މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން ފެށިގެން ވަރަށް ގިނައިން އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގެން އުޅުއްވާ އައިޝަތު ނަހްލާ އިސްވެ ހުންނަވައިގެން އުފެއްދި ޖަމިއްޔާއެއް މިރޭ އިފްތިތާހް ކޮށްފިއެވެ.
ގާސިމްގެ ހަގު އަނބިކަނބަލުން ނަހްލާ އުފައްދަވާފައި ވަނީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" ނަމަކަށް ކިޔާ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާ އިފުތިތާހު ކުރުމުގެ ހަފްލާ އޮތީ މިރޭ ހޮޓެލް ޖެންގައެވެ. މި ޖަމިއްޔާއަކީ ގައުމު އާރާސްތުކުރުމުގައި އެހީތެރިވުމުގެ އިތުރަށް އިޖުތިމާއީ މަސައްކަތްތައް ހިމެނޭ ގޮތަށް އުފެއްދި ޖަމިއްޔާއެކެވެ.
ނަހްލާގެ މި ޖަމިއްޔާ އިފްތިތާހް ކޮށްދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ މަސައްކަތުގެ ނަތީޖާ ނެރެން ވިސްނާ މީހަކަށް އެންމެ މުހިންމުވަނީ ވަގުތީ ނަތީޖާއަކަށް ވުރެ ދެމެހެއްޓެނިވި ނަތީޖާއެއް ކަމަށެވެ. އަދި މިފަށާ މަސައްކަތުގެ އަމާޒަކީ އިޖްތިމާއީ ބައެއް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ނެރެދިނުމުގައި ވެވުނު ވަރަކުން އެހީވުމާއި ބައިވެރިވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނަހްލާގެ ޖަމިއްޔާ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގާސިމްގެ އަނބިކަނބަލުން ނަހްލާ މިރޭ ޖަމިއްޔާއެއް އިފްތިތާހް ކުރިއިރު ދާދިފަހުން ވަނީ އޭނާގެ މައުލޫމާތުތައް ހާމަކުރުމަށް ވެބްސައިޓެއް ވެސް އިފްތިތާހް ކޮށްފައެވެ.
ކީހަވަރަކުަން ދާނެބާ
މިވެރިކަން ގާސަމަށް އަބުރާލުމައްޓަކާ ޖަހާފުރަތަމަމަޅި މަޖުލިސްއިންތިހާބަށްފަހު މިކަންފެށޭނެ. އެއްމެދަތިކޮށް އުޅޭނީވެސް މެމްބަރުން. ނުކުޅުދުންތެރިކަން ހުންނަމީހުންނާ ދަތިހާލުގައުޅޭމީހުންނަ އެހީވާން ހެދިޖަމިއްޔާއެކޯ ތިޖަމިއްޔާގެ ބޭނުންޖެހިފަތިބީ ފަޑިޔާރުންނާ މަޖުލިސްމެމްބަރުންނާ ފުލުހުންގެބޮޑުންނާ ޓެކްސްނަގާބޮޑުންނާ މިނިވަން މުއައްސަސާގެ ވެރިން. މިއީ ނިކަންދަތިހާލުގައުޅޭ ބައެއް. ވޯޓުދުނުމުގެކުރިން ގާސިމުގެ މަޅިފައްޗަށް ވިސްނާތި.
ކީހަވަރަކުަން ދާނެބާ
ސާބަސް ކަމަނާއަށް ކަމަނާގެމަސައްކަތުގައި ބަރަކާތްލައްވާށި
ހާދަވަރަކަށް ތި އިސްތިހާރުވަނީ. އަދިކިރިޔާތަ ގާސިމުދެކެ ލޯބިވެވުނީ
މެޑަމް ފާތުމަ ވާންދޯ މިއުޅެނީ
ވެރިކަމަށް ފައިނެގުމުގެ މަރުހަލާ ތިފެށުނީ، ތިކަހަލަ ކޮންމެ ފައުންދޭށަނެއްގެ ފެށުމަކީ ވެރިކަމަށް ފައިނެގުން.
މިހާރުވެސް އެމޮޅަށް ކިޔވާދޭ ވިލާކޮލެޖުގެ ނައިފަރު ކެންޕަހުގެ ކޯސްތަކުގައި ރަނގަޅަށް ކިޔަވާނުދެވޭ، ބައެއް ކޯސްތަކގައި ނުކިޔަވާދީ އެތަކެއް މަހެއްކޮއްފައި، ނުކިޔަވާދޭ ބައިތަކެއްގެ ޓެސްޓު ދީގެން އެކުދިންތަކުގެ ބޯގޮވަނީ، ދެން އެބުނަނީ މިޓެސްޓު ނުހެދިއްޔާ ކޯހުގައި ކަލެޔަށް ދެން ކުޔަކައް ނުދެވޭނެޔޭ، ކަލޭ ކަލޭ ކޯހުން ފޭލިއްޔޭ،
މީހުންގެ އަތުން ބޮޑު ފީނަގައިގެން އެއްބައިކިޔަވާދީފައި، ގެޔައްފޮނުވާލީމާ ކިހާދެރަ، މީހުން ހަމަ ފެލާލަނީ،
ހާތްތެރީ..! އިމުރާނުގެ އަންހެނުން މޫނު ބުރުގާ ނެގީތަ؟ އެއީ އެމަންޖެތަ އަނެއްކާ..!!
ސޭޓުގެ އަންހެނުންވެސް ތިފެށީ ފާތުމާވެސް ކުޅުނު ކުޅިގަނޑު.
މީނައުފެއްދި ޖަމްޢިއްޔާގެ ނަމަކީ ގަސްކޫޑި ޖަމްޢިއްޔާ މިޖަމިއްޔާގެ މަގުސަދަކީ ކޫޑިތެޅުން
ނަހުލާ ރަނގަޅުވާނެ ކިރު މައި ކަނބަލުންގެ ނަމުގައިވެސް ޖަމުޢިއްޔާއެއް އުފައްދަން.
ހޫނހޫ ޫ ޫ ޫ. ކޮންމެ މީހަކު މެޑަމް ފާތުން ހެދެން މިހާރު ހާދަ ވަރަކަށޭ މިއުޅެނީ. ކެކެކެކެކެކެކެ
ތިޔަ އުޅެނީ މެޑަމް ފާތުމަތު ކޮޕީކޮހްގެން. ހެހެ..
ދެވަނަ ފާތުމަ އުފެދެނީ! 2023 އަށް!
މެޑަމް ކަން ލިބޭއިރަށް ތައްޔާރު ވަނީ ދޯ. ކުރިޔައް އޮތް މަދުދުވަސް ކޮޅެއްގެ ތެރޭގައި ގާސިމް ސޭޓް ރައީސް ކަމަށް މަޖިލީހުގެ ރުހުމާއި އެކުއަންނާނެ.
މީހަކުކުރާހާކަމެއް ކުރަންޖެހޭނެ ތާކުހުރިރަންދިއެއް ގެނެސްގެންމުޅިރާއްޖެތެރެއް ވިއްކައިގެން އިންތިހާބުރިސްވަތުދީއޮޅުވާލައިގެން މުޅިގައުމުފަސާދަކުރަމުން މިހިގަނީ ދެމަރުގާސިމު ނިކަމެތިންދާގަނދުގަޖެހިފަ މުސްސަދިން ދާފަޅާލާފަނިކުންނަނީ މިއައްކިޔާނީކަނދުގެހުކުން
ދެވަނަ މެޑަމް ފާތުމާ ފާޅުވަނީބާ
ބާރަށް އަތްޖަހާ. ޔާމިނުގެ އަބިކަމަނާ ވެސް ޖަމިއްޔާެެއް ހެއްދެވި. ޔާމިނަށް ވީގޮތް ސޭޓަކަށް ނުފެނޭތަ. ތިޔަ ޖަިމިއްޔާ ނަގަހަށްޓަން ސަރުކާރުގެ ފައިސާ ޗެނަލް ނުކޮށްލެވިދާނެ. އެހެން ވެއްޖެނަމަ ވިލާ އަޢް މަޖުބޫރު ނުވާނެތޯ. ސޭޓޫ. ހޭއަރަން ވެއްޖެޔޭ.