އިންޑިޔާގެ ކުންފުނިތަކަށް، ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓު ކުރުމަށް ހުޅުވިގެންދާ ފުރުޞަތުތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެ ވަޑައިގެންނެވި މޯދީ، މިހެން ވިދާޅުވީ، ރާއްޖެ އާއި އިންޑިޔާގެ ސަރުކާރު ގުޅިގެން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައެވެ. މި ބަޔާން ނެރެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އިންޑިޔާގެ ބޮޑުވަޒީރު ބައްދަލުކުރެއްވުމަށް ފަހުއެވެ.
"ބޮޑުވަޒީރު މޯދީ ދަނީ އިންޑިޔާގެ އެކި ކުންފުނިތަކަށް، ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ހުޅުވިގެންދާ ފުރުޞަތުތަކަށް މަރުޙަބާ ދަންނަވާފައި. އަދި، ދެ ޤައުމުގެ ރައްޔިތުންނަށް އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާއެކު ދަތުރު ކުރެއްވޭކަން ފާހަގަކުރެއްވާ ވިސާގެ ކަންކަން އަދިވެސް ފަސޭހަ ކުރުމަށް ދެ ލީޑަރުން މަޝްވަރާ ކުރެއްވި." ގުޅިފައިވާ ބަޔާނުގައިވެއެވެ.
މި ބަޔާނުގައި އިތުރަށް ބަޔާން ކުރައްވާފައިވާ ގޮތުން، ދެ ޤައުމު ގުޅިގެން ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ދެ ލީޑަރުން ވިދާޅުވެފައިވާކަމަށްވެސްވެއެވެ. އަދި، އިންޑިޔާގެ ކަނޑުގެ ސަލާމަތާއި ހަމަޖެހުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ހަމައެހެންމެ، ދެ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އޮތް ގޮތް، ރައީސް ސޯލިހު ބޮޑުވަޒީރު މޯދީ އަންގަވައިދެއްވާފައިވާކަމަށް ބަޔާނުގައި ވިދާޅުވިއެވެ. މީގެއިތުރުން، އައު ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިންޑިޔާ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެސްވެއެވެ.
"ދެ ލީޑަރުން ވަނީ ރާއްޖޭގެ ތަރައްޤީގައި އިންޑިޔާ އަށް އެހީތެރިވެވިދާނެ ގޮތްތައް ވަކީން ޚާއްޞަކޮށް އައު ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހީތެރިވެވިދާނެ ގޮތްތައް މަޝްވަރާ ކުރައްވާފައި. ރައީސް ސޯލިހު ފާހަގަ ކުރައްވާފައިވޭ ރާއްޖޭގައި ގެދޮރާއި އުމްރާނީ ތަރައްޤީ އަދި ބައެއް ރަށްތަކަށް ފެނާއި ނަރުދަމާ ބޭނުންވާ މިންވަރު." ގުޅިފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިންޑިޔާ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީ ރައީސް ސޯލިހަށް ދައުވަތު ދެއްވާފައިވާއިރު ރައީސް ސޯލިހުވަނީ އެދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޓީމެއް، ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މި މަހުގެ 26 ވަނަ ދުވަހު އިންޑިޔާ އަށް ވަޑައިގަތުމަށްވެސް ވަނީ ނިންމަވާފައެވެ.
އެއް ގައުމަކަށް ހެދީމަ ވިސާގެ ކަންތައްތައް ފަސޭހަވާނެ. މަށަށް ފެންނަނީ ގޮތްދޫކޮށްފަ އިންޑިއާ ރާއްޖޭގެ ދިދައިގެ ދަށަށް އައުން.
އެއީ ކޮންއެގުރިމެންޓެއްގަ ސައިން އެކުރަނީ ނިކަން ހާމަ ކޮށްލަދީބަ ރައްޔިތު މީހާއަށް. މިހާރު މިއިގުނީ ކޮންމެވެސް އެތިގަޑެއް ދޭތީކަން މީނަ މިވަރަކުން މިތަނަށް މިއައީ. ކޮބާތަ އަހަރެމެންގެ ނަވާޒް ނިކަން މިކަމުގެ ހަގީގަތް ސާފުކޮށްލަދީބަލަ
އިންޑިޔާ އަށް އެއަރޕޯޓް ނުދޭތި، އަހަރެމެން ގަބޫލެއް ނޫން.
ާިނޮ
ކީއްވެތޯ ވަކި ކޮޅަކަށް ބުރަވީ، ދިވެހި ކުންފުންޏަކަށްހިނެދު ކަރައިގައި ހުރި ފުރުސަތު ތަކާ މެދު އެންމެ ކުޑަމިނުން މަޝްވަރާ ވެސް ކޮއްނުލެއްވީ؟
"..އިންޑިޔާގެ ކަނޑުގެ ސަލާމަތާއި ހަމަޖެހުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ..."
މޯދީ މިބުނާ އެއްޗަކީ، އިންޑިޔާ ކަނޑުގެ ސަލާމަތަށޭ ކިޔާފަ ދިވެހިރާއްޖޭގައި އެމީހުންގެ ބޭސް އެއް ހަދާދޭށޭ!
އިންޑިޔާ ކަނޑުގެ ރާއްޖޭގެ ސިޔާދަތުގެ ދަށުގައވާ ފާޅީގެ ސަލާމަތްތެރިކަން ބަލަހައްޓަންވާނީ ރާއްޖޭގެ ސިފައިން. އެޤާބިލްކަން ދިވެހި ސިފައިންގެ އެބަހުރި، ނެތީ ވަސީލަތް.
އެހެންވީމާ އިންޑިޔާއިން ނިޔަތް ރަނގަޅު ކަމަށްވަންޏާ ރާއްޖެޔަށް އިތުރު ސިފައިން ފޮނުވުމުގެ ބަދަލުގައި ރާއްޖެއަށް ފޯރުކޮށްދޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަށް..
މިހާރުވެސް ނުރަސްމީކޮށް ދަނީ އައްޑޫގައި އަދި ގަމުގައި 50 ވުރެ ގިނަ އިނޑިޔާ ސިފައިން ހަރަކާތްތެރިވަމުން.
މިކަހަލަ ގޯސްތަށް ހަދަން ސަރުކާރަށްވެސް ފުރުސަތު ސިފައިން ދީގެން ނުވާނެ. ސިފައިން ވާންޖެހޭނީ ޑިސިޝަން ނަގަނ ކެރޭ ބަޔަށް.
އިންޑިޔާގެ ކަސް ތަރައްގީ!! ފިނިޝިންގް ހަމަ ސުމެއް!! މިރާއްޖެ ބޭނުންވަނީ ޒަމާނީ އަދި ކޮލެޓީ އާދެ އައިއޯއެސް ސްޓޭންޑެޑްގެ ތަރައްގީ!! ތީ މިގައުމު އަޅުވެތި ނުކުރެވިގެން އުޅޭ ބައެއް!! ވަރަށް ސަލާމް!!
އިންޑިޔާއަކަށް މިގައުމަށް އެހީއެއް ނުވެވޭނެ . އިންޑިޔާއަށް ވުރެ ދިވެހިރާއްޖެ މުއްސަނަދި . ބޮލަކަށްޖެހޭ ނިސްބަތްވެސް މިހާރު މަތި
ކޮންމެހެންވެސް އިންޑިޔާގެ ކުންފުނިތަކާ މަރާއްޖޭގެ ތަރައްގީގެ މަސްރޫތައް ހަވާލުކުރައްވާތި އައިރުން މާލޭގެ ކުނިކޮށްޓައްވީގޮތްވާނީ އަދި ފުލެޓް އަޅަންވެސް ހަވާލުކުރާތި އެއަިރުން ޓާޓާ ފުލެޓްތަކަށްވީގޮތްވާނޭ އެއިރުން ހުންނާނީ ގައުމު ތަރައްގީވެފައި މިހިރަ ގަމާރު އިބޫ
އިބޫގެ ގަމާރުކަން މިހާރުވިސްނެއްޖެ! ދެންސަލާމް
ސީސެލްސް ގަ ބޭސް އެއް ހަދަން އުޅެ އެކަމެއްވެސް ނުވި . މިހާރު ބޯގޯސް މެދުވެރިކޮށް ދިވެިރާއްޖޭގަ ބޭހެއްހެދޭތޯ މިއުލެނީ ކުރިން ބޯގޯސް ވަނީ ހެލިޕޭޑެއް އިންޑިޔާއަށް ދީފަ މިހާރުޢޭތި ބަދަލުކުރެވޭތޯ މިއުޅެނީ . ރާއްޖެ މިއީ އިންޑިޔާ ކަނޑުގެ އެންމެ މުހިންމު ލޮކޭސަން . ވީމާ މިތާގަ އިންޑިޔާގެ ބަނދަރެއްހެދުމަށް އެއްވެސް ބޮޑުބާރަކުންތަނެއްނުދޭނެ.
އެއަރޕޯރޓް ފެނިފަ ނިކަން، ކުޅު ދިޔައިވި ދޯ ގެރިބޭ؟