޕޯޓަރުންގެ ވެސް ރުހުމާއެކު!! މިފަދަ ކަންތައްތައް ކުރުން ހުއްޓާލަން ޕާޓީތަކަށް ގޮވާލަން!! އާދަމް މޫސާއަށް އަވަސް ޝިފާޢަކަށް އެދެން!!
" އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އަދި ހެޔޮ އެދޭ ފަރާތްތަކުން ގެންދަނީ އާދަމް މޫސާ އަށް އަވަސް ޝިފާއެއް ދެއްވުން އެދި މީސް މީޑިއާގައި ގިނަ ޕޯސްޓްތަކެއް ކުރަމުންނެވެ ."
މީސްމީޑިއާ އަކު ނޫނ ޝިފާއަށް އެދޭނީކީ! އެއީ ދެއްކުންތެރިކަން. މުސްލިމުން އަނެއް މުސްލިމް އަޚާއަށް ޝިފާއަށް އެދޭނީ ﷲ ގެ ޙަޟްރަތުގަ. ސިއްރިއްޔާތުގަ.
ތީ ޝައިތޯނެއް
މިއީ މުހައްމަދުގެ އާއިލާ މީހަކަށް ދިމާވިކަމެއްނަމަ މުހައްމަދު ހަމަ ތިހެން ބުނާނަންތަ!
ކެކެކެކެ.? އެމްޑީޕީގައި ކޮމާންޑަރުން ވެސް ތިބޭތަ؟
މިޕާޓީގެ މުޒާހަރާ ތަކުގެ ޖަޑިބަށް އަވަސް ޝިފާއަކަށް އެދެމު.
އަންނިއަކީ ސޮލަވާތް ނުކިޔަވާ މީހަކަށްވެ ފާޑުކިޔިމައްފަހު މިހާރު އަންނިއާއި އެކުވެރި ގުޅުމެއް ބާއްވަމުން ގެންދާ، އަދި ތިމެންންނނަގެ ދުޢާ އިޖާބަކުރައްވާކަަމަށް ދަޢޮވާ ކުރާ ޝޭޚަކު (ސޭކަކު) މިހާރު މޑޕ ގައި އެބަ އުޅޭނޫންތޯ! އޭނަ ލައްވާ ކޮމާންޑަރަށް ދުޢާކުރުވަނިކޮށް ގިނައިރެއްނުވެ މުޅިން ރަގަޅުވެދާނެ! މުޖައްރިބު!!!!!
ހޮސްޕިޓަލަށް ޒިޔާރަތް ނުކުރާކަން ފާހަނގަކުރަން. ލައިލާ ޒިޔާރަތްކުރެއްވި.
އެމްޑީޕީގެ މި ދޮށީއުމުރުގެ މީހާ ޖުއްބާއެއް ލައްވާފަ ނަމާދައް ފޮނުވަން ބާރު އެޅިނަމަ ކިހާރަގަނޅު މިބޭފުޅާއަށް އަވަސް ޝިފާއަކަށް އެދެން .