އިންތިޚާބީ ރައީސް އިބޫ އުމްރާގެ އަޅުކަމުގައި – ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް
އިންތިޚާބީ ރައީސް އިބޫ އުމްރާގެ އަޅުކަމުގައި – ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އުމްރާގެ އަޅުކަން އަދާކުރައްވައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް އިބޫ އުމްރާގެ މަތިވެރި އަޅުކަން އަދާކުރައްވައިފި ކަމަށާއި މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ އިސްފަރާތްތަކުން ވެސް އެމަނިކުފާނާއި ބައްދަލު ކުރައްވާ މަރުޙަބާ ދަންނަވާފައިވާ ކަމަށެވެ.

ނަމަވެސް އިބޫ އާއި ބައްދަލު ކުރެއްވި ފަރާތްތަކުގެ ތަފްސީލެއް އިންތިޚާބީ ރައީސްގެ އޮފީހުން ދެއްވާފައެއް ނުވެއެވެ.

އިބޫގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން ވެސް ވަނީ އުމްރާ އަށް ވަޑައިގެންފައެވެ.

އިބޫ، އުމްރާގެ އަޅުކަމަށް ފުރާވަޑައިގަތީ ސައޫދީ ސަރުކާރުން ފޮނުވައިދިން ޕްރައިވެޓް ޖެޓެއްގައި އިއްޔެގެ ވަގުތެއްގައެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބޫ ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބައެއް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވެސް ކުރިން އޮތީ ވިދާޅުވެފައެވެ. ނަމަވެސް އިބޫ ބައްދަލު ކުރައްވާނެ ބޭފުޅުންގެ ތަފްސީލެއް މާރިޔާ ވެސް ދެއްވާފައެއް ނުވެއެވެ.

އުމްރާގެ އަޅުކަމަށް ފަހު އިބޫ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހުސް ގޯލްޑްޑިގަރުންދޯ !!!!ލާރި ހުރިމީހަކު ބޯޓު ފޮނުވީމާ ދިޔައީ!!!!އުމްރާއަކީ ސައިޑް ކަމެތާ!!!!

  2. އަލްހަމްދުﷲ އެނބުރިއައިސް ފުޅިއެއްގަ އަތްނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު

  3. ކިތައްމެވަރަކަށް އުމުރާވިޔަސް ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމަކީ ﷲ ނަހީކުރައްވާފައިވާ ނުބައި ޖަރީމާއެއް، ރައީސުކަމަށް ހުވައިކުރައްވާއިރު ޔަގީންވާންޖެހޭ ތިމަންނަ މިހުވާކުރަނީ ޞައްޙަ ވޯޓަކުން ނެރެވިފައިވާ ނަތީޖާއެއްގެ މައްޗަށްތޯ؟؟އަނެއްކޮޅުން ވާދަކުރެއްވި ރ.ޔާމީނުގެ އެތަކެއްހާސް ސަޕޯޓަރުންގެ ވޯޓްޙައްގު ނިގުޅާއިގެން ރިޝްވަތަށް ފޭރިގެންފައިވާ ވެރިކަމެއްކަން މިގައުމުގަ އެއްމެ ކުޑަކުއްޖާއަށްވެސް ޔަގީންވާއިރު، އަދި އީސީގެ އައްދާރުން ޕީޕީއެމްގެ އެތަކެއްހާސް ރީރަޖިސްޓްރީފޯމް ނަތްތާލާފައިވާއިރު އެރައްޔިތުންގެ ކާރިން ޙައްޤުކަނޑުވުމަށްފަހު ﷲއަށް ތަޢުބާވެވޭނީ

  4. ދެން އިބޫ އޭ ކިޔައިގެން މުޚާތަބް ކުރުން ހުއްޓަން ވެއްޖެ އެންނު

  5. ﷲއަށް ޓަކާ ކުރެވޭ އެވެސް ކަމެއް ދެއްކުންތެރިކަމާއެކުކުރުމަކީ އެއްވެސްސަވާބެއްލިބޭނެކަމެއްނޫން...ފޮޓޯނަގާފަ މިއޮތީ އުމުރާކޮއްފައޭބުނުމުން ދުނިޔެއަށް މިދެއްކެނީކޯޗެއް...ސުބުހަނަﷲ..

    • ނޫން އެތަނެއްފައި އަލީޒާހިރު ކިޔާމީހެއް ހުރެއްޖެނަމަ ﷲ ގަބޫލު ކުރައްވާނެ! އެވަރިހަނަ ރުޘްވަތު ނަގަން ބޯޓު ފޮނުވައިގެން ކުރާ ދަތުރަށް ވިޔަސް.

  6. ކަންދެެއްކުން

    ތީހަމަކަންދެއްކުން

  7. ކޮއްކޯ، ތި އަޅުކަމުގެ ފުރިހަމަ ފައިދާލިބޭނީ ބަނގުރާބުއިން މުޅިން ހުއްޓާލީމަ.

  8. ޑިމޮކްރަޓިސްޓް

    ކޮބާ ކަންނެލި އޮޑި.. މީކީ ދެއްކުންތެރިކަމެއް ނޫންތަ؟ އޮފީހުން ޓްވީޓްކޮށް އިޝްތިހާރުކުރުން މީ.. ޔާމީނު ހައްޖަށް ދިޔަވާހަކަ ނޫސްތަކުގަ ޖެހީމަ އިޝްތިހާރަށްވެގެން ރީންދޫ ޝޭހުން ހޭކެނޑިގެން އުޅުނީ..

  9. ރަސޫލާﷺ ކުޑަކުދިންނާ އިންނަނީއޭ ކިޔާފަ ހަޖޫޖެހިރިއު އަތްޖަހާފަގޮސް މިހާރު ހުދު ކާފޫރައްވީދޯ..

  10. ދެއްކުންތެރިކަން ވަރަށް ބޮޑު.

  11. އުމްރާ ކުރަން ދިޔަ މީހަކު ވިއްޔާ އަންނާނީ އުމްރާ ކޮށްގެން. އަޅުކަން ކޮށްފަ ދުނިޔޭގެ އެއްމެނަށް ކޮށްމެހެން އަންގާކަށް ނުޖެހޭނެ.

  12. މިއޮތީވާކަމެއް މޑޕ މީހަކު އަޅުކަމެއްކުރިޔަސް އިސްތިހާރު ކުރޭ

  13. ބަލަ މިދަތުރުގަ ސަޢޫދީގެ އިސްފަރާތް ތަކުން ބައްދަލުކުރި ވާހަކަ ލިޔުނުއިރު މި ދަތުރަކީވެސް އެމީހުންގެ ދަޢުވަތަކަށް އެމީހުނާ ބައްދަލު ކުރަންކުރި ދަތުރެއްކަނ.ް ނުދަންނަ މީހަކު ނެތޭ އެހެންވެތާ އެމީހުން ޖެޓް ފޮނުވައިގެން އެގެންދިޔައީ ވެސް ފުރަތަމަ އެމީހުނާ ބައްދަލު ކުރީ ދެން ޢުމްރާކުރީ ދޮއްތަ އިބޫ އުމްރާ އަކަށް ދިޔައިމަ އެމީހުން ބައްދަލު ކުރީކަމަށް ދޭހަވާގޮތަށް ލިޔުމަކީ ގޯހެއް ވެރިަކަމަށް އަންނަން ތިބި މީހުންނަށް ހެޔޮކޮއް ކަން ތައް ކުރުމުގެ ތައުފީޤު ދެއްވާށި

  14. ާދިވެއްސަކު އަލައް އުމުރާޔައް ތިފޮޓޯ ތައް ވަރައް ގިނައިން ޖަހަން ވާނެ

  15. ދެއްކުންތެރި އަމަލަކީ ކޮންކަހަލަ ކަމެެއް ދީނީ އިލްމުވެރިއެއް ޖަވާބު ދީބަލަ ނިކަން އިޔާޒުމެން ކަހަލަގެ

  16. އުމުރާއަކަށް ނޫން އަސުލު ދިޔައީ. އަލްޖަޒީރާ ބައްލަވާ. އަންނިގެ ފަލޯއަޕް މީޓިންގ އަކަށް ދިޔައީ. އަލްޖަޒީރާގަ ރިޕޮޯޓުކޮށްފައި ވާފަދައިން ބައެއް ގައުމުތަކުގެ އިސްވެރިން އުމްރާގެ އަޅުކަމުގެ ބޮލުގަ އަޅުވައިގެން މިއޮއް ހަދާ ޑީލްތަކުގެ ހަގީގަތް ދެނެގަންނަން ޖެހެއެވެ. ރައީސުން ރައްތިޔުންނަށް އޮޅުވާލައިގެން ހައްޖަށް ދިޔަސް އެއީ ކޮރަޕްޝަނެވެ. ދައުލަތުގެ މަގާމުތަކުގެ ނާޖާއިޒު ފައުދާ ނެގުމެވެ. ޖަވާބުދާރީވާންޖެހެއެވެ.
    ޖަޒީރާ ބައްލަވާ!

  17. ޑިމޮކްރަޓިސްޓް

    ކޮބާތަ ކަލެޔާއެއްކޮށް ދިޔަ 24 ގަޑިއިރުން ހިދުކޮޅެއްގަ ލޯ ނުހުޅުވޭ ކަލޭގެ އަންހެނުން.. އޭނަ އުމްރާއަށޭކިޔާފަ ކޮންތާކަށްވަނީ..

  18. މިޔޭ މަބުނާވާހަކަ. އަންނިވެސް ދިޔަނަމަ ފޮޓޯހުރީހޭ.

  19. އަޖާއިބު އަންތަރީސް

    މިޔޭ މަބުނާވާހަކަ. އަންނިވެސް ދިޔަނަމަ ފޮޓޯހުރީހޭ.

  20. ބަލަ މިމީހުން ހީކުރަނީ ދިވެހިންނަކީ އަދިވެސް މޮޔަ ބައެއްކަމަށް. ސައުދީ ސަރުކާރުން ޖެޓް ފޮނުވައިގެން ތިގެންދިޔައީ ކޮންމެހެން އުމުރާއަކަށް ނޫން. އެންމެނަށްވެސް އެނގޭ ފ.އަތޮޅުގެ ޑީލްކަންތަކުގަކަން. ދެން އުމްރާވެސް ކޮށްލީތާ މީހުން އޮޅުވަން.

  21. އިބޫ ގާސިމް ގޮވައިގެން ތިޔަދިޔައީ ކަލޭ މޮޔަތަ އަނެއްކާ އޭނަ ވާހަކަ ދެއްކީ ކޮންބަހަކުންބާ