ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އައްޔަން ކުރަން ފާސްކޮށްފިއެވެ.

ޖޭއެސްސީއަށް ފާރިސް އައްޔަންކުރަން ފާސްކުރީ 67 މެމްބަރުން ވޯޓާއެކުއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި މީގެކުރިން ހުންނެވީ ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ރިޒާއެވެ. ނަމަވެސް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އޭނާ މަގާމުން ދުރުކުރަން ފާސްކޮށްފައެވެ.

ޖޭއެސްސީ އަކީ 10 މެމްބަރުން މައްޗަށް އެކުލަވާލެވިފައިވާ ކޮމިޝަނެކެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރަކާއި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަލީމް

    ރިޒާ ބޭރުކުރީ އަތް ބާނަނީއޭ ކިޔާފަ މީނަ ބާނާނީ އަތެއް އެކަންނެއް ނޫން މީހާވެސް ބޭނޭނެ. އެހެންވެގެން ތީނަ ތިތަނަށް ތިލީ. 2 ފަނޑިޔާރުންނާ ބައްޕަޔާ މީނަ ސަލާމަތް ވާނެ ގޮތެއް ހޯދީ.

  2. ރުޒާނާ ޗޮއްޕަޓު

    ނަސީބެއްނު އެންގްރީބާރޑް މެން ކަހަލަ އަގު ވެއްޓިފަ ތިބި ހަޔާތް ކުޑަ މީހަކަށް ނުލިބުނުކަން.

  3. ވާލުސޮރު

    ސުބުހާނަﷲ ޖޭ އެސް ސީގެ އަސްލުގެއްލި އޮޅުންބޮޅުންވެ މައުމޫނިޔަ ޚުދުމުހުތާރު 30 އަހަރު ފާލުވާން ފެށީ އަދު އިންސާފުވެސް މަހަށް ފުރީ

  4. ޢަބްދުﷲ

    މަރްޙަބާ އަޙްމަދު ފާރިސް މައުމޫނަށް ! ޢިލްމުވެރި ޤާބިލު ޒުވާން ބޭފުޅުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބެންޖެހޭނެއެވެ.

  5. އަހުން

    ހުދުމުހުތާރު ވެރިޔާގެ ދަރިޔަށް ޖޭއެސްސީގެ މެންބަރުކަން ލިބުމަކީ ހަގިގަތުގަވެސް ހިންގި ބޮޑު ޖަރީމާއެއް.

  6. ދުންޏާ

    ދެން ކާކަށް މަޖުލީސްގެ ނައިބު ރައީސްކަން؟

  7. އަލީ

    ގުންޑާ ފާރިސްއަށް ޖޭއެއްސީގެ މެމްބަރުކަން ލިބުނީމައި ބައްޕާފުޅު އުފާފަށެއްވާނެދޯ!

  8. އަލީ

    ރައްޔިތުންގެ ފައިސާއިން ކާންދީ ކިޔަވައިދީހެދީ ދެންމުސާރަބަޑުއަޅާ

  9. ލައު

    އައްޗީޑި އެއްވެސް އިލްމެއް ހިލްމެއް ހުރިމީހެއްނޫން ހަމަ ހުރިސޮރެއް ބަފާ 30 އަހަރު ވެރިކަންކުރީތީ ފޮނިވަނީ ރައްޔިތުންގެ ފައިސާދައްކާފައި ސަލާމަތްކޮށްގެން ރާއްޖެ ގެނައީ